މިސްކިތްތަކަށް އިޚުތިރާމު ކުޑަ އަމަލުތަކެއް ފަހަކަށް އައިސް ގިނަވަމުން އަންނަ އިރު، އޭގެ ކޮންމެ މީހަކީ ބުއްދި ސަލާމަތުން ނެތް މީހެއް ކަމަށް ބުނި ނަމަވެސް އެފަދަ "މޮޔައިން" އުފެދިގެން އައީ މި ސަރުކާރުގައި ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސަ ފަތުހީގެ ކެމްޕޭންގައި ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މި ސަރުކާރުގެ ވެރިން ސިޔާސަތުތައް ތަންފީޒު ކުރާ ގޮތުން ދީނަށް އިޚްތިރާމް ކުޑަވެގެންދާ ތަން ފެންނަ ކަމަށެވެ.

މިސާލެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަ ކުރެއްވީ ވެސް މިސްކިތްތަކަށް ކުޑަކަމު ދިއުމާއި ބޮޑުކަމުދިއުމާއި، މިސްކިތުގައި ހުންނަ ގުރްއާން ފޮތްތައް އުކާލައި އެ ތަކެއްޗަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ފަހަކަށް އައިސް ގިނަވަމުންދާ މައްސަލައަށެވެ.

މި މިސާލު ފާހަގަ ކުރެއްވުމަށް ފަހު ސަރުކާރަށް ރައީސް ޔާމީން ސުވާލުތަކެއް އަމާޒު ކުރެއްވިއެވެ. އެ ކަމުގައި ސަރުކާރުން ނަގަން ޖެހޭ ޒިންމާ ނުއުފުލަނީ ކީއްވެގެންތޯއާއި އެއިން ކޮންމެ މީހަކު މޮޔައެއް ކަމަށް ބުނުމުން ޒިންމާ އުފުލުނީތޯ އެއްސެވިއެވެ. ކުރިން އެފަދަ މީހުން ނުފެންނަނީ ކީއްވެގެންތޯ ވެސް އެއްސެވިއެވެ.

"މި ކަން ކުރަން ދޫކޮށްލާފައި ހުންނަ ކޮންމެ މީހަކީ ބުއްދި ފަސް މީހަކަށް ހެދީމަ އެއީ ވަރަށް ފަސޭހަ އުޒުރެއް. މީގެ ކުރިން ވެސް މި ކަހަލަ މޮޔައިން ތިބެން ޖެހޭނެ. މިވާ ގޮތަކީ ވެރިކަން ހިންގި ތިބި ވެރިންގެ މެދުގައި ދީނަށް އޮތް އިޚްތިރާމް ކުޑަ ކަން އެނގިގެން ދަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް އޮފީހާއި ދެ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހަކު ދާދި ފަހަކުން ހައްޔަރު ކުރިއިރު، އައްޑޫ ފޭދޫގައި ހުންނަ މިސްކިތަކަށް ކުޑަކަމު ގޮސް އެ މިސްކިތުގައި ހުރި ތަކެއްޗަށް ގެއްލުން ދިން މީހަކު ވެސް ހައްޔަރު ކުރިއެވެ. އެކަމަކު އައްޑޫ މިސްކިތަށް ކުޑަކަމުދިޔަ މީހާގެ ނަފްސާނީ މައްސަލަތައް ހުރި ކަން އެނގުމުން ފަހުން އޭނާ ދޫކޮށްލީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަދުހަމް

    މާލޭގެ މިސްކިތް ތަކަށް ދިޔައީ ކުޑަކަމު. އައްޑޫ ގެ މިސްކިތް ތަކަށް ދިޔައީ ބޮޑުކަމު. ކޮއްމެ ފަހަރަކު މޑޕ އިން ވެރިކަމަށް އަންނަ އިރަށް ލާދީނީއްޔަތު ފައްކާ ކޮށް އޭގައި އެތަކެއް ދިވެހިންނެއް އަރަގުވެ ސިކުނޑި ތައް ނަފްސާނީ ވެ އަމަލުތައް މޮޔޮވޭ. މިއިން ކޮންމެ މީހަކު ނަފްސާނީ ވެގެން ކުރާހާކަމަކީ ރަސޫލާ އަށާ އިސްލާމް ދީނަށް ފުރައްސާރަ ކޮށް މިސްކިތް ތައް ނަޖިސް ކޮށް މިސްކިތް ތަކާ ގުރުއާން އަށް ގެއްލުން ދިނުން. މިހުރިހާ ނަފްސާނީ މޮޔައިންނަކީ މޑޕ އަށް ނިސްބަތްވާ މީހުން.

