ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާއިރުގައިވެސް ކުއްލި ހާލަތްތަކުގައި މާލެ ގެންނަން ޖެހޭ ބަލި މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް އާސަންދައިން ބުނެފިއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) މަރިޔަމް ޝަފީގް ވިދާޅުވީ "އާސަންދައަކީ ބޮޑު ވޭސްޓޭޖް ސްކީމެއް" ކަމަށެވެ.

މަރިޔަމް ވިދާޅުވީ ކުދިކުދި ފަރުވާތަކަށްވެސް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަށް ވަނީ އިތުރު ކަމަށެވެ. އެ ފަރުވާތަކަކީ ރާއްޖޭގައި ލިބެންޖެހޭނެ ފަރުވާތަކެއް ކަމަށާއި ނަމަވެސް ބަލި މީހުން ބޭރަށް ފޮނުވަން ޖެހޭތީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ.

އާސަންދައިގެ ހަރަދުގައި މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 5500 މީހުން ބޭސްފަރުވާއަށް ފޮނުވިއެވެ. އެ މީހުންނަށް 217 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި ބަލި މީހާއާ އެހިތެރިޔާ ހިމެނޭހެން ދަތުރުފަތުރަށް 88 މިލިއަން ހަރަދުކުރިއެވެ. މިދިޔަ އަހަރު އެންމެ ގިނައިން މީހުން ބޭރަށް ފޮނުވާފައިވަނީ ކެންސަރުގެ ފަރުވާއަށެވެ. އެގޮތުން 1700 މީހުންނަކީ ކެންސަރު ބަލީގެ ކަންކަމުގައި ބޭރަށް ފޮނުވި ބަލި މީހުންނެވެ. ދެން އެންމެ ގިނައިން މީހުން ފޮނުވާފައިވަނީ ލޮލުގެ ފަރުވާތަކަށާއި ކިޑްނީ މައްސަލަތަކަށާއި ގޭހުގެ ބަލި ތަކަށެވެ.

"ރީޖަނަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރަމުން ދާއިރު އަދިވެސް ފާހަގައެއް ނުކުރެވޭ އެތަންތަނުން އެމެޖެންސީވެގެން ގެންނަ މީހުން މަދުވާ ކަމަކަށް. ހަމަ ގެންނަން ޖެހޭ" އޭނާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގެ ރަށްރަށުން މާލެއަށް މީހުން ގެންނަން ޖެހުމަކީ އާސަންދައަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އާއްމު ގޮތެއްގައި ރަށްރަށުން ކުއްލި ހާލަތްތަކުގައި މީހުން ގެންނަން ޖެހެނީ އެމްއެންޑީފްގައި ބޭނުންކުރާ ސީ އެމްބިއުލާންސުންނެވެ. އެކަމަކު ސީ އެމްބިއުލާންސް ހޯދުމުގައި ބައެއް ފަހަރު ދިމާވާ ދަތިތަކާއި ހެދި އަދި ކޮންމެހެންވެސް ބަލި މީހަކު ގެންނަން ޖެހޭނަމަ ދެން ޖެހެނީ ލޯންޗެއް ކުއްޔަށް ނަގަންށެވެ.

މީގެ ކުރިން ދިމާވި ބައެއް ކަންތައްތައް ހިއްސާކުރައްވަމުން މަރިޔަމް ވިދާޅުވީ ލޯންޗުތަކުން ދަތުރުތައް ކޮށްދެނީ އެ ފަހަރަކު އެ ބަޔަކަށް ފެންނަ އަގެއްގައި ކަމަށެވެ.

"15 ހާހަށް ކުރެވޭ ދަތުރު 20 ހާހަށް ނަގާފާނެ. އަނެއްކާ ދެން އަންނަ ފަހަރަކު 20 ހާސްވެސް ނަގާފާނެ. ދެން އަޅުގަނޑުމެން ޖެހެނީ ލޯ މަރާލާފައި ކިތަންމެ ބޮޑު އަދަދެއް ދީގެންވެސް އެކަން ކުރަން" އާސަންދައިގެ އެމްޑީ ވިދާޅުވިއެވެ.

