އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް މިހާރު އަމާޒުކޮށްލާފައި އޮތީ ރާއްޖޭގައި ދިރިއުޅެމުންދާ އަދި މަސައްކަތް ކުރަމުންދާ އިންޑިއާގެ ޚިދުމަތްތެރިންނާއި ދިމާއަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީ (ޕީއެސް) އަހުމަދު އަލީ މިއަދު "ވަގުތަށް" ވިދާޅުވި ގޮތުގައި ފަހަކަށް އައިސް އިންޑިއާ ޓީޗަރުންނާއި ދިމާކޮށް އެއްޗެހި ގޮވި މައްސަލައެއް ދެ ރަށަކުން ފާހަގަވި ކަމަށެވެ. އެކަމަކު އެއީ ކޮން ރަށްރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މި ކަމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް "ވަގުތު" އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގަވާ ކެމްޕޭން ހަރަކާތް މިހާރު އަމާޒުވެގެން ދަނީ ސީދާ ގައުމީ ސަލާމަތަށް ނުރައްކާވާނެ ގޮތަށް ކަމަށެވެ.

"ރާއްޖޭގެ އެކި ސިނާއަތްތަކުގައި އިންޑީއާގެ އެތައް ރައްޔިތުން އެބަ ތިބި، އެ މީހުންނަކީ އަޅުގަނޑުމެންގެ މެހެމާނުން، އެ މީހުންނަށް ބިރު ދައްކައި، އެ ޒާތަށް ދިމާ ކުރުވައި، އަޅުގަނޑުމެން ވަރުގެ ބައެއް ނެތިގެން އުޅޭ ޒާތަށް ރައީސް ޔާމީން ދިވެހިން ލައްވައި އެ ކުރުވާ ކަންކަމުގެ ނަތީޖާއަކަށް ވާނީ އިންޑިއާ ރައްޔިތުންގެ ހިތުގައި ދިވެހިންނާއި މެދު ނަފުރަތު އުފެދުން،" ހަސަން ލަތީފް ފޮނުއްވި މެސެޖްގައިވެއެވެ.

ހަސަން ލަތީފް ވިދާޅުވީ ދިވެހިންގެ ގިނަ ބަޔަކު އިންޑިއާގައި ވެސް ދިރިއުޅެމުންދާއިރު ރައީސް ޔާމީންގެ ހަރަކާތުން އެ ރައްޔިތުން ވެސް ނުރައްކަލުގެ ތެރެއަށް ދިއުމުގެ ކަންބޮޑުވުމެއް އުފެދިފައިވާ ކަމަށެވެ. "ދިވެހިންނަށް ކިރިޔާ ވެސް ކުލުނެއް އޮތް ބޭފުޅެއް ނަމަ އެ ވަރުގެ ކަމެއް ނުކުރައްވާނެ،" ކަމަށް ހަސަން ލަތީފް ފޮނުއްވި މެސެޖްގައިވެއެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި ޕީޕީއެމް ޕީއެންސީން ހިންގާ ހަރަކާތަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅުއްވާ ސިޔާސަތާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ހިންގާ ހަރަކާތެކެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާއިން ދޫކުރާ އެހީ އަދި ލޯނު މެދުވެރިކޮށް އިންޑިއާ ކުންފުނިތަކުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެމްއެންޑީއެފްއަށް އެ ގައުމުން ހަދިޔާކޮށްފައިވާ ތިން އުޅަނދެއް ބަލަހައްޓާށެވެ. އެއީ ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރަކާއި، އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރަކާއި، ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓެކެވެ. މިއިން ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ރާއްޖޭގައި އެބަ ތިއްބެވެ.

