ސިޔާސީ ހަރަކާތްތައް ސްކޫލުތަކަށާއި ހޮސްޕިޓަލާ ހަމައަށް ނުގެންދިޔުމަށް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

މި ފަހަކަށް އައިސް އިންޑިއާ ޓީޗަރުންނާއި ދިމާކޮށް އެއްޗެހި ގޮވި މައްސަލައެއް ދެ ރަށަކުން ފާހަގަވި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއްޔެ ވިދާޅުވެފައެވެ. އޭގެ ސަބަބުން އެ ޓީޗަރުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ރައްކާތެރިކަމަށް އެ މީހުން އެދެމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެކަން ގުޅުވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނާއެވެ. މިދޭތެރެއިން އިދިކޮޅުން ބޭއްވި އެއްވުމެއްގައި ހޮސްޕިޓަލް ތެރޭގައިވެސް ފުލުހުންނާ ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.

ސެޓްލައިޓް ސްކޫލް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ޖަޒީރާ ތަރައްގީ ކަމަށްވާއިރު އެކަން ފެށެނީ ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށެވެ. ތައުލީމީ ނިޒާމާ ސިއްހީ ނިޒާމު ހަރުދާނަކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޓީޗަރުން އުފުލި ބުރަ ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދެމުންދާއިރު "ބޭނުންނުވާ" ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ. ސީދާ ކޮން ކަމެއް ވިދާޅުނުވިޔަސް ނައިބް ރައީސްގެ ވާހަކަ އަމާޒު ކުރެއްވި އިދިކޮޅަށެވެ. އެމަނިކުފާނު ވިދާޅުވީ ޓީޗަރުންނަށް އެކި ގޮތްގޮތުން ނުތަނަވަސްކަން އުފެއްދުމަށް ކުރާ މަސައްކަތްތައް ކުށްވެރިކުރައްވާ ކަމަށެވެ.

"މުޖުތަމައުގެ ތެރޭގައި ސްކޫލުގައި މިތިބީ މުޅި ރާއްޖޭގެ ހުރިހާ ދަރިން. އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވަން ސްކޫލުތަކާއި ހޮސްޕިޓަލްތަކަށް މި ފަދަކަންކަން ނުވައްދަން" ނައިބް ރައީސް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި ޕީޕީއެމް ޕީއެންސީން ހިންގާ ހަރަކާތަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅުއްވާ ސިޔާސަތާއި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ހަރަކާތެކެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. ސަރުކާރުން ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާއިން ދޫކުރާ އެހީ އަދި ލޯނު މެދުވެރިކޮށް އިންޑިއާ ކުންފުނިތަކުންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ އެމްއެންޑީއެފްއަށް އެ ގައުމުން ހަދިޔާކޮށްފައިވާ ތިން އުޅަނދެއް ބަލަހައްޓާށެވެ. އެއީ ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރަކާއި، އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރަކާއި، ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓެކެވެ. މިއިން ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ރާއްޖޭގައި އެބަ ތިއްބެވެ.

ޕީޕީއެމް ޕީއެންސީގެ ކަންބޮޑުވުން މި ކަމުގައި އޮތް އިރު ކުރާ ތުހުމަތަކީ އިންޑިއާއިން މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ޖާސޫސީ މީހުންނާއި ސިފައިން ތިބޭ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ރާއްޖޭގެ ބައެއް ބިންތައް ބޭނުން ކުރަން ކަމަށެވެ. އެކަމަކު އެ ކަން ދެ ގައުމުގެ ސަރުކާރުން ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ފިޔަވަޅު

  މިސަރުކާރު ގެންނަންވެގެން ސްކޫލްތަކުގެ ޓީޗަރުން ސިޔާސީ ކޮއްފަ ނެރުނުތަން ފެނުނު.

  31
  2
 2. އަލީ

  ތަނެއް ދޮރެއް ބަލާނުލާ އިދިކޮޅު ބޮލައް ޖަހާލާ!!! ސިޔާސީ ސްޓަންޓް ޖައްސަން ތިވަރުގެ މޮޅު ބަޔަކު މި ދުނިޔެއަކު ނޫޅޭނެ!!! ތިޔާ ކޮންބައެއް!

