ދެހާސްތޭވީސްވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމް ޕީއެންސީއަށް ދޭން ރައްޔިތުން ނިންމާފައިވާ ކަމުގެ އިހްސާސް ކޮމަންޑޫ ދާއިރާގެ ދަތުރުފުޅުގެ ތެރެއިން ކުރެވެމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ މި އިންތިޚާބަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އޮތް ފުރަތަމަ މަރުހަލާ ކަމަށެވެ.

"ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން އަޅުގަނޑުމެން ކުރާ މަސައްކަތުގެ އޭގެ ސިޑިބަރީގެ ފުރަތަމަ ބުރިއަށް އަރަން މިއަދު މި މަސައްކަތް ކުރަނީ، އެއީ މި އިންތިޚާބު،" ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މިހާރު ވެސް ރަށްރަށަށް ވަޑައިގަތުމުން ބައްދަލުވާ ރައްޔިތުންގެ ފަރާތުން ދެކެވޭ ވާހަކަތަކާއި، ރަށްރަށަށް ބޭނުން ޖެހިފައިވާ ކަންކަން ޕީޕީއެމްއާއި ޚިއްސާ ކުރަމުންދާތީވެ މިހާރު ވެސް ރައްޔިތުންގެ ވޯޓު 2023 ގައި ޕީޕީއެމްއަށް ދޭން ނިންމި ކަމުގެ އިހްތިސާސް ކުރެވެމުންދާ ކަމަށެވެ.

"2023 ގެ ވޯޓު ރައްޔިތުން ނިންމި ކަހަލަ އިހުސާސެއް ކުރެވޭ، މި ފޯކައިދޫއަށް ވެސް ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް އެބަ ލިބޭ، އެ ކަންކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ވެގެން ދާނެ، އެކަމަކު އެ ކަން ކުރަން ފަސޭހަ ވާނީ މި އިންތިޚާބުން ފެށިގެން ޕީޕީއެމްއަށް ފުރުސަތު ދީގެން،" ޔާމީން ވިދާޅުވިއެވެ.

މޫސާ ފަތުހީއަށް ތައުރީފް ކުރައްވަމުން ޔާމީން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ފަތުހީގެ ތައާރަފެއް ބޭނުމެއް ނުވާނެ ކަމަށެވެ. ޔާމީން ވިދާޅުވީ ގައުމުގެ ދިފާއުގައި ވަރުގަދަ "ޖިހާދެއް" ކުރަން ޖެހިފައިވާ ހާލަތުގައި މަޖިލީހުގައި ހުންނަވަން މުހިންމު ޝަޚްސިއްޔަތަކަށް ފަތުހީ ވާނެ ކަމަށެވެ.

އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީން ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހަރަކާތުގެ މުހިންމު ކަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެ ކަމަށް ވެސް މި އިންތިޚާބު މުހިންމުވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ގިނަ ދިވެހިން ނުރުހޭ ކަމަށެވެ. އެހެންވިޔަސް ޚިޔާލު ތަފާތުވުން އޮތް ކަމަށް ސަރުކާރަށް ބެލެވޭނަމަ އެ ކަމުގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ޔާމީން ދައްކަވާ ވާހަކަ ރޭގެ ޖަލްސާގައި އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލޮލް

    އާޅޭތް! ދެން އުޅޭ ފާޑެއް!

    12
    15
  2. މަތަރަސް

    ރައީސް ޔާމީނަކީ މިގައުމުގެ އިސްލާމުދީނާ މިނިވަންކަން ދަމަހައްޓާނެ އަދި ގައުމައްޓަކާގުރުބާވާ މީހެއްކަން ޖަލުގޮޅީގާވެސް ދައްކާފި ބަލަ ފަހަ އިމުރާނާ އިބުމެންވެގެން ކޮންޑީލެއްނުހަދަނީ އެއްވެސް ކަމަކައްދީލާނުލިމާ ރައްޔަތުންނިންމީ ތިއައީ މިގައުމުގެ ރައްޔަތުންދެކެލޯބިވާ ވެރިއެއްކަން /މިހާރު ގިނިކަންޔާ ތާއިދުހޯދަމުންދާއިރު ކޮބައި މުންޑު ފުޅާކޯލޭސަން ؟؟ބައި ފަހާ އިމުރާނު ކޮބައި؟ރަހިމު މައުމޫނު ހެދިބިލެއް ކިއްލި ވިއްކާހިލަވިއްކާގާސިމު؟ބޮޑުއަގުއާސަންދަ ދަމާލާ ނާސިދު؟ ކޮބައިނުހައްގުންރިސޯޓްތަކާ ދައުލަތުގެ ތިޖޫރި ބަހާލިމީހުން؟ ހިޔާފުލެޓް ދެވީސް ރައިސްޔާމީނު ގެވެރިކަން މާތްﷲގެ އިރާފުޅާއެކުރައީސްޔާނީނުހޮވިގެންދާނެ

    9
    3
  3. އަލްޖިބްރާ

    ރައްޔިތުން ނިންމާ ނިންމުން ވަރަށް އަވަހަށް ކަލެއަށް އެގޭނެ !

    16
    9
  4. ކުޑަކަތީބު

    ގައުމުގެ ޚަޒާނާ ދެވަނަ ފަހަރަށް ހުސްކުރަން ހަވާލުކުރުމަށް ރައްޔިތުން ނިންމިކަގެ އިހުސާސް ނުވޭތޯ!

