އދ. މަންދޫ ކައިރި ފަރަކަށް ޑައިވިންގއަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މާންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެއް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ މާލެ ސަރަހައްދުގެ ސިފައިންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ހަނާ ވިދާޅުވީ، އެ މީހާ ގެއްލުނުކަަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު މެންދުރު ފަހު 15:55 ހާއިރު ކަމަށެވެ.

އަދި ގެއްލިގެން ހޯދަމުން ދަނީ 69 އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެއް ކަަމަށްވެސް ހަނާ ވިދާޅުވިއެވެ.

އެ މީހާ ހޯދުމަށްޓަކައި ކަނޑު އުޅަނދުފަހަރު ހަރަކާތްތެރިވަމުންދާއިރު، އެ ސަރަހައްދުން ދަތުރު ކުރި ސީޕްލޭންތައް މެދުވެރިކޮށްވެސް އެ ސަަރަހައްދު ބަލާފައިވާ ކަމަށް ހަނާ ވިދާޅުވިއެވެ.

އަދި ކުރިއަށްއޮތް ދުވަސްތަކުގައި ކަނޑާއި ވަރުގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސާރޗް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަަމަށް ހަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެއްޔާ

    މިހާރު ރާއްޖޭގެ ކަނޑުގައި ކޮންމެވެސް ގޮތް ނޭނގޭކަންތައްގަޑެއް އެބައުޅޭ

    4
    3
    • ޗޮކުންބެ

      ކަނޑަށް މީހަކު ގެއްލުނަސް އިންޑިއާއޭ ބުނަން އުޅެވެނީ ދޯ…..ހޭބަލިވެފަދޯ ތިތިބެނީ….

    • މިޔަރު

      ގޮތް އެނގޭ. އަހަރެމެން މިޔަރުމެންގެ ހަމަލާ ތަންކޮޅެއް ވަރުގަދައީ