ކުޑަކުޑަ ބިމެއްގައި، ކައިރި ކައިރީ ދިގު އިމާރާތްތަކެއް ނޫނީ ދިގު ޓަވަރުތަކެއް އެޅުމަށް ފަހު، އެ ޓަވަރުތަކުގައި މީހުން ދިރިއުޅެން ޖެހޭ ސިޔާސަތަށް އެމްއެންޕީން ތާއީދު ނުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރައްވާ އެމްއެންޕީ ކެންޑިޑޭޓުގެ އަބްދުލް ހަންނާން އިދުރީސް ކެމްޕެއިން ޖަގަހަ ހުޅުމާލޭގައި ހުޅުވަން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ އެއް ތަންކޮޅެއްގައި އެކި ބުރިބުރިއަށް ތަންތަން ހަދާފައި ރައްޔިތުން ބޭތިއްބުމަކީ އެމްއެންޕީގެ ސިޔާސަތެއް ނޫން ކަމަށާއި ވަރަށް ކުދި ތަންތަނުގައި މީހުން ތިބޭތީ ވަރަށް ދެރަވާ ކަމަށެވެ.
ވަކި މަޝްރޫއެއްގެ ނަން ވިދާޅުނުވި ނަމަވެސް ނާޒިމް އިޝާރާތް އެ ކުރެއްވީ، ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ފަހު، ކައިރި ކައިރީގައި އެޅި 25 ބުރީގެ 16 ޓަވަރުތަކަށެވެ.
ހުރިހާ ރައްޔިތުންނަކީ ވެސް މިއަށްވުރެ މާ ތަނަވަސްކަން މަތީ ދިރިއުޅެވޭނެ ރައްޔިތުންކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ ރައްޔިތުން މިހާލުގައި އުޅެން ޖެހިފައިމިވަނީ ސަރުކާރަށް ލިބޭ އާމްދަނީ ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާތީ ކަމަށެވެ.
"އެމްއެންޕީގެ ވެރިކަމެއްގައި ވަރުގަދަ އާބަން ސެންޓަރުތައް ހަދާ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ވާހަކަ މި ފުރުސަތުގައި އަޅުގަނޑު ދަންނަވާލަން" ނާޒިމް ވިދާޅުވިއެވެ.
"ރައްޔިތުންނަކީ އެމީހުންގެ އާއިލާތަކާ އެކުގައި އުފާވެރިކަމާއިއެކުގައި އުޅޭ ބަޔަކަށް ހެދުން އެއީ އަޅުގަނޑުމެން މި ޕާޓީގެ އުންމީދަކީ. އެއީ އަޅުގަނޑުމެން ދެކޭ ހުވަފެނަކީ. އާދެ، އަޅުގަނޑުމެން މި ޕާޓީގެ މެންބަރަކު ނެރެގެން މިއުޅެނީ ރައްޔިތުންގެ އިހުސާސްތައް އަޅުގަނޑުމެން ސަރުކާރާއި ހަމައަށް ގެންދިއުމަށްޓަކައި" ނާޒިމް ވިދާޅުވިއެވެ.
ރަށްރަށުގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިވެފައި އެބަހުރި ކަމަށާއި ނަމަވެސް ސަރުކާރުން އެކަންކަމުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަމުން ނުދާކަމަށް ވިދާޅުވެ އޭނާ ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފައެވެ.
މިގޮތުން ފޯކައިދޫގައި ވެސް ޗަސްބިން އެބައޮތް ކަމަށާއި އެތަނުގައި ދަނޑުވެރިކަން ކޮށްގެން ނަފާ ހޯދެން އެބައޮތްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ އެހެން އެކަން އޮތް ނަމަވެސް ސަރުކާރުން އެ ކަމުގެ ވާހަކަ ނުދައްކާ ކަމަށެވެ.
"އަޅުގަނޑުމެން ދައްކަން މިއުޅެނީ އެ ވާހަކަ. ރައްޔިތުންގެ ޖީބަށް ފައިސާ ނުވަންނަ ކަމުގައި ވާނަމަ އަޅުގަނޑު ދަންނަވާނީ އެއީ ތަރައްގީއެއް ނޫނޭ" ނާޒިމް ވިދާޅުވިއެވެ.
އާރސީސީން މުޅި މާލޭގައި ތަންތަން ކުއްޔަށް ނަގައިގެން ކުޑަ ބިންކޮޅެއްގައި ބުރިބުރިއަށް އިމާރާތް އަޅަމުން މިދަނީ ކޮން ވިސްނުމެއްގައިބާ!
