ށ. ކޮމަންޑޫގައި ސަރުކާރުން ރޮކެޓު ސްޕީޑުގައި އެތައް ޕްރޮޖެކްޓުތަކެއް ފަށާފައިވާއިރު އެ ދުވެލި ބޭނުންވާނަމަ ހއ.އަތޮޅުގެ މެމްބަރުން އިސްތިއުފާ ދިނުމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ގޮވާލައްވައިފިއެވެ.

ހއ.ދިއްދޫ އަކީ މުޅި ރާއްޖެ އިންވެސް މިހާރު އެންމެ ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުން އަންނަ އެއް ރަށެވެ. އެރަށުގެ ހާލަތު ބޮއްސުންލަމުން ގެންދާއިރު ކަންކަން ކޮންޓްރޯލްވެ އާއްމު ހާލަތަށް އަންނަން އުޅޭކަމުގެ ކޮޅުމަތި ފެންނާކަށް ނެތެވެ.

އިއްޔެ އެކަނިވެސް ދިއްދޫ އިން 18 މީހަކު ބައްޔަށް ފައްސިވެފައި ވާއިރު މި ރާޅުގައި ރަށުން ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 359ކަށް އަރާފައެވެ. މީގެ ތެރޭގައި އެކްޓިވް 59 ސުންކު ވާއިރު ރަށުތެރެއިން ޖުމްލަ 3265 ސުންކު ވަނީ މިހައިތަނަށް ނެގިފައެވެ.

ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލަށް މީގެ 10 މަސް ކުރިން ކޮވިޑަށް ޓެސްޓު ކުރާ މެޝިނެއް ގެނައި ނަމަވެސް މެޝިނުގެ ހިދުމަތް އެއްވެސް ފަރާތަކަށް އަދި ލިބިފައެއް ނުވެއެވެ. ދިއްދޫ އިން ނަގާ ސުންކުތަކުގެ ނަތީޖާ ލިބެން ބައެއް މީހުން ހަފްތާ އެއް އަނެއް ބަޔަކު 10 ދުވަސް ވަންދެންވެސް ތިބެން ޖެހެއެވެ.

"ކޮވިޑަށް 2 އަހަރުވެގެން ދިޔައިރުވެސް ހއ.އަތޮޅުގެ ކަރަންޓީނު ފެސިލިޓީ އާއި ކޮވިޑް މެޝިން ނެތުމަކީ އަތޮޅުގެ 5 އެމްޕީ އިންނާއި މި ސަރުކާރުން ރައްޔިތުންނަށް ވީ ބޮޑު އިހުމާލެއް. އިސްތިއުފާ ދެއްވާފައި އަލުން ކުރިމަތިލުމަށް ގޮވާލަން. އޭރުން ކޮމަންޑޫ އަށްވެސް އެ އަންނަ ކަހަލަ ބާރުމިނުގެ ތަރައްގީ ހއ.އަތޮޅަށް ވެސް އަންނާނެ ކަމަށް ފެނޭ" ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވިއެއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް މެޝިނެއް ނެތް ނަމަވެސް، އެއީ އެ އަތޮޅުގެ ބައެއް މެމްބަރުން ބޭނުންވާ ގޮތްކަން ދޭހަވާ ގޮތައް ބައެއް މެމްބަރުން މީސް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައިވާ ކަންވެސް ފާހަގަކޮށްލެވެއެވެ.

މި ސަރުކާރުން ދިއްދޫ އަށް ވީ ރިޔާސީ ވައުދުތަކުން އަދިވެސް އެއްވެސް ކަމެއްގެ މަސައްކަތް ވެސް ފެށިފައެއް ނުވެއެވެ. އަބަދުވެސް އެމްޑީޕީ މެޖޯރިޓީ އޮންނަ ދިއްދޫ އަށް މިހެން ވަމުން ގެންދާތީ ދިއްދޫގެ އެމްޑީޕީ އެކްޓިވިސްޓުން ވެސް ދަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކަންޖޫސީ

    ވަރަށް އިބްރަތްތެރި ވާހަކައެއް.

    81
    • ޙައްގުބަސް

      އިންޑިޔާ އައުޓް ގޮވާތީ ރައިސް ޔާމީން ހައްޔަރުކުރިޔަސް ދެން އެކަމެއް ނުހުއްޓުވޭނެ!! ޔާމީން ހައްޔަރުކުރީމާ އަދި އިތުރު ގިޔަރަކަށްލާނެ ދިވެހި ރައްޔިތުން!! ހަސަން ލަތީފުގެ އެމްޑީޕީ ސަރުކާރެއް މިރާއްޖޭގައި ގާއިމުކިރެވޭ ކޮންމެ ފަހަރަކު މިރާއްޖޭގެ މިނިވަންކަމާ ގައުމުގެ އަމިއްލަ ވަންތަކަމާ ދީނަށް ފުރައްސާރަކުރުން އިތުރުވާކަން ހަސަން ލަތީފަށް ރަގަނޅަށް އެނގޭނެ!! 2008 ގައި ވެރިކަމަށް އައިސް މިރާއްޖޭގެ މައިދޮރޯށި އިންޑިޔާގެ ކުންފުންޏަކަށް ކޮރަޕްޝަންގެތެރެއިން ދިނީ!! ފެން ކުންފުންޏާ ދިރާގުގެ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ވިއްކާލީ!! މިސްކިތްތަކަށް އިހާނެތިކޮށް ހެދީ! ދެ ހެލިކޮޕްޓަރު އިންޑިޔާއިން ގެނައީ ދިވެހިން ތަމްރީނު ކުރުމަށްފަހު އެއާއެކު އައި އިންޑިޔާގެ ސިފައިންދާގޮތަށޭ ކިޔާފަ!! 2018 ވަނަ އަހަރު އީސީ ޝަރީފާ ގުޅިގެން ވޯޓުން ވައްކަން ކޮށްގެން އައިސް ނަހަލާލު ވެރިކަމެއްގައިވެސް ކަންކުރަނީ ގައުމަށާ ރައްޔިތުންނަށް ގެއްލުންވާގޮތަށް!! ފުރަތަމަ ކުރިކަމަކީ އިންޑިޔާގެ 75 ސިފައިން ރާއްޖޭގެ ތިން ސަރަޙަދެއްގައި ބޭތިއްބީ މިރާއްޖޭގެ ގާނޫނުވެސް އެމީހުންގެ މައްޗަށް ނުހިނގާގޮތަށް ގާނޫނާ ޚިލާފު އަޑިނޭނގޭ އެއްބަސްވުންތައް ހަދައިގެން!! ދެން ޓާޓާ ކުންފުންޏަށް ރިސޯޓެއް ހަދަން ފަޅުރަށަކާއެކު މާލޭގެ މުހިންމު ދެ ބިނެއް އަނެއްކާވެސް އެދިނީ ކޮރަޕްޝަންގެ ތެރެއިން ގައުމަށާ ދިވެހި ރައްޔިތުންނަށް ގެއްލުންވާގޮތަށް!! ދީނަށް ފުރައްސާރަކުރުން އިންތިހާއަށް ބޮޑު! މަކަރު ހެދީމާ ދޮގުހެދުމާ ވައްކަން އިންތިހާއަށް ބޮޑު! ތިން އަހަރުތެރޭ 1096 މީހަކަށް ސިