އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން އަމާންކޮށް ދަނިކޮށް ގައުމުގެ ހަމަނުޖެހުން ނަގާލީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު އަމާންކޮށް ހިނގަމުން ދަނިކޮށް ހަމަޖެހުން ނަގާލީ މައުމޫނާއި ގާސިމް ވެގެން ކަމަށެވެ.

"މޭޑޭ 2015 ގެ މުޒާހަރާއިން ގައުމުގެ ހަމަނުޖެހުން ނަގާލީ، އެ ހިސާބަށް ދާން ޖެހުނު ސަބަބު އަޅުގަނޑުމެން ވިސްނާލަން ޖެހޭ، އެ ހިސާބަށް ދިޔައީ އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު ރައީސް ޔާމީން އަރިހުގައި ތިބެ ފަހުން ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ނުކުތުމުން،" އަދުރޭ ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ "ޣައްދާރު ބަޔަކު" ތިއްބެވި ކަމަށް ވިދާޅުވެ، އަދުރޭ އިޝާރާތް ކުރެއްވީ މައުމޫނާއި ގާސިމަށެވެ.

"މައުމޫނާއި ގާސިމްގެ ހަކަތައިން ހިތްވަރު ހޯދައިގެން އެމްޑީޕީން ވެސް، އެހެން ދެން ތިބި ބަޔަކު ވެސް ނުކުމެ މި ރާއްޖެ މި ނުރައްކާތެރި އަނދަވަޅަކަށް ވައްޓާލައިގެން މި އުޅެނީ،" އަށާރަވަނަ އަދި ސަތާރަވަނަ މަޖިލީހުގައި ވެސް މަސައްކަތް ކުރެއްވި އަދުރޭ ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ވެރިކަން ހިނގަމުންދާ ގޮތުން، އިންޑިއާގެ އަސްކަރީ ބާރުވެރިކަމާއި އިސްތިއުމާރީ ބާރު ރާއްޖެއަށް ބޮޑުވަމުން ދާތީ، "ކެތްތެރިކަން ކޮޅުން ލައިގެންދާ" ކަމަށެވެ. އެހެންވެ ރައީސް ސޯލިހް އިސްތިއުފާ ދެއްވުމަށް އަދުރޭ ގޮވާލެއްވިއެވެ.

"ދިވެހި ދައުލަތަށް އިހުމާލު ވެގެން ދިޔަ، މި މަންޒަރު ބަލާކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ، ރައީސް ސޯލިހްގެ ޚިދުމަތަކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ، މަގާމުން އިސްތިއުފާ ދެއްވަން ގޮވާލަން،" ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ރައީސް ޔާމީން ދެމެދު އުފެދުނު ކޯޅުން

ޔާމީން އާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫންއާއި އުފެދުނު ޚިޔާލު ތަފާތުވުންތަކާއި އެކު ފުރަތަމަ މައުމޫން ޕީޕީއެމުން ވަކިކުރީއެވެ. އޭގެ ފަހުން ފާރިސްއާއި ޔުމްނާ އަދި މައުމޫން އަރިސް އެތައް ބޭފުޅުން ވެސް ޕީޕީއެމުން ދުރަށް ޖެހިވަޑައިގަތެވެ. މަޖިލީހުގެ 12 މެންބަރަކު ވެސް ޕީޕީއެމް ދޫކޮށްލެއްވިއެވެ.

އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކަކަށް ފަހު، މައުމޫނާއި ފާރިސްއާއި ނަދީމް ހައްޔަރު ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

އެއީ ޖަލު ހުކުމްތަކާއި ބަންދުތަކުގައި ތިއްބެވި ސިޔާސީ ލީޑަރުން ހިމެނޭހެން ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ގައި ނެރުނު ހުކުމަށް ފަހުގައެވެ.

އެ ހުކުމް އިއްވިތާ ފަސް ދުވަސް ފަހުން ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީއެވެ. މައުމޫނާއި ފާރިސްއާއި ނަދީމް ވެސް ހައްޔަރު ކުރީ އޭރުއެވެ.

ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ ކުރިން ނެރުނު ހުކުމް ބާތިލްކޮށްފައެވެ. ޕީޕީއެމްގެ އިސް ބޭފުޅުން އެ ހުކުމް ސިފަކުރެއްވީ ޔާމީންގެ ވެރިކަން ވައްޓާލަން ވެގެން "ޝަރުއީ ނިޒާމުގެ ތެރެއިން ހިންގި ބަޣާވާތެއް" ގޮތުގައެވެ.

