ދުވަހުން ދުވަހަށް ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދަށް މައްޗަށް ދިއުމާއި ގުޅިގެން އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިއްޔެ އެކަނި ރާއްޖެއިން ވަނީ 1209 މީހުން އަލަށް ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ 5،000 އަށް ވުރެ ގިނަ މީހުންގެ ސުންކު ނެގިއިރު، އެއިން ފައްސިމިވީ ޓެސްޓް ކުރި މީހުންގެ ގާތްގަނޑަކަށް 24 އިންސައްތައެވެ. އެއީ ފާއިތުވެ ދިޔަ ގާތްގަނޑަކަށް އަށް މަހުގެ ތެރޭ ވެސް ޓެސްޓް ކުރި މީހުންގެ މިހާ ބޮޑު އިންސައްތައެއް ފައްސިވި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޯލިޝަންގެ އެއް ލީޑަރެއްގެ ގޮތުގައި ހުންނެވި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ފުރަތަމަ ވެސް ފާހަގަ ކުރެއްވި ކަމަކީ އިއްޔެ އެކަނި 1،200 އަށް ވުރެ ގިނަ މީހުން ފައްސިވި ކަމާއި "މިއީ ވަރަށް ކަންބޮޑުވާ އަދަދެއް" ކަމަށެވެ.

"އެންމެން މަސައްކަތްކޮށްގެން އަދަދު ތިރި ކުރަން މަޖުބޫރު ވެއްޖެ،" ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް (30 އަހަރުގެ މުއްދަތަކަށް) ވެރިކަން ކުރެއްވި ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.

މިވަގުތު މާލެ ސަރަހައްދުން ކޮވިޑް-19 ގެ ވޭދަނަތައް ގިނަ ވަމުން އަންނާތީ، މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމައިފައެވެ. މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް ހަރަކާތްތަކާއި ހަލްފާތައް ބޭއްވުމުގައި ވެސް ފިޔަވަޅުތައް ހަރުކަށިކޮށްފައިވެއެވެ. އެ ގޮތުން 50 މީހުންނަށް ވުރެ ގިނަ މީހުން އެއް ނުވުމަށާއި 50 މީހުންނަށް ވުރެ މަދުން އެއްވިޔަސް އުސޫލުތަކަށް އަމަލު ކުރަން ޖެހެއެވެ.

މީގެ ކުރިން ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް ކޮވިޑް-19 ގެ ނުރައްކާތެރި ވައްތަރެއް ކަމުގައި ފާހަގަކޮށްފައިވާ އޮމިކްރޮން ފެތުރެން ފަށާފައިވަނިކޮށް އާ އަހަރު ފާހަގަ ކުރަން ހުޅުމާލޭގައި ވަނީ ގިނަ އަދަދެއްގެ މީހުން އެއްވެގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި މާލޭގައި މަގުމަތީ ބާޒާރެއް ވެސް ހިންގިއެވެ. ކޮވިޑްގެ ހާލަތު ގޯސްވީ ވިސްނުމެއް ނެތި މިފަދަ ހަރާތްތައް ހިންގަން ފުރުސަތު ދިނުމުން ކަމަށް ތަޖުރިބާކާރު ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މުފައްކިރު

    ކޮވިޑަށް ވުރެ ކުޑަ ކަމެއްނޫން އިންޑިއާ އެކު ވެވިފައިވާ ސިއްރު އެއްބަސްވުން ތަކަކީ. އެކަމުން ސަލާމަތް ވުމަށް ގޮވާލިނުލަނީ ކީއްވެބާ؟

    44
    • ސުފިޔާނު

      ކަލޭ ބުނި ވަރަށް ވުރެ މާ ބާރަށް މި ބުނަނީ.. ކޮވިޑް އަދަދުތައް ތިރިކުރަން މަޖުބޫރެއް ނޫން. މަޖުބޫރުގެ މާނަ ދަސްކޮއްބަލަ.