    12
    19
    • ކަތީބު

      ރައްޔިތުންގެ ޚަޒާނާ މިސަރުކާރުންހުސްކޮށްގެން މުއައްޒަފުންނަށް މުސާރަ ދެނީވެސް ސަލާންޖަހައިގެން އިންޑިއާއިން ނަގާލޯނުން. މިމަހުގެ މުސާރަ ދޭން ބަންގާޅު ހަސީނާއަށް ދައުވަތުދީގެން ރާއްޖެގެނެސް އާދޭސްކޮށްގެން ލޯނެއްދިނީ. މިނަގާލޯނުތައް ދައްކަން މިޖެހެނީ ދެންއަންނަ ސަރުކާރުތަކުން. 50އަހަރުންވެސް ނުދެއްކޭ ވަރަށް މިސަރުކާރުން ލޯނު ނަގައިފި. ކުޑަކަތީބަށް މިކަންކަން ނޭގެނީ ރީނދޫކުލަ ލައިގެން އަބަދު ހަމަހޭގައި ނުހުންނާތީ.

      10
      4
  5. ލޮލް

    ތިއުޅެވެނީ ހުވަފެނީ ދުނިޔެއެއްގަ ކަލޯ

    10
    16
  6. ާއައިމިނަ

    ހީހީ ހަލާކުވެދާނެ! ތިވަރު ވާކަށް އަދި ނުވެ އެއްނު.

    5
    6
  7. Anonymous

    މިރާއްޖޭގެ ގިނަ ރައްޔިތުން ހިތުގެއަޑިން ގަބޫލުނުކުރާ ތިން ކަމެއް ވެއެވެ.
    ފުރަތަމަ ކަމަކީ ލާދީނީ އެވެ.
    ދެވަނަ ކަމަކީ ބޮޑާކަމެވެ.
    ތިންވަނަ ކަމަކީ އަނިޔާވެރިކަމެވެ.
    ނަމަވެސް އާޚިރުގައި ދިވެހިން ނިންމާނީ ގިނަ ފައިސާ ދޭ ފަރާތަކާ އެއްކޮޅަށެވެ. ފާއިތުވެދިޔަ ތަނުން ފެނިފައިވަނީ މި ނަތީޖާއެވެ.

    3
    3
  8. Anonymous

    "ކުޑަކަތީބު" ކޮމެންޓަށް ބުނެލެވޭނީ ގައުމެގެ ނޭވާހޮޅއަށް އެޅިފައިވާ ބަލި ރައްޔިތުންގެ ނޭވާ ލެއްވުމުގެ ވަސީލަތް ގަންނަން ހޭދަކުރި ބިލިއަންސް ފައިސާތައް ދިރުވާލި ބަޔަކަށް ގައުމުގެ ޚަޒާނާ ހުސްކުރާވާހަކަ އެހެންބައެއްގެ ބޮލުގައި އަޅުވައި އަނގަހުޅުވަން ކުޑަ ލަދެއްވެސް ނުގަންނަނީ ހަމަ ގަމާރުކަމުން އެއްޗެއް ނުވިސްނެނީބާއޭ؟؟ އަދި މިސަރުކާރުމިވީ ކުޑަ ދުވަސްކޮޅުގައި އެތައްފަހަރަކު ފައިސާތަކެއް ޗާޕްކުރަންޖެހުނީ ޚަޒާނާގައި ފައިސާތަކެއް ފުރިބާރުވެ ބޭރަށް ފައިބާތީބާއޭ ހިތައްއަރާ؟؟ކަލޭމެން އުކާ ބަސްތަކަށް 5ހިއްސު ހަމަ ރައްޔިތުން އޮޅުވައެއް ނުލެވޭނެ.

    6
    5
  9. ރާގޮނޑި

    ރޯމާދުވާލު ހުވަފެން ދެކެނީ. ދިވެހިރައްޔިތުން ނޫޅޭ ތިވަރުގެ އަނިޔާވެރިޔަކަށް ދެވަނަފަހަރަށް މިޤައުމުގެ ވެރިކަން ހަވާލުކުރާކަށް. ތީ ކާންދިން އަތުގަ ދަތްއެޅި މީހެއް. ތިމާ ނަގާ ރައީސްކަމުގެ ގޮނޑީގަ ބޭންދި މީހުން ހުރަގެޔަށްލީ މީހެއްތީ. މައުމޫނުގެ ވެރިކަމުގަ 30 އަހަރު ވަންދެން ބޮޑެތި މަޤާމުތައް ދީގެން ގެންގުޅެފަ އަދި ވެރިކަން ހޯދައިދިނީމަ އެފަކީރު ގެންގޮސް ހުރަގެޔަށް ގަޅާލި މީހެއްތީ. އަދީބު ކުރި ވައްކަންތަކުގެ ވާހަކަ ދެއްކި ހުރިހާ އެންމެން ޖެހުނީ ކުޑަގޮޅިޔަށްދާން.

    5
    8
  10. މުހައްމަދު

    2018 ވަނަ އަހަރުވެސް ނިހާނުމެން މުޅި ރާއްޖެއިން މީހުން ގެނެސް ސަޖިދަ ޖެހި ކިހިނެއްވީ