މި ހުރިހާ ކަމެއް ހިނގައިދިޔައިރު، ޔާމީންގެ އަރިހުގައި މައުމޫންގެ ދަރިކަލުން އަދި މިހާރު ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހުންނެވިއެވެ.

މައުމޫންގެ ދަރިކަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ޔާމީންގެ ސަރުކާރަށް ދުވަސްވަރަކަށް ޚިދުމަތް ކުރެއްވިއެވެ. ނަމަވެސް މައުމޫން ހައްޔަރު ކުރި ފަހުން ސަރުކާރާ އ ސިޔާސީ ކަންކަމާއި ވެސް ދުރަށް ޖެހިވަޑައިގަތެވެ. މިހާރު އެކަމަނާ ހުންނެވީ އެމްއެންޕީގައެވެ.

މައުމޫން، ފާރިސް، އަދި ނަދީމް ވެސް މިނިވަންވީ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ނާކާމިޔާބުވި ފަހުން ކޯޓުން އެ މީހުންގެ މައްޗަށް ކުރި ހުކުމް ބާތިލްކުރުމުންނެވެ. މައުމޫނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. އިސްޢާފް ސަލީމް

  100 ޕަސެންޓް ތެދެއް! އެމްޑީޕީ ބިމަށް ތުންހަރައިގެން ބޮލާފޮށަގައި އޮއްވާ ކޮޅަށް ނެގީ އެ ދެމީހުން!

  21
  2
 2. އަލްޖިބްރާ

  ޔާމީނުގެ ވެރިކަން ގެއްލުނީ އެހެންބަޔަކު ކުރިކަމަކުން ނޫން ! ހިސާބަށް ވުރެ ބޮޑަށް ބަޔަކަށް އަނިޔާ ވެރި ވާން ފަށައިފިނަމަ ﷲސުބްހާނަޙޫ ވަތަޢާލާ އެއަނިޔާވެރިކަން ނިންމަވާނެ ކަން ކަލޭމެނަށް ނޭގެނީ ޖާހިލުކަމުން !

  10
  19
 3. އަބްދޫ

  އަދރޭ ތިޔަބުނީ ތަނގަލަކަށް ނޫން. ޔާމީނުގެވެރިކަން އޮމާންކޮށް ރަނގަލަށް ހިގަމުންދަނިކޮށް ޔާމީނު ނައްތާލުމަށާއި ގާސިމާ މައުމޫނު ބޭރުކޮށް އަދީބު ވެރިކަމަށް ގެންނަން މަސައްކަތް ކުރީ އަދުރޭ އާއި ފާތުމަ. އޭރު ފާތުމަ ހުރީ އަދީބުގެ ފިޔަވަޅުމަތީގަ ފިޔަވަޅު އަޅާހިސާބުގަ ސަރުކާރުގެ ހުރިހާކަމެއް ރާވަމުންދިޔައީ ފާތުމަ ބޭނުންވާގޮތަށް. ބަލަގަ އިލެކްސަނަށް ޔާމީނު މާހިރުގެނަން ފޮނުވާފަ އޮއްވާ ފާތުމަވަދެގެން އެނަން އަބުރާގެނެސް ސަރީފުގެ ނަން ފޮނުވީ. މިއީވެސް ފެންނަންހުރި މިސާލެއް. އަދި ފާތުމަބުނި ފާތުމައަކީ ނާއިބު ރައީސްކަމަށް ޖިހާދު ބަހައްތާފަ ހުންނަނީ ނަމަކަށް ކަމަށް. ފާތުމަ ހުރީ ޔާމީނު ކުޑަކުރުވާފަ. ޔާމީނު ވެރިކަމަށް އަތުވެދާނެތީ ކަންބޮޑުވެގެން އަދުރޭ އާއި ފާތުމަ ގެ ނުފޫޒުން ގާސިމާއި މައުމޫނު ޖަލަށް ލެއްވީ ވެސް.

  10
  16
 4. ސަފަރުކަތްދަ

  މިޤައުމު މިހާތަނަށް ދުށް އެންމެ އަނިޔާވެރި ވެރިޔަކީ ރައީސް ޔާމީން. އެއީ ހެޓިލަރު. ފައިސާގެ ދަހިވެތިކަމުގައި ނައިބުރައީސް ހޫރާލީ. ތިމާ ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްކުރި ޓީމު އެއްކޮށް ބުރުވާލީ ވައްކަމުގެ ވާހަކަ ދެއްކި ކޮންމެ މީހަކު ބުރުއަޅުވާލީ. ބޭނުންވީ ހަމައެކަނި އަދީބު. އަދީބު ހޯދަމުންދިޔަ ފައިސާ. ފައިސާ. ފައިސާ. އަވަށްޓެރި ގައުމުތަކާ އޮތް ގުޅުންވެސް ކަނޑާލީ. ދުނިޔޭގަ ދިވެހިރާއްޖެ އެކަހެރިކޮށްލީ. ބޭނުންވީ ހަމައެކަނި ފައިސާ ފައިސާ ފައިސާ. ކޭބަޔަކު ކައިފިޔޭ. އަޑުގަދަ މިކުރަނީ ގިނައިން ކޭމީހުންނޭ.