  33
  2
 3. ނާހަމަ ތެދެއް

  އެމްޑީޕީ ތީ ވަރަށް ސްކޫލް ތަކާ ހޮސްޕިޓާތަކަށް ސިޔާސީ ހަރަކާތް ނުގެންދާ ބައެއް

  32
  1
 4. ހެހެހެހެ

  ބޭފުޅާ މިހިނގާ ކަންކަ މަކީ މީގެ 15ވަރަކަށް އަހަރު ކުރިން އޭރުގެ ސަރުކާރާ ދެކޮޅަށް ކަންތައްކުރު މަށް މިހާރު މިސަރުކާރުގަ ތިބިފަރާތްތަށް ދަސްކޮށްދީފައިވާ ކަންކަން މިކަންކަން މިގޮތަށް ކުރާށޭ ކިޔާފަ، ރަށްޔިތުންގެ ހަޔާތް ކެނޑި ފަރާތްތަށް މިހާރު ވެރިކަމ މުގަ މިތިބީ، ރަނގަޅު އަހުލާގު އަޅުގަނޑު މެންގެ ފޭރާން ކުދިކުދިކޮށް ހަލާކު ކޮށްލާފައި ކީކޭ ކިޔާނަ މޭ ހިތާ ތިއުޅެނީ

  29
 5. އަނެއް އަންނި

  ސިޔާސީ ހަރަކާތްތައް ސްކޫލް ތަކާއި މިސްކިއްތަކާއި އަދި ހޮސްޕިޓަލް ތަކަށް ގެންދިޔައީވެސް ގެންދަނީވެސް އޑޕ އިން މިއީ ހަގީގަތް ތިޔަކަމަކީވެސް ސީދާ އެމީހުން ރާވައިގެން އިދިކޮޅު މީހުން ބޮލުގައި ބަދުނާމު އަޅުވަން ކުރިކަމެއް

  22
 6. އެއްނަމްބަރ ސައިންޓިސްޓް

  ކަލޭމެން 2018 ގެ ކެމްޕެއްިންގަ ސްކޫލުތަކަށް ( ތާޖުއްދީން ، ޖަމާލުއްދީން ، ކުޑަރިކިލް ، ކުޑަފަރި ސުކޫލަށް ) ސިޔާސީވައްދާ މުވައްޒަފުންނާ ދަރިވަރުން މަގުފުރެއްދި ދުވަސް ހަނދާންކޮށްލާ! "އިންޑިޔާ މިލިޓަރީ އައުޓް" ކެމްޕެއިނަކީ ސިޔާސީ ހަރަކާތެއް ނޫން! އެއީ ޤަވްމީ އަދި ދީނީ ޙަރަކާތެއް! އަދި އެއީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާދާރު ވާޖިބެއް!

  24
 7. ނަސީމާ

  ފައިސަލާ އެއީސިޔާސީހރަކާތެއްނޫން އެއީ ސަރުކާރެއްގެ ބަލާވެރިކަން!

  19
 8. އަހްމަދު

  ފައިސަލް ހަނދުމަފުޅުނެތީތޯ 2018ގެ އިންތިހާބުތެރޭގަ ޓީޗަރުންނެރެގެން ތިބޭފުޅުން ގަތްސަކަރާތް އެމްޑީޕީއޮށްވަތިބާވަތުއެއްވެސްކަމެއް އެހެންބަޔަކުކުރުމުގެ ފުރުސަތުއެމީހުންނުދޭނެ އިންޑިއާ ސިފައިން މާދަމާ މިތަނުންބޭލިއަސް އިންޑިއާ އައުޓު ގިވުންހުއްޓޭނެ

  24
 9. އަހަންމަދު

  ޤައުމަށް/ރައްޔިތުންނަށް ތިޔަހާ
  ހެޔޮއެދޭނަމަ މަސްއަލައިގެ
  އަސްލުކަމަށްވާ އިންޑިޔާ އައުޓް ކޮށްލަށްވަން ވީނޫންތޯ!އިޚްލާސްތެރިކަން ދަށްކަވަންވީ ނޫންތޯ!

  19
  1
 10. Anonymous

  ތިޔަ ހުރިހާ މަގެއް ކޮށައި، ސާފުކޮށް، ރައްޔަތުންނަށް ދައްކާ އެމަގުން ހިގުމަށް ހިއްވަރުދިނީ އެމްޑީޕީން..ކަތީބު މޭޒުމައްޗައް މަސްއުކީވެސް ، ހުޅުރޯކުރީވެސް، ތަންތަނުގަ ތަޅުއަޅުވަން ދަސްކޮށްދިނީވެސް ، އަނިޔާވެރިވުމަށް ގޮވާ ސިފައިންއިންނާއި ފުލުހުން ގައިގަ ތަޅަން ގޮވީވެސް، ގޮޅާބޯގޮވީވެސް، ޕެޓްރޯލްބޮން އުކީވެސް، ބިރަކާނުލާ މަޖާކުރަން ގޮވީވެވެސް، ކުނާ އަޅާގެން މައުމޫނުގެ ގެ ނެގީވެސް، ހަމަ އެމްޑޕން..މިގައުމުގެ އިޖުތިމާއީ ފޭރާން ވީދާލާފަ ދެން ދުރޫސުލް އަހުލާގުގެ ވާހަކަ ދެއްކީމަ ހިނިއައްނަނީ..މިފެންނަނީ އެއްބަޔަކު އަނެއްބަޔަކަށް ޒާތީ ހަސަދަ ފިލުވުމުގެ ނުރައްކާ...މާތްރަސްކަލާގެ މިގައުގެ ރައްޔަތުން ހެޔޮގޮތް މިންވަރު ކުރައްވާށިއެވެ..

