އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިއާ އައުޓް" ޝިއާރުގައި ފަތުރަމުން ގެންދަވަނީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަންކަން ކަމަށް ވިދާޅުވެ އެމަނިކުފާނު ހައްޔަރު ކުރަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ޖަލްސާގައި ހަސަން ލަތީފް ވިދާޅުވީ ރައީސް ކަން ކުރެއްވި ބޭފުޅަކުގެ އަމަލުތައް ހުންނެވި ގޮތް ސަރުކާރުން ވެސް ސާފު ކުރަން ޖެހޭ ކަމަށެވެ.

"ލަސްނުކޮށް ރައީސް ޔާމީން ހިފާ ހައްޔަރުކުރަން ޖެހޭ، މި ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ވާހަކަ ތަކެއް މިހާރު ރައީސް ޔާމީން ދައްކަވަމުން އެ ގެންދަވަނީ،" ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި އެކު، މަޖިލީހުގެ ތެރެއިން ވެސް ރައީސް ޔާމީންގެ ކަންކަން ގާތުން ބައްލަވަން ޖެހޭ ކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި ވެސް އިންނަވާ ހަސަން ލަތީފް ވިދާޅުވިއެވެ.

ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ މީހުންނަށް ނޫނެކޭ" އަދި "އިންޑިއާ އައުޓް" މީހަކު ގޮސް ލިޔެފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ހަސަން ލަތީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ހަރަކާތް މިހާރު އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އުޅޭ އިންޑިއާގެ ޚިދުމަތްތެރިންނަށް ކަމަށެވެ.

ނަމަވެސް ޕީޕީއެމް ޕީއެންސީން މި ކަން ދޮގު ކުރެއެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންޑިއާގެ ޚިދުމަތްތެރިންނާއި ދިމާކުރަން އެ ކޯލިޝަނުން ހިތްވަރު ނުދޭނެ ކަމަށެވެ. "އިންޑިއާ އައުޓް" އަކީ އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށާއި ސަރުކާރުގެ ދިފާއީ ސިޔާސަތާއި ދެކޮޅަށް ހިންގޭ ހަރަކާތެއް ކަމުގައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުމާއި އެކު، "އިންޑިއާ އައުޓް" ގެ ކެމްޕޭން ހަރަކާތްތައް ވަނީ ފުޅާކޮށްފައެވެ. އެ ޝިއާރު ހިމެނޭ ޓީޝާޓް ތުރު ކުރައްވައިގެން ޔާމީން ގެންދަވަނީ ރަށްރަށަށް ވެސް ދަތުރު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. މީސް

  ހަސަން ލަތީފު ހައްޔަރުކުރޭ؟؟ޓޫފޯގައި ތިބެެން މިގައުމު ނުރައްކަލުގެ ތެރެއައްވައްޓާލާފި އިންޑިޔާ މީހުން ބޭނުންކަމެއްމިގައުމުކޮންހަދާއިރު މަޖިލީސް ހަމަހިމޭނުގައި؟؟

  106
 2. ޑައެލޯގް

  ބޮލުރޮދި ކެނޑިފައިވާ 100 ކަށިމަތި މާލޭމީހާއެވެ. ބޮޑާކަމުން މާލެވެގެން ގިޔާމަތް ދުވަހުން މާލޭމީހުން ސަލާމަތްވާނެބާ ކަލޯ، އެދުވަހުން ﷲ ހަޟުރަތުގައި ތިމަންނާއަކީ މާލޭމީހެކޭ ބުނެވޭނެތާ ބޮޑާބޭ

  103
 3. ލލ

  ކަލޯ ހަސްންޓޭ މެންވެސް ކެޑި ބަންކެޔު މިއަދު ޔާމީނުވެސް ކަންޑަނީ !

  66
  2
 4. ލާހި

  އިންޑިޔާ އަށް ޤައުމު ވިއްކާލި މީހުން ހިފާ ހައްޔަރު ކުރަންވީ !

  112
 5. ހުސޭނުބޭ

  ހަތަރު ކަށިމަތި މާލޭ ބޭފުޅާ މޮޔަވީތަ؟ އެންމެ ފުރަތަމަ ހައްޔަރުކުރަންޖެހޭނީ ބުއްޅަބެޔާ ސޯލިބޭ.

