ކޮވިޑް-19 ގެ އާ ވައްތަރު ކަމަށްވާ އޮމިކްރޮން އިން ދިފާއުވުމަށް ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ބޫސްޓަ ޑޯޒް ޖެހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ވަސީލަތަކީ ވެކްސިންގެ ބޫސްޓަ ޑޯޒް ކަމަށެވެ. ބޫސްޓަ ޑޯޒް ޖެހުން އާންމުކޮށް ހުޅުވާލާފައި އޮތް ކަން ފާހަގަ ކުރައްވައި ރައީސް ވަނީ ހުރިހާ އެންމެން ވެސް ބޫސްޓަ ޑޯޒް ޖެހުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ނަމަ، ބޫސްޓަ ޑޯޒް ޖެހުމަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.

އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19ގެ ބޫސްޓާ ޑޯޒް ޖަހައިދޭން މިއަދު ވަނީ ފަށައިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބޫސްޓަ ޑޯޒް ޖެހުމަށް އޮންލައިންކޮށް އެޕޮއިންޓަމަންޓް ހެއްދޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެނީ ފައިޒާ ވެކްސިނެވެ.

ވެކްސިން ޖަހައި ދޭނީ ހުޅުމާލެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާއި ސެނަހިޔާ އާއި ދަމަނަވެއްޓާއި ދަރުބާރުގެ އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.

މީގެކުރިން، ރާއްޖޭގައި ތިބި އެންމެންނަށް ބޫސްޓާ ޑޯޒް ދޭން ނިންމާފައި ވަނީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެކަމަކު، ވެކްސިން ޖަހާނެ ސިރިންޖު ނެތިގެން ބޫސްޓާ ޖޯޒް އާންމުކޮށް ދިނުން އޮތީ މަޑުޖައްސާލައިފައެވެ.

ބޫސްޓަ ޑޯޒް ޖަހަންދާ އިރު، މިކަންކަމަށް ސަމާލުކަން ދީ!

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން.
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން.
  • ފަސޭހައިން ވެކްސިން ޖެހޭ ފަދަ އަންނައުނެއް ލައިގެން ދިއުން.
  • ރަނގަޅަށް ކައިގެން ހުރުން.
  • އަމިއްލަ ފެންފުޅިއެއް ގެންދިއުން.
  • އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން.

މީގެކުރިން، ބޫސްޓާ ޑޯޒް ޖަހައި ދެމުން ދިޔައީ ވަކި ހާއްސަ ގްރޫޕްތަކަކަށެވެ. އެގޮތުން ހިރާސް ބޮޑު މީހުންނާއި، 50 އަހަރުން މަތީގެ މީހުންގެ އިތުރުން ފްރޮންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ބޫސްޓާ ޑޯޒް ދޭން ދެމުން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދެ

    ކޮބާ ހަތަރުވަނަ ޑޯޒް..

    13
  2. އަހުމަދުބޭ

    ރައީސްްވެސް ޑރ ދޯ މިހާރު ......ބަޔަކަށް ރުފިޔާތަކެއް ދޭ ކުރާ ކަމެއްތީ

  3. ހގފދދ

    ހާދަ ވަރުގަދަ ސައިންޓިސްޓެއް.

  4. ބޫޓީ ބޯއީ

    ބޫސްޓާ ޖަހައިގެން ބޫސްޓްވަނީ އެހެން ކަމެއް.

  5. ލޮލް

    ޑޮކްޓަރ އިބުރާހީމް މުހައްމަދު ސޯލިޙް.

  6. ހިމް

    މިވެސް ޑޮކްޓަރެއް ތަ؟ ހުސް ރޯނު އެދުރުން މިއުޅެނީ ސިޔާސީ ދާއިރާގައި

  7. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

    ޑަބްލިޔޫއެޗްއޯ އިން ބުނީ ކޮވިޑަށް އުފައްދާފައިވާ އެއްވެސް ވެކްސިނަކުން ކޮވިޑް ދިފާޢު ނުކޮށްދޭކަމަށް. އެހެންވީމާ މީނާ އަށް ދޭންވީ ޑަބްލިޔޫއެޗްއޯގެ ރައީސްކަން. ސައިންޓިސްޓުންނަށްވުރެވެސް މީނާ މާމޮޅު.

