ދިވެހި ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީން އަށް ދެވަނަ ދޭގޮތަކަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބު ރައީސް ޑރ މައުސޫމް ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއްދޭން ރައްޔިތުން ބޭނުން ނުވަނީ އޮންނަ އުސޫލުތަކުން ބޭރުން ކަންކަން އަބަދުވެސް ނިންމަވަމުން ގެންދާތީ ކަމަށެވެ.

މައުސޫމް ވިދާޅުވީ ރާއްޖޭގައި ވަރަށް ރަނގަޅު، ޚުލްގުހެޔޮ އިލްމްވެރިން އެބަތިއްބެވި ކަމަށާއި އަދި ރާއްޖޭގައި ތިއްބެވި އިލްމްވެރިންގެ ތެރެއިން 99 ޕަސެންޓް އިލްމްވެރިންނަކީ ރަނގަޅު މީހުން ކަމަށެވެ.

" ޑރ ޝަހީމް ރަނިންމޭޓަކަށް ލައްވައިގެން ސިޔާސީ ކަންކަމުގައި ދީނީ ކާޑުންކުޅެ، ދީނުގެ ނަމުގައި ނާޖާއިޒް ފައިދާ ބަޔެއް ފަރާތްތަކުން ނަގަން ފެށުމުން ހިތާމަވެރި ކަންތައްތަކެއްވެސް ދަނީ ކުރިމަތިވަމުން " ޑރ މައުސޫމް ވިދާޅުވިއެވެ.

ޑރ މައުސޫމު ވިދާޅުވީ ދީނީގޮތުން ނާޖާއިޒް ފައިދާ ނަގަން ފެށުމުން ވާގޮތަކީ އިލްމްވެރިންނާ ދިމާލަށް ނުހައްގު ބަސް ބަޔެއް ފަރާތްތަކުން ބުނަންޖެހުންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރަނިންމޭޓަކު ކަނޑައެޅުމަށް ޖޭޕީއަށް ފުރުސަތު ދީފައިވާއިރު، އެޕާޓީން ވަނީ އެމަގާމަށް ޝައުގުވެރިވާ ޕާޓީގެ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ޖުމްހޫރީ ޕާޓީން ރަނިންމޭޓެއް ކަނޑައަޅާނީ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އާދަނު

    ޖުމްހޫރީ ޕާޓީން ބުނެދީފާނަންތަ ރައްޔިތުންނަކީ ކޮންބައެއްކަން....ކަލޭމެންނަށް ތާއީދުކުރާ މީހުން އެކަނިތަ

    • ޖޭޕީ

      ދެން ރައްޔިތުންނަކީ ކަލޭ ތާއިދުކުރާ މީހުން އެކަނިތަ ވަކި؟

  2. Anonymous

    ރައްޔިތުންގެ ވަކީލުން ނަކީ ޖޭޕީއެއްނޫން. އޮޅިގެން ތިއުޅެނީ. ތިމާމެންގެ ނަމުގަ ތިމާމެން ވާހަކަ ދައްކާ.

  3. ލަތީފުބޭ

    ރައްޔިތުން މާނަކުރަނީ ކިހިނެއްތަ ކިތައްމީހުން ލައިގެންތަ ކުނޫޒައް މެޗުބަލަންދާ ބަންގާޅުންތައް ހިމަނައިގެބްތަ ބޯހަލާކު ތިޖަހާހިސާބުތަކަކައް ޕަކާސް

  4. ހަންޖާ

    ރައްޔިތުން ތިބީ ގާސިމުގެ ތައްޕާހަކުވެސް ނޫން

  5. ނިޢުމާ

    މަޢުޞޫމު މޮޔަފުޅުވީތޯއެވެ؟ މަޢުޞޫމުގެ މާތްކަން ޚުލްޤުހެޔޮކަން އަދި މަޑުމައިތިރިކަން ފަނާކޮށް ތިޔަ ޤުރުބާންކޮށްލަނީ ލާދީނީ ބައިގަނޑެއްގެ އަވާގައި ޖެހިގެންތޯއެވެ؟ ތިޔަ ކޮސް ވާހަކަތަކަށް ރައްޔިތުން މިތިބީ ބީރުކަންފަތެއް ދީގެންނެވެ. ރައްޔިތުން އަތުކުރި އޮޅާލައިގެންމިތިބީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރާށެވެ. އިންޝާއަﷲ މިކަން ކޮށްފަ މަޢުޞޫމަށް ދައްކާނަމެވެ.