ކުޑަތަންކޮޅެއްގައި ބޮޑެތި އިމާރާތްތައް ހަދާފައި ލުއި އަގެއްގައި ރައްޔިތުންނަށް ލިބެން ފެށީމާ ގެއްލުންވާނެ ކުންފުނި ހުންނާނެ. މުޅި މާލޭގައި ހުރިއްޔާ ހުރި ތަނެއް ނަގައިގެން ބޭންކުން ލޯނު ނަގައިގެން ހަދާފައި ބޮޑު އަގުގައި ކުއްޔަށް ދީގެން ރައްޔިތުންނަށް ދުއްޕާންކުރާ ކުންފުނިތައް ވާނެ. އެތަންތަނަށް ގެއްލުންވާނެ. އެހެންވެ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދަންވާނެ.
އާރުސީ އެން ސީ އިން އެހެންވެދޯ ކުދި ގޮޅިހަދާފަ 10 ބުރީގެ އިމާރާތްތަށް ބޮޑުއަގުގަ ކުއްޔަށްދެނީ. ލަދެއްވެސް ނުގަނޭތަ އަޅެ.
ހޫން މީނަގެ ކުންފުނިން މާލޭގެ މީހުންގެ ގެތައް މުޅިއުމަށް ލިބޭ ގޮތަށް ނަގައިގެން ހެދުން އެންމެ މޮޅުގޮތަކީ ދޯ
ޖާހިލުންނަކަށް ތަނެއްދޮރެއް ނޭގޭނެއެވެ. ބިމުގެ ކުލި އިންތިހާއަށް ބޮޑުވީމާ އެނޫން ޗޮއިސްއެއް ނޯންނާނެއެވެ. ތިހާ ގޮފަޅު ބަޔަކަށް ތާޢީދުކުރަން ހެޔޮނުވާނެއެވެ.
މީހަކު ކުރާ އެއްކަމެއްވެސް ރަގަޅު މީހެއް ނޫން މީކީ. ކޮންކަހަލަ ވިސްނުމެއްގެ މީހެއްކަމެއް ނޭނގެ މީކީ. ކިހިނެތް މިކަހަލަ މީހަކު ވެރިކަމަށް ގެންނާނީ؟؟
އާރސީސީން މުޅި ހުޅުމާލޭގައި ބިންކުއްޔަށް ނަގައިގެން ކުޑަ ބުރިބުރިއަށް އިމާރާތް އަޅަމުން މިދަނީ ކޮން ވިސްނުމެއްގައިބާ! ބިންގާ ނެޅޭނެނީސް ވިކި ހުސްވެއްޖެ ރފ ހުސްޓަސް ފުލެޓް ނުލިބޭ
ނާޒިމް ވެސް މިހާރު ޖާޒިރު ހިގާމަގުން ހިގީމަ ކަޑަ
ކަލައެއް އެގޭނެފަދައިން އެމެރިކާގެ ބިން އިންޑިޔާގެ ބިމަށްވުރެ 200 ގުނަ ބޮޑުވާނެއެވެ. އެހެން ކަމުން ކަލެއަށް އެމެރިކާގެ ރައީސް ލިބިއްޖެއްޔާ ކަލޭ އަޅާނީ ކޮންމެ މީހަކަށް ޖިފުޓިއެއްތޯ. ކަލޯ ދުނިޔޭގެ ހަގީގަތް އެގޭމީހުން ކަންކަން ނިންމަވަނީ ވަރަށް ބޮޑަށް ދިރާސާކޮށް އެދިރާސާގެ އަލީގައި ފުޅާދާއިރެއްގައި ކަމުގެ މާހިރުންނާއި ތަޖްރިބާ ކާރުންނާއި މަޝްވަރާ ކުރުމަށްފަހު އެވެ. ކަންކަން އެގޭމީހުން ރަށުގެ ބިން ހިތުހުރިގޮތަކަށް ގޯތިކަޑާފަ ނުދޭނެއެވެ. އެމީހާގެ ވިސްނުން މިއަދަށްވުރެ ދުރައް ގެންދަން ބޭނުންވާނެއެވެ. ޔާމީނުގެ ވެރިކަމުގައި އިންވެސްޓަރުންނަށް ފުރުސަތު ދެއްވަން ނިންމަވާފައިވަނީ ކަޑުހިއްކަން ބިންއުފައްދާގެން ކުއްޔަށް ދޫކުރާގޮތަށެވެ. ކަލޭމެންގެ ވިސްނުން ހުރިގޮތަށް ގުދުރަތީގޮތުން އުފެދިފައިވާ ފަޅުރަށްތައް ދޭގޮތަކަށްނޫނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އައްޑުއަތޮޅުގެ މުޅިއާބާދީއާއި އެއްވަރު އާބާދީއެއް ދިރިއުޅޭނީ އައްޑޫގައި އައްޑޫރައްޔިތުން މިހާރު އުޅެމުންދާ ގޮތައްވުރެ ހާސްބައި ރަގަޅުކޮށްނެވެ. އަޅުގަޑުގެ ނަޒަރުގައި ރައީސް ޔާމީނުގެ ވިސްނުންފުޅުހުރީ މުޅިރާއްޖޭ އާބާދީ މާލެ ސަރަހައްދުގައި ސްމާޓް ސިޓީއެއް ދައުލަތުގެ ހަރަދުގައި ބިނާކުރުމަށްފަހު މީހަކަށް މަހަކުލިބޭ އާމްދަނީގެ 20 ޕަސެންޓް ދިރިއުޅުމުގެ ޒަރޫރީ އެއްމެހާ ކަންކަމަށް ހަރަދުކުރެވޭ އުސޫލުން އާބާދުކުރުމަށެވެ. މިދެންނެވި 20 ޕަސެންޓުން 2ކޮޓަރީގެ އެޕާޓްމަންޓްގެ ކުއްޔާއި ފެނާއި ނަރުދަމާއި، އަންލިމިޓެޑް ސުޕަފާސްޓް އިންޓަނެޓާއި އަންލިމިޓެޑް ތައުލީމް(ރާއްޖެއާއި ރާއްޖޭންބޭރުން) ދަތުރުފަތުރާއި ހުސްނުވާއާސަން (ގައުމުންނާއި އާސިއާނުގެ ގައުމުތަކުން) ކަވަރުކުރާނެއެވެ. މީގެ އިތުރުން އުމުރުން 50އަހަރުފުރޭ ކޮންމެ މީހަކަށް 5000ރުފިޔާ، 55އަހަރުފުރޭ ކޮންމެ މީހަކަށް 5500 ރުފިޔާ، 60އަހަރުފުރޭ ކޮންމެ މީހަކަށް 6000 ރުފިޔާ، 65 އަހަރުފުރޭ ކޮންމެ މީހަކަށް 6500 ރުފިޔާ، 70އަހަރުފުރޭ ކޮންމެ މީހަކަށް 7000 ރުފިޔާ، 75އަހަރުފުރޭ ކޮންމެ މީހަކަށް 7500 ރުފިޔާގެ އެލަވަންސެއް ލިބިލައްވާނެއެވެ. މައިގަޑުގޮތެއްގައި ކާންބޭނުންކުރާ ހަޑޫ، ހަކުރު،ފުށް އަދި ތަރުކާރީއާއި މޭވާ ކޮންޓްރޯލް އަގުގައި ދިވެހި ރައްޔިތުންނަށް ލިބިލައްވާނެއެވެ. ސަރުކާރުން މިދޭ ލުއިތައް އެއްވެސް އުނިއިތުރެއްނެތި ދިވެހިކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.