  2. މައިތިރިވެބަލަ

    މައުމޫނޫ މަޑުމަޑުން ގޭގަ އޮވެބަލަ، ލާރި ލިބެއެއްނު، 30އ ވެރިކަން ވެސް ކުރެވިފައެއްނު ތިޔަހުރީ، ދުނިޔެއަށް ތިހާ ލޯބިވެގެން ބިރުން ތި އުޅެނީ ކީއވެތަ؟ މައުމޫނުގެ ރޯޔަލް ފެމިލީ ގައިމު އެެއްތާ ދެފައި ނުޖެހޭނު، ދެން އަހަރުމެނާ ނުބެހި މަޑުން އޮވެބަލަ!

    42
    2
  3. Anonymous

    ތިމީހާގެ ފޮޓޯފެނި އަޑު އިވޭތާ30 އަހަރުވެ ފޫހިވެއްޖެ ދެން މަޑުން ހުރެވޭތޯބަލާ

    26
    2
  4. ކައުންސެލަރު

    އެންމެންވެގެން އިންޑިޔާ ސިފައިން ގެންނާށެކޭ ނޫންތަ ބުނީ؟ ތިންފަށް ވެދާނެތީތަ؟ މިމީސްމީހުން މިކަމާ ލޯމަރާލައިގެން އަނގައިގައި ޓޭޕް އަޅައިގެން މިތިބެނީ. ލަދުކޮބާބާއޭ މަހިތަށް އަރަނީ

    27
  5. Anonymous

    ކޮވިޑައްވުރެ އަދި ނާނުރައްކާ ބައްޔެއް މިޤައުމުގައެބައުޅޭނޫންތޯ އެއީ އިންޑިއާއިންމިޤައުމު އަޅުވެތިކުރާބަލި އެންމެބޮޑައް އެކަންއެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ މަނިކުފާނު އެކަމަކު ކަހާތަން ހިރުވައިވެސް ނުލައްވާތިހުންނަވަނީ ކިހާވަރެއްގެ މަޖުބޫރެއް ކުރިމަތިވެގެންތޯ ކޮވިޑުގަ މަރުވާބަޔަކު މަރުވެފަ ދިރިތިބިންނައް ހޭވެރިކަން ވާއިރު ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލާ އިސްލާމްދީ މިތަނުގަ ނެތިއްޔާ ދެން ބޭނުންވާނެ އެހެން އެއްޗެއް އޮންނާނެތޯ. ބައެއް މީހުންގެ އަމިއްލަ އެދުމާހުރެ ހައިރާންވޭ!!

    30
  6. ކެޔޮޅު

    ކޮވިޑައްވުރެ އަދި ނާނުރައްކާ ބައްޔެއް މިޤައުމުގައެބައުޅޭނޫންތޯ އެއީ އިންޑިއާއިންމިޤައުމު އަޅުވެތިކުރާބަލި އެންމެބޮޑައް އެކަންއެނގިވަޑައިގަންނަވާނެ އެއްބޭފުޅަކީ މަނިކުފާނު އެކަމަކު ކަހާތަން ހިރުވައިވެސް ނުލައްވާތިހުންނަވަނީ ކިހާވަރެއްގެ މަޖުބޫރެއް ކުރިމަތިވެގެންތޯ ކޮވިޑުގަ މަރުވާބަޔަކު މަރުވެފަ ދިރިތިބިންނައް ހޭވެރިކަން ވާއިރު ޤައުމުގެ މިނިވަންކަމާ އިސްތިޤްލާލާ އިސްލާމްދީ މިތަނުގަ ނެތިއްޔާ ދެން ބޭނުންވާނެ އެހެން އެއްޗެއް އޮންނާނެތޯ. ބައެއް މީހުންގެ އަމިއްލަ އެދުމާހުރެ ހައިރާންވޭ!!

    23
  7. އަލީ

    މާރަނގަޅުވާނެ އިންޑިއާ ސިފައިން މިގައުމުންބޭލުމަށް ގޮވާލިނަމަ އާއްމުންގެ ލޯބި މާބޮޑަށް އިތުރުވާނެ.

