22:50

މިއަދު ވެސް ރެކޯޑެއް: އިތުރު 1420 މީހުން ފައްސިވެއްޖެ.

22:32

އައްޑޫން އިތުރު 86 މީހަކު ފައްސިވެއްޖެ.

22:24

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އަދި އިއުލާނެއް ނުކުރޭ.

13:22

ކޭބަލަކަށް ގެއްލުންވެގެން މިއަދު ހެނދުނު ހުޅުމާލެ ދެވަނަފިޔަވަހީގައި ހުންނަ "ހިޔާ" ފްލެޓްތަކުން ކަރަންޓު ކެނޑިގެން ދިޔައިރު، ހަތަރު ގަޑިއިރު ތެރޭ އެ ތަކެތި މަރާމާތުކޮށް ހުރިހާ ފްލެޓަކަށް ކަރަންޓު ދީފި

11:14

ބައެއް ޓަވަރުތަކަށް ކަރަންޓް ދީފި. ސްޓެލްކޯ އިން ބުނީ ހިޔާ ފްލެޓް ތަކުގެ ތެރެއިން H8,H7,H6.H5.H4.H3.H2,H1 ފިޔަވައި އެހެން ޓަވަރުތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށް. ބާކީ ހުރި ޓަވަރުތަކަށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯ އިން ބުނޭ.

10:51

ސްޓެލްކޯ އިން ބުނީ އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ކަމަށް. މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމުގައި ސްޓެލްކޯ އިން ބުނޭ.

ސްޓެލްކޯ އިން ބުނީ މަސައްކަތް ކުރަމުން މިދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް އަލުން ހިޔާ ފްލެޓްތަކަށް ކަރަންޓު ފޯރުވައިދިނުމަށް ކަމަށް.


ކޭބަލަކަށް ގެއްލުންވެ ހިޔާ ފްލެޓްތަކުގެ ހުރިހާ ޓަވަރަކުން ކަރަންޓް ކެނޑިއްޖެއެވެ.

މާލެ އާއި ހުޅުމާލެ އަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ބުނީ ކަރަންޓް ކެނޑުމުން ލިފްޓްތައް ވެސް މަސައްކަތް ނުކުރާ ކަމަށާއި އެހެންކަމުން ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ލިފްޓްތަކަކީ ކަރަންޓް ކެނޑިއްޖެނަމަ ބެކަޕް ޖަނަރޭޓަރުން ވެސް މަސައްކަތް ކުރާ ގޮތައް ހުންނަ ލިފްޓްތަކެކެވެ. ނަމަވެސް މިއަދު ބެކަޕް ޖަނަރޭޓުން ކަރަންޓް ނުދެވިގެން އުޅޭ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނުތާ މިހާރު ގަޑިއެއްހާއިރު ވެއްޖެއެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޔަމަން

  ޔާނުޖެހި ދަންތުރަ ، ހުރިހާ ތުރާލެއް ރައްޔިތުންނަށް.

  3
  15
 2. މަރީނަ

  އަދި އެއްގަޑިއިރެއް ނުވޭ! މުޅި ހުޅުމާލެއިން ކަރަންޓް ކެނޑުނީވެސް!

  5
  2
 3. ނާނި

  ބެކަޕް ޖަނަރޭޓަރ އެހުރީ އެވެސް ރަނިންގ ކޮންޑިޝަންނަކުނޫން އެހުރީ، ބަޔަކު މިކަމާ އުޅުނިއްޔާތާ ވާނީ.