  22
 11. ސަމާސާ

  އެއީ އާބާދީގެ ބޮޑުބައެއް.
  ޢެމީހުން ނުހިމެނޭ ގޮތަށް ސިޔާސީގޮތުން ކަންކަން ކުރާނެ ގޮތެއް މަނިކުފާނު ވިދާޅުވެދެއްވާ ؟
  އިންޑިއާ އައުޓް ހަރަކާތް އެއީ ގައުމީކަމެއް. ރާއްޖޭ އަޅުވެތިކަމަށް ދުރު ރާސްތާއެއްގެތެރޭ ދާނެކަމެއް. ވީމާ މަނިކުފާނުވެސް ހަމަހޭގަ ހުރިއްޔާ އަޅުގަަނޑުމެންނާއި ބައިވެރިވެލައްވާ. ތިއީ ހިނދުކޮޅުއަންނަ މީހަކާއި ތަންކޮޅެއް ކައިރީގައި އުޅުއްވިޔަސް ހުރިހާ ދިވެހިންގެ އިހްތިރާމްލިބިިގެންވާ ބޭފުޅެއް.

  20
 12. ފަޔާޒު

  ސަރުކާރަށް ގޮތް ހުސްވީ. އިދިކޮޅުން ކާމިޔާބު އެއްވުމެއް ފުނަދޫގައި ބޭއްވީމަ ކެއްނުވީމަ ހަދާނެގޮތް ހުސްވެގެން އެމްޑީޕީގެ ސަޕޯރަކު އަމިއްލައަށް ލިޔުނީ. އަހަރެންގެ ކުއްޔަށް އުޅޭ އިންޑިޔާ ފިރިހެން ޓީޗަރެއް. ދުވަހަކުވެސް ބަދުބަހެއް ނުބުނަން. އެއްބަނޑުމީހެއްހާ ގާތްކޮށް ކަންތައްތައް ކޮށްދެނި. އެއްސުފުރާމަތިން ކަނީވެސް. އަދިވެސް އެގޮތުގަ ހުންނާނީ. އެކަމަކުވެސް އިންޑިޔާ މިލިޓަރީ ތިބުމާއި ދެކޮޅަށް އިހުތިޖާޖު ކުރާނަން.

  21
 13. ޢަބްދުއްލަޠީފު

  ކަލޭ ހަމަ ހޭގަތަތިހުރީ؟ ކަލޭމެން ގޮތް ހުސްވެގެން ސްކޫލް އިމާރާތުގަ އެއްޗެހި ލިޔެފަ އެކަން އެހެން މީހުންގެ ބޮލައް ކަޑާނެކަމެއް ނެތް. އިންޑިޔާ މިލިޓަރީ އައުޓް.

  21
 14. ހަވާސާ ހަމީދު

  ސިޔާސީ ހަރަކާތްތައް ސްކޫލްތަކާއި ހަމަޔަށް ގެންދަނީވެސް އަދި ގެންދިޔައީވެސް އެމްޑީޕީން މުސްތަފާ ލުތުފީގެ މިނިސްޓަރ ކަމުގައި އެބޭފުޅާނޫންތޯ މަޖިލީސްކައިރީ މުޒާހިރާކުރަންހުރީ ދަރުމަވަންތަކުދިންގެ ކުރިމަތީގައި މިހާރުގެ މިނިސްޓަރ ނޫންތޯ ކޮމަންޑޫ އިރާއަށްގޮސް ޓީޗަރުންނަށް އިންޒާރުދިނީ ވޯޓުލާން ހެލްތު މިނިސްޓަރގެ އިންޒާރު ހެލްކެއަރ ވޯކަރުނަށްދިނީ މިހާރުވެސް މަރޮށީ ވޮޗަރު މަގާމުންވަކިކޮށްފި 2 ނަންބަރު ޖަހައިގެން ރަށުރެރޭގައި އުޅުނީމާ ނައިބުރާއިސަކީ އަންކިޔައިފީއްޔާ އޯކޭމީހެއް!

