ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ވެލޭނާ އިންޓަނޭޝާނަލް އެއާޕޯޓްގައި އަންނަ މަހުގައި A380 މަރުކައިގެ ސްޕަރ ޖަންބޯ މަތިންތާ ބޯޓް ޖެއްސޭނެ ކަމަށް އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިރޭ ކުރެއްވި “ވަގުތު”އާ ވާހަކަދައްކަމުންނެވެ

މިނިސްޓަރ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއަރޕޯޓްގެ އައު ރަންވޭގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ދާ ކަމަށާއި އަސްފެލްޓް ލޭޔަރގެ އެންމެ ފަހުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އާ ރަންވޭގެ ދިގުމިނުގައި 3400 މީޓަރު ހުންނައިރު ފުޅާމިނުގައި 60 މީޓަރު ހުރެއެވެ.

އާރަންވޭގެ މަސައްކަތުގެ އިތުރުން  އާ ސީޕުލޭން ޓާމިނަލް އެއްވެސް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ވެލާނާއިންޓަނޭޝަނަލް އެއާޕޯޓް ގަ ހިންގަމުންނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ 3.2 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް  އެއާޕޯޓުގެ މުޅިއާ ޕަސެންޖާ ޓާރމިނަލެއް ވެސް އެޅުމުގެ މަސައްކަތް ހަލުވިކަމާއެކު ތަރައްގީ ކުރުމުގެ މަސައްކަތް  ސައުދީގެ ބިންލާދިން ގުރޫޕް އާހަވާލުކުރެވި ދަނީ ކުރެވެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރޭމިތުރާ

    މިފެންނަ ތަރައްގީ ފެނި ލޮލަށް ނިދިނައިސްގެން ދެފަަޔަށް ހިނި އަރައިގެން ބަޔަކު އުޅޭ ދެންބުނާނެ ރަންވޭ އެއް އެޅުނީމަ ނުމުނީހޭ.. ވަކަރުގޭ ކުދިންގެ ހުންނާނީ އެހިޔާލު ވިއްޔާ. ވާނުވާ އެނގޭއިރު ޓާމިނަލާއެކު އެތަށް ދިވެހިންނަކަށް ވަޒީފާގެ ފުރުސަތު އެހެންނު..

  2. ސާބަހޭ ރައީސް ޔާމީން އެއްބުރުން ހޮވައިދޭނަން ﷲ ގެ ވާގި ފުޅާއެކު ތިޔަކުރައްވާ މިންނެތް މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ.

  3. ޙަފްޞާ / މާލެ

    ކޮންކްރީޓްތަރައްޤީގެ އާމުދަނީއިން ރައްޔިތުންނަށް އުފާވެރިކަން! ޝުކުރިއްޔާ ރައީސް ޔާމީން! ޝުކުރިއްޔާ ހީވަގި ކެބިނެޓް!

  4. އާ ރަންވޭގެ މެދުގަ އަދި އެބައޮތް ތާރުނާޅާ ބޮޑުބައެއް. ފޮޓޯ އިންވެސް އެއިނީ އެބައި ފެންނަން. ވަރަށް ސަލާމް