  6. އަލީ

    ތިޔަ ވިދާޅުވާ ރައްޔިތުންނަކީ އެމްޑީpީ ޖޭޕީ ރަޖިސްޓްރީގައި ތިބި ބައިމަދު މީސްކޮޅު ދެއްތޯ
    އެއީ ވެރިކަމަށް އަރާގޮތައް ގާސިމްބެ ދައްކަންޖެހޭ 122 މިލިޔަން ޑޮލަރު ބާތިލް ކުރަން ؟؟، މައިބަދަފުޅުގެ 13އަހަރު ޖަލުހުކުމް އުވާލަން ،؟؟؟ ނޯނޯ އައްލާހް ތިރާވާ ނުބައި ރޭވުން މޮޅައް ދެނެވޮޑިގެންވޭ. އައްލާހްގެ މިންވަރުފުޅުން ތިކަމުގައި ތިބައިގަނޑަށް ކާމިޔާބު ނުދެއްވައި ފާންދޭވެ. އާމީން

  7. ޢަހަންމާ

    ޔާމީން އަށް 2 ވަނަ ދައުރެއް ދޭން ވަރަށް ފެނޭ.

    • ނިއުމާ

      ވަރަށް ފެނޭ

  8. ރާޅު ބޯއީ

    ޢިދިކޮޅު މީހުން ހިސާބު ޖަހަން ގެންގުޅެނީ ކޮންކަހަލަ ކަލްކިއުލޭޓަރެއް ކަން ބުނެދީފާނަންތަ

  9. ހަބޭސް

    އަޅެފަހެމިއީ ހަމަ ދިވެހިންތަ ދިވެހިންގެ ތެރެއިން މިމީހުން މިހާރު ދަންނަނީ ކޮންބައެއް ރާއްޖޭގެ މިހާރު އޮތްގޮތް މިއިން މީހަކަށް މިހާރު ފަހެ އެގޭބާ ހަމައެކަނި ފޮޓޯޔަކުން ދައްކާލާ ކުޑަ މަންޒަރެއްނޫންގޮތަކަށް
    ދިވެހިންތިބީ ތަރައްގީއަށްޓަކައި ތިންވަނަ ދައުރެއްވެސް ރައިސް ޔާމީނަށް ދޭން ރައިސްޔާމީން މިކުރާކަމަކީ ގައުމުތަރައްގީކުރުން ފުރަތަމަ 5 އަހަރު އިންޝާﷲ ދެވަނަފަސްއަހަރު ޖީބުތައް ފުރާލުން ރަޢިއްޔަތުން ބޭނުންވަނީއެގޮތް ތަރައްގީއަށް ހުރަސްއަޅާ އެއްމެން ކުޑަކޮށް އެކަހެރިކޮށްލާފަ ތިތިބީ އެބޭނުމުގައި އަދިވެސް މަޑުކޮށްލާ ޖޭޕީން

  10. ޏަމްޏަމް

    ރައްޔިތުން މިތަބީ ރައީސް ޔާމީނައް 2 ވަނަދައުރެއް ދޭން ކެތްމަދުވެފަ ޖޭޕީ ފަރުހިލަން ދާންވީނު .

  11. ބައްބަ

    ރައީސް ޔާމީން ހޮވާފަ ޖޭޕީއައް މިފަހަރު ދައްކާނަން އިންޝާ ﷲ.

  12. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ދެވަނަ ދައުރެއް ލިބުމުގެ ފުރުޞަތު ކުޑައެއްނޫނެވެ. އެހެނީ، ތާއީދު ކުރާ މީހުން މަދެއްނޫނެވެ. ނަމަވެސް އަތްތިލަބަޑި ޖަހާމީހުންނާއި ލަވަކިޔާމީހުންނާއި ނަށާމީހުންގެ ތެރޭގައިވެސް ވޯޓްދޭން ބޭނުންނުވާ މީހުންތިބޭނެއެވެ.

  13. އެއްމެން

    ޖޭޕީ އަކީ ރައްޔިތުންނެއް ނޫން.