ބ. ކުޑަރިކިލުގައި ކޮވިޑާއި އަދި ބޭރަށް ހިންގާ ރޯގާއި ވެސް ވަރަށް ބޮޑަށް ފެތުރިފައިވާއިރު ޑޮކްޓަރަކު ނެތި ގިނަ ދުވަސްވަމުން ދާތީ އެރަށު ރައްޔިތުން ނުކުމެ ސިއްހީ މަރުކަޒު ބަންދުކޮށް އެތާނގެ ދޮރުމަތީގައި މުޒާހަރާ ފަށައިފިއެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލްހަންނާން އައްބާސް "ވަގުތު" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިއުމުން މިހާރު އެރަށުގައި އެއްވެސް ޑޮކްޓަރަކު ނެތް ކަމަށެވެ.

މިއަދު ސިއްހީ މަރުކަޒު ކައިރީގައި މުޒާހަރާ ކުރާ ފަރާތްތަކުން އަންނަނީ ޑޮކްޓަރަކު އައުމުން ނޫނީ ގެޔަށް ނުދާނެ ކަމަށް ބުނެ ނުރުހުން ފާޅު ކުރަމުންނެވެ. ޑޮކްޓަރަކު ނެތި ހަފުތާއެއް ވެފައިވާއިރު، މިހާރު ވެސް އެރަށުގައި ކޮވިޑަށް ފައްސިވެފައިވާ ދެ މީހަކު އެބަހުރި ކަމަށާއި އަދި ބޭރަށް ހިންގާ ރޯގާ ވެސް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

އެހެންނަމަވެސް މިއަދުގެ ވަގުތެއްގައި ކުޑަރިކިލު ސިއްހީ މަރުކަޒަށް ވަގުތީ ޑޮކްޓަރަކު ހަމަޖެހިގެންދާނެ ކަމަށް ބ. އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ މީގެ ކުރިން އެރަށު ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އަދި ބަލިތައް ކޮންމެވެސް ވަރަކަށް އޮތްނަމަވެސް ރަށުގެ ހާލަތު ރަނގަޅުކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް މިދުވަސް ވަރު އަންނަނީ ވައިރަލް ހުންތައް ފެތުރެމުންނެވެ. އަދި އޭގެ އިތުރުން ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންކަމުން މިވަގުތު ފެތުރެމުންދާ ހުންތަކަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިރުޝާދު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަނދުކޭތަ

    ޗަކޮއެމެންގެ ސޯލިހު އުޅެނީ އަވަދިނެތި ދަތުރުތަކުގަ ދައުލަތުގެ ހަޒާނާ ބަނޑުއަޅަން ހެލްތް މިނިސްޓަރ އެބައިން ކޮވިޑް ހެލްމެޓް އަޅާގެން ގޭގަ ތިޖޫރީ ގުނަން

  2. އަހުމަދުބޭ

    ހެލްތު މިނިސްޓަރު ޑރ. ބޮޑު ބާގީ ނަސީމަކަށް ނޭންގެޔޯ ޑޮކްޓަރު ނެތް ކަމެއް... ޑޮކްޓަރަކު ލިބޭނެ ކަމަށް ޙެލްތު މިނިސްޓްރީ ބުނަނީ އަންނަ މަހު ކަމަށް
    އޯގާތެރި ސަރުކާރުން ރައްޔިންނަށް އަނިޔާ ދިނުން ނޫން ކަމެއް ކުރޭތަ؟

  3. ހޭއަރާ

    މިހާރު ހުންނަނީ ރަންއިލޮށިން ކަދުރު ކެވިފަ ކަލެމެން ގައިގަ ވަޅިން ކަނޑާގެން ދިޔަކަށް ނިކުންނާނީ ގޮއްރީދޫ ދޮސް މިވަރެއްނެތިގެން ތިތިބަ ތެޅެނީ ޔާމިންވެރިކަމުގަ މުޅިގައުމުގެ ސިއްހީނިޒާމާ އުމުރާނީ ތަރށްގީ ދިޔައީ ދުވަހަކުވެސް ނުދެކޭ ވަރަސް ތަރާއްގިވެ ކުރިއަރަމުން އެކަން ހަޖަމްނުވެގެން އިންޑިޔާ އަޑީގަ އޮވެގެން ކަޅުފައިސާއިން ވޯޓްގަނެގެން މިގައުމަށް ގައްދާރު ބަޔަކު ވެރިކަން ކުރަމުން މިދަނީ ދެން ތިހެން ތިބެ ކާޅު ގޮވަހެން ގޮވާލަ ގޮވާލަ އަދިވެސް ގޮއްރީދޫ ގައިގަލަގެން ތިބެ އިނޑިޔާ އަށް ދޭ ބެސްފަރުވައަށް ވަރަށް ވެދުން

  4. ސަމާސާ

    ކިހާބޮޑުކަމެއް.
    ކަލޭމެން ކިޔަވަން ލިބުނު ފުރުސަތުގައި ކިޔެވިނަމަ ރަށުހޮސްޕިޓަލްގައި މިއަދު ޑޮކްޓަރުންގެ ގޮތުގައި ތިބޭނީ ކަލޭމެން.
    ހަމަ ހިތައްއެރީ މުޒާހަރާ.... ކިހިނެއްވެގެން އުޅޭބައެއް.
    ތެޅިތެޅި ތިބެންޖެހޭނީ

  5. އިންޑިއާ އައުޓް

    0 ޓޮލަރެންސް އެމްޑީޕީ ގުންޑާއިން ނަށް ބުނަން އޮތީ ތިބާގަނޑު ރައްޔިތުންގެ ސަލާމަތައްޓަކާ އެއްފަރާތައް ޖެހިލާކަށް ނުވޭހޭ ތިމާމެން ނަށް ދެދައުރު ލިބުނީމަވެސް ތިއުޅެނީ ގައްދާރުން އުޅޭހެން ރައްޔިތުން ހުރިހާ ތަކުލީފެއް އުފުލަންޖެހެނީ އެމްޑީޕީ އަކީ ބަލއަކަށް ނުވޭތަ ؟

  6. ހުސޭނުބޭ

    ކުޑަރިކިލު އެއީ އެމްޑީޕީ މެކޯރިޓީ އޮންނަ ރަށެއް. ރާކަނިމަސް ކައިގެން ދެންވެސް ވޯޓުދޭތި

  7. ދެންތިބޭ

    މިހާރު ހުންނާނީ ކުޑަރިކިލު މީހުންނައް ރަނގަޅައް ރާކަނި މަސް ކެވިފަ ވަރައްމީރުވާނެ