ޕީޕީއެމް ޕީއެންސީގެ ކަންބޮޑުވުން މި ކަމުގައި އޮތް އިރު ކުރާ ތުހުމަތަކީ އިންޑިއާއިން މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ޖާސޫސީ މީހުނާއި ސިފައިން ތިބޭ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ބިންތައް ބޭނުން ކުރަން ކަމަށެވެ. އެކަމަކު އެ ކަން ދެ ގައުމުގެ ސަރުކާރުން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ާޖައްބު

    ދިވެހި ގައުމުން ނަގާފައިސާ ދިވެހިގައުމަށް އިންވެސްޓް ކުރަނީ ،،،، ޝެއެާމާކެަޓް ގެ އެންމެ ކާމިޔާބު ވިޔަފާރި ،، ސްކޭމް ހައްތަހާ ..
    ވެންމަސް ވެނަށް ކާންދެނީި ،،،
    އިންޑިޔާ އައުޓް ،،،

    70
    • ޙައްގުބަސް

      އިންޑިޔާ އައުޓް ގޮވާތީ ރައިސް ޔާމީން ހައްޔަރުކުރިޔަސް ދެން އެކަމެއް ނުހުއްޓުވޭނެ!! ޔާމީން ހައްޔަރުކުރީމާ އަދި އިތުރު ގިޔަރަކަށްލާނެ ދިވެހި ރައްޔިތުން!! ހަސަން ލަތީފުގެ އެމްޑީޕީ ސަރުކާރެއް މިރާއްޖޭގައި ގާއިމުކިރެވޭ ކޮންމެ ފަހަރަކު މިރާއްޖޭގެ މިނިވަންކަމާ ގައުމުގެ އަމިއްލަ ވަންތަކަމާ ދީނަށް ފުރައްސާރަކުރުން އިތުރުވާކަން ހަސަން ލަތީފަށް ރަގަނޅަށް އެނގޭނެ!! 2008 ގައި ވެރިކަމަށް އައިސް މިރާއްޖޭގެ މައިދޮރޯށި އިންޑިޔާގެ ކުންފުންޏަކަށް ކޮރަޕްޝަންގެތެރެއިން ދިނީ!! ފެން ކުންފުންޏާ ދިރާގުގެ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ވިއްކާލީ!! މިސްކިތްތަކަށް އިހާނެތިކޮށް ހެދީ! ދެ ހެލިކޮޕްޓަރު އިންޑިޔާއިން ގެނައީ ދިވެހިން ތަމްރީނު ކުރުމަށްފަހު އެއާއެކު އައި އިންޑިޔާގެ ސިފައިންދާގޮތަށޭ ކިޔާފަ!! 2018 ވަނަ އަހަރު އީސީ ޝަރީފާ ގުޅިގެން ވޯޓުން ވައްކަން ކޮށްގެން އައިސް ނަހަލާލު ވެރިކަމެއްގައިވެސް ކަންކުރަނީ ގައުމަށާ ރައްޔިތުންނަށް ގެއްލުންވާގޮތަށް!! ފުރަތަމަ ކުރިކަމަކީ އިންޑިޔާގެ 75 ސިފައިން ރާއްޖޭގެ ތިން ސަރަޙަދެއްގައި ބޭތިއްބީ މިރާއްޖޭގެ ގާނޫނުވެސް އެމީހުންގެ މައްޗަށް ނުހިނގާގޮތަށް ގާނޫނާ ޚިލާފު އަޑިނޭނގޭ އެއްބަސްވުންތައް ހަދައިގެން!! ދެން ޓާޓާ ކުންފުންޏަށް ރިސޯޓެއް ހަދަން ފަޅުރަށަކާއެކު މާލޭގެ މުހިންމު ދެ ބިނެއް އަނެއްކާވެސް އެދިނީ ކޮރަޕްޝަންގެ ތެރެއިން ގައުމަށާ ދިވެހި ރައްޔިތުންނަށް ގެއްލުންވާގޮތަށް!! ދީނަށް ފުރައްސާރަކުރުން އިންތިހާއަށް ބޮޑު! މަކަރު ހެދިމާ ދޮގުހެދުމާ ވައްކަން އިންތިހާއަށް ބޮޑު! ތިން އަހަރުތެރޭ 1096 މީހަކަށް ސިޔާސީ މަގާމު ދީފި!! މިނިވަން މުއައްސަސާތައް ފުނޑާލައިފި! މިހެން މިކަހަލަ އެތައް ކަމެއްކުރާތީ ރައްޔިތުން ތިބީކީ ހަމައެކަނި އިންޑިޔާއައުޓް ގޮވާ ނިންމާލާކަށެއްނޫން! މި ނަހަލާލު ސަރުކާރު އައުޓްކުރަންވެސް ތައްޔާރަށް!!

