ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހައްޔަރުކުރި މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަން ފަށައިފިއެވެ.

މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަކަށް އަރުވާފައި ހުރި މީހެއްގެ ގައިގައި އެވެހިކަލަށް އެރި އާދައިގެ ހެދުމުގައި ތިބި ދެމީހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަޙްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުންގެ ތަރުޖަމާން ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި އޭނާ ހައްޔަރުކޮށް ފުލުހުންގެ ވެހިކަލްގެ ތެރޭގައި ހުއްޓާ ވެހިކަލަށް އަރާ ދެމީހުން އޭނާގެ ގައިގައި ޖަހައެވެ. އެދެމީހުން ތިބީ އާދައިގެ ހެދުމުގައި ނަމަވެސް އެއީ ދެފުލުހުން ކަމަށް ވެއެވެ. ހައްޔަރުކުރި މީހާ އާއި ދެފުލުހުން މުއާމަލާތް ކުރާއިރު ވެހިކަލް ތެރޭގައި އެސްއޯ ފުލުހުން ވެސް ތިބެއެވެ. ނަމަވެސް އެސްއޯ ފުލުހުން އެއްވެސް ކަމެއް ކުރާ މަންޒަރެއް ވީޑިއޯއަކުން ނުފެނެއެވެ.

ފުލުހުންގެ އަނިޔާ ލިބުނު ކަމަށް ބުނާ މީހާ ވަނީ ރޭ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައެވެ. އޭނާ އަށް އަނިޔާވެފައިވާ ކަމަށް ބުނާ ފޮޓޯތަކެއް ވެސް މިއަދު މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނެތީމޭ

    ފުލުހުންގެ ވެހިކަލްގެ ތެރޭގައި މީހަކަށް އަނިޔާކުރި މައްސަލަ ބަލަނީ ކަމަށް ތަމެން ބުނާއިރު ތިޔާ އަނިޔާ ކުރީ ފުލުހުންގެ ވެހިކަލް ތެރޭގައި ތޯ ނުވަތަ ތަމެން އަމިއްލަ އަށް މީހެއްގެ ގައި ގައި ތަޅާ ރޯނާ ގަންނުވާލާ ފޮޓޯ ތަކެއް ނަގައިގެން ސޯޝަލް މީޑިއާ އަށް ލައިގެން ގޭސް ގަނޑު އަނބުރަނީ ނޫންތޭ. ރަންރީނދޫ ޓްވިޓަރޭ އެބަ އަނބުރާ ތިޔާ ގޭސް ގަނޑު މަމެންނަށް ބޮޑަށް ވައްތަރީ ތިޔާ ބޮޑު ފޭކް ގޭމް އަކާއި މިހާތަނަށް ރަންރީނދޫ ޓްވިޓަރޭ ޖައްސާ ގޭމް ތަކަކީ އެއީ %100 ފޭކް ގޭމްސް ތައް ކަން މުޅި އެމްޑީޕީ ވެސް ދަނެއޭ މަމެން ބުނަން ނެތީމު ދޯ.

  2. ޖޖޖ

    ފުލުހުންނެއް ނޫން އަނިޔާކުރީ. 3 މީހުންގެ ރޭވުމެއް އެއީ. ވީޑިއޯ ނަގާފަ ހުރިގޮތުންވެސް އެނގޭ.

  3. ހަސަންކޮ

    އަނިޔާ ކުރާމަންޒަރެއް ނުފެނުނު...!!!!

  4. Anonymous

    ތިމައްސަލަ ބަލާކަށް ނުވެސް ޖެހޭނެ. ތިއީ ޕޮލިހުންގެ ތެރޭގަ ހިތްހަމަ ނުޖެހުން އުފެއްދުމަށް ރާވައިގެން ހަދާފަ އޮތް ސީންއެއް. ބަލާލަބަލ ވޯޑިއޯ. އެރި ދެމީހުންގެ ހަރަކާތާ ވެހިކަލްގަ ހުރިމީހާގެ ހަރަކާތްތައް ފިލްމެއްހެން މޫވީ ކޮށްލާފަ.

  5. ނެކްސްޓް

    ކޮބާ ތިކަމުގެ ހެއްކަކީ އަދި ގަރީނާ އަކީ. ފޮޓޯ ތަކަކީ އެއީ މިޒަމާނުގައި ހެއްކެއް އަދި ގަރީނާ އަކަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫނޭ ތަމެން ކޮންސްޓްރަކްޓިވް އެވިޑެންސް ހުށައަޅާ އެއިރުން މަމެން ނަށް އިނގޭނީ ތިޔާ ކަމުގައި އެއްޗެއް ބުނަން. ދެން މުޒާހަރާ ކުރީ އެއީ ޑިފަމޭޝަން ގާނޫނާއި އެއްގޮތަށް ތޭ. ނޫން ދޯ. ސޯ ވަޓް. ހޫސް ނެކްސްޓް.

  6. އައިއެފް

    ތަހުގީގީ ރިޕޯޓުގެ ނަތީޖާ: އަނިއާއެއްނުކުރޭ. ފުލުހުން އަމަލުކޮށްފައިވަނީ ޕްރޮފެޝެނަލްކަމާއެކު ގާނޫނީ އިމުގެތެރެއިން.

