ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި، ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ދެފާއެއްތާނުޖަހާ ތިޔަ ދަތުރުކުރަނީ ޤައުމު އަނދާހުލިވާއިރު ކީއްކުރަންކޮންކަމެއްނުވެގެން؟
ތީ ދަތުރު ކުމާރު . ދަތުރު ކުރުން ނޫންކަމެއް ނުކުރޭ. ސޮރީ ރާވިއްކައިގެން އަރުވާލި ކަމަށް ވޭ. # އިންޑިއާ އައުޓް #
އެދިޔައީ ހުޅުމާލެ ޓާޓާ ކުންފުންޏަށް ވިއްކާލާފަ ކަޓް ނަގަން. އަނެއް ކަލޭގެ ބައި ލަންކާ އަށް ދިޔައީ މާ ހަމަޖެހޭތީ،އޭނާ ދިޔައީ ލަންކާ އަށް އެބައި ނަގަން. ބޮޑެތި ވަގުން ޒީރޯ ޓޮލަރެންސް.
ރައްޔިތުން ކަރަންޓީނުކޮށްފައި ބޮޑު ފައުޖެއް ގޮވައިގެން ވިޔަފާރިކޮށްލަން
ވަގުތުން ވަގުތަށް އިސްތިއުފާ ވެންޓިލޭޓަރުތަކުގެ މަށްސަލައިގާ ކިތަންމެވަރަކަށް ސިއްރިޔާތުގައި ވާހަކަދަށްކަން ދިޔަކަސް ކަރަޕުސަންގެ ވަގުފާރި ނުހިންގާކަމަކަށް ނުބެލެވޭނެ ވެރިކަމުންފައިބާދުވަހު މަށްސަލަ ބަލަންޖެހޭނެ ރަށްޔަތުން ބޭނުމީ އެގޮތް.
ރައްޔިތުން ކޮވިޑް ގުނބޯގަ ޖައްސަފަ މިކަލޭގެ ދަތުރުތަކުގަ ދައުލަތުގެ ހަޒަނާ ކައި ހުސްކުރަން ވަގުކަލޭގެ