  2. Anonymous

    6ކަށިމަތި މާލެ

    53
  3. Anonymous

    ކަލޭމެން ކުޅޭ ގޭމެއް ތިއީ. ތި ޕާޓީ މީހަކު ކަލޭމެން ބުނެގެން ކުރާނެކަމަކަށް ތިކަންވާނީ. ހުސް މަކަރާ ހީލަތާ ދޮގު.

    80
    1
  4. ކޮއްޔާ

    ދިވެހި ގައުމަށް ކުަޑަވެސް ކުލުނެއްނެތް މީހުން ( އެމްޑީޕީ ) ދިވެހިގައުމު ފިތުނަވެރިކޮށް އެންމެފަހުން އަވަށްޓެރީންވެސް ޖެހޭނެހެން ކަންކަންކުރީ އަމިއްލަ ބޭނުމަށް ‘ސިޔާސީ މަންފާއަށް //
    އެއްވެސް ތަނެއްގަ’ އެއްވެސް ރަށެއްގަ ޓިޗަރުންނާ ނަރުހުންނަށް ފޮށިގެން ނުވާނެ / އެކަންކަން ބެލެންޖެހޭނެ //
    “ ރައީސް ޔާމީން އެއް އެކަންކަން ކުރުވާކްށް ނޫޅޭ ނުގޮވާ އެހެނެއް /އިތުރަދް ތިކުރުވަނީ ފިތުނަ // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

    72
  5. މުހައިމިން

    އޮޅުވާލަން ނޫޅޭ.. އިންޑިއާގެ މިލިޓަރީ ފާބާށޭ މިކިޔަނީ

    79
  6. ދެބޯގެރި

    ހަސަނާ ކަލޯ ސިޔާސީ ކުޅިގަނޑު އޮޅުވާލަން ނޫޅެ އިންޑިޔާ އައުޓު ގޮވަނީ ޚިދުމަތްތެރިންނަކަށްނޫން ކަލޭމެނަށް އިންޑޔާ އައުޓު ކމްޕޭން ނުހުއްޓުނީމާ މީހުންގެ ހިތްތަކުގަ ފިތުނަ އުފައްދައި އިންޑިޔާ ސިފައިން މިޤައުމުން ބޭޭރުކުރުމަށް ހިންގާ ހަރަކާތް ހުއްޓުވާނެ މަގެއްހޯދަން ކަލޭމެންގެ މަގުމަތީ ކުދިންކޮޅު ފޮނުވައިގެން ތިޔަކަހަލަ ސަކަރާތްޖަހައި އެހެންމީހުންގެ ބޮލުގަ އިލްޒާމު އެޅުވިޔަސް ކަލޭމެން ޖަހާހާ ބެރަކަށް އަބަދަކު އެންމެނަކު ނުނަށާނެ ކަލޯ 10 ކަށިމަތި މާލޭވިޔަސް ތިޔަކުރާ ކަންތަކާ ކިޔާލަވަޔަކާ މިއުޒިކަކާ ބެރަކާ ދިމައެއްނުވޭ

    69
  7. ގާދިރު

    ހަސަން ލަތީފު އިންޑިޔާ އައުޓުގެ މާނަޔަކީ އިންޑިޔާގެ މިލިޓަރީ އައުޓު ހަސަން ލަތީފު އަށް ތިޔަވަރު ބޮޑު މަގާމެއްގައި އިންއިރު އޭގެ މާނަވެސް ނޭތްގޭ އޭބީސީޑީ ދަސްކުރަން ކުލާހަކަށް ދާންފެނޭ

    67
  8. ހުސޭނުބޭ

    މިސްކިތް ހުޅުޖެހީ މަށޭ އެބަ ކިޔާތަ
    މީނަގެ ވާހަކަތަކުން ދޭހަވަނީ މީނަ އަޑީގައި ހުރެގެން ކުރުވި ކަމަކާ

    55
  9. ސަމާސާ

    ކަލޯ މޮޔަނުވޭ.
    Ķķķķ ނުކިޔައި މުޅިމަޖިލިިސް ހިތަކަށް ލިބިފައި އޮތްއިރު އިންޑިއާ އައުޓު ގޮވާ މަންޒަރު އެއީ ގޯސްކަމެއްނަމަ ކަލޭމެން ގާނޫނެއްވެސް ހަދާނެ. އެވަރު ނުޖުރެވުނީ އެއީ މޑޕ ވެސް އިންޑިއާ އައއުޓް ކެމްޕއެިންގައި ނުސީދާކޮށް ބައިވެރި ވާތީ.

    48
  10. ވަގު ސުލޯލިހު

    ޓާޓާއިން ކޮރަޕްޓު ލާރިގަނޑު ނަގައިގެން ދިވެހިންގެ ބިން ބަހާ ހުސްކުރާ އެމްޑީޕީގެ ވަގުން ހަވަރައް ދޭންވީ.

  11. ސަމީ

    ކުދިންކޮޅު ނެރެގެން އެންމް ފަހުން ކުރަހަންފެށީ ދޯ އެހެންމީހުންގެ ބޮލުގަ އަޅުވަން

  12. ެއަހްމަދު

    އިދިކޮޅުގަނުތިބޭނެ ހަސަންޓޭމެންކަހަލަމީހުންނެއް ޚިދުމަތްތެރިންގެ ޚިދުމަތަކީ އިދިކޮޅުންބަލައިގަންނާނެކަންކަން ތިޔަފާރުގައިންޑިއައުޓު ލިއުމީހަކުވެސް އެނގޭއިރު އެވާނީ ރީދޫހުންޖެހި ހަމަބުއްދި ފިލައިގޮސްފަވާމީހަކަށް

  13. ރަން ރީނދޫ

    ހަސަނާ. އިންޑިއާ މީހުން ދިވެހިންނަކަށް ކުލުނެއް ނުބާއްވާނެ. ކޮންބައެއް ގުނބޯ ހައްދަން ތި އުޅެނީ. މިހާރު އިންޑިއާގެ މަސައްކަތްތެރިންނާއި ދިމާކޮށް ފޮށި އުޅެނީ އެމްޑީޕީ އަޑީގައި ތިބެގެން. އެއީ ،އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކެމްޕޭން ހުއްޓުވޭތޯ ޖަހާ މަޅި.

  14. Anonymous

    ޕީޕީއެމް އުވާލާފަ ޔާމިނު އުމުރަށް ޖަލަށްލާ

    1
    6
  15. ރިޔާޒު

    ހެހެއްހެއް މަށޭ އެބަކިޔާތަ ހުޅުޖެހީ. ހެހެއްހެއް ސްޓަންޓް ޖައްސައިގެން ގުނބޯ ނުހެއްދޭނެ. ދެން ގައުމީ ސަލާމަތަށް ކަމަށްބުނެ ފުލުހުންގެ ތަހުގީގުކުރިކަމަށް ހަދާ ޕްރެސްކޮންފަރެންސްގައި ފޯނު ކޯލްތަކުގެ ރިކޯޑިން އަޑުތަކާއި މެސެޖް ތަކާ ދައްކަން ރެޑީވެ. ފަންޑްކުރި ޓްރާންސެކްޝަންތައްވެސް އަވަހަށް ދައްކާ.