  8. ހުސޭނުބޭ

    އަހަރެމެންނަށް އޮމިކްރޯނުން ދިފާޢުވެވޭނީ ކަލޭގެ އަނގައަށް 3 ވަނަ ޑޯޒް ޖެހީމާ

  9. ޖާބިރު

    ޢިބޫ ކަލެޔަށް މާ އެނގެނީ..
    ދުނިޔެއިން ބޭރުން ކިޔެވީމަ ވާގޮތްތީ.. ހެހެހެހޭ!

  10. ބުއްޅަބޭ

    ހުސް ދޮގު....

  11. Anonymous

    މާޗް މަހު އޯ ވެކްސިން އުފެއްދެނީ. ދެންކޮން ބޫސްޓރ ޑޯޒްއެކޭތަ މިކިޔަނީ.

  12. ހަޔަސިންތް

    ފަހުޒަމާނުގެ ވެރިކަމަށް ކުފޫހަމަނުވާ ވެރިން މިފެންނަނީ ކީކޭބުނާނީި ބޯހަލާކު

  13. ސސ

    ބަލިބަލިން ސަލާމަތް ކޮށް ދެއްވާނީ ހަމައެކަނި ﷲ ތަޢާލާ، ބަލި ޖައްސަވާ ސަބަބު ލައްވާ އަދި ބަލި ފިއްލަވާ ސަބަބު ލައްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ !

  14. ހޭޖެހޭ

    ހަަ ތެދެއް؟ އެކަމު އިހަށް ދުހުއިންޑިއާގެ ކޮންމެސް ޑަކުޓަރެއް ވެކުސިން ޖެހިޔަސް އޮމިކްރޯން އިން ދިފާއެއް ނެތްކަަމަށް ބުންޏޯ ކިޔާފަ އޮތް ހަބަރެއް މަ ކީން މި ނޫހުންޭ ހަދާންވެސް ވަނީ. އަނެއްކޮޅުން އިނގިރޭސީންގެ ބޮޑު މެޑިކަލު ކޮމިޓީއަކުން ބަޔާން ނެރިފަ އޮތީ ބޫސްޓާ ތަކާ ހުރެ އިންސަނުންގެ ދިފާޢީ ނިޒާމު ބަލިކަށިކޮށް ކޮވިޑުގެ ވޭރިއަންޓުތައް ޖެހެން މަގުފަހިކުރެޔޭ. ގަބޫލުކުރންވީ އެއްޗެއް ނޭގުން. އަންނަ ރުޅީގަ ތީން އެކަތިވެސް ނުޖަހާނަން!

  15. ލޯބިވާ ވަޠަން

    މީ މިހާރު ޑރ ކޮވިޑް މުހައްމަދު ސާލިހް ދޯ. ރޯނު އެދުރު.

  16. ބީރުމީހާ

    ތިޔާ މެސެޖްލިޔެދިން މީހަކަށް ޝުކުރިއްޔާ

  17. ކެޔޮޅުބެ

    އޮމިކުރޮން އިން ދިފާއުވެވޭނީ ﷲ ސުބުހާނަހޫވަތައާލާގެ ދީނަށް ހުރުމަތްތެރިކޮށްހިތުމަށް ގަދައަޅާ މަސައްކަތްކޮށް ފަރުލު ފަސްނަމާދު ބަރާބަރަށް ކުރާ އަޅަކަށް ނބޫބުނާ ބޫސްޓަރ ޖަހައިގެނެއްނޫން އެހަދަނީ ކަނޑައެޅިގެން ދޮގު މީނަބުނާ ދޮގުވާހަކަ ގަބޫލު ނުކުރާތި މީނަބުނެގެން ކިތަށްޑޯޒު މިހާރު ރަށްޔަތުންގެ ގަޔަށްޖަހައިފި ކޮބާތަ ވީކަމެއް.

  18. ޑރ އިބްރާހީމް ސޯލިހްމުހައްމަދު

    ތިޔަނަމުން ނޫންތޯ ބޫސްޓް ވަނީ...ތަފާތު އެކިވެކްސިން އެކިމީހުން ޖަހާފަހުރީ..ދެން 3ވަނަ ޑޯޒްއަކަށް މިޖަހްނަ ޖެހެނީ މުޅިން އެހެން އެއްޗެއް..ކޮބާ ކިހިނެތްތޯ ވާނީ އެމީހަކުކުރިން ޖެހި ވެކްސިންގެ 3ވަނަ ޑޯޒެއް ޖަހާގޮތަށް އިންތިޒާމް ކުރިއްޔާ...އަދި ދުނިޔޭގަ ބޫސްޓަރޑޯޒެއް ނުއުފައްދާ..