ވެރިކަން ލިބިވަޑައިގެންފިނަމަ ޅ.އަތޮޅު ނައިފަރާއި ހިންނަވަރާއި ދެމެދު ބުރިޖެއް އަޅުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު ކެމްޕޭންގައި ވެފައިވާ ވައުދު ފުއްދަވަން އެމަނިކުފާނު މަސައްކަތް ނުކުރައްވާތީ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އެކަން ފާހަގަ ކުރައްވައިފިއެވެ.

ރައީސް ސޯލިހް ޓެގް ކުރައްވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހްގެ ބުރިޖުތަކުގެ ވައުދުތަކަކީ ހުސްނުވާ ހުސްވައުދުތަކެއް ކަމަށެވެ. "ނައިފަރު-ހިންނަވަރު ގުޅުޅާލާ ވައުދަކީ ކައިރި އެހެނަސް ދެކޮމަންޑޫ ގުޅާލާ ވައުދަށްވުރެ ދުރު މާޒީއެއްގެ ވައުދެއް. ރައްޔިތުންނަށް އިންތިޒާރުގެ ދުވަސްތައް ގުނުން ނޫން ގޮތެއް ނެތް." ޝިޔާމް ވިދާޅުވިއެވެ. ޝިޔާމްގެ ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޓެގް ކުރައްވާފައިވެއެވެ.

2018 ވަނަ އަހަރު ވެރިކަމަށް އަންނަން ރައީސް ސޯލިހް ކުރެއްވި ކެމްޕޭންގައި ވަރަށް ގިނަ ބުރިޖުތަކުގެ ވައުދު ވެފައިވެއެވެ. އޭގެތެރޭގައި މާލެ އިން ފެށިގެން ތިލަފުއްޓާއި ހަމައަށް ބުރިޖެއް އެޅުމުގެ ވައުދުގެ އިތުރުން ހިންވަރާއި ނައިފަރާއި ދެމެދު ބުރިޖެއް އެޅުމުގެ ވައުދާއި ގއ.ވިލިނގިއްޔާއި ކޫއްޑޫ އާއި ދެމެދު ބުރިޖެއް އެޅުމުގެ ވައުދާއި އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫ އާއި ދެމެދު ބުރިޖެއް އެޅުމުގެ ވައުދު ހިމެނެއެވެ. މީގެ އިތުރުން ލ.އަތޮޅު ކަލައިދޫ އާއި ދަނބިދޫ އަދި އެއަތޮޅު ކުނަހަންދޫ އާއި މެންދޫ އާއި ހިތަދޫ ކޯޒްބޭއަކުން ގުޅާލުމަކީ ވެސް ރައީސް ސޯލިހްގެ ވައުދެކެވެ. ނަމަވެސް މިއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަކަށް އަދި ނުދެއެވެ. އަދި މިހާތަނަށް މަސައްކަތް ފަށާނެކަން ހަމައެކަނި އިއުލާން ކުރި ބުރިޖު މަޝްރޫއުއަކީ ވެސް މާލެ އިން ތިލަފުއްޓާއި ހަމައަށް އަޅާނެ ކަމަށް ބުނާ ބުރިޖު މަޝްެރޫއުއެވެ.

ވައުދުވި އެތައް ބުރިޖެއްގެ މަސައްކަތް ނުކޮށް މަޖިލިސް ބައިއިލެކްޝަނާއި ދިމާއަށް ދެކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުއްލިގޮތަކަށް ފެށުމުން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަނދުކޭތަ

    ކިހިނެއްތޯ ބްރިޖެއް އަޅާނީ ކޮވިޑޭ ކިޔާފަ މިއަހަރައް ފާސްކުރި ބަޖެޓް ދިރުވާލަން ރެޑީވެގެން އެހުރީ ލޮލް

    22
    1
  2. ވާވަރު

    އޭރު ފެނުނީ ހުސް ބުރިޖު. އެހެންވީމަ ވާނީ އެހެން. ޔާމިން ބުރިޖެއްއެޅީމަ މީނަވެސް ބުރިޖުގެ ޖާދޫ ޖެއްސީ

    26
    1
  3. މަރީ

    ދެންވެސް ކަޓުވާނީ ދެންވެސް ކަޓުވާނީ

    16
    1
  4. ފައު

    އެމްޑީޕީއިން މިހާރު ހިންގަނީ 1990ގެ އަހަރުތަކުގަ މައުމޫނު ސަރުކާރުން ގެންގުޅުނުކަމައް ބުނާފަދަ އިންތިޚާބުތަކާއި ދިމާކޮއް ކަޑަ ޖަހާލާފަ ނުވަތަ ވައުދުވެފަ ގޮސް އިންތިޚާބު ނިމުނީމަ ދެއަތްއުރައިގެން ތިބޭކަހަލަ އަމަލުތަކެއް. މިކަން އެންމެގަދަޔައް ކުރީގައި ކުއްވެރިކުރީ ވެސް ހަމަ މިއެމްޑީޕީއިން. އެކަމަކު މިހާރު މިފެންނަނީ ހަމަ އެމީހުން އަމިއްލައަށް އެ ގޮތައް ކަންކަން ކުރާތަން. މިހެންވީމަ ސިޔާސީއެއްވެސް ބަޔަކައް އިތުބާރު ނުކުރަންވީ. ވޯޓު ދޭންވީ ހަމައެކަނި ތަރައްގީ ގެނެސްދީފައިވާ ބަޔަކައް.

    19
    1
  5. ވަގުން

    މަނިކުފާނު އިސްތިއުފާ ދީ. ދާދި އަވަހަށް ބުރިޖް ފެންނަން ފަށާނެ.

    17
    6
  6. ޢަމާ

    ހަސަންޓޭ ބުނިއެތި އެޅެނީ މިސަރުކާރައް އެބަހުރުވައިން އެޅޭނަމަ މިހާރުއޮއްނާނީ އެޅިފަ

    16
    1
  7. ބޮކި

    މަނިކުފާނު ކޮބާތޯ ބެޔަސްނުބެޔަސް.....
    މަނިކުފާނު ކޮބާތޯ ރިސޯޓް ހިތްސާ....