  16. އަބްދޫ

    ދިވެހި ގައުމަށް އިންޑިޔާ ނުލާވެސް އުޅެވޭނެ ހިލަޔާ ހިލަވެލި ނުވިއްކުމުން އެފްރިކާއިން އިންޑިޔަ އަށް ވުރެ އަގުހެޔޮކޮށްގަނެގެން މިގެންނަނީ އެމީހުންހީކުރީ އާދޭސްކުރަންދާނެކަމަށް ފިޔާ އަލުވި ބިސް މިފަދަ ގިނަތަކެތި ތުރުކިއާއި މިސްރައި އެހެނގައުމުތަކުން ލިބެންއެބަހުރި އަގު އިންޑިޔާއަށް ވުރެ ހެޔޮ. އެކަމަކު ފްރައިޓްގަ ދުރުމިނުގެ ސަބަބުން ތަފާތު ހުރޭ.މިތަކެތި ނުލިބިދާނެތީ އުޅެން ނުޖެހޭނެ.

  17. އަބްދޫ

    އަމިއްލަ އެދުމުން ފޯވެފަ ތިބެ ބޭނުންކުރެވުނު ކަނކަމުން ނިކުންނަ ހިތި ނަތީޖާގެ ޒިންމާ ނަގަންޖެހޡޭނެ

    2
    1
  18. ހާމިދު ޝާހިދު

    ތިއީ، އިންޑިއާ އެމްބަސީއިން ރާވައިގެން މައްސަލަ ހަލަ ބޮލި ކުރުމަށްޓަކާ އެމްޑީޕީ އަށް ތާއީދު ކުރާ މީހުން ލައްވާ ކުރުވާ ކަންކަންކަން އެންމެންނަށްވެސް އިނގޭ. ރައީސް ޔާމީންއާއި އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން އެނުކުންނަނީ ފިސާރި ކެރިގެން ޓީޝާޓުވެސް ލައިގެން ދިވެހި ދިދައާއި ސްލޯގަންތައް ހިފައިގެން. އެމީހުން ފިލާތިބެފައި ފާރުތަކުގައި ކުރާ ނުހަދާނެ. އެއީ އެހާ ފިނޑި ބައެއް ނޫން. މީގެ ކުރިންވެސް ސިޔާސީ ގޮތުން ހަލަބޮލިވާ ފަހަރުތަކުގައި ފާރުތަކުގައި ކުރަހާ ވެންޑަލައިޒް ކުރުމަކީ އެމްޑީޕީގެ ސަޕޯޓަރުންގެ އާދައެއް. ތާރީޚް މިކަމަށް ހެކިދޭނެ. ދެން ރައްޔިތުންގެ ފޯކަސް ބަދަލު ކޮށްލުމަށްޓަކާ މިކަހަލަ ކަންކަން އަދި މިއަށްވުރެއް ގިނައިންވެސް ކުރިއަށް އޮތްތަނުގައި ހިނގާނެކަމާ މެދު އަހަރުމެން ޝައްކެއް ނުކުރަން.

  19. ދދ

    އމޑޕގެ ގުންޑާއ އިން ފާކޮށްގެން އިންޑި އާ މީހުންނާ
    ދިމާކުރަނީ ގޮތް ހުސްވެގެންނެވެ ތިޔަ ގުންޑާ ގޭންގުން
    ކުރާކަންކަމާ އި ކުރެވޭނެ ކަންކަން ރަ އްޔިތުންނަށް
    ވަރަށް ސާފެވެ.

