އައްޑޫ ސިޓީ ހުޅުމީދޫގައި "ޝްރީ ރާމް މަންދިރު" ނަމަކަށް ކިޔާ ފައްޅި ހުރި ކަމަށް ގޫގުލް މެޕުން ދެއްކި ނަމަވެސް މިހާރު ގޫގުލް މެޕުން އެތަން ގެއްލިއްޖެއެވެ.

"ޝްރީ ރާމް މަންދިރު" އަކީ އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހުންނަ ހިންދޫ ދީނުގެ ފައްޅިއަކަށް ކިޔާ ނަމެކެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި އެނަން ކިޔާ ތަނެއް ހުރިކަމަށް ގޫގުޕް މެޕުން ދެއްކުމުން ގިނަ ބަޔަކު ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުޅުމީދޫ ޗާޓުން ފެނުނު "ޝްރީ ރާމް މަންދިރު" ރިމޫވް ކުރީ ޗާޓަށް އެތަން އިތުރު ކުރި ފަރާތުން ކަމެއް ނުވަތަ ގޫގުޕް އިން ކަމެއް ސާފެއް ނުވެއެވެ. ގޫގްލް މެޕްގައި ރަނގަޅު ނޫން މައުލޫމާތެއް ހިމަނައިފިނަމަ އެކަން ގޫގްލް އަށް ރިޕޯޓް ކުރެވެއެވެ. ރިޕޯޓް ކުރުމުން ރަނގަޅު ނޫން މައުލޫމާތުތައް ގޫގުލް އިން ވެސް ރިމޫވް ކުރަމުން ގެންދެއެވެ.

ހުޅުމީދޫ ޗާޓަށް "ޝްރީ ރާމް މަންދިރު" ލާފައި މިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާ ދުވަސްވަރެއްގައެވެ. އައްޑޫގައި ވެސް އިންޑިއާ ސިފައިން ތިބެއެވެ. އިންޑިއާ ސިފައިން ތިބެނީ ރާއްޖޭގެ އެންމެ ދެކުނު އައްޑު އާއި، މެދުރާއްޖެ ތެރެއިން ލ.އަތޮޅާއި އަދި އެންމެ އުތުރުން ހދ.ހަނިމާދޫގައެވެ.

ހުޅުމީދޫ ޗާޓަށް "ޝްރީ ރާމް މަންދިރު" ލުމުން އެކަމަށް ފާޑުކިޔުން އަމާޒުވިއިރު އިންޑިއާ ސިފައިން ތިބޭ ލ.ގަމުގެ ސަރަހައްދެއްގައި "އިންޑިއަން އާމީ" ޖެހުމަށް ފަހު ގޫގުލް މެޕުން ސަރަހައްދެއް ފާހަގަ ކޮށްފައިވާކަން ވެސް މީގެ ކުރިން ސަމާލުކަމަށް އައެވެ.

ގޫގުލް މެޕަށް ތަންތަން އެޑް ކުރުމަކީ ކޮންމެ މީހަކަށް ވެސް ކުރެވޭ ކަމެކެވެ. އެއީ ސައްހަ މައުލޫމާތުތައް ގޫގުލް އިން ބަލަނީ މައުލޫމާތު ރަނގަޅު ނޫން ކަމުގެ ރިޕޯޓެއް ލިބުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބިގް ބޮސް

    ތިޔަ ހުރިހާ ތަނެއްވެސް ހުންނާނެ އެކަމާނުވިސްނާ އެނޫން އެހެންގޮތެންނެއް މިހާރު.

  2. ހޭއަރާ މުސްލިމުންނޭ

    ކޮމަންޑޫގެ ލޮބުވެތި ރައްޔިތުން ﷲ ރަސޫލާ އިސްލާމްދީނަށް ލޯބެއް ކުލުނެއް ހުރީވިއްޔާ މިފަހަރު އެބަޖެހޭ މިވޯޓުން އމޑޕ ބަލިކުރަން ނޫންނަމަ އެމީހުންނަށް ވާގި ވެރިވުމަށް މަޖްލިހަށް ހޮވާމެންބަރަކީ އިންޑިޔާ މިލިޓަރީ ބޭރުކުރުމަށް އަޑު އުފުލާނެ މެންބަރަކު ހޮވަން ނޫންނަމަ އމޑޕ އަށް ވާގިވެރިވާ ކޮންމެ މިހަކީ މިފަދަ ކޮންމެ މުންކަރާތްތަށް ހިންގުމަށް އމޑޕ އަށް އެހީވަމީހެއް ކުރިޔަށް އޮތްތާ ތިކަހަލަގެ ކިތަންމެ ފައްޅިޔެއް އަޅާނެ އމޑޕ ވެރިކަމުގަ އޮތިއްޔާ

  3. ވަރަށް ވެދުން

    ރާއްޖެގެ މިގައުމު އިސްލަމްދީން ގަބުލް ކުރިތާ 800 އެތަށް އަހަރެއް ވެގެން ދިޔައިރު މިވަރުގެ ލަދީނީ ދަށުދަރޖާގެ އަމަލެއް މިފެނުނީ އމޑޕ ގެ ވެރަމުގަ މި ރެކޯޑެއް އެހެންވެ މިބުނަނީ އަޑިނޭގެ އިސްލާމްދިނާ ބިރައްޓެހި ބަޔެކޭ އމޑޕ އަކީ އަދިވެސް ﷲ ސަޖިދަހާ ދިވެހި މުސްލިމުން އމޑޕ ފަހަތުން ދުވަންވިތޯ ނޫންނަމަ ﷲ ރަސޫލާގެ ދީނުގަ ތިބުމަށް އިންޑިޔާ އމޑޕ ބޮޔެކަޓް ކުރަން ނުވެތޯއެވެ މިފަދަ ކޮންމެ ޖަރީމަގެ ޒިންމާގިޔާމަތް ދުވަހު އުފުލަން ޖެހޭނި އެމީހާ އަމިއްލަޔަށް އެދުވަހަކު ނާންނަނެ ޕާޓީއެއް އެދުވަކު ލިބޭނީ އެމީހަކު އަމިއްލަޔަށް ފުރި ފޮތް ވިސްވިސްނަ ވިސްނާ

  4. ސަބީ

    މިހީރު އެތާ ޖަހާފައިން އެތި ބަލާބަ ސެލެކްޓް ކޮއްގެން. ކޮންމެފަދަ އެއްޗެއްވެސް ޖަހާފާނެ

  5. ވިސްނާ ގައުމާދެތެރޭ

    ކީއްވެބާ ކޮމަނޓްތަށް ޕޯސްޓް ކޮަށްލަންނުކެރެނީ