ބަލަ ކަލޭ މާލެ ފިޔަވާ އެހެން ޤައުމަކައް ދިޔައިންތަ ދިޔަކަމައްވާނަމަ ބުނެބަލަ ކިތައްޤައުމުގަތަ ރައްޔިތުން ދިރިއުޅެން ކައިރި ކައިރީގަ ފްލެޓްއަޅާފަހުރީ އެވެސް ހަމަ އަހަރެމެން ކަހަލަ އިންސާނުން އޅެންހަދާފަ ހުރިތަންތަން އަދިއަހަރެމެންނައްވުރެ މާބޮޑަތި ބިންވެސް އޮތް ގައުމުތައް އެއީ އަނގައޮތަސް އެއްޗެއްކިޔަން ނޭންގެންޏާ ކިޔޭނީ ތިޔަކަހަލަ ތާކުން ތާކުނުޖެހޭ އެއްޗެހި
ނާޒިމަކީ ވެސް ރައްޔިތުން ތަރައްގީވާންއެދޭ ބޭފުޅެއްނޫންކަން ކަށަވަރު ވެއްޖެ. ސިންގަޕޯރ ފަދަ ދުނިޔޭގަ ކުރިއަރާފައިވަ ގައުމުތަކަކީ 100 ފްލޯރ ގެ އިމާރާތް ކުރެވިފާ ހުރި ތަންތަން. އެގައުމު ތަކުގާ ބޮޑެތި ޖަންގަލި އެބައޮތް ބިންތައްވެސް އެބައޮތް. ރާއްޖޭގަ އޮތީ ކަނޑު ރާއްޖޭގަ ކުދިޖްޒީރާތައްް.ތަރައްގީވާންޖެހޭ އެހެންގައުމުތަކާ އެއްސަފަށް ނިކުންނަންޖެހޭ.އެކަމަކު ރައްޔިތުން ބައިތިއްބަންޖެހެނީ ފަންޖިފިޓީތަކުގަ. މާލެއަށް މިރަށްރަށުން މީހުންއަތުވެދާނެތީ މާލެއިންފްލެޓެއް ގެ މިންވަރު ވެސް މިރަށްރަށުގެ މީހުނަށް ދޭންޖެހިދާނެތީ ކަންބޮޑުވެ ވާހަކަދައްކާފަރާތްތަކާ މެދު ރައްޔިތުން ވިސްނަންޖެހޭނެ ކަމަށްދެކެން
ހުވަފެން ދައްކާފަ މޮޅުވާހަކަ ދެއްކީމަ ކަމަކުނުދާނެ...ތިޗަކަބިން ބާއްވާ ކުނިއަޅަން..
ދިގު ތޯ އުސް ތޯ. ކަލޭ ކުންފުނިންދޯ ހުރިހާކަމެއް ކުރަނީ
އެހެންވެގެންދޯ އާރސީސީން ހުޅުމާލެ ފޭސް 1 ގައި އެކަނިވެސް 4 ތަނުގަ ޓަވަރ ތަކާ ހެވަން ތައް ތިއަޅަނީ؟ ވާނުވާ ނޭނގޭ މީހަކަށް ރައީސްކަން ދޭން މިއެދެނީ
ސިފަިއިންނާއި ފުލުހުން ގެ ބޯހިޔާވަހިކަމުން އެތައް މިލިިއަން ރުފިޔާއަކުން ރިޝްވަތު ނަގައިގެން ނާޒިމާއި ރިޔާޒް މާ ފޯރައިގެން ތިއުޅެނީ
ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ތިހެދި ނިކަމެތިގޮތް އަދި ތިދެމީހުންނާއި އަރާ ހަމަކުރާނެ
ތިދެމީހުންނަކީ ބަޔަކަށް ހެވެއް އެދޭނެ ބައެއް ނޫންކަން ސިފައިންނާއި ފުލުހުންގެ އާއިލާއަށް އަށް އެއްމެ ބޮޑަށް އިހްސާސް ކުރެވޭނީ
މި ދެ ޕްރޮޖެކްޓްގެ ފެށުން ބަޔަކު ބަލައިފިނަމަ މީގެ ހަގީގަތް ފެންނާނެ
މީނަޔަށް ރައީސް ލިބިއްޖިއްޔާ ކުރަން އެންމެ ރަގަނޅު ކަމަކީ ރާއްޖޭގެ ހުރިހާރަށެއްގެ ކޮންމެގެއެއްގައި ފެންވަރާނެ ގިފިއްޔެއް އެޅުމާއި ރާއްޖޭގެ ރަށްރަށަށް ކިޔާފަ ހުންނަ ހުތުރު ނަން ބަދަލުކުރުން.
މީނަޔަށް ރައީސްކަން ލިބިއްޖިއްޔާ ކުރަން އެންމެ ރަގަނޅު ކަމަކީ ރާއްޖޭގެ ހުރިހާރަށެއްގެ ކޮންމެގެއެއްގައި ފެންވަރާނެ ގިފިއްޔެއް އެޅުމާއި ރާއްޖޭގެ ރަށްރަށަށް ކިޔާފަ ހުންނަ ހުތުރު ނަން ބަދަލުކުރުން މިސާލަކަށް ފޯކައިދޫ ފީއަލި ފޯއްމުލަށް ޅައިމަގު ބަނޑިދޫ މަރޮށި.😂
އެންވެގެންދޯ ކަލޭ އިމާރާތް ކުރުމުގެ ދާއިރާގަ ތިއުޅެނީ. ތިޔަކަމާ ދެކޮޅުވާތީ ލިބބޭ ވަރު މަދުކަމުން