  20. އިންޑިއާ އައުޓް

    ހަސންކޮޔް ތިމަގުން ހިގަން އުޅޭނެކަން އަހަރެމެން ދަންނަން އެކަމަކު ތިޔަމަގުން ހިނގަންއުޅެގެން ހަސަންކޮޔްމެން މިފަހަރު ވާނީ ބޭޒާރު އަހަރެމެން މިގޮވަނީ އިންޑިޔާއައުޓޭ އޭގެމާނައެއްނޫން އެއީ މިތާންގަތިބި އިންޑިޔާ މަސައްކަތްތެރިން ބޭރުކުރާށޭ މިހާރު ތިއުޅެނީ އިންޑިޔާ މީހުންނާ އަހަރެމެންނާ ޖައްސުވަން ތިޔަކަމެއް މިފަހަރަކު ހަސަންކޮޔަކައް ކާމިޔާބެއް ނުވާނެ

  21. މުޅި އުޑީގަ ހަސަނުދެފައި

    ބަލަ މާހަޑިއޭ އިންޑިއާގެ ޓާޓަ ކުންފުންޏައް 25 ޑޮލަރގެރޭޓޫން އަކަފޫޓަކައް /385 ރުފިޔާއައް ވިއަކާފަ ދިވެއްސަކައްވިއްޔާ އަކަފޫޓަކައް /3500 ރުފިޔާ އާއި /3900 ރުފިޔާ އާއި ހަމައިން ނީލަން ކިޔާއުސޫލުން ބިންގަންނައް އަދި ކުރިމަތި ލެވެނީ /300000 ރުފިޔާ ރަހުނުކޮއްފައި ލަދެއްނުގަނޭތަ ތާހިރޭ ނުތާހިރޭ ކިޔާފަ އެޑިއުކޭޝަން މިނިސްޓަރަކު ވާހަކަދައްކަން ކީއްވެގެންތޯ މިވާހަކަނުގޮވަނީ އެހެންވީމަ ގޮވާނޭ ތިޔަ މިނިސްޓަރު ވެސް އައުޓޭ މީތޯ ގައުމިއްޔަތަކީ ދިވެހިން ނައް ބޭއިންސާފް

  22. ކާފަބޭ2020

    ހަލޯހަލޯ ހަތަރުކަށިމަތިމާލޭހަސަނާ! ތިޔަގޮވާގޮވެލިފައްޗާ އެކިޔާއެއްޗަކާދިމާނުވޭ! އެނގިހުރެ ﷲގަންދީހުވާކޮށްގެންހުރެ ތިޔަހަދާދޮގުތަކަށް ޒިންމާވާންޖެހޭދުވަހު އެހެންމީހެއްގެބޮލަށް ކަނޑާލާނެފުރުޞަތުލިބޭނެބާ؟ މިހާރުތިޔަވަނީކިޔަވައިގެންހުރި ހަތަރުކަށިމަތީޖާހިލަކަށް! ﷲ ބައްލަވާވޮޑިގެންވާކަމާމެދު އިންކާރުކުރަށްވަނީތޯ؟

  23. އަޙްމަދް

    އެމްޑީޕީ ހަރަކާތްތަށް އަބަދުހެންވެސް އަމާޒު ކުރަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ރޫޅާލާ ދިވެހިންގެ މެދުގައި ފިތުނަފަސާދަ އުފައްދާ ބައިބައި ކުރުމުގެ މައްޗައްށެވެ.
    މިފަހަރު އެމްޑީޕީގެ ޙަރަކާތްތަށް އަމާޒުކޮއްފައި މިވަނީ ދިވެހިންގެ މިނިވަންކަމާއި އިޤްތިސޯދު އިންޑިއާއަށް ވިއްކާލާ ދިވެހިން އަޅުވެތި ކުރުމުގެ މައްޗަށެވެ.

  24. ދޮގު

    ބަލަ ހަސަނާ، ތިޔައީ ތިޔަ ނުލަފާ މީހުން ކޮށްގެންއުޅޭ ކަމެއް. ލަނޑުވެސް ލިބޭނީ ހަމަ ކަލޭމެންނަށް. ބަލާނެ އެއްޗެއްވެސް ނުފެންނާނެ. ކުރިމީހަކުވެސް ނޭނގޭނެ، ބެދޭނީވެސް ޕާޓީ ކުދިން