    27
    • Anonymous

      "އާންމުންނޭ" ނުބުނޭ... ޔާމީނުގެ ލާރީގަ ޖެހިފަތިބިމީހުންނޭ ބުނޭ

      2
      6
  8. ނަޖީ

    މައުމޫން ކަލޭބުނިޔަސް ބުނާގޮތަކައް އަހަރުމެން ނަހަދާނަން ކަލެއަކީ ގައުމުގެ ޢައްދާރެމިހާރު ކަލޭގެ އަޑުއިވުނަސް އަހަރުމެން މިހާރު ނަފުރަތުކުރަން

    25
    1
    • Anonymous

      ކަލެއަށް ތިވަރުވީވެސް (ތައުލީމާއި ތަރައްޤީ) އެބޭބެގެ ދުރުވިސްނުމުގެ ސަބަބުން. ދެންވެސް ޝުކުރު ކޮށްލައިގެން ދެރަކުޢަތުގެ ނަމާދެއް ކުރަން ދޭބަލަ.

      2
      3
  9. ާއަހުނާ

    އންމެން ކޯވިޑުގައި ހިފާ އެލިގަނޭ...ދަބަރު 30 އަހަރުގެ ވެރިޔާ...

  10. މަރިޔަންބު

    ކަލެއަކާ ކޮންކަމެއް..މީނަ ނުބެހޭކަށް ކަމެއް ނޯވެޔޭ..

  11. އައްލޫ

    ކޮވިޑު 19އައްވުރެން މާބޮޑުއުނދަގުލެއް މައުމޫނީ ކޮވިޑް30އަކީ !! ދުނިޔެންމޮވިއަސް ދެނެއް ވެރިކަމެއްނުލިބޭނެ..ތިމީހާބުނާގޮތަށްހަދާނެ މީހެއްވެސްނުހުންނާނެ!!!!!

  12. ޖާބެ

    ޓިކް ޓޮކް ޓިކް ޓޮކްް.....

    2
    1
  13. ރާބެ އަލީ

    ބަލަ ލަދެއްނުގަނޭތަ ރައްޔިތު އެންމެންނޭ ކިޔާފަ ވާހަކަދައްކަން މިގައުމުގައި 18 އަހަރު ފުރޭއިރައް ބަންޑަރަ ބިމެއް ސަރުކާރުން ދެއްވަމުން އައީ އެކަމަކު ވެރިކަމައް އަރާ 30 އަހަރު ވަންދެން ރައްޔިތުންނައް ގޯތިނުދީ ޒަވާޖީ ހަޔާތުން ޒުވާނުން މަހުރޫމްކުރުވާފައި ހަމަ އެކަނި މާލޭގެ ރައްޔިތުންނައް ގޯތި ނުދޭ ސިޔާސަތެއް ފައްޓާ އަޅުވެތިކޮއް ދޭތެރެ ދުރުކޮއް 3ޖީލް ނައްތާލާފަ ދެން ކޮން އެންމެންނެއްގެ ވާހަކައެއް ރައްޔިތުން ކުލީގެ އަޅުންނައް ހަދާ ރައްރަށުމީހުންގެ ކުރިމަތީގަ މާލޭގެ ރައްޔޔިތުންގެ އަގުވައްޓަލީ ކުއްޔައް އުޅެން ޖެހުނީމަ މާލޭގެ ގޭގެޔައް ވަނިންތޯ ތިޔަކިޔާ ރޯގާނައްތާލެވޭ ހާލެއްގަތޯ އިންސަނުން އުޅެނީ ކޮއޓެއްގެ ތެރޭގަ 12 13 މީހުން ލަދެއްނެތީމަ ނޫސްބަޔާންދެނީ

  14. އަހުމަދު

    ކަލޭމެން ސިޔާސީ މީހުން އުޅޭނެގޮތަކަށް އުޅެފަ ކުރާނެކަމެއްކޮށް ބަލިއިތުރުކޮއްފަ މޮޅުވާހަކަތިދައްކަނީ

    7
    1
  15. ނަމަ

    ރައީސް މައުމޫން ވެސް ހުރެފަ ހާދަ ބުއްދިވެރި ވާހަކައޭ މިބުނެލަނީ

  16. ައަޙްމަދް

    މިދެން ހާދަ ކޮވިޑް ވެގެން އުޅުއްވާ ބޭފުޅެކޭދޯ!
    މިމީހާ ކަރުކެހިލައަސް ނޫސްވެރިން ނަށް ހީވާކަހަލަ ވަރަށް ބޮޑުވާހަކައެއް ދައްކަން އުޅުއްވަނީ އެ!