އާސަންދައިގެން އަމާޒަކީ ހިދުމަތްތައް ފަސޭހަގޮތެއް ދިނުން ކަމަށްވާއިރު ހަރަދުތައް ކުޑަކުރެވޭނީ އެންމެންގެވެސް އެހީއާއެކު ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކޮށްގެންނެވެ. ހާއްސަ ބަލިތަކަށް ބޭނުންވާ ޑޮކްޓަރުންގެ އަދަދުވެސް ގިނަކޮށްގެންނެވެ. އެކަމަށްޓަކައި މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ބައެއް ފަހަރު ހަމައެކަނި ޑޮކްޓަރަށް ދައްކާލަންވެސް އެބަ ޖެހޭ ބޭރަށް ފޮނުވަން" މަރިޔަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާމަސީން ވިއްކާ ބޭހުގެ އަގުތައް ކޮންޓްރޯލްކޮށް ހުރިހާ ބޭހެއް އެއް އަގެއްގައި ގެނެވިއްޖެނަމަވެސް އާސަންދައިގެ ހަރަދުތައް ވަރަށް ބޮޑު ތަނުން ކޮންޓްރޯލް ވާނެއެވެ.

"ގާތްގަނޑަށް ފާމަސީއަށް ކުރާ ހަރަދުގެ 25 އިންސައްތަ ދަށްކުރެވޭނެ. ނިމިގެން ދިޔަ އަހަރު ފާމަސީ އަށް 850 މިލިއަން ހަރަދުކުރި ޓޯޓަލް އެއްކޮށް 2.2 ބިލިއަން ރުފިޔާ" މަރިޔަމް ވިދާޅުވިއެވެ.

އާސަންދައިގެ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ށާމިން

  ކޮންތަނެއް ތަރައްގީ ކުރީ ހުރި ޚިދު މަތްތައް ވެސް މ ނުދެވިގެން ތިޔައުޅެނީ ފެންވަރު ދަނީ ދަށައް

  38
  2
 2. ރަން ރީނދޫ

  އެހެންވެ އެއް ފަސް ކުރާވާހަކަ ދައްކަނީ. ކިތަންމެ ވަރަކަށް ހޮސްޕިޓަލް އިމާރާތް ތަރައްޤީ ކުރިޔަސް 20000 ހަމަނުވާ ރަށުގަ ރަނގަޅު ޑޮކްޓަރުން މަޑެއް ނުކުރާނެ. ރައްޔިތުން ގުނބޯ ހައްދަން ޖަޒީރާ ތަރައްޤީ އޭ ކިޔަސް އެއީ ކީ ވާނެ ކަންތަކެއް ނޫން.

  39
  2
  • Anonymous

   އެއްފަސްކޮށްގެން ކިއުގައި 1 އަހަރު ހުއްޓަސް އޯކޭ އޭ ދޯ ތިބުނަނީ...

   ބޭރަށްދާން މަޖުބޫރުވަނީ ވަގުތުން ވަގުތަށް ކަންކަން ނުވާތީ. އެމީހުން މުޅި ދުވަސް ބަލިމީހުންނަށްޓަކާ ހޭދަކުރޭ.

   ރާއްޖޭގައި ކަންތައްތައްވަނީ ތިބޭފުޅާ ހީކުރާގޮތަކަށް ނޫނޭ.

 3. ޑޮކްޓަރ ނަޒްލާ

  ބަލި މީހާ ޑޮކްޓަރަށް ދައްކަން ކިޔުގަ 3 މަސް.