  107
 6. މޮއްޔާ

  ތިޔަވަނީ ހޭބަލި މޮޔަ ހަސަނާ / ކެވިފަހުރި ވަރުމަދީ ކަލެއަށް ރައީސް ޔާމީން ހައްޔަރުކުރިއަސް އިންޑިޔާ އައުޓް ގޮވަަނެ ،،،، ޢިންޑިޔާ އައުޓް // އިންޑިޔާ އައުޓް // އިންޑިޔާ އައުޓް // ޢިންޑިޔާ އައުޓް // އިންޑިޔާ އައުޓް / /އިންޑިޔާ އައުޓް // ޢިންޑިޔާ އައުޓް // އިންޑިޔާ އައުޓް //

  90
  1
 7. ސަލްމާަ

  ކޮބާ ޓްވަރިޒަމް ބޯއިކޮޓް ކުރަން ގޮވި މީހުން.
  ކޮބާ ރާއްޖެއަށް އިންޑިއާ ސިފައިން އަރަން ގޮވި މީހުން
  ކޭ،ކޭ،ކޭ،ކޭ ނުކިޔައި ހޭބަލި ނުވެބަލަ
  އިންޑިއާ އައުޓް ފިކުރަކީ މިހާރު ޔާމީންގެ އެއްޗެއްވެސް ނޫން. އެއީމިހާރު ހުރިހާ ދިވެހިންގެ ފިކުރެއް.

  99
 8. ލޮލް

  ރައީސްޔާމީނަށް ވުރެ ކުރިން ހައްޔަރުކުރަން ޖެހޭ މީހަކު ހުންނާނެ ތިތާ ރައީސްކަމުގައި. ނިކަން އޭނާ ހައްޔަރުކުރަން ގޮވާބަލަ. މިހާރުވެސް އިންސާފުވެރި ތަހުގީގެއް ހިންގައިފިނަމަ އޭނާގެ މައްޗަށް އޮނަސާޅީސް ދައުވާ އުފުލޭނެ.

  90
  2
 9. ހ

  ރައީސް ޔާމީންހައްޔަރު ކުރުމަށް ވުރެ ގައުމަށް ޣައްދާރުވެ ޓާޓާ ކުންފުނީގެ އެއްބަސްވުމުގައި ސޮއި ކުރި މީހުން ހިފާ ހައްޔަރުކުރުމަށް ގޮވާލަން.

  92
  1
 10. އަލީ

  ތިހެން ކިޔާފަ ނިކަން އަތްވެސް ލައިބަލަ އެއްވެސް މީހެއް ގައިގަ. މީ ދިވެހި ލޭހިނގާ ދިވެހިންކަން ކަލޭމެން އެންބަސީ މުއައްޒަފުންނަށް ދައްކާނެ!

  78
  1
 11. މާބޭބެ ނޭފަރު

  ހަސަނާ ކަލޭ ފުރަތަމަ ހައްޔަރު ކުރަންވީ. ނޭފަރު މީހަކާ އިނދެގެން ހުރެ ކަލޭ ކޮސްނުގޮވާ، އަހަރެމމެން ޖެހެލުމެއްނުވޭ ކަލެޔާދިމަށް ބަސްބުނާކަށް. ކަލޭ ސައިޒު އޮޅިގެން ނޫޅެބަލޭ.

  88
  2
 12. ހަގީގަތް

  ޔާމީން ހައްޔަރު ކުރިޔަސް އަދި ނުކުރިޔަސް ދެން މިކަނެއް ނުހުއްޓުވޭނެ

  89
  1
 13. ރަން ރީނދޫ

  ގޮތް ހުސްވެ،މާޔޫސް ވުމުން ދެން ކޮސް ގޮވޭނީ.ޔާމީނަށް މީހުން ސަޕޯޓް ކުރަނީ ބޮޑެތި ބިޔަ ތަރައްޤީ ގެ މަޝްރޫޢު ތައް ހިންގީތީ. ދިވެހިންނަށް ވެސް ދުނިޔޭގެ ގައުމުތަކުގެ ތަހުޒީބާއި ތަރައްޤީ އެބަ ފެނޭ. ބޮޑެތި ޝޮޕިންގ މޯލްތަކާއި 40 ،50 ބުރީގެ އިމާރާތް ތައް. ފަސޭހަ ތަނަވަސް މަގުތަކާއި ދިގު ބްރިޖްތައް. ކިތަންމެ ވަރަކަށް ތެޅުނަސް ދިވެހިން ދެން ގުނބޯ ނުހެއްދޭނެ. ޖަޒީރާ މައި ފޫޓް.