  7
  14
 5. ވގ13

  ވައްކަން ކުރާވަރުން އޮބިނޯވެގެން ވެރިކަމުންދުރުކުރީ ރައްޔިތުންގެ ވޯޓުން ބުރާންޗާ

  10
  21
 6. އެދުރުބެ

  ރަގަޅަށް ތިބުނީ. ވައްކަން މެކުހުގައި ހުއްޓާ އެކަން ހުއްޓުވީ އެދެމީހުން!

  12
  19
  • ޚަދީޖާ

   މިހާރު ކުރާ ވައްކަން މާގިނަ. ބަދަލުދިނުމުގެ ނަމުގައި މިލިއަން މިލިއަނުން ޕާޓީ މީހުނަށް ދައުލަތުގެ ލާރިތައް ބަހަނީ. އެ މައްސަލަތަކުގައި ބަންޑާރަނައބާ އޭސީސީން ސުވާލުކުރަން އުޅުނީމާ، އޭސީސީގެ މެންބަރުންތައް ވަކިކުރަން އުޅުނީ.

   16
  • ޙަސަނާ

   އެ 2 މީހުން ކުރި ކަމަކީ ފަނޑިޔާރުންނަށާއި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން މަސައްކަތްކުރުން.

   2
   1
 7. ލާމު

  އަދުރޭއަށް އޮޅުނީއެވެ. ޔާމީންގެ ވެެރިކަން ރަނގަޅަށް ދަނިކޮޮށް އަދީބު ކިޔާމީހަކު މުޅިދައުލަަތް ފަސާދަކޮށް ގަޑުބަޑުކުރަން ފެށީމަ މައުމޫނާއި ގާސިމާއި ދެންވެސް ތިބި ހެޔޮއެދޭ މީހުން އެވާހަކަ ދެއްކި. އެވާހަކަ ދެއްކީމަ އަދީބުވީ ޚާލިދުބުނި ވަލީދަކަށް. އެހިސާބުން އެމީހުން ދުރަށްޖެެހުނީ. ވެރިކަމަށް ޔާމީނު ގެންނަން ހެޔޮހިތުން މަސައްކަތް ކޮށްދިން މީހުންނަށް ވުރެ ވެެރިމީހާއަށްް އަދީބުގެ މުހިންމުކަން ބޮޑުވީމަ ވީގޮތެއް ވެގެންދިޔައީ. އަދުރޭއަކީ ވެސް އަދީބަށް ބައިޢަތު ހިފި މީހެއް. ކޯންޗެއް ލިބިގެން ކަމެއް ނޭނގޭ. އަދުރޭމެންވެސް ވެރިމީހާއަށް ދިން ލަފާ ގޯސްވީމަ މުޅި ދައުލަތް ޚަރާބުކޮށްލަން އަދީބަށް ފުރުސަތު ލިބުނީ. މިކަމުގެ ޒިިންމާ އަދުރޭމެން ވެސް ނަގަންޖެހޭނެ.

  12
  2
 8. ހައްވަ

  އަދުރޭ، ކީރިތިވަންތަ ﷲތަޢާލާ އަމިއްލަ ޒާތު ފުޅަށް ޙަރާމް ކުރައްވާފައިވާ އަނިޔާވެރިކަން ޔާމީން އިަސްކުރުމުން ވެރިކަން ގެންދެވީ. ވަގުންނަކަށް ނުފިލާނެ. އަނގަ އޮތިއްޔާ ތެޅުވިދާނެ!

