އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަން އުޅެނުކޮށް ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން އިއްޔެ ވިދާޅުވީ، މަންދޫ ކައިރި ފަރަކަށް ޑައިވްކުރަން ދިޔަ "ގޮމަ" ނަމަކަށް ކިޔާ ދޯންޏަކުން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން އުމުރުން 69 އަހަރުގެ އަހަރުގެ އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެން ފަތުރުވެރިއަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ މެންދުރު ފަހު 15:55 އެހާކަންހާއިރު ކަމަށެވެ.

އޭނާ ގެއްލުމާއި ގުޅިގެން އެމީހާ ހޯދުމަށްޓަކައި ކަނޑު އުޅަނދުފަހަރު ހަރަކާތްތެރިވަމުންދާއިރު، އެ ސަރަހައްދުން ދަތުރު ކުރި ސީޕްލޭންތައް މެދުވެރިކޮށްވެސް އެ ސަަރަހައްދު ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ، އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދުގެ މެންދުރު ފަހު 15:10 އެހާކަންހާއިރު ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

"ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފަ" އެމްއެންޑީއެފުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަމުގާ

    ދިވެއްސެތް ގެއްލުނީމަކަ ނުފެނޭ ފަތުރުވެރިއެތް ވެއްޖިޔާ ހޯދާފަ ނޫނީ ދުލެތްނުކުރާނެ

    2
    2
  2. ޗޮކުންބެ

    15މީޓަރު ހުންނަ ތަނަކަށް ކަނޑެއް ނުކިޔާނެ…

    4
    2