  12
 14. ޙަނދުކޭތަ

  4ފޫޓް ހަމަވޭތޯ ފޫޓްފީތާ އަޅާދޭނެ ބަޔަކު ހޯދަން ސޯލިހު ކައިރީ ބުނެބަލަ އިއުލާނު ކޮއްލަދޭށެ

  10
 15. ރަދީފް ހުސެން

  މާސިންގާ މެޖޯރިޓީއަކާ މާބޮޑު ތާއިދެއް އޮތްކަމައް ދެއްކިގެން އުޅުނު ޕާޓީ މިހާރު ތިއުޅެންޖެހިފަވާ ހާލެއްދޯ! ރަށަކައް އެރިޔަސް ގޮވާލާނެ ޔާރެއްނެތް، ރުހުމުން ސަލާންކޮއްލަން ނުކުންނާނެ މީހަކުނުވެ، ކިރިޔާ އަދަދުހަމަވާ އަތޮޅު ބައިއިލެކްސަނެއް ބޯމަތިވީމަ އެގޮނޑިވެސް ގެއްލުމުގެބިރު ބޮޑުވީމަ މުޅިސަރުކާރު އެކަމައްހުއްޓިފަ. މިވީ 3 އަހަރު ވައްކަން ނޫންކަމެއް ކުރެވުނުނަމަ ތިވަރައް ހަންކެޑޭކައް ނުޖެހުނީސް.

  11
 16. ފާއިޒް

  އޭ ބުރާންތިޔާ ކަލޭ ތިއުޅެނީ ހޭބަލި ވެގެންތަ ރައީސް ޔާމިން އާއި ގެޅިގަންނަން ނަަހަދާތި ކަލޭ މޮޔަވެގެން ނޫނި ވެރިކަން އަތަށް ގޮވަން ފެށީމަ ހޭބަލީ ދޯ.. ކަލޭ ތީ ޖަލުގެ ތޭރި ތަކު ތެރޭ ރޯން އޮންނާނެ ބީތާއެއް...

 17. ޒާ

  ހައްޔަރު ކުރުން ކުރިޔަށް އޮތީ. ލިސްޓްގާ ކަލޭ ނަން ނެތި ދާނެހެނެއް ހިޔެއްނުވޭ.

 18. ސުންކޫ

  ބޮޑު ހުޅު ބަޣާވާތުގެ އަހުލުވެރިން ހިފާ ހައްޔަރު ކުރާނީ ކޮންއިރަކުންބާ؟

  10
 19. ރަދީފް

  އެއްކަމެއް ވެސް ނުކުރެވޭނެ.

 20. އަބޫރަހީމް

  ހައްޔަރުކުރަން ވީ މީހުންނަކީ މިގައުމަށް ގައްދާރު 4ހާއިނުން އެއީ ހިންނަވަރުބެއްޔާއި މާރިޔާދައިތާއި ސާހިދުބެއްޔާއި ކެނެރީގޭ ލާދީނީ ބެއްޔާއި މިހަތަރުމީހުން މިމީހުންނަކީ ގައްދާރުން ހާއިނުން މިހަތަރު ގައްދާރުންނާށް އެްވެސް ވޯޓެއް ނުދޭށެވެ

 21. ހަވާސާ ހަމީދު

  ހަސަން ލަތީފު ކަލޭމެން އެންމެން ހައްޔަރުކުރަންޖެހޭ މިގައުމުގައި ހުޅުޖެހީޖކަލޭމެން ޕޮލިސް ޓްރޭނިންގ ސްކޫލު އަންދާލީވެސް ކަލޭމެން ތިޔަ ބައިގަންޑު މިގައުމުން ބޭރުކުރަންޖެހޭ އިންޑިޔާ މިލިޓްރީއާއެކު!