  40
 4. ޢިބްރަހިމްޒީރޯޓްލެރެންސް

  ޢަމިއްލައަށް ސޯޓް ބޭލޭނީ ދޯ ތިކަހަލަ ވާހަކަ ދެއްކީމާ

  43
  2
 5. ދޮގު

  މަރީ ބުނަންތަ ވާހަކައެއް. ތީ ހަމަ ތިޔަ އާސަންދައާ ގުޅިގެން ރަށްރަށުގަ ލޯންޗު ގެންގުޅޭ މީހުން ހިންގާ ޖަރީމާ. ރަށު ކައުންސިލްތަކުގަ އަތޮޅު ކައުންސިލްތަކުގަ ހޮސްޕިޓަލްތަކުގަ އޮންނަ ލޯންޗު އަބަދުވެސް އޮންނާނީ ހަލާކުވެފަ. މިކަން ހިނގާގޮތް އެނގޭނެ މަރީއަށް. ދެން ބޭކާރޭ ކިޔާނެކަމެއްނެތް. ހުރިހާ މީހުން ވައްކަންކުރަނީ ގުޅިގެން. ބޭސްފިހާރަތައްވެސް ހަމަ އެވަރު

 6. ޅައިމަގު

  މަރިޔަނބާ ތިޔަ ދައްކަނީ ވައްކަންކުރާ ވާހަކައެއްނޫންތަ؟ ތިޔަތާނގަ އުޅޭ މީހުންނާ އެޖެންޓުންނާ ގުޅިގެން ހިންގާ ޖަރީމާ ހިންގަން ހަދައިފަ ހުންނަ ތަނެއް ތިޔައީ. ތިނޫން ވަރެއް ވިތަ މިހާރު ތޭރަ ވަރަކަށް އަހަރު މިވީ. ތިއަށްވުރެ ރަނގަޅުގޮތްވެސް އެބަހުރި އެކަމަކު ރަނގަޅު ގޮތެއް ހަދައިފިއްޔާ ޖަރީމާ ނުހިންގޭނެތީ އެކަން ނުކުރަން ތިޔަ އުޅެނީ

 7. ޜަަސި

  މަރީ މީހުން ބަލިވެސް ވާނެ، ފަރުވާ ކޮށްދޭންވެސް ޖެހޭނެ. އެކަން ކޮށްދީފަ ކަލަގޮވާކަށްވެސް ނުވާނެ. ތިޔަ ބަލިތަކަށް ރާއްޖެއިން ފަރުވާކުރެވެން ނުހުންނާތީ ތިޔަ ފޮނުވަނީ. އެހެންވީމަ ތިޔަހެން ނުކިޔާ. އާސަންދައިން ޑޮކްޓަރަށް ދައްކަން ފޮނުވަން ޖެހެނީވެސް ޑޮކްޓަރަކު ނުހުންނާތީއެއްނޫންބާ؟ މިހާރު އޮންލައިކޮށްވެސް ޑޮކްޓަރަށް އެބަ ދައްކާ ބައެއް ހޮސްޕިޓަލްތަކުގަ. ކީއްވެތަ އެކަހަލަ ވަސީލަތްތައް ގާއިމު ނުކުރެވެންވީ. ދުނިޔެ ވަރަށް ކައިރިއިރުވެސް

 8. ސަންފައްތަ

  ބޯގޯސްވާހަކަ ތިދައްކަނީ. ހޮސްޕިޓަލް ތަރައްޤީވެފަ ހުރިނަމަ ބަލިމީހުން ބޭރަށް ފޮނުވާކަށް ނުޖެހޭނެ. މާނައަކީ ހޮސްޕިޓަލު ތަރައްޤީ ނުވަނީއޭ. ރާއްޖޭގެ ހޮސްޕިޓަލަކުން ކުރެވެން އޮތްކަމެއް ކުރާކަށް ބޭރަކަށް ނުފޮނުވާނެ. ކަމެއް ކުރެވެން ނެތީމަ ބޭރަށް ފޮނުވާނީ.

 9. ޙސ

  ކަމަނާ މޮޔާން ކައިރީ ދައްކާ ކަހަލަ ވާހަކަ ނުދައްކާ. ތަރައްޤީ ކުރަން ނޭނގެނީ. ނުވާނޭ ކިޔާފަ ވަޑާންނަވަން ވީނުންތޯ. އޭރުން ކަންކުރެވޭ މީހުން ހަވާލުވާނެ.

