ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފޭކް ކަރުދާހާއި ލިޔެވޭ ކަހަލަ އަނގޮޓިތަކެއް ހަދައިގެން ބޭނުންކުރި ކަމުގެ ހެކި މިހާރު އިދާރާތަކަށް ހުށަހަޅާފައިވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ގާނޫނީ ޓީމުން މިއަދު ހާމަކޮށްފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީޕީއެމުން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ބެހޭ މައްސަލައިގައި ސާބިތުކުރެވޭ ވަރަށް ހެކި ހޯދާ، މައްސަލަ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހުގައި އަނެއްކާވެސް ފުލުހަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށާއި، އަދި އިންތިގާލީ އިންސާފުގެ އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ.

މިގޮތުން އިންތިހާބައި ގުޅިގެން މިފަހަރު އިދާރާތަކަށް ހުށަހެޅުއްވި މައްސަލައިގައި ޖުމުލަ 25 ކަމެއް ހިމަނާފައިވާނެ ކަމަށާއި އެހުރިހާ ކަމަކީ ވެސް މައްސަލަ ދިރާސާ ކުރުމަށްފަހުގައި ސާބިތު ކުރެވޭނެ ވަރަށް ކިތާބީ ހެއްކާއި ޝަފަވީ ހެކި ހޯދުމަށްފަހުގައި ހުށަހަޅާފައިވާ މައްސަލަތައް ކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުގެ ގާނޫނީ ޓީމުން ހާމަކުރިއެވެ.

މީގެ އިތުރުން މައްސަލަ ދިރާސާ ކުރި ކުރުމުގައި، އުފައްދާފައިހުރި އަނގޮޓިން، ގަލަމެއްގެ ތުނޑު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި އިތުރު ރޮނގުތަކެއް އަޅާފައިވާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށާއި އަދި އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގެ ތެރޭގައި ފޭކް ވޯޓު ކަރުދާސްވެސް ބޭނުންކޮށްފައިވާކަން ޕީޕީއެމްގެ ގާނޫނީ ޓީމުން ކުރި ދިރާސާގެ އަލީގައި ސާބިތުވެފައިވާ ކަމަށް އެބޭފުޅުން މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި ވޯޓު ކަރުދާސް ޗާޕުކުރުމުގެ ބީލަމުގައި ވެސް އޮޅުވާލާ މަކަރު ހަދާފައިވާކަން ހާމަވާ ކަމަށާއި އަދި އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުންނަށް ބިރު ދައްކާފައިވާކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވެސް އިދިކޮޅުން ވަނީ އިންތިހާބާއި ގުޅިގެން ޝަކުވާތަކެއް ކުރައްވާފައެވެ.

އެހެންނަމަވެސް އިންތިހާބާއި ގުޅިގެން އެއްވެސް މައްސަލައެއް ހުށަހެޅިފައިވާކަން ނޭނގޭ ކަމަށް ބުނެ އޭރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ކަރުދާސްތައް ނައްތާލާފައެވެ. އެމައްސަލަ އޭރު އިދިކޮޅުން ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުއްވިއެވެ.

ނަމަވެސް ކޯޓުން އޭރު ނިންމާފައިވަނީ އިންތިހާބު ބާތިލް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކައްބެ

    ވޯޓު ކަރުދާސްތަށް އަންދާލީ އީސީސަރީފަށް ވަރަށް ވަރުގަދައަށް އިންޒާރުދީ ފައިސާގެ ފުނިވަރެއް އޮށްސައިދީފަ މިމަށްސަލަ ނުބަލާދޫކޮށްލުމަކީ ގައުމުގެ ވެރިކަން އިތުރަށް ފޭރިގަނެވޭނެފަ ނުރަށްކާތެރި އަމަލެއް ރަށްޔަތުން އެދެނީ ކުފޫހަމަނުވާ ސޯލިހުގެ ވެރިކަން ވަގުތުން ވަގުތަށް އަޒުލުކުރުމަށް މިކަން ގައުމުގެ ފުލުހުންނާއި ސިފައިން ބެލުމަށް ގޮވާލަން.

    15
    3
    • ގައިދުރު

      މޮސާޑުން ދިނިީ ދޯ

  2. Anonymous

    ކީޕްޓރައިން

    6
    3
  3. ލޮލް

    އާނއެކޭ އާނއެކޭ، މިމީހުންގެ ހުންނަ މަކަރުވެރިކަމަކީ، އަހުރެން މާލޭ ސުކޫލެއްގައި ހުރި ފޮއްޓަކަށް ލީވޯޓު، މިމީހުން ގުނީ ލަންޑަނުގައި ހުރި ފޮއްޓަކުންނެވެ. އަލިފު ހާ

  4. ލޮލް

    ބޮނޑިބަތޭއަށް އެނގޭނެ ކަމަށް މިބަލަނީ ވޯޓުކަރުދާސްތަކަށް ރާގޮނޑި ހެދި ގޮތެއް.

  5. މަރީ

    އެކަން ކުރިބަޔަކައް ތިކަން އެނގޭނީ

  6. ްްޤައުމު

    އެބަޔަކު ކުރިކަމެއްގެ ކިތާބީއާ ބީތާބީ ހެކިވެސްހުންނާނެ

  7. ނިޒާރުބެ

    ވޯޓުންކާމިޔާބުނުވީމަ ކޯޓަށްދިއުމަކީ ބައެއްމީހުންގެ އާދަ ފުޓުބޯޅަމެޗުން ބަލިވީމަ ރެފްރީ ވޯޓުންބަލިވީމަ އީީސީ ކޯޓުންބަލިވީމަ ގާޒީ ދެރަކަމެއްނު