ދިވެހި ރައްޔިތުން ސަރުކާރެއްގެ ކިބައިން އެދޭނެ ހުރިހާ ކަމެއް އަދުގެ ސަރުކާރުން މިދަނީ ކޮށްދެމުން ކަމަށާއި މިހާރު ވެސް ތަރައްގީގެ މަޝްރޫއު އެއް ނުހިނގާ ރަށެއް ނޯންނާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރޭ ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ނައިބު ރައީސް ވަނީ މިސަރުކާރު ކޮވިޑުގެ ހާލަތުގައި ވެސް ނުހުއްޓި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިއަކަން ފާހަގަ ކުރައްވާފައެވެ.

"މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ ހަލުވި ސްޕީޑެއްގައި ބާރަށް މަސައްކަތްތައް ކުރިއަށްގެންދަން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ ކަންކަން ކުރިމަތިވެގެން ދިޔަ ގޮތުން ބޮޑުބައެއް ހަގީގަތުގައި ދިޔައީ ވަރަށް އުނދަގޫ ގޮތަކަށް. އަޅުގަނޑުމެން އެންމެ ބޭނުންވާ ގޮތަށް މަސައްކަތް ކުރުމަށް އެ ޖާގަ ހަގީގަތުގައި ނުލިބި ދިޔައީ. އެނގިވަޑައިގަންނަވާނެ މުޅި ދުނިޔެ ހުއްޓުމަކަށް އައީ." ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދަތި އުނދަގޫ ދުވަސްތަކުގެތެރޭގައި ވެސް ފެނިގެންދިޔައީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދިޔަ ތަން ކަމަށެވެ. އަދި މިވަގުތު ވެސް ތަރައްގީގެ މަޝްރޫއު އެއް ކުރިޔަށް ނުދާ ރަށެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"ސަރުކާރަކުން ރައްޔިތުން އެދޭނެ ހުރިހާ ކަންތައްތަކެއް އަޅުގަނޑު ދަންނަވާނީ މި ސަރުކާރުން މިދަނީ ރައީސުލްޖުމްހޫރިއްޔާ ތި ބޭފުޅުންނަށް ކޮށްދެމުންނޭ." އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދިވެސް ހިތްހަމައެއްނުޖެހޭ. އަޅުގަނޑުމެން ގަބޫލުކުރަނީ އަދިވެސް މިއަށްވުރެ ބާރަށް ކުރިއަށްގެންދެވެން ޖެހޭކަން. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ސަރުކާރާއެކު މި މަސައްކަތް ހަލުވިކަމާއެކު, އަޅުގަނޑުމެންގެ މެނިފެސްޓޯއެއް އެބަވޭ."

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއިދު ހޯއްދެވުމަށް ނައިބު ރައީސް ވަޑައިގަންނަވާފައިވާއިރު އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެދާއިރާގެ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދުކުރުމަށް ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ތަރައްގީއާއި ޕްރޮޖެކުޓުގެ ނަމުގައި ބައެއް ރަށްރަށުގެ ފަޅު ތޮށީގައި ގާވެއްޓިފަތިބި ތަންތަނުގަ ގާކޮޅެއްއަޅާ މަރާމަތްކޮށްލުންފަދަ ކަމެއް ނުކުރާވާހަކައެއްނޫން، މިފަދަ ބިޔަ ޕްރޮޖެކްޓްތަށް ނަގައިގެންއުޅޭ ވެރިކަންކުރާ ޕާޓީގެ އަޢުވާނުން ކޮރަޕްޓް ޖަރީމާއިން މުއްސަދިވެއްޖެ. ނާއިބު ރައީސު ތިޔަވިދޅިވާފަދަ ތަރައްގަިތަކަކީ ރައްުިތުންނަށް އައު އަދި ލޮލުގަ އަޅައިގަންނަފަދަ ތަރައްގީއަކަށްނެވޭ، ވައްސަލާމް

    41
    • ހުސޭނުބޭ

      އެބުނާ ރައްތަކުގައި ނިމިފައިވަނީ ޔާމީނު ފެށި މަޝްރޫޢުތައް

      32
      1
  2. ސަލީމްބެ

    މިނޫނިއްޔާ ކުރިން ރަށު ކަތީބް ރަށު ކަމުވޮށިވެގެންވާ މީހާ ރަށު ކައުންސިލަރު ހުޅުވާ ކަހަލަ ކަންތައްތައް ހުޅުވުމުގެ ރަސްމިޔާތަށް ދާ މީހެއް މަނޫނީ ނުދެކެން ގަލެއް ބޭންދުމުގެ ރަސްމިއްޔާތު، ރުކެއް ކެނޑުމުގެ ރަސްމިއްޔާތު، ބޭރު ފާރު ކުލަލުމުގެ ރަސްމިއްޔާތު، ލިފްޓް ހުޅުވުމުގެ ރަސްމިއްޔާތު، ރޯދައަށް ވެލިލުމުގެ ރަސްމިއްޔާތު، އިންޖީނުގޭ ފުރާޅު ބަދަލު ކުރުމުގެ ރަސްމިއްޔާތު، ސައްދޯއް ޖެހުމުގެ ރަސްމިއްޔާތު ހުޅުވާފައި ބުނަންވީ ވާހް ވާހި ހާދަ ބޮޑެތި ތަރައްޤީއޭ މަހީހީ ހަލާކު ހުސް ކަޑުކޮސް

    42
    1
  3. ފާފު ދާލު.