  7
  10
 9. ހަމަދަންނަ މީހާ

  ތީ މުޅިއަކުން ތެދެއްނޫނެވެ. އަދުރޭމެން އަދީބުގެ އަތުން ރިޝްވަތު ނަގަންވެގެން މައުމޫނާ ޑޮކްޓަރ ޖަމީލާ ކާނަލް ނާޒިމުމެންގެ ބާރުކަނޑުވާލަންވެގެން އުޅެން ހަދައިގެން ވީގޮތެކެވެ. މައުމޫން ދުވަސްވަރު މައުމޫނަށް ސަނާކިޔައި ޔާމީން އައުމުން ޔާމީނަށް ސަނާކިޔައި އަދީބުއަތުން ފައިސާ ހޯދަންވެގެން އަދުރޭމެން ތެޅިބޭލިގޮތް މިހާރުވެސް އަހަރެމެން ހަނދާން އެބަހުއްޓެވެ. މިހާރު ޔާމީންގެ އަރިސް ބޭކަލަކަށްވެގެން ހުއްޓަސް ތީވެސް ފައްކާ ފެފުށްކެހެރިއެކެވެ.

  7
  3
 10. Anonymous

  ޔާމީންގެ ވެރިކަން ހިންގަމުންދިޔަ ބަހާތަކަކީ ބޮޑާކަމާއި އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރު. އެއީ ދިވެހިން ގަބޫލުކުރާ ކަންކަމެއް ނޫން. މައުމޫނު ވެސް ގާސިމު ވެސް އެ ކަންކަމެއް ގަބޫލެއްނުކުރާނެ. އަދިވެސް ގަބޫލެއްނުކުރާނެ. ޔާމީންގެ ވެރިކަމުގައި ވަނީ އާމުން ރައްޔިތުންގެ ތެރެއިން އެތައް ބަޔެއްގެ ވަޒީފާ ގެއްލުވާލާފައި. މިފަދަ އެތައް ކަމަކާހެދި ރައްޔިތުން ޔާމީނު ދެކެ ރުޅިއައީ. އަދިވެސް ވެރިކަމަށް އައިސް އެކަންކަން އިސްކޮށް ރައްޔިތުންނަށް އަނިޔާވެރިވެއްޖެއްޔާ ޔާމީނުގެ ވެރިކަން ވައްޓާލަން ރައްޔިތުން މިނިކާރާއްޖޭ މީހުންނާ ވެސް ގުޅޭނެ. އަދުރޭމެން ހީނުކުރާތި ހިތުހުރި ގޮތަކަށް މިރާއްޖޭގެ ވެރިކަން ކުރެވިދާނެކަމަށް. މާތް ﷲ ވޮޑިގެންވޭ. އޮބިނޯންނަވަރަށް ރައްޔިތުންނަށް އަނިޔާވެރިވީމާ، ރައްޔިތުން އެކަލާނގެ ހަޒުރަތުގައި ދުއާކުރާނެ.

  5
  8
 11. ގަލަން ތުނޑު

  ތިން ފިޔޮއް އެމްޑީޕީ ހަރުގޭގަ ރޯންތިއްބާ ގާސިމާ މައުމޫނާ ގޮސް މުޅިގައުމުހަލާކުކޮށްލީ..އަނދުރޭ ތިކަން އެންމެނަށް އެނގޭ އެކަމު ތިބޭފުޅުން މިވާހަކަ ވިދާޅުވިލެއް މާބޮޑަށް ލަސްވެއްޖެ..

  8
  6
 12. ޏަމް

  ވަށްކަންކޮށްގެންވެސް ގައުމުގެ އިގުތިސޯދު ރަނގަޅުކޮށް ރަށްޔަތުންގެ މާލީ ތަނަވަސްކަން އިތުރުކޮށް ރަށްޔަތުންގެ ޖީބުތަށް ފުރާލާ އެއަރޕޯޓާއި ސިއްހީހިދުމަތާއި ކަނޑު ހުރަސްކޮށް ދުނިޔެ ސިއްސުވާލި ބުރިޖާއި 25 ބުރީގެ ޓަވަރާއި ފޭސްދޭގެ 25 ބުރީގެ ޓަވަރުތަށް އަޅައިދިނީ ރަށްޔަތުންދެކެ ރައީސްޔާމީން ލޯބިވާތީ މިގަރުނު ދުއް އެއްމެ ކުޅަދާނަ ގާބިލު ވެރިޔަކީ ރައީސްޔާމީން އެއީ ވެރިޔަކީ ދެންމިގައުމުގެ ވެރިކަންކުރީ ގެރިން ސޯލިހަށް ކުރެވުނު ވަށްކަމަކީ ކަޅުކޮތަޅުގައި ފައިސާއުފުލުމާއި ވެންޓިލޭޓަރުން ވަށްކަން ކުރުން ގައުމަށް ކޮށްދެވުންއެއްކަމެއްވެސް ނެތް ކޮށްދެވުނު ކަމަކީ ރުއިން ކަރުނައަޅަ އަޅާ ރުއިން.

  2
  1