އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުޅުއްވަނީ ސުކޫލުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހުއްޓުވާލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
މެންބަރު ވައްޑެ އެގޮތަށް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނާ މަގުމަތިން "ދިމާކުރާ" ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ރާއްޖޭގައި އުޅޭ އިންޑިއާގެ ހިދުމަތްތެރިންނާއި އިދިކޮޅުން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ދިމާކުރާ ކަމަށް ތުހުމަތު ކުރައްވާ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއް ހިއްސާ ކުރައްވަމުންނެވެ.
ގޭގޭގެ ފާރުތަކުގައި އިންޑިއާ އުއްޓް ޖެހުމަށް ށ. ފޮނަދޫގައި ހިންގި ސިޔާސީ ހަރަކާތެއްގައި ރައީސް ޔާމީން ގޮވާލެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެރަށު ސުކޫލުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވުމަކީ އެތަންތަނުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި ޓާގެޓް ކުރެވިގެން ހިންގާ ހަރަކާތެއް ކަމަށް އެޑިއުކޭޝަނުން ވަނީ ސިފަކޮށްފައެވެ.
ވައްޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ރައީސް ޔާމީން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ރާއްޖޭގެ ސުކޫލުތަކާއި ސިއްހީ ހިދުމަތްދޭ ތަންތަން ހުއްޓުވާލުމަށްޓަކައި ކަމަށެވެ. އެޑިއުކޭޝަންގެ ބަޔާނުގައި ވަނީ ސުކޫލުތަކުގައި އެފަދަ ޝިއާރުތައް ލިޔުން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން އިދިކޮޅު ޕީޕީއެމަށް ތުހުމަތުގެ އިނގިލި ދިއްކުރި ނަމަވެސް ޕީޕީއެމުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެކަމަށް ރައްދު ދީފައެވެ. އެގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަޑު އުފުލަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކަމަށާއި އިންޑިއާގެ ހިދުމަތްތެރިންނާއި ދެކޮޅަށް އަޑު ނުއުފުލާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށްޓަކައި ޔާމީން އިސްވެ އިންޑިއާ އައުޓްގެ ނަމުގައި ކެމްޕޭނެއް ފެއްޓެވި އިރު މިހާރު މި ކެމްޕޭން ވަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ފުޅާވެފައެވެ.
އިންޑިއާގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ނުތިބޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް ޑޯނިއާ މަތިންދާ ބޯޓޯ ދުއްވުމަށާއި އެކު އިންޑިއާގެ 75 ސިފައިން އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި މިނިސްޓަރު މާރިޔާ އަހުމަދު ދީޑީ ފަހުން ވަނީ ވިދާޅުވެފައެވެ. އެކަމަކު އެމީހުން އެއްވެސް ހަތިޔާރެއް ނުގެންގުޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލުތަކާ ހޮސްޕިޓަލްތަކާ ހުއޓުވާ ދިވެހި ގައުމު އަޅުވެތިކަމއްގެންދަން އުޅެނީ ކަލެއާ ކަލޭގެ ބައިވެރި މިގައުމުގެ ޢައްދާރުން ޔާމިީނު މސައްކތްކުރއްވަނީ އެކަމުން ސަލާމަތްކޮއް އިންޑިއާސިފައިން މިގައުމުން ބާލަން އެކަންކުރާނަން
ހުއްޓިފަހުރި ތަންތަން ހުއްޓުވަން މީހަކު ކުރާނޭކަމެއް ނޯންނާނެ! އަލަށް އާ ޚިދުމަތެއް ތަޢާރަފް ނުކުރެވުނުތާނގައި މަރާމާތު ނުކުރެވި ހުރި އެއްޗެތިވެސް ވަނީ ގްރައުންޑްވެފަ! ލަދާ ޙަޔާތާ ނެތީމާ މަތިއޮއްބިދާނެ!
ރައްޔިތުން ރަތަށްއަރައި އަޑުއުފުލީ މަ އެއީ ރޔާ މީނާ ބެހޭކަ މެނޫން..އެއީ މޑޕ ދަސްކޮއްދިން ބެޓާރ ޑި މޮކްރަސީ...ވައްޑެ ހަދާންނެތުނީތަ ޑި މޮކްރަސީގަ ކަންކުރާގޮތް...ރޔާ މީން ދަސްކޮއްދެނީ ހަ މަހި މޭނުންތިބެ ސުލްހަވެރިކަ މާއެކު ވޯޓުން ސާފުކޮއްދޭން ރައްޔިތުންގެ އަޑު....ތަފާތުދެއްތޯ ވިސްނުން ފިކުރު...ރޔާ މީނަކީ އިންސާފާ ހަ މަހަ މަކަ މަށް ލޯބިކުރާ ރައީސެއް... މޑޕ ލޯބިކުރަނީ ތަޅާނެ ކުދިންކޮޅަކާ ހުޅުޖަހާނެ ތަނެހޯދު މަށް..ދިވެހިންގެ ރައީސް ދިވެހި ރައީސް ރޔާ މީން ވީލަވްޔޫ ތިއީ އަހަރެ މެންގެ ހީރޯ....
ކަލޭ އުޅެނީ ސްކޫލްތަކާއި ހުރިހާތަނެއް ލާދީނީ ކުރަން. ކަލޭގެ ޖާހިލުކަން ދަނީ ހައްދުން ބޭރުވަމުން. ގައުމު ވިއްކާ ބައިގަނޑު
ދެން ކަލޭމެން އަދި ތަންތާ ހުޅުވެސް ޖަހާނެ. އެވެސް ޖަހާނީ ޔާމީނު ބޮލައް އިނގޭ. ތިޔާ އަލިފާނަ ޖަހާ މީހުނެއްނު!!!
މިކަހަލގެ ތަންދޮރު ނުދަންނަ އުޑެއް ބުޑެއް ރައްބިޔެއް ރަސޫލެށް ވަކިނުވާ ހަލުގަ ތިބި ލާޗާރު ބިޗާރުން މަޖިލީހަށް ހޮވި ބަޔަކުވެސް ވާނީ މި މީހުންގެ ތެރޭން މަހިތަށް އަރާ ލަދެއްވެސް ނުގަނޭ އަނގަ ތަޅާ އިރު މިމީހުންގެ ހާލތު ހަމާގަ ތިބެގެން ވާނުވާ އިނގޭނީ އިނޑިޔާގެ ކަޅު ފައިސާއިން ބަދެވިފަ ތިބި ބަޔަކު ރައްޔިތުންނާމިގައުމަށް ކޮށްދެވޭނީ ކޮންކަމެއް މިމީހުންނަކީ އިންޑިޔާގެ ބީޖޭ ޕާޓީގެ ދިވެހިގޮފީ ހުސް ތާވަޅުން
ތީދެން ބާވެފައިވާ ވާހަކައެއް ކޮންމެވެސް ހަމަޖެހޭ ވާހަކައެއް ދަށްކަބަލަ
ތިކަން ކުރީ ކަލޭމެން ރާވައިގެން
ތިކަން ޔާމީން ބޮލުގަ އަޅުވާފަ ޔާމީން އަށް ފިޔަވަޅު އަޅަން
ތިވެއްޖެނު ހައްޔަރުކުރަން މީހުންގެ ތެރޭގަ ބެހެއްޓޭވަރެއްނޫނޭނު
ހަހަ ކަލޯ ބުނަންތަ ކަލޭމެން އޑޕ މީހުން ދިވެހިރާއްޖޭގެ ސަރުކާރުގެ އޮފީސްތަކަށް ކަނޑު މަސް އެޅީ ދިވެހިރާއްޖޭގެ ޓްއަރިޒަމް ބޮއިކޮޓްކުރީ ރައްޔިތުންގެ ހަޔާތް ކެނޑުވީ ތަޅާނެ ކުދިން ހޯދަން ގޮވީ ތަންތާ އަލިފާން ރޯކުރީ މީސްމީހުންގެ އަބުރު ކަތިލަން ދަސްކޮށްދިނީ ވައްކަން ކުރަން ދަސްކޮށްދިނި މަސްތުވާ ތަކެތި ހުއްދަ ކުރީ އެއްޖިންސުން ގުޅުން ހިންގޭނެ ކަމަށް ބުނީ އިސްލާމް ދީންނޫން އެހެން ދީންތަކަށް ހުއްދަކުރަން ގޮވާލީ ރާއްޖޭގެ މިނިވަންކަން ނަގާލާ ބޭރުބައެއްގެ އަޅުވެތިކަމަށް ދިޔައީ ދެން އެހެން މީހުންނާ ދިމާލަށް ފާޑުފާޑުގެ ވާހަކަ ދައްކަނީ ކަލޯމެންގެ ހަޔާތް ކުޑަކަމުން އޯކޭ
ހާދަ ހަޔާތްކުޑަބައެކެ މިހާރު މަޖިލިސްގައި އުޅެނީ ، ސްކޫލްތަކައި ހޮސްޕިޓަލްތަކުގެ ހިދުމަތް ކަޑަވީމަ ވަކިމީހަކުގެ ވާހަކަ މިކިޔަނީ ، 3 އަހަރުވީއިރު ޔާމީން ގައިން ނެއްޓެންނޭނގި ، ތަރައްޤީ އަތަށް ތިގޮވަނީ ، ފުރަތަމަ ކަންކަންކޮށްދީބަތަ ފާޓްފުޅާ މެޖޯރިޓީ ، މުސްކުޅިން ބުނޭ ،" މޮޔައަކު އަތަށް ކަނޑިއެއް ނުދޭށޭ ، އެކަމަކު މިއަދު އެހެންމިވަނީ
ރ.ޔާމީނަކީ ކަލޭކަހަލަ ތަންދޮރު ނުދަންނަށް ބޮލުރޮދި ކެޑެފި ހުރި މީހެއްނޫން..ދުލެއް ލައްވާފަ އޮތީމަ ކަލެއަށް ދުލައްއައިހާ އެއްޗެއް ކީދާނެ..
އަހަރެންނަށް ހޮސްޕިޓަލުން ލިބޭ ފަސޭހައެއްނެތް. ޢަބަދު ލަންކާޔަށް މިދަނީ.
ދަރި އޯލެވެލް ހެދީ މާއްްދާއަކަށް 800ރ ގެ ރޭޓުން 4000ރ ދީގެން.
އަހަރެންނަށް ހެޔޮ ހުއްޓުނަސް .
ރާއްޖެ ބޮއިކޮޓް ކުރަން މުޅިދުނިޔެއްށް ގޮވިބަޔަކަށް ހީވާނީ ހަމަތިހެން ކަން އެނގޭ. ގައުމުގެ ހަލާކު އެމްޑީޕީ.
ވައްޑެ މެން ރާވައިގެން ކަންކަން ކޮށްފަ އެހެން މީހުން ބޮލުގައި އެޅުވުމަށް މަސައްކަތްކުރުމަކީ ޢާއްމުކަމެއްނޫންތޯ؟ މިފަހަރުވެސް އެކަން އެކުރީ އެމްޑީޕީ މީހުންނަށް ކެތްނުވީމަ.
ބީތާޔާ! ރަށްރަށުގައި ޑަކްޓަރުން ނެތިގެން ރައްޔިތުން ނުކުމެ އެތިބެ ތަންތަން ބަންދުކުރަނީ! ކަލޭމެން ރައީސް ޔާމީނު ފެންކޮޅަކާލައިފައި ދިރުވާލިޔަސް ރައްޔިތުން ކުރާކަމެއް ކުރާނެ.
މީނާ މި ކުރަނީ ކޮން ކަމެއްތޯ މިއީ ނަފްރަތު އުފެއްދުން ނޫންތޯ. މޑޕ ގެ ބޮޑުން ދެން އެހެން މީހުއްނާ ދިމާލަށް ނަފްރަތު ނުއުފައްދާށޭ ކިޔާފަ ހޭބަލިވަނީ ކީއްވެ.
މިސިޔާސީވެރިން ހީކުރާކަހަލަ ތިމަންނަމެން މިދުނިޔެއައް އަައީވެސް ދޮންކެޔޮ ނިރެހެން އާއިލާ އެއް ދަރިންވެސް ތިބިބައެއްހެން ކިޔާނެ އައުގުރާނެޔެއް ޕޯޑިއަމްއައް އަރާފަކިޔަން މިވަރު ނުކުޅެދޭބަޔެއް މިދުނިޮމައްޗަކުނުއުޅޭނެ ......
މަހުވާ ކވައްޑޭ ކަލޭ ސައިޒު އޮޅިއްޖެ.
މޑޕ އުޅުއްވަނީ މުޅި ގައުމު ހަލާކު ކުރައްވަން.
ބަލަ ވަޙީދު މިއީ ހަމައެކަނި ވަޙީދުގެ ޤައުމެއް ނޫނޭ. މިހާރު މިތާ އުޅޭ މީހުންނާ އަންނަން އޮތް ޖީލުތަކުގެވެސް ޤައުމެކޭ. އަގަ ފުޅާކޮށް ވާހަކަ ދެއްކިއަކަސް ކަމަކު ނުދާނެ ތިޔަ ހުރިހާ ނުބާކަމެއްކުރަމުން އަދި އެކަމުގައި ލިބޭ ހަދިޔާތައް ގިނަކޮށްގެން އޭގެން ނޫޅެވުނަސް ތިއީ ތިމަޤާމަށް އޮތް ޚާއްޞަ އިހްތިޔާރެއް ނުވަތަ އިމްތިޔާޒެއް ނޫނޭ.
އެއްކަލަ ސިކު ވައްޑޭ. ކަލެއަށް ހަޖަމެއް ނުކުރެވޭނެ ރައީސް ޔާމީނު ގެ މަގުބޫލުކަން. އިރާދަކުރެއްވިއްޔާ ކަލޭ ދުވަހަކުވެސް މަޖިލީހަށް ނުހޮވޭނެ.
މިއުޅެނީ ވައްޑޭމެންކަހަލަ މުނާފިގުންގެ ކިބައިން ދިވެހިޤައުމު ސަލާމަތްކުރަން. انشاالله