 10. ސަމާ

  އަސްލު މި އަންހެނާ ބުނަން މިއުޅެނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ވާހަކަ. ކަންކަން މެނޭޖްކުރަން ނޭންގުން އެއީ ރައްޔިތުންގެ މައްސަލައެއް ނޫން. ކޮންމެ ރައްޔިތަކަށް ބޭސްފަރުވާ ކުރުމަށް އަހަރަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައި އޮންނައިރު އެންމެން އެވަރަށް ބޭސްފަރުވާއެއް ނުކުރޭ. ބާކީ ފައިސާކޮޅަށް ވާނުވާއެއް ނޭންގޭ. އައިނު ގަނޑެއްވެސް މިހެދެނީ މިހާރު ދެ އަހަރުން އެއްއަހަރު އެވެސް އެންމެ 1000 ރުފިޔާ. މިއިން ކަމަކަށް އެންމެފަހަރަކުވެސް ވިސްނާލިންތަ؟؟

 11. ސސ

  ހޮސްޕޮޓަލް ތަށް ތަރައްޤީ ނުވާތީ ނުންތޯ ބޭރަށް ބަލިމީހުން ގެންދާނީ، އިންސާނީ އިމުރާނީ ތަރައްޤީ ނުވާ ހޮސްޕިޓަލް ތަށް ގިނައީ !

 12. އިސްޢާފް ސަލީމް

  ހޮސްޕިޓަލްތައް ތަރައްޤީ؟؟؟؟؟؟؟؟ ކޮންގޮތަކުންބާ؟ ޓެސްޓެއް ހެދެނީ މަދު ތަނަކުން. ޓެސްޓެއް ހެދޭތަނަކުންވެސް ނަތީޖާ ދެއްކެނީ އެއްމަސްފަހުން! އަތޮޅު ހޮސްޕިޓަލްތަކުގައި އާދައިގެ ސްކޭނެއްވެސް ހަދާނުލެވޭ! އެކަމަކު ތަރައްޤީއޯ!!!!!!!

 13. އެއްނަމްބަރ ސައިންޓިސްޓް

  ކޮންމެ އަތޮޅު ހޮސްޕިޓަލަކުން އެމްއާރުއޭ އަދި ސީޓީ ސްކޭން ހެދޭގޮތް ހަދާދީފިއްޔާ މަގޭ ތާއީދު އޮންނާނެ!

 14. ހަވާސާ ހަމީދު

  މިސަރުކާރުން ހޮސްޕިޓާ ތަރައްގީ ކުރަނީޔޭކިޔާފަ ކުރާކަމެއްނެތް އިމާރާތަކުން ތަރައްގީއެއްނުވާނެ މީހުންނާއި ވަސީލަތް އިތުރުކޮށްގެން ތަރައްގީވާނީ، ހޮސްޕިޓަލުން ދޭޚިދުމަތް ކޮލިޓީކުރަން ބޭނުންނަމަ ޕަބްލިކުހެލްތު ވަރުގަދަ ކުރަންޖެހޭނީ އެމްޑީޕީގެ ކޮންމެ ވެރިމަެއްގައިވެސް ޕަބްލިކުހެލްތު ހިލާލަނީ ނާގާބިލު މިނިސްޓަރަކު ބަހައްޓަގެން މިކަމެއްނުވާނެ! އާސަންދަ ލިބޭނީވެސް މަޖިލީސް މެންބަރު ބުނާބަޔަކަށް ޑޮކުޓަރުންނަކީ މިސަރުކާރަކަށް މުހިންމުބައެއްނޫން! އަލީލަތީފު ކަހަލަ ދެތިން މީހަކު މިސަރުކާރަށް ރަގަޅުވާނީ، ރައީސް އޮފީހުގައި ތިބޭނެ ދެމިނިސްޓަރަކު ވެންޓިލޭޓަރާއި އާސަންދަޔާއި ޕީސީއާރު ޓެސްޓާގުޅޭ!

