އުމުރާ ދަތުރު ލިބުނު ނަސީބްވެރިޔާއަށް އިނާމް ހަވާލުކޮށްދެއްވަނީ- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އެވިޑް ކޮލެޖުގެ މެއި މަހުގެ އިންޓޭކް އަށް އެޕުލައިކުރާ ކުދިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ލިބޭ އިނާމް ހަވާލުކޮށްފިއެވެ.

މިރޭ ސޯލްޓްގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މި އިނާމް އެ ފަރާތާއި ހަވާލުކޮށްފައި ވަނީ އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދުއެވެ. އެ ނަސީބުވެރިޔާއަކީ އެ ކޮލެޖްގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރު އަހުމަދު ހަފީޒުއެވެ.

މިރޭގެ ރަސްމިއްޔާތުގެ ތެރެއިން- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އޭނާއަށް އެ އުމްރާ ދަތުރު ލިބުނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކުލެވޭ އެވިޑްކޮލެޖްގެ އައުޓްލެޓްތަކާއި ކޮލެޖްތަކުން އެވިޑް ކޮލެޖުގެ މެއި އިންޓޭކްއަށް އެޕުލައިކުރި ކުދިންގެ ތެރެއިން ހޮވި ގުރުއަތަކުންނެވެ.

އެވިޑް ކޮލެޖުން މިރޭ ވަނީ އެމީހުންގެ އާ ވެބްސައިޓް ދައްކާލާފައެވެ. އެ ވެބްސައިޓު މެދުވެރިކޮށްވެސް ކޯސްތައް ކުރިމަތިލެވޭނެއެވެ. އަދި ކުރީ ވެބްސައިޓާއި ހިލާފަށް ކުރިއަށް ވުރެ ބޭނުން ކުރަންވެސް ފަސޭހަވާނެއެވެ. އެ ވެބްސައިޓް މެދުވެރިކޮށް ކްލާސްގައިވެސް ބައިވެރިވެވޭއިރު، މިހާރު އެ ވެބްސައިޓް މެދުވެރިކޮށް ކްލާސްތައް ކުރިއަށްދާކަމަށްވެސް އެ ކޮލެޖުން މައުލޫމާތު ދެެއެވެ.

އެ ކޮލެޖްގެ މައި ކެމްޕަސް ހުންނަނީ މާލޭގައެވެ. އެވިޑް ކޮލެޖްގެ 14 އައުޓްލެޓެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު