ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވާފައި ހުންނެވި ދެ އަހަރުގެ މުއްދަތަށް ދައުލަތުން ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފިއެވެ.

ރައީސް ޔާމީނަށް ފައިސާ ޖަމާކޮށްދީފައިވަނީ އެމަނިކުފާނު ޖަލުގައި އޮންނެވ މުއްދަތާއި ހަމައަށް ލިބެން ޖެހޭ އިނާޔަތްތައް ދޫކޮށްދިނުމަށް އެމަނިކުފާނުގ ވަކީލުން އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019 ގައެވެ. އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރިއެވެ. އެކަމަކު، ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން "ވަގުތަށް" ވިދާޅުވީ، މިދިޔަ ޑިސެމްބަރާއި ހަމައަށް ރައީސް ޔާމީނަށް އިނާޔަތްތަކުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޖަމާކޮށްފައިވާ ކަމަށެވެ.

ޝަނޫން ވިދާޅުވީ، އެމަނިކުފާނަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 2.4 މިލިއަން ރުފިޔާއަކީ ބަންދުގައި ހުރި މުއްދަތަށް ޖަމާކޮށްފައިވާ ފައިސާ ކަމަށާއި ބާކީ އެއްލައްކަ ރުފިޔާއަކީ އެލަވެންސްގެ ގޮތުގައި އެމަނިކުފާނަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ.

ކުރީގެ ރައީސުންނަށް އިނާޔަތުގެ ގޮތުގައި މަހަކު ޖުމްލަ 300،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އެއީ ކުރީގެ ރައީސެއްގެ ގޮތުން އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ އާއި އޮފީސް ހިންގުމުގެ ހަރަދަށް 175،000 ރުފިޔާ އާއި ބޭސްފަރުވާގެ ހަރަދަށް މަހަކު 58،333 ރުފިޔާއެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ މި އިނާޔަތަށް ބަލާއިރު ޔާމީނަށް ދެ އަހަރަށް ގާތްގަނޑަަކަށް 6.6 މިލިއަން ރުފިޔާ ދައުލަތުން ހަމަޖައްސައިދޭން ޖެހެ އެވެ. އެކަމަކު 2.5 މިލިއަނަށް ޔާމީންގެ ވަކީލުން އެދިވަޑައިގަތީ ކްރިމިނަލް ކޯޓުން ހުކުމް އިއްވުމާ ހަމައަށް ވެސް އެމަނިކުފާނު މަހަކު 100،000 ރުފިޔާ ނަންގަވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހިޔަޅު

    އިބޫ ނަންގަވަނީ 000'50 ރ

    3
    16
  2. Anonymous

    އިއްވި ހުކުމު ހަމަ ރަގަޅުތަ

    10
    8
    • ޝާން

      ތިލާރި ދެންނާ މީނަ ޖަލުގަ ލަގުޒަރީ ލައިފް ހޭދަކުރަން ހެދި ޖިމާއި ސްވިމިންގ ޕޫލް އާއި އެހެނިހެން ހަރަދަށް ދިޔަ އެތައް މިލިއަން ރުފިޔާ މީނަ އަތުން ސަރުކާރަށް ދޭން ޖެހޭނެ.

      2
      3
  3. Anonymous

    ނުހައްގުން ޖަލަށް ލާންވީ ހުރިހާ ރައްޔިތުން، ކޮންމެ ރައްޔިތު މީހަކަށް 2.5 މިލިއަން ރުފިޔާ އެބަ ބޭނުންވޭ. އެއީ ބޯހިޔާވަހިކަން ހޯދުމަށްޓަކައި.

    18
    5
  4. Anonymous

    ނުކުރާ މަސެއްކަތައް ލާރިލިބޭ ކައްނުޖެހޭނެ.

    19
    18
  5. Anonymous

    ގާނޫނުގައި އޮތްގޮތަށް ދެވޭ އިނާޔަތެއް ކަމުގައިވިޔަސް ރައީަުކަންކޮއްފަ ފޭބި ހުރިހާ ބޭފުޒޅުންނަކީވެސް އަމިއްލަ ގެކޮޅުތައް ތިބި ބޭފުޅުން އަދި ދިރިއުޅުއްވަނީވެސް ކުއްޔަށް ގެއެއް ހިފައިގެނެއްނޫން ކަމަށްވާއިރު ދިރިއުޅޭ ތަނުކެ ކުއްޔަށް ކޮންމެމަހަކަށް 50000 ރުފިޔާ ހިމަނާފައިވުަމަކީ އިންސާފުވެރި ކަމެއްކަމަކަށް ނުބެލެވޭ.!! މިއީ ގާނޫނުގައި އުވާލަންޖެހޭ މާއްދާއެއް##

    3
    1
  6. ސސ

    މިމީހުން ޖަލުގައި ތިއްބަސް ލާރި، ޖަލުގައި ނެތަސް ލާރި ! ރައްތުން ހޭބޯނާރާ ގުދާރު ބިންދައިގެންވެސް މިއުޅެނީ ބަޑުފުރާނެ ކާއެތި ކޮޅު ނުލިބިގެން !

    3
    1
  7. ކެރެންޏާ މިކޮމެއްޓް ޖަހާލަދެއްވާ

    ބަލަ ކުރީގެ ރައީސުންގެ ތެރޭގައި ލާދީނީ ރައީސުންނާ ކަޅު ފޮށީގެ ވެރިންނާ ވެސް ހިމެނެޔޭ ރައީސްޔާމީން ނަކީ މައުސޫމް ބޭފުޅެއްކަމަށް ނިމީވެސް ހަމަ މިލާދީނީ ވަގު ވޯޓް ސަރުކާރުންނޭ ވާނުވާގަ ގައި ތިބޭމީހުނަށް ހަމަ ވާނުވާއެއްނޭނގޭނެ ރައީސްޔާމީން ޖަލަށްލީ ސައްޚަޝަރިޔަތެއްކޮށް ކުށްސާބިތުވެގެންތޯ މިރިޕޯޓް ތައްޔާރުކުރި ފަރާތުން ސާބިޔުކޮށްދެއްވަފާނަންތޯ؟؟؟

    4
    1
  8. ނިޒާރުބެ

    ވަގުންގެ ފަހަތުން ބަޔަކު ދުވަނި ސަބަބެއްއޮވެގެނޭ އަހަރުމެންމިކިޔަނި މިހެންވީމަ ވައްކަންކޮށްގެން މިލިއަނުން ޑޮލަރު ބަންދުކުރީތީވެ މިލިއަނުން ރުފިޔާ

    2
    3
  9. އަންދާ

    ދެން ނެތެއްނު ރައްޔިތުންނަށް ދޭނެ އެއްޗެއް

    3
    2
  10. ރައްޔަތުމީހާ

    ތީ ކޮންކަހަލަ ގާނޫނެއް. ޜައީސުކަން ކުރިއޭ ކިޔާފަ އެއްވެސް މީހަކަށް ދައުލަތުގެ މާލިއްޔާއިން ތިހާ ބައިވަރު ލާރިދޭކަށް ނުޖެހޭ. ކޮންމެހެން ޔާމީނުވީމަކާއެއްނޫން މިހެންމިބުނީ އެލަވަންސެއްގެ ގޮތުގައި ކައިބޮއެ އަދި ލައިގެން އުޅެވޭވަރު ކޮށްދިނީމަ އެނިމުނީ. ތިޔަ ބޭލާރު ޚަރަދުކޮށް ނިކަމެތި ރައްޔަތުން ދަރަނިވެރިވެ ނިމިއްޖެ. މަޖިލީހުގެ މެމްބަރުންގެ މުސާރަވެސް ގިނަވެގެން ވާންވާނީ 30،000ރ . މިބަދަލު ގެނެވިއްޖެނަމަ ނިކަމެތި ރައްޔަތުން ދަރަނިން ސަލާމަތްވާނެ ﷲގެ އިރާދަފުޅުން.

    4
    1
  11. އަހަންމަދު

    ތިކަންވެސް ކޮޅެއްގަ
    ޖައްސަންވެއްޖެ!ތިފައިސާއަކީ
    ގާނޫނެއް/ގަވާއިދެއް ގެދަށުން
    ދޭއެއްޗެއްނަމަ އެބޭފުލަކު ހިތުހުރި
    މިންވަރަކަށް ނެގިގެން ނުވާނެ!
    ކަޑައެޅިފަ އޮންނަ އަދަދެއް
    ދޫކުރެވެން ޖެހޭނެ!
    ލާރިގަޑު މާގިނަކަމަށް
    ފެނިވަޑައިގަންނަވާ ބޭފުޅަކުނަމަ
    ޞަދަގާތް ކުރަށްވާނީ ނުވަތަ
    ދައުލަތަށް ހަދިޔާ ކުރަށްވާނީ!
    ނޫނީ ޚިނާތެއް ވެވިފައޮތްކަމަށް
    ގަބޫލުކުރެވޭނަމަ އެއަދަދު
    ހަމަވަންދެން ދައުލަތަށް
    ހަދިޔާކުރާނީ!
    ހަމަޖެހިފަ އޮންނަވަރަށް ފައިސާ
    ދޫކުރަންޖެހޭނެ!
    ގަވައިދުތަކަށް ޢަމަލުކުރުމުގަ
    ސަރުކާރު ފެއިލްވެގެން ނުވާނެ!

    1
    1
  12. ލލ

    މިމީހުން ގޭގައި ތިއްބަސް ފައިސާ އޮހެނީ، ޖަލުގައި ތިއްބަސް ބަންދުގައި ތިއްބަސް ހަމަ ފައިސާ ވެހެނީ، އެހެންތާ ވާނީ ރައްޔިތުން ގުންބޯ ހައްދައިގެން މަޖިލިސް ކިޔާ ތަނަކަށް މީހުން ވައްދައިގެން ފާޑުފާޑުގެ ޤާނޫނޭ ކިޔާ އެއްޗެއް ހަދައިގެން ވިއްޔާ މިއުޅެނީ ؟

  13. ނާޅި

    ކުރީގެ ދައުލަތުގެ މުވައްޒަފުންނަށްވެސް މާލިއްޔަތުން ފައިސާ ލިބޭނެ ޤާނޫނު ހަދަންވީ ނުންތޯ، ފަސް އަހަރު ހިދުމަތުގައި އުޅުނީމާ ވަކިވަރެއް ލިބޭގިތަށް ހަމަ އެކަނި ވަކި ބަޔަކަށްތޯ މާލިއްޔަތުން ފައިސާ ލިބެންވީ !

    1
    1
  14. ޓައްޕު ޙަސަން

    ގައުމަށް ޖެހިފައި އޮތް ބޮޑު ވަބާއެއް. ވެރިކަމުގައި ހުރިއިރުވެސް މާލިއްޔަތު ދޮވެލީ. މިހާރުވެސް ދައުލަތުގެ ބައިތުލްމާލަށް ހުރި ބޮޑު ނުހޮރުއްޕާނެއް. މުއްލާ ބޮޑު ވަގު ޔާމީން

    2
    2