 15. އަފޭ

  ތިނަދޫ ހޮސްޕިޓަލައް ގޮސް ދެއްކީމަ ނެތްބަލި ތަކައް ބޭސްދީ މީހާ ފަނާކުރަނީ އިމާރާތް ބޮޑު ވަނީ ހިދުމަތް ކަޑަވަނީ

 16. ފާއިޒު

  އެ ފަރުވާތަކަކީ ރާއްޖޭގައި ލިބެންޖެހޭނެ ފަރުވާތަކެއް ކަމަށާއި ނަމަވެސް ބަލި މީހުން ބޭރަށް ފޮނުވަން ޖެހޭތީ ބޮޑު ހޭދައެއް ކުރަން ޖެހޭ
  މިހެން މިވަނީ ނުފޫޒުގަދަ ބަޔަކު ތިބޭތީ.
  މިއީ އެންމެންނަށް ލިބޭ ފުރުސަތެއް ނޫން.
  މިދިޔައަހަރު އޮތް އެމް ޑީ ޕީގެ އެތެރޭ އިންތިޚާބަކުން ކާމިޔާބުވާން ބޭނުންވި ބައެއްމީހުންވެސް މިފަދަ ނުފޫޒު ފޯރުވައި ބައެއް މީހުން ބޭސްފަރުވާ ނަމުގައި ކުދި ކަންކަމުގައި ރާއްޖެއިން ބޭރަށް ފޮނުވާފައި އެބަހުރިކަން ރަނގަޅު އޮޑިޓެއް ހިންގައިފިނަމަ ފެނިގެންދާނެ.

 17. ހައިރާން

  ދައުލަތުގެ ބިންބިމުގައި ރައްޔިތުންގެ ލޭބޯން ހަދާފައި މިހިރަ އަމިއްލަ ހޮސްޕިޓަލްތައް އެންމެ ފުރަތަމަ ހަމަޔަކަށް އަޅުވައިގެން ނޫނީ ތިކަމަށް ހައްލެއް ނާންނާނެ. ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ތިބި ގޮތެއްފޮތެއް ނެތް ޑޮކްޓަރުން ހަމަޔަކަށް އަޅުވައިގެން ނޫނީ ތިކަމަށް ހައްލެއް ނާންނާނެ.

 18. ހައިރާން

  މާލޭގެ ފާމަސީތަކުން 300 ރުފިޔާއަށް ވިއްކާ ބޭސް ރަށްރަށުގައި ހުންނަ ފާމަސީތަކުން އެބަލިބޭ 600 ރުފިޔާއަށް. މިކަހަލަ ހަމައެއް ލަމައެއް ނެތް ގޮތުގައި ބޭސް ވިއްކުން އޮތީމާ ތިކަން ހައްލުވާނެތަ.

 19. ކެނެރީގެ މާފަތް އެދުރު

  ބަލަ އިންޑިއާއިން ދޭ ލޯނުގެ ބަދަލުގައި ދިވެހީންގެ ބޭސްފަރުވާގެ ފައިސާކޮޅު އިންޑިއާއަށް ދޭގޮތައް ކަންކަން ރާވާފަ އޮތީމަ ބޭރަށް ދާން ނުޖެހޭނެ ގޮތެއް ނޯންނާނެ ދެން ތިޔަބުނާ ފެންވަރު ރަނގަޅު ހޮސްޕިޓަލް ހުރެގެން ޚިދުމަތް ދެވޭއިރު ކީއްވެގެންތަ ފޮނުވަނީ؟ ތިޔަކަހަލަ ވާހަކަ ދެއްކީމަ ބޭބެ ކުޑަކޮށް ލޭމައްޗަށް ދާގޮތްވޭ އެހެންވީމަ ކޮއްކޮ މޮޅުވާހަކަ ނުދައްކާ ހުރުން މާރަނގަޅުވާނެ. ޢިންޑިއާ އައުޓް

 20. ހުވަދޫ އަލިބެއްޔާ

  ރާއްޖޭގެ މެޑިކަލް އެހީތެރިންނަކީ ލަދެއް ޙަޔާތެއް ތިބި ބައެއް ނޫން...

 21. ޙަަަހަ

  ކޯއްޗެއް ތަަރައްޤީ ކުރީ ، ދަރުމަވަންތަވެސް އެއޮތީ ވެރިންގެ އާއިލާތަކަށް ހިދުމަތްކުރަންދީފަ ، ހޮހަޅަބެ ،

 22. ބިން މުހައްމަދު

  އެކޮއި އެހެންވީމަ އަދި ހަމަ ތަރައްގީނުކުރެވެނީ....އިމާރާތަކާ ބޮޑު ނަންބޯޑަކާ ހުޅުވުމަށް ބޮޑު ރަސްމިއްޔާތެއް..އެއީ ތަރައްގީއެއްނޫން.

 23. ބުއްޅަ ހުއްތު

  ނާގާބިލް ޑޮކްޓަރުން ގެނައީމަ ވާގޮތް ތިއީ

 24. އަބްދޫ

  އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ނަން ބަދަލުކުރާނެ. ދުނިޔޭގަ އެންމެ މަތިފެންވަރުގެ ހޮސްޕިޓަލް ތަކަށް ކިޔާނަން ކިޔާނެ. ނަމުން ތަރައްގީ ވާނަމަ ދިވެހިްައމގެ ސިްހީ ހިދުމަތް ފުރިހަމަވެ ބޭރަށް ދާންނުޖެނީސް. ނަންބަދަލުކުރުމުގެ މިސާލެއް ، އެމްޑީޕީ ވެރިކަމަށް އައި އިރު "މަދަނަ " ހެލްތް ސްކީމ އޮތް ސިދާ ސަރުކާރުން ހިންގަނީ ވެރިކަމުގެ ކުޑަދުވަސްކޮލެއްގެތެރޭ މަދަނަ ބަގުރޫޓް ވެއްޖެ. ބޭރު ހޮސްޕިޓަލް ކްލިނިކް ރައްޖެގެ ސިއްހިގިނަ ހިދުމަތްތަކަށް ފައިސާ ނުލިބި އެތަންތަން ބަގުރޫޓް ވާހިސާބަށް ދިއުމުން ބޭރުންނާ އެތެރޭން މަދަނަ އަށް ބޭސްކޮށްދިނުން ހުއްޓާ؛ލި ދެންހެދި ކުންފުންނެއް ނަމަކި އާސަންދަ މަދަނައިގެ ހުރިހާކަމެއް މިކުންފުންޏަށް ބަދަލުކުރީ ނަމަވެސް ބޭސްފަރުވާ ދިވެހިދަވްލަތަށް ކޮށްދޭނެ ބަޔަކުނުވި. ވީމާ އާސަންދަ ހިންގަން ހަވާލުކުރީ އެލައިޑް އިންސޫރަންސް އާއި މިހާރުވެސް އަސަންދަ ހިންގަނީ އެލައިޑުން ބޭރުންނާއި އެތެރޭގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަނީ އެލައިޑުން. ރާއްޖޭގެ ހޮސްޕިޓަލްތައް ތަރައްގީނުވޭ މޮޅެތި ނަންކިޔަނީ ޓާރސަރީ ހޮސްޕިޓަލް ނަމަށް ގެނެއްސި ހޮސްޕިޓަލަށް ކުރިއެރުމެއްނެތް.

 25. ހުސޭނުބޭ

  ގައިމު ކޮންމެ ރަށަކު ތާޝިއަރީ ކޮސްޕިޓްލެއް އަޅައި ސަރުކާރުން ތަރައްޤީ މެކުހައްޖަހާފައޯ މިއޮތީ. މިއީ ފަހަތު ގިޔަރުގައި މެކުހައް ޖަހާފައިވާ ސަރުކާރެއްކަން މިއިން އެގެނީ.

 26. ސަޑުހަސަނު

  ސިޔާސީ ވަގުތީ މަންފާއަށް ޕަބްލިކް ހެލްތު އިންޝުއަރެންސް ސްކީމް އެކުލަވާލީ. ސިޔާސީ ޕޯޑިއަމްތަކަށް އަރާ ތަންދޮރުނުދަންނަ ފޮނިއަނގަތަޅާ މީހުންގެ ސަބަބުން ހިންގަންޖެހިފަ އިސްރާފުބޮޑު ނިޒާމަކަށް އާސަންދަ ޑިޒައިން ކޮށްފަ އޮތީ. ގައުމުގެ އުފެއްދުންތެރިކަމާ މަލީހަލަތަށްވެސް ގޮންޖެހުން ބޮޑު ގޮތަކަށް.

 27. އިބްރާހީމް

  ވަގުތުން ދިރާސާއެއް ކޮށްލަ ދެއްވާ. 5500 މީހުންގެ ތެރެއިން 4500 މީހުންވާނީ މަޖިލިސް މެމްބަރުންނާއި ސިޔާސީ މީހުންގެ އާއިލާތަކުގެ މީހުންނަށް އެފަދަ މީހުންނަށް ހުން އަޔަސް އާސަންދަ ލިބޭނެ އިންޑިޔާއަށް ދާން. މިކަމުގެ ސަބަބުން 2.2 ބިލިއަން ޚަރަދުވާއިރު ސަރުކާރަށް ހަމަ ކުރެވޭނެ ކަމެއްނެތީތޯ؟

 28. ބަބޫ

  އެހެންދޯވާނީ އިންޑިޔާއަށް ކިހާ ގެއްލުމެއްވާނެ އަހަރެމެން ދިވެހިން ނުގޮއްސިއްޔާ ދޯ. ޔާމީނު ދަރުމަވަންތަ ހޮސްޕިޓަލް ވަކިން އަޅާ ވަކި ނަމެއް ދިނީ އައިޖީއެމްއެޗް ގެ އިންޑިޔާ މެނޭޖްމަންޓުން އެތަން ވަކިކޮށް ހުރިހާ ހިދުމަތެއް ލިބޭނެ ފެނވަރުގެ ތަނަކަށް ހެދުމަށް. އެކަމަކު ޕަޕެޓް ސަރުކާރުން އެތަން އިންޑިޔާ ދަށަށް ގެނގޮސް އަދި އެވަރުނު ނުވެގެން އެތަން މޯގޭޖްވެސް ކޮށްފި. މިއީ ރާވައިގެން އިންޑިޔާ އަޑިގަ އިވެގެން ހިންގާ ބޮޑެތި ޖަރީމާ. އަހަރެމެން މިތިބެންޖެހެނީ އަތާއިފައި ބަނދެވިފަ. ގައުމު މިއޮއް ދަވާލަނީ. މިތަނުގަ މުސްތަގުބަލެއްނެތް. ނޫސްވެރިންވެސް ވިކިފަ ރަެއްޔިތުންގެ ތެރޭގައި ފިތުނަ

 29. ދޮންބަކުރު

  ބޭރުން އައިސްތިބޭ ޑޮކްޓަރުން ވަރަށް ގިނަ ފަހަރު އެމީހުންގެ ބޮލުން ކަންކަން އެއްލާލާ. ސަބަބަކީ ބަލިމީހަކު ދޫނުކޮށް ބާއްވައިފިނަމަ ބަލިމީހާއަށް ދިމާވެދާނެ ގެއްލުމެއް ޑޮކްޓަރ ގެ އިހުމާލުގެ ތެރެއަށް ފެތިދާނެ ކަމުގެ ބިރު. މިހެންވުމުން އަވަހަށް އާސަންދަ ހޯދައިދީ އަތޮޅު ހޮސްޕިޓަލަށް ބަލިމީހާ ފޮނުވާލާ. ބަޖެޓުން ގިނައިން ހޭދަވިޔަސް ބަލިމީހުންނަށް މީގެ ސަބަބުން ފައިދާވެސް ކުރޭ. ޤައުމުގެ އާދައިގެ ރައްޔިތުންނަށް ކުރާ ހޭދަ، ޚާއްޞަކޮށް ޞިއްޙީ ހޭދަ ބޮޑުވެގެން ސަރުކާރުން ކަންބޮޑުވާކަށް ނުޖެހޭ. ޤައުމުގެ ބައިތުލްމާލުން އަންނި އާއި ޞާލިޙާއި މައުމޫނާއި ޔާމީނަށް ކުރާ ޚަރަދާއިމެދު އަހަރުމެން ރައްޔިތުން މާކަންބޮޑުވޭ.

 30. އަލީ ޙަމީދު

  އެހެން ޤަވްމުތަކާއި، ރާއްޖެޔާއި ހުރިު ތަފާތަކީ، އެހެން ޤަވްމުތަކުގައި، ޢިމާރާތް ވަރަށް ބާވާނެ، ކޮްންމެކަމަކާ ގުޅޭ މެޝިނަރީސް ހުންނާނެ، ރާއްޖޭގައި، ޢިމާރާތް ވަރަށް އާވާނެ، މެޝިނަރީސް ނުހުންނާނެ، ތަނަށް ނުކަތާވަރަށް މީހުންތިބޭނެ، އެކަށީގެންވާ ފަރުވާ އެއް ނުލިބޭނެ.

 31. ނަމަ

  ބޭރަށް ގެންދަން ޖެހޭ މީހުންގެ އަދަދު ދައްވާނީ މޮޅެތި ޑަކްޓަރުން ހޯދީމަ އެއްނު

 32. ކޮރޯނާ

  ޑޫޑް، ވަހަކަ ދެއްކުމުގެ ކުރިން ހޮސްޕިޓަލު ތަރައްގީ ކުރި ވަރަށް ހިދުމަތްދެވޭ ވަރު ކޮށްބަލަ. ތާކު ހޮސްޕިޓާ ތަކެއް އެޅިޔަސް ރަނގަޅު ޑޮކްޓަރުންނާ ހިދުމަތް ދޭން ތިބޭ މީހުން އެފިށެންޓު ވާން ޖެހެޔޭ، ޑޮކްޓަރަށް ދައްކަން 6 މަސް ވަންދެން ކާކުތަ މަޑުކުރަނީ؟

 33. ވާނުވާ

  2000 ހުގެ ތަރަށްގީ 2022 ގަ ގެނައިމަ ދާނީ ބޭރަށް..

 34. ރައްޔިތުމީހާ

  ތީކީ ކޮއްމެހެން ދެއްކުން މުހިއްުމު ވާހަކައެއް ކަމަށް ނުދެކެން. ބަލިމީހާ ހާލުބޮޑުވިޔަސް ނުވިޔަސް ކޮންމެ ރައްޔިތަކަށް އާސަންދައިން ހައްޤު މިންވަރު އެމީހަކަށް ލިބެންޖެހޭ. އެއީކީ ބަލިމީހާގެ ހާލަތު ވަކި ވަރަކަށް ގޯސްވީމަ ލިބެންޖެހޭ އެއްޗެއް ނޫން.
  ޢެންމެ ހާލުދެރަމީހާވެސް އެބަޖެހޭ އާސަންދަ ހަމަނުޖެހިގެން 3 ދުވަސް ވާއިރުވެސް ނުފުރިފަ ތިބެން

 35. ޕޭޝަންޓް

  ޙޮސްޕިޓަލް އެއް ނޫން ތަރައްޤީ ކުރަންވީ..ޑޮކްޓަރުން އުފައްދަންވި..

 36. މޫސަ

  ތިޔަ އިއުލާން ކުރެއްވީ ކަމަނާގެ ނާގާބިލުކަން ރައްޔިތުންނައްޓަކާ، ފުރަތަމަ ކަމަނާ އިސްތިއުފާ ދެއްވާ

 37. ޑޮކް

  މިވެސް އިންޑިޔާ އައުޓް ކިޔަން ޖެހޭކަމެއް. އިނޑިޔާގެ ނުފޫޒުގަ ރާއްޖޭގެ ސިއްހީހާލަތު މި އޮތީ އެމީހުންގެ ފައިބުޑައް ވެއްޓެން ޖެހޭގޮތައް.