މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކާއި ގޭންގް ހަދައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ފުރިހަމަ ނަތީޖާއަކަށް ބަދަލުވެގެންދާނީ އެ ކުށްކުރާ ފަރާތްތަކަށް އެހީތެރިވާވުން ހުރިހާ ލެވެލްއެއްގައި ހުއްޓާލައިގެން ކަމަށް ހޯމް މިނިސްޓަރު ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ތިނަދޫގައި ފުލުހުންގެ އައު އިމާރާތް އެޅިގެން ދިޔުމަކީ ރައްޔިތުންގެ ދާހިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާންކަން ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން ފަށާފައިވާ ފުޅާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. އަދި ރާއްޖޭގެ މުޅި މަސްރަހް މިއަދު ދަތުރުކުރަމުންދާ ގޮތުން ރާއްޖޭގައި ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކި ކުށްމަދު އަމާން މުޖުތަމައެއް ގާއިމް ކުރުން ކަމުގައިވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ނާޖައިޒު ފައިދާ ނަގާ ސިޔާސީ މީހުން އެބަ ތިބި ކަމަށާއި އެ މީހުންނާ މެދު ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް އިމްރާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަކު އެ ފަރާތްތަކުން ނަން ހާމައެއް ނުކުރައްވައެވެެ.

ތިނަދޫ ޕޮލިސްޓޭޝަން ހުޅުއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކަށީގެންވާ ފެންވަރުގެ މަރުކަޒުތައް ގާއިމުކުރުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމުގައެވެ.

ކުށާއި ސަލާމަތީ މާހައުލަށް އަންނަމުންދާ ބޮޑެތި ބަދަލުތަކީ ގޮންޖެހުން ގިނަ ބަދަލުތަކެއްކަމަށާއި އެހެންކަމުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށާއި ވަކިން ހާއްސަކޮށް ގދ. އަތޮޅުގެ ރައްޔިތުންނަށް ދެވެމުންދާ ރައްކާތެރިކަމާއި ފުލުހުންގެ ހިދުމަތައް އިތުރަށް ފުޅާކުރަންޖެހޭކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.

ތިނަދޫ ޕޮލިސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ޕޮލިސް

އަދި އެޅިގެންދިޔަ ބިންގަލަކީ އެކަންކަން ފުރިހަމަކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށާއި މި ބިންގަލީ ގދ. އަތޮޅުގެ އިގްތިސާދީ ސިނާއަތާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން އިތުރުކުރުމށް އެޅިގެންދިޔަ ބިންގަލެއްކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ފުލުހުންނާއެކު އަތުގުޅާލައިގެން އެކުގައި މަސައްކަތްކޮށްދެއްވުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސުކުރިއްޔާ

  ހޫނ، ހާއްޖީ ސުޓައިލަށް ސުރުޚީ އަޅަންފަށައިފި.

 2. Anonymous

  ކައްޒާބު

 3. ހުސޭނުބޭ

  އިމްރާނަކީ އެބުނާ ގޭންގުތަކާ ގުޅުން އޮންނަ މީހެއް. ސަބަބަކީ މީނައަކީ ޖަލަށް ފޯނުވައްދައިގެން ސެލްފީނެގި މީހާ ކަމަށްވާތީ

 4. އަބްދޫ

  ޑްރަގް ރިހިބިލިޓޭސަން ސެންޓަރު ތައް އުވާލައިގެން މެނުވީ ތިޔަ ކަމެއް ނުހުއްޓުވޭނެ. އާއިލީ ބައްދަލުވުންވެސް ޖެހޭނީ ހުއްޓާލަން.އާއިލީ ބައްދަލުވުނަ ބޭނުންވާމީހާ ހުންނަން ޖެހޭނީ ކުށުގެ ވެށިން ބޭރުވެގެން. ހުރިހާވެސް މައްސަލަޔަކީ ޖަލުގަ އޮތަސް ނޯމަލް މީހެކޭ އެއް ހައްގުތަކެއް ގެންގުޅެންޖެހޭ މައްސަލަ. އިންސާނަކަށް ވީތީ ލިބެންވާހަެއްގަކީ ކެއިން ބުއިމާ ފޭރާން ލިބިދިނުމާއި ﷲ ކިބަފުޅަށް އަލޫކަންކުރުމުގެ ފުރުސަތު ދިނުމާއި ބޭސްފަރުވާގެ ހިދުމަތް ދިނުން. މިނޫން އެއްވެސް ހިދުމަތެއް ކުށްވެރިޔާއަށް ލިބޭނަމަ ދަވްލަތުން ކެއުމާއި ބުއިން ހޯދުމާ މަސައްކަތް ނުކޮށް އުޅުމަށްޓަކާ ހުރިހާރައްޔިތުންވެސް ތިބެންވާނީ ޖަލުގަ.

 5. އަޙުމަދު

  މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ ފުލުހުންނާއި ސިފައިންނަށް އިތުރު ގާނޫނީ ބާރު ލިބި ދީފައި އޮތް އިރު ޑްރަގް ވިއްކާ ވިޔަފާރީގެ ގޮތުގައި ބޭނުން ކުރާ ފަރާތްތަކާއި އެކަމުގައި އެކި ގޮތްގޮތަށް އެހީތެރިކަން ދޭ ފަރާތްތައް އެނގޭ ކަމަށް ބުނާ ބުނު މަކީ މޭޑޭގައި ހެދި ފަދަ ބުހުތާނު ދޮގެއް ކަމަށް ނުވާނަމަ، އެފަދަ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުން އެއީ ކޮންބައެއް ގެ ޒިންމާއެއް ތޯ؟ މޫނަށް ކަނދުރާއަށް ނުބަލާ ފިޔަވަޅު އަޅާ ޤާނޫނު ތަންފީޒުކުރުމަށް ގޮވާލާން، އެހެން ނޫނިއްޔާ ބަލާނީ ތިޔަބުނަނީ ބޮޑު ބުހުތާނު ދޮގެއްކަމަށް.