ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ނައިބު ރައީސް ފައިސަލް ނަސީމް އެ ދާއިރާ އަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.
ނައިބު ރައީސް ފައިސަލް މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ށ. ފޯކައިދޫއަށެވެ. އެ ރަށަށް ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއް ބަނދަރު ސަރަހައްދުގައި އޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު @FaisalNasym ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިންގައި ބައިވެރިވެ ވަޑައިގަތުމަށް ފޯކައިދޫއަށް ވަޑައިގަތުން#VoteRashid#Agenda19 pic.twitter.com/8uBEpUCKR3
— MDP Secretariat (@MDPSecretariat) January 15, 2022
އެމަނިކުފާނާ އެކުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވެސް ވަޑައިގެންނެވިއެވެ. ސަމީރަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ރާޝިދަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.
ފޯކައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެ ރަށު ހަރުގޭގައި ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ކުރީގެ ސަރުކާރަށް މެޖޯރިޓީ އޮވެގެން ކަންތައްތައް ހިނގައިގެން ދިޔަ ގޮތް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލިހުގައި އޭރު ތިއްބެވި އިދިކޮޅު މެމްބަރުންނަށް އަނިޔާކޮށް، މަޖިލިހަށް ވެންނެވުމަށް ވެސް ހުރަސް އެޅި ކަމީ ދިވެހިންނަށް އެނގޭ ހަގީގަތެއް ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެކަމަކު، މިއަދު އެ މަންޒަރު 19 ވަނަ މަޖިލިހުން ނުފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ދުވަހުގެ ހާލަތަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ގާނޫނުން، ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށްޓަކައި ގެއަށް ވަނުމުގެ ފުރުސަތު ވެސް ނުދިން. ވަންނަން އުޅެފި ކަމަށްވާ ނަމަ، ލިބެމުން ދިޔަ އަނިޔާތަކަކީ އެއީ މިއަދު އަޅުގަނޑު ކޮންމެހެން ހަނދާންކޮށްދޭން ޖެހޭ ވަރަށް ވުރެ މާ ބޮޑަށް ރައްޔިތުންނަށް އެނގޭ ކަމެއް،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މިއަދު އެމްޑީޕީގެ މެމްބަރުން މަޖިލިހުގެ ތެރޭގައި ކުރައްވަނީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. މަޖިލިހުގައި ހިނގާ ހުރިހާ ކަމެއް މިހާރު ހުސްވެފައި އޮތީ ރައްޔިތުންނަށްޓަކައި ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ނައިބު ރައީސް ވަނީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ރާޝިދު އިންތިހާބުކޮށް ދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިހުގައި އިދިކޮޅު އެތައް މެމްބަރުންތަކަކަށް މަޖިލިހަށް ވެންނެވުމުގެ ފުރުސަތު ނުދީ ގިނަ ދުވަސްތަކެއް ވަންދެން ސިފައިން ހިފަހައްޓާފައިވެއެވެ. އަދި އިދިކޮޅު މެމްބަރުންތަކެއް އެކުގައި މަޖިލިހަށް ވެންނެވުމަށް އެއް ދުވަހު މަސައްކަތް ކުރެއްވުމުން ފުލުހުންނާއި ސިފައިން އެކަމަށް ހުރަސް އެޅިއެވެ. އަދި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި މެމްބަރުންނަށް އަނިޔާވެސްވިއެވެ.
އެ ދުވަހު މަޖިލިހަށް ވެންނެވި ބޭފުޅުންގެ ތެރޭގައި އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނިވަޑައިގަންނަވައެވެ.
ނައިބު ރައީސް ކޮމަންޑޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ދެވަނަ މަންޒިލަކީ ށ. މަރޮއްޓެވެ. މަރޮއްޓަށް ވަޑައިގެން، އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކޮމަންޑޫގައި މިރޭ ބާއްވާ ޖަލްސާގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރާޝިދުގެ ކެމްޕޭނަށް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގެންނެވިއެވެ. ރާޝިދުގެ ކެމްޕޭނު ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ބުދަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮމަންޑޫ އަށް ވަޑައިގެންނެވިއެވެ.
އަދި ބައެއް ވަޒީރުންނާއި މަޖިލިހުގެ މެމްބަރުން މިހާރު ވެސް ގެންދަވަނީ ރާޝިދު އަށް ކެމްޕެއިން ކޮށްދެއްވުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
85ގޮނޑި ދީގެން ހަމަޖެ ހޭނެތައް...އެ ހެންވިއްޔާ ދޭންވީ...ތިންބާރު ވަކިވެފައޮތް ވެރިކަމެކޭ ނުކިޔާ އެއް ހަށިގަޑެއްގަ ގުޅިފަ ހުރި ހަތެރެސްފަޔާ ބޮލާ މިސަރުކާރުގެ ދެވެރިންގެ ހުރީ...މިވަރުންވެސް ނުފުދިގެން ބޮލަށް ތެޔޮއަރައިގެން އެއުޅެނީ....އިންޑިޔާ ސަފީރު ގެންދެބަލަ ދެން ކެންޕޭނަށް..
އިޙުލާސްތެރި ކަމެއް ނެތް ސަރުކާރެއް. އަންހެނުންގެ ޙައްގުތަކަށް އަރައިގަތް އަލީ ވަހީދު އަދިވެސް ހުރީ ދޫކޮށްލާފަ. އަދީބު؟ ޒިޔަތު؟ ވެސް ހުރީ މިނިވަންކޮށް. ހަދަނީ މުޅިންވެސް ދޮގު.
ވަގު ޔާމީންވެސް ހުރީ ދޫކޮއްލާފަދޯ..
މީއަނެއްބީތާ. ދޮގުހެދުމަށްވެސް ވަކިވަރެއްނެތް. 19ވަނަމަޖިލީހުގައި ނޫންތަ ނައިފަރުދާއިރާގެ މެމްބަރުގައިގާ ތަޅާ އަނިޔާކޮށް ތަޅަމުން ބޭރުކުރީ. އެހެރީ ވީޑިއޯތައް ފެންނަން. ޖުމްހޫރީ ޕާޓީގެ އެއްވެސް މީހަކު މީނާއާ އެކީ ނުދޭ. ހުސް އެމްޑީޕީ މީހުން. މީނާ މިހާރު ޖުމްހޫރީޕާޓީގެ ދަފްތަރުގައި ނޯންނާނެ. މީނާގެ ނަން މިހާރު އޮންނާނީ އެމްޑީޕީގައި.
ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް އިންޑިއާ ސަފީރު ވަޑައިގަންނަވަނީ ކޮން އިރަކުންތޯ؟ މިތިބީ މަރުހަބާކިޔަން ތައްޔާރަށް.
ނައިފަރު ދާއިރާގެ މެންބަރު އަނިޔާ ކޮށް ނަގާ ހޫރާލިތައް ފައިސަލަށް ނުފެނޭތޯ އެއީ ކުރީ ދައުރުތޯ
ނުލިބޭނެ ކިތައްމެ ވަރެއް އެރުވިއަސް