  7. މަންޖެ

    ޖަހާތަނެއް ނުފެނޭ ހުސްފޭކް

  8. ސައިނީ

    މީކޯޗެއްތައް މިވީޑިއޯގަނެއް ދޯ ތިބުނާ އަހަރުމެން ބަލަން ބޭނުންވާ ކަހަލަ ވީޑިއިއޯއެއް މުޅިން ފޭކް ނިއުސް

  9. ނދރ

    ފުލުހުން އަނިޔާ ނުކުރޭ. ފޭކު ވީޑިއޯ އެއް. ވީޑިއޯއިން ނުފެނޭ އަނިޔާ ކުރާތަނެއް

  10. ހިރުވާ

    އަނިޔާ ކުރާ މަންޒަރެއް މަށަކަށް ނުފެނޭ! ޥެދާނެ ދެލޯކަނީ ކަމަށް ވެސް! ޢެކަމު އެކަކު ކޮށްޕާލިތަން ފެނިއްޖެ ދެލޯ ކަނުކަމުން!

  11. މާރަގަ

    އެއްވެސް އިންސާނަކަށް ހައްގުންކަމަކަނުލާ އަނިޔާކުރުމަކީ ފާފައެއް އެއަނިޔަކުރިމީހަކު ޤިޔާމަތްދުވަހުން ޖަވާބުދާރިވާންޖެހޭނެ.

  12. ހުސޭނުބެ

    މިއަކުން ނުފެނޭ އަނިޔާ ކުރިތަނެއް!!

  13. މަގޭ

    ތިތާކުނެތެއްނުން އަނިޔާ ކޮށްފައެއް.

  14. މާސޭ

    ކޮބާ ވީޑިއޯއިން ކުރާ އަނިޔާއަކީ ދޮގުހަބަރު ފެތުރުމަށް މިދެންބޮޑުވަރު

  15. ތާޖުދާރީން

    މެދުނުކެނޑި30 އަހަރު ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބިފާހުރިއަނިޔާ މަދެއްނޫން. ބަލާނެފަރާތެއް ބަލާދޭނެފަރާތެއްނެތް. އަމިއްލަދިފާއުގަ ތެދުވެވޭކައްވެސްނެތް.

  16. އހ

    ތަޅާ މަރަން ވީ

  17. އަބްދުއްލާ

    އަނިޔާ ކުރަންވީ މަރާލަންވެސްވީ ، އިންޑިޔާ ލަންކާ ، ބަންގާޅު ޕާކިސްތާނު ފަދަ ގައުމުތަކުގެ ފުލުން ހަދާހެން މިގައުމުގެ ރައްޔިތުންނާމެދު ފުލުހުން ކަންކޮށްގެންމެނުވީ ގައުމު ހަމަޔަކަށްނޭޅޭނެ

  18. މުޙައްމަދު

    ކަލޯ ގަޔާ .. އަނިޔާފަށެއް ކޮށްލައިފިޔޯ.. ސުއްބޫހު...

  19. ރޮންދާ

    ފުލުހުންގެ އަގުވައްތަން ކަލޭމެން ފަތުރާ އަޑެއްތީ، ތިކަމަކީ ދިވެހިންނަށް އާކަމެއްނޫން، ފުލުހުންނަށް އަނިޔާކުރަނީ، މަގުމަތީ ގޮތެއްފޮތެއްނތި ހަމަހޭނެތި ތިއުޅޭ ބައިގަނޑު، ތި ވީޑިއޯ އަކުންވެސް އަނިޔާކުރާ މަންޒަރެއް ނުފެނޭ
    އަހަރުމެން އަޑުއެހީން ފުލުހުންނާ ތަޅާނެބަޔަކު ހޯދާ ފުލުހުންގެ ގައިގާތަޅަން ހިއްވަތުދޭ އޯޑިއޯއެއް، ފުލުހުންނަށް އަނިޔާކުރާ މަންޒަރު ދައްކައިދޭ ވީޑިއޯ އެއްވެސް ފެނުން
    ސަލާމަތީ ބާރުތަކުގެ ދިފާޢުގައި އަހަރުމެން ނުކުންނަން ޖެހޭދުވަހު ނިކުމެ އެމީހުންނަށް ހިމާޔަތް ހޯދަދޭންނަން

  20. އަބްދުއްލާ

    ހައްގު ގާއިމް ކުރާދުވަހަކީ މާތްﷲ ގެ ހަޒުރަތްގަ މަހުސަރުގެ މައިދާނުގަ. އެދުވަހު ހައްގުލިބޭނެ. މިއަދު ތިމާކުރި ކުށަކާނުލާ އަދަބެއްލިބޭނަމަ ސަވަބު ލިބޭނެ .ތިމާގެ ނުލަފާކަން ދައްކަން އުޅޭނަމަ އެކަނަކަމާ ހަވާލުވެފަތިބޭ ފަރާތްތަކުން ހަމަމަގަށް އެޅުވުމަށް ކުރާކަންކަމަކީ އަނިޔާއެއް ނޫން، އެއީ ހުއްދަ ކަންކަން