    ތަރައްޤީގެ މަޝްރޫޢު ތަކުގެ ތެރޭން އާރުލާ ރައްޔަތުންނަށް ނަފާހުރި ޕްރޮޖެކެޓް ތަކަކީ ރައީސް ޔާމީންގެ ސަރުކާރުގަ ފަރުމާކޮށް ފެއްޓިފައިވާ އަދި ފައްޓަވަން ނިންމަވާފައިވާ ޕްރޮޖެކެޓްތައް. ތިކަމުގެ ޝުކުރު ޙައްގުވާ ފަރާތަކީ ރައީސް ޔާމީން. މިސަބަބަށްޓަކައި ކޮމަންޑޫ ދާއިރާ ޕީޕީއެމަށް ޚާއްސަވާން ޖެހޭ.

    37
    1
  4. އަހްމަދު

    ދިވެހިރާއްޖޭގެ ނައިބުރައީސް އިންނެވިޖަލްސާއެއްގަ ބޭއަދަބީބަސް ބޭނުންކޮށް އަދަބާޚިލާފް ވާހަތައްދެއްކެވީމަ ކޮމަންޑޫގެރައްޔިތުންނައް މިމީހުންގެފެންވަރު ވަރައް ރަނގަޅައްއެނގި ހާމަވެއްޖެ މިހާލަތުގަ ހެޔޮވިސްނޭ އެމްޑީޕީގެ މެމްބަރުންވެސް ފަތުހީކަހަލަ ހިދުމަތްތެރިއަކު އިމްތިހާބުކުރަންޖެހިއްޖެކަމައްފެނޭ

    28
    1
  5. ކޮއްޔާ

    ރާއްޖޭގެ ރަށްރަށުގެ ސްކޫލެއްގެ ކްލާސްރޫމް އާބާތުރަ ފިލުވަންވިޔަސް އިންޑިޔާ އެމްބަސީ / 6 ގަނޑު ޓިނުބަދަލް ކުރިޔަސް އެމްބަސީ /
    ތިދަރަޖައަށް ވެއްޓި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ރަށެއް ނެތޭބުނެ އަނގަހުޅުވަން ލަދެއްވެސްނުގަނޭދޯ !! ގައުމު އެފުށްމިފުަށަށް ޖެހެނީި ،،. ދިވެހީން ހޭއަރާކަށް ނުވޭބާ !! ޢިންޑިޔާ އައުޓް //

    35
  6. އއ

    ކުޑަހުވަދޫގައި އެއްވެސްކަމެއް ނުކުރޭ. ވައުދުވީ އެއްވެސްކަމެއް ނުހިނގާ

  7. ދަރަނި ދަންތުރަ

    މިވެރިކަމުގައި އިސްލާމްދީނަން ފުރައްސާރަނުކުރާ ދުވަހެއްވެސްނާދޭ ، ނައިބު ރައީސް ތުނބުޅި ބޭލުންވެސް އެއީ ތަރައްގީގެ މަސްރޫއެއްދޯ

  8. ާއަފުރެން

    ފ. ނިލަންދޫ

  9. ާއަފުރެން

    ފ. ނިލަންދޫގައި ނުހިނގާ

  10. ދެބޯގެރި

    އަމާބުނީމަ ފަރަށްދާހެން ކޮންމެ ރަށެއްގަ ޕްރޮޖެކްޓު ހިންގިޔަސް އ ނުވާނެ ކަމެއްކުރަންވާ ގޮތަށްކުރާ ކަމަކަށް ޕާޓީ މެމްބަރުންނާ ނުފޫޒުގަދަ ފަރާޓްތައް ހިއްސާވާ ކުންފުނިތަކަށް 10 ގުނަ ބޮޑުއަގުގަ މަސައްކަތްތައް ހަވާލުކޮށްގެން ވާކަމެއްހަރާމް ފިނިހަކަ ދުވެލީގަވެސް ކަންކަން ނުކުރެވޭ އިމްތިހާބަށް ނުފޫޒު ފޯރުވަން ބަޖެޓުގަނެތްކަންކަން ފެށީމަ އެވާނެތަ އިހުލާސްތެރިކަމާއެކު ކަމެއްކުރާކަމަށް

  11. އެވެސް ތަރައްޤީ

    އެތަރައްޤގެތެރޭގަ ކޮވިޑުވެސް ވަރައްތަރައްޤީ މިހާރު

  12. ވެދުމޭ

    ކޮވިޑްގަ ބޭރުގައުމުތަކުން އެހީއެއްގެ ގޮތުގަ ލިބުހާ ފައިސާޔާ އެއްޗެހިކޮބާތޯ ރައްޔިތުންނޭ ހިދުމަތޭ ގޮވަމުން ރޭޑިއޯތަކާ ޓީވީތަކުން ނުފައިބާ ތިޔަ ވިދާޅުވަނީ ރައްޔިތަކައް މާސްކެއްވެސް ނުދެވުނު އެޔޮއް ހުރިހާ މާސްކްތައް ހިލޭ ލިބުނުއިރުވެސް އަދި ރުފިޔާ ފޮއްޗެއް ދިއްކޮއްނުލެވޭތާ ގައި ވެދުމޭ

  13. ނާފީ

    ރަށެއްގައި ތިންހަތަރު ލައިޓު ޖެހިޔަސް އެއީ މަޝްރޫޢެކެވެ. މަގުތަކުގައި ހުރި އަޑިގުޑަން ފިލުވާލުމަށް ލޯޑަރުން ކަހާލިޔަސް އެއީ މަޝްރޫއެކެވެ. މީއީ އަޖައިބެކެވެ.

  14. އަންނިކޮހު

    އައްޑޫގައި އެބަ ހިނގާ ގަރުދިޔަ ފެކްޓްރީ

  15. ނަޒީ

    ހިނގާނަމަ ހިނގަނީ ރައީސް ޔާމީންގެ ދައުރުގަ ފަށާ ކަލޭމެންއައިސް ހުއްޓުވި ކަމެއް!