މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 36 ގައިދީއަކާއި، މަސައްކަތް ކުރަމުންދާ އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންގެ މީޑިއާއިން "ވަގުތު" އަށް ޚިއްސާކޮށްދެއްވި މެސެޖްގައި ވިދާޅުވީ 36 ގައީދަކު މި ވަގުތު ފައްސިވެ ފަރުވާ ދެމުންދާއިރު، ޖުމުލަ 68 ގައިދީއަކު އެކަހެރިކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފަސް އޮފިސަރަކު ފައްސިވެފައިވާއިރު، އެ އޮފިސަރުންނާއި ގާތުން ބައްދަލުވި އޮފިސަރުންނާއި އެކު ޖުމުލަ 12 އޮފިސަރަކު އެކަހެރި ކޮށްފައިވާ ކަމަށް އެ މެސެޖްގައިވެއެވެ.

އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުގައި ބަހައްޓާފައި ތިބި މީހުނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުމާއި، ކޯޓުގެ އަޑުއެހުންތައް ގެންދަނީ އޮންލައިންކޮށެވެ. މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ މިހާރު ޖަލު ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ.

މީގެ ހަތަރު މަސް ކުރިން ވެސް މާފުށީ ޖަލުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރުނެވެ. އެއާއި އެކު ހިރާސް ބޮޑު ނުވަތަ ހައި ރިސްކް މީހުން ގޭބަންދަށް ވެސް ބަދަލުކުރިއެވެ.

ކޮވިޑް-19 އޮމިކްރޮން ވޭރިއަންޓް ފެތުރެން ފެށި ފަހުން ރާއްޖޭގެ ހާލަތު ވެސް ވަނީ ގޯސްވެފައެވެ. މި ވަގުތު އެ ބައްޔަށް ފައްސިވެ ފަރުވާ ދެމުންދާ މީހުންގެ އަދަދު 5،800 އަށް އަރާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފު

    ތަރައްގީގެ މަޝްރޫއެއް ނުހިނގާ ރަށެއް މިހާރު ނޯންނާނެ: ނައިބު ރައީސް 👍

  2. ޚސކކަނ

    އިކޮނޮމިކް މިނިސްޓްރީ ބަންދު ނުކުރޭ އަދިވެސް. ހުސް ބިދޭސީން ފުރި ތޮއްޖެހިފަ. ކުދިން ޕޮޒިޓިވް ވަނީ.