ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ދުއްވާފައި ދިޔަ ސައިކަލަކުން މަގުމައްޗަށް ވެއްޓުނު ކޮތަޅެއްގެ ތެރެއިން ބިޔަރު ދަޅުތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ ސައިކަލަކުން މަގުމައްޗަށް ވެއްޓުނު ކޮތަޅެއްގެ ތެރޭގައި ބިޔަރު ދަޅުތަކެއް ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ ދަންވަރު 1:26 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، ބިޔަރު ދަޅުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަގުމަތިން ފެނުނީ ކިތައް ބިޔަރު ދަޅު ކަމެއް ފުލުހުން ނުބުނެއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ސަރުކާރުން މަސްތުވާތަކެތި ނައްތާލުމަށް ހުރިހައި ނެޓްވޯކެއް ބަންދުކުރީޔޭ ކިޔައިގެން ވަރަށް އިސްތިހާރުޖެހި. އެކަމަކު މަގުމަތީގައިވެސް ރަލުގެ ކޯރުހެދިފައި. ދެންބުނާނެ މަސްތުވާ ތަކެތި ލިބޭ ދޮރުތައް ބަންދުކުރުމުން އެކަމާ ދެކޮޅަށް ބަޔަކު މަސައްކަތްކުރަނީއޭ. ފެނެއެއްނު ސަރުކާރުގެ މަސައްކަތް ކުރި ގޮތް.
މަގުމަތިން ނެގި ބިޔަރު ދަޅުތަކުގެ އަދަދު ނުނުނެވުނީ ކީއްވެބާ….؟ ހައެެއްކަ ދަޅު ކަޓުވާލީބާ..؟؟
ތިޔައީ މިހާރަކަށްއައިސް ވަރަށް އާންމު ކަމެއް، ދެން ފެންނާނީ ކަންމަތީ ފިހާރަ ތަކުގެ ޑިސްޕްލޭ އިން ކަންނޭގެ
ތިދެން މިހާރު އާންމު ކަމެއްނު. ތިވެސް ވާނީ ކުރީސަރުކާރުގެ ސަބަބުން ވީ ކަމަކަށް.