    16
    2
  2. ބޮސް

    ކަލޭ މާކަ ރަނގަޅެއްނޫން އަނގަފުޅާކޮށްފަ ތިކަހަލަ ވާހަކަ ދައްކާކާކަށް. ތަންދޮރު އޮޅުންފިލާހުރި ރައީސަކުނަމަ އެހެންމީހުންގެ ބޮލުގަ އިލްޒާމުއަޚުވާފަ ވާހަކައެއް ނުދައްކާނެ. ފުރަތަމަ މިސްކިތްތަކުގެ ވާހަކަ ދައްކާއިރު ގަޑިއަށް މިސްކިތްތަކަށް ގަޑިއަށް އެރޭތޯބަލާ. ނުވަތަ ޢެންމެ ފަހުން ނަމާދަކަށް އެެރީ ކޮންދުވަހަކުތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަބަލަ.

    2
    15
    • ޚަދީޖާ

      މިސްކިތަށް އަރާފައި ކަލެއަށް ދެއްކީމަތަ ނަމާދު ކަމުދަނީ.

      • ޔަމަން

        މިސްކިތަށްއަރާނަމަތާ ދެއްކޭނީވެސް.

  3. ބެއްޔާ

    މިވާހައިގެ ތެދުކަމުން އެމްޑީޕީގެ ކޮމެންޓް ކުރާ ކުދިންކޮޅަށް ކޮމެންޓް ލިއަންވެސް އެތިބީ ނުކެރިފައި. އެމީހުންވެސް އެކަން އެބަ ގަބޫލުކުރޭ.

    11
    1
  4. Anonymous

    އެއީ ކަލޭމެން ކުރުވާ ކަމެއް.

    1
    7
  5. ސަލަފު

    މިސްކިތްތަކަށް އިޚްތިރާމު ނުކުރާ މޮޔައިން އުފެދުނީ ކުއްލިއަކަށް މި ސަރުކާރުގައި ވަރަށް ބޮޑު ތެދުފުޅެއް ޔާމީނު. މިސާރުކާރުން އުފެއްދެވި ނަފްސާނީ ކޮމިޓީން ނިންމަވާ ގޮތުގައި ދެމެފިރިން ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރެވޭނީ ބޭސް ގުޅައެއް ކާލައިންގެން. މިހުރީ ނަފްސާނީ ކޮމިޓީގެ ޤާބިލުކަން....

    10
  6. މޮޔަމިހާ

    މަރުވުމަށް ފަހު އެކަނިމާ އެކަނި ކަށްވަޅުގެ އޮންނަޖެހޭ ދުވަހު ނަފްސާނީ މިހާކަށް ނުވާނެބާ؟ ރައްޓެއްސެއް އާއިލާ މީހެއްގެ އެހީތެރިކަން ނުލިބޭ ދުވަހަކު އެފަދަ މީހުންނަކީ ނަފްސާނީ މީހުންގެ ގޮތުގައި މިސަރުކާރުގެ ނަފްސާނީ ކޮމިޓީން ބޭސްކާންް ކަޑަނާޅާނެބާ؟

  7. ރަގަޅު

    ރަގަލު ވާހަކައެއް

  8. ޔަމަން

    ކަލޯ ޔާމީނު ، އެންމެފަހުން މިސްކިތަށްއެރީ ކޮންދުވަހަކު، އެއުޅޭ އައްނިއަށްވާވަރުވެސް ކަލެޔަކަށްނުވޭ. އެންމެފަހުން ދައުލަތަށް ގިނަދުވަހު ހިދުމަށްކުރި ބޭފުޅަކު ނިޔާވިދުވަހުވެސް ވަރަށްބެލިން ޔާނު ކަށުނަމާދުން ފެނޭތޯ ! މޫނުބަލާލަންވެސް ނުދަނީއުތަ.