 22. ޑިމޮކްރަސީގެ

  ޙަސަން ކާރީ ބުނެ ލާން ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމިން އަކީ މި ގައުމުގެ ސިޔާސީ އިދިކޮޅު އެންމެ ބޮޑު ލީޑަރު އެހެން ވީމާ ޑިމޮކްރަސީގެ އެއްގައި ސިޔާސީ އެއްބޮނޑު ލީޑަރު ހިފާ ހައްޔަރު ކުރަން ގޮވާމީހަާ ތިއީ ނަމުން ޑިމޮކްރަސީގެ ބޯޑު ޖަހައިގެން އުޅޭ ފާޓީ ހިންގުމާއި ހަވާލުވެ ހުރި މީހާ ވަރަށް ވެސް ލަދުވެތި ދޯ.

 23. އަލީ

  ހަސަނާ މޮޔަވަނީ ތިއޮއްގެން!!!

 24. ތެދު

  ކަލޭ މިނިސްޓަރުކަން ކުރިއިރު އޮޑިޓުރިިޕޯޓް ބަލާ ލީމައެކަންއިނގެޔޭ ކަލޭހައްޔަރުކުރަންޖެހޭކަން...؟؟!! ގޮތްހުސްވީދޯ ޔާމީނައްއޮތްތާއީދްފެނިފަ. ހެހެ..
  ދެން ތިކިޔާ ހަސަންޓޭ އަލިފުށީ މީހުންކިޔަނީ ހުނޅުބުހަސަނު.

 25. Anonymous

  އެންމެ މީހަކު ހިފާ ހައްޔަރު ކުރުމަކުން ތިޔަ އަޑު ކެޑޭނެ ކަމަކަށް ލަފައެއް ނުކުރެވޭ. ކެރެންޏާ ކުރަންވީ ކަމަކީ އިންޑިއާ އައުޓޭ ބުނާ ހަމަ ކޮންމެ މީހަކު ހިފާ ހައްޔަރު ކުރުން. އޭރުން ދެން ރާއްޖޭގައި ތިބޭނީ ހަސަނުމެން ޕާޓީ ކުދިން ކޮޅު އެކަނި.

 26. ޔަމަން

  ވަގު ޔާމީނު ހައްޔަރުކުރޭ

  2
  8
 27. ރބރ

  ހަތަރު ކަށިމަތި ހައްޔަރުކުރޭ
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް
  ‎ޢިންޑިޢާ މިލިޓަރީ އައުޓް ޢިންޑިޢާ މިލިޓަރީ އައުޓް

 28. ާަަްްްއަބުދުައްރަސީދު

  އޭ ކަލޯ ބުރާންޗާ ކަލެޔަކީ ރައީސް ޔާމީނުގެ ފައިންޕުޅު ދޮށްވަންވެސް ނުފުދޭ މީހެއް، ކަލޭ ވަރުގެ މީހެއް ނެތިގެން ތިއުޅެނީ،

 29. ދިވެހި ރައްޔިތުން

  ގޭދޮށުގައި ހުންނަރުކުންކާ މީދާ އެތިފަހަރަކުން ޖަހާ ވައްޓާލީމާ ހާލުދެރަވެފައިވަނިކޮށް އެ މީދަލަށް ފެންފޮދެއްދިނުމުން ހަމަ ގައިގާ ބާރުޖެހޭ އިރަށް އަނެއްކާ އެރުކަށް އަރައި އެރުކުގައި ހުރި ހުރިހާ އެއްްޗަކަށް ބާރުފޯރުވަން އުޅޭހެން ޔާމީން މި އުޅެނީ ކީއްވެބާ

  3
  2
 30. މާމަ

  ޙަސަން ލަޠީފް އައުޓް. ޙަސަން ލަޠީފް އައުޓް.

 31. ކޮށްލަބަލަ

  ޔާމީން ހައްޔަރުކުރިއަސް އިންޑިއާ މީހުން މިގައުމުގަ ގަންނަ ގަނޑު މިހާރު ގިނަ ދިވެހިންނަށް އެނގޭނެ.

 32. މާމަ

  އިންޑިޔާ ސިފައިންވެސް އަދި އެހެން ޤައުމުތަކުގެ ސިފައިންވެސް ރާއްޖެއިން އައުޓްކުރަންޖެހޭ. އެހެން ޤައުމެއްގެ މަސްލަހަތަށްވުރެ ދިވެހި ޤައުމުގެ މަސްލަހަތު މާމުހިއްމު. ތިކަން ތިހެން ބުނީމަ ހީވަނީ އަހަރުމެން މީ އިންޑިއާގެ މަސްލަހަތު ހިފަހައްޓަންޖެހޭ ބައެކޭ. އެހެންވެ މާކުރިންވެސް މިބުނަނީ އެހެން ޤައުމެއްގެ މިލިޓަރީ ޤައުމަށް އެރުވުމަކީ މިހާރު އޮތްވަރަށްވުރެވެސް ބޮޑަށް ފަހުން މާބޮޑެތި މައްސަލަ ދިމާވާނެކަމެކޭ. ޤައުމެއްގެ ވެރިކަން ކުރަން ފުރުޞަތު ދިނުމަކީ ރައްޔަތުން ޙަވާލުކުރި ކަންކަން އަދާކުރުން. ޤައުމުތަކުގެ މިލިޓަރީން އެރުވުމެއް ނޫން. އެކަމަށް ހުއްދައެއް ނޯންނާނެ.

 33. ހަތަރުކަށިމަތި

  ހަސަނާ، އިންޑިޔާ އައުޓް އިންޑިޔާއައުޓް ހަތަރު ކަށިމަތި މާލެވެގެން ހުރެވޭތޯބަލާ އެހެންނޫނީ އަހަރެމެން މަގުމައްޗައް ނުކުންނަން ޖެހިދާނެ މިބަލަނީ މަގުމައްޗައް ނުނިކުމެ ވޭތޯ ނުކުމެއްޖެއްޔާ ވާނެގޮތް އެންމެ ރަނގަޅައް އެނގޭނީވެސް ހަސަންކަލޯއައް

 34. ހަމީދު

  ބަލަ އަހަރެންވެސް އަބަދުވެސް ގޮވަމުން މިދަނީ ވަގު އެއްބަސްވުން ހަދައިގެން ގައުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަންކަން ކުރީމާ ގައުމުގައި އަލިފާން ރޯވާނެއޭ. ތިޔަކަން ނުކުރާށޭ. ހަމަ ސިޔާސީ ލާރި ކާންވެގެން އެކަން ކުރަނީނު.

 35. މަބޭ

  ސްކޫލްފާރުގަލިއުނީ ޕީޕީއެއް ބައެއްކަންކިހިނެއް އިންގެނީ ބޮޑައްވައްތަރީ ފުނަދޫއިންމިހަރަކާތައްނުކުތް މީހުންފެނިގަ ހަސަންކޮމެން ތުރުތުރު އެޅީހެން.

 36. ޙައްޕު

  ތާއީދު.އަވަސްކުރޭ.

  2
  3
 37. ޏ

  އޭ ހަ ސަން ކޮހާ! މޮޔަނޮގޮވާށެވެ ކަލެއަށް ޔާމީން ހައްޔަރު
  ނުކުރެވޭނެއެވެ ގުންޑާ މޑޕ އުވާލަން ގޮވާމެވެ ރާއްޖޭގައި
  ހުރިހާ ފިތުނަޔަކާ ނުރައްކަލެއް އުފެއް ތިޔަ ގުންޑާއިންނެވެ.

 38. ތޯތާ

  މިގަމާރު ހައްޔަރުކޮށްބަލަ

  4
  1
 39. ޖ

  މީދެންކާކު ކަލޭމައިތިރިވެގެންހުންނާތި އަގަނުފަޅާ

 40. Anonymous

  މީނަޔާ ނަޝީދާ ދެމީހުން މިގައުމުން ބޭރު ކުރޭ.

 41. މުޅިއޮޑިގައި

  ބަލަހަސަނާ ކަލޭގެ ނުލަފާކަމާ ބިއްލޫރިފެނުމާއި ހަދާނެ ގޮތެއް ނޭންގޭނޭ ކިޔާފައި ހާދަ ބިރުންނޭ ދޯ ތިޔަ އުޅެނީ ކޮބާ އެނުލަފާކަމާ ބާރާއި އާރް ހަމަބިމައް ފޭބުނީތޯ މިހާރު މިއިނގެނީ މިމީހުން މިތިބީ ބަޔެއްގެ ހިމާޔަތުގަކަން ބަލަ ހަސަނާ މީހަކައް މީހައް އެހީތެރިކަމެއް ނުދެވޭނެ ހުރިހާ ބަރަކާ އަރެއްގެ މިލްކްވެވޮޑިގެން ވަނީ މާތްﷲ އެކަނި ކޮން އިނޑިއާއަކައް