  16
 15. ލަދުނެތީތަ

  އެމްޑީޕީން ވަރިހަމަވާނެ ސްކޫލްތަކުގެ އިމްތިހާން ހަދާ ގަޑީގަ މަގުތަކަށް އެއްވެ ހަޅޭލަވާ އެއްވިއަސް. ރައީސް މީހާ ވެރިކަމަށް އަންނަންވެގެން ޓީޗަރުން ސިޔާސީކޮށްގެން އެއްކޮށް ފޮޓޯ ނަގާ ހަދާ ދަރިވަރުންނަށް ކިތަންމެ ނުބައި ނަމޫނާއެއް ދެއްކިއަސް. ކުރީގަ މިމީހުން އުޅުނު ގޮތް މިހާރު ހަމަ ހަނދާނެއް ނެތް. މިހާރު ހުރިހާ ކަމެއްވެސް ހަލާކު ނުކުރަން މިމީހުން އެދެނީ. މިމީހުންނަށް ވެރިކަމަށް ނާދެވޭއިރު ވަރިހަމަ ކޮންމެ ހައްދަކަށް ކަންކަން ގެންދަންވެސް.

  18
 16. ހުސެންބ

  ސިޔާސީ ކަންތަކުގައި އެޑިއުކޭޟަން މިނިސްޓަރު އުޅުމަކީ ވެސް ހަޑި ކަމެއް.ވޯޓު ހޯދަން އެއިރެއްގަ ހުންނަ ތައުލީމާބެހޭ ވަޒީރު ދިޔުމަކީ ނާތަހުޒީބީ ކަމެއް

  20
 17. އިންޑިއާ އައުޓް

  ހުނަރަކާ ސިފަޔަކާ ޢިލްމެއް ނެތަސް ރައްޔިތުން ބަނޑަށް ޖެހުނަސް ބެގީކޮށްފަ ޓައީއެޅީމަ ވީވަޢުދުތައް ފަސްއަޅާފަ ފޮރުވަން އުޅުނަސް ރައްޔަތުން ނަކީ މޮޔާއިންނެއް ނޫނޭ އަދީ ގަމާރުންނެއް ވެސް ނޫން ތިމާމެނަށް ކޮޅުގޮހޮރަށް ކެވުނީމަ ރައްޔިތުނަށް ވީވަޢުދުތައް ހަނދާންނަށްތާލީމަ ދެންރައްޔިތުންވެސް ތިބާގަނޑު މަތީހަނދާންނަތާލާނީ ދުވަހަކުވެސް މިދިވެހިރާއްޖޭގެ ވެރިކަމާކައިރިވާކަށް ލާހިކަކުޅަދާނެއްނޫން ވަތަނެއްނޫން މުޅި މި ރާއްޖޭގެ ހުރިހާ ކަމެއް ބޮއްސުންލާފަ މި އޮތީ މީކީ މާފު ކުރެވޭ ވަރުގެކަމެއް ނޫން ރަނގަޅު ކަމެކޭ ބުނާނެ ހަމައެއް ކަމެކޭ ނެތީ މިވަރުގެ ބަލާވެރިކަމަކާ މިވީހާތަނަށް ކުރިމަތިލާން ޖެހެފައޮތީ ހަމަމިބައި ގަނޑުގެ ފުރުތަމަ ދައުރުގައިވެސް މީދެވަނަފަހަރު ރައްޔިތުންނަށް އެއްޗެއް ވިސްނެން ވެއްޖެ ދޯ މިހާރު ޕާޓީ ވާންވީ މުރުތައްދުވާވަރަތޯ ނުވިސްނޭބަޔަކަށްވެސް މިހާރުވިސްނެންވެއްޖެދޯ

  19
  1
 18. މަބޭ

  ތީމާކުރީގަ ޖައްސާއުޅުނު ސްޓަންޓެއް މިހާރު ތިޔަކަހަލަ ދެބޯގެރިދުއްވައިގެން ރައްޔިތުންގެ ސިކުންޑިޔަކާނުކުޅެވޭނެ ކަންދަންނަންވާނެ

  22
 19. ޙާމިދު

  ސްކޫލް ތަކުގެ އިސް މަޤާމް ތަކުގައި ތިބީ ސިޔާސީ މީހުން ނޫންބާ. އެތެރެއިން ސިޔާސީ ކުލަ ފިލުވުން ކިހިނެއް ވާބެތޯ.

  19
 20. ކޮރަލް

  ޖުމްހޫރީ ޕާޓީ މީހަކު އެމްޑީޕީ އަށް ކެމްޕޭން ކޮށްދިނުމަކީ ވ ދެރަ ކަމެކެވެ. ފިޔަވަޅު އަޅަން ޖެހެ އެވެ.

  11
 21. ފިޔަވަޅު

  އެީޔުކޭޝަން މިނިސްޓަރުގެ ސިޔާސީކަން ފިލުވާލަ ދެއްވަންވީ ނޫންތޯ.

  13
 22. ޢާލީ

  ދެން ކީއްވެގެންތޯ ހޮސްޕިޓަލްތަކަށް ސިޔާސީ ވެރިން އައްޔަންކުރަނީ.