ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެމްޓީސީސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 212 މީޓަރުގެ އެއްގަމުތޮށިލުމާއި 407 މީޓަރުގެ ބޭރުތޮށިލުމާއި 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި 105 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 50 މީޓަރުގެ ގްރޮއިންސް ޖެހުމާއި ބަނދަރު އަދި ނެރު ފުން ކުރުމުގެ އިތުރުން ރޭމްޕް އާއި ވޯކްވޭ ބްރިޖު ހެދުމާއި ނެވިގޭޝަން އަދި ބަނދަރު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 33.72 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ، ތަރައްގީގެ މަރުހަލާގައި މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގައި އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ގާއިމު ކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައާންމުން

    އޮތް ބަނދަރެއް ބޮޑުކުރުމަކީ ބަނދަރު ހެދުމެއްނޫން

  2. ޔަމަން

    ސަރުކާރުގެ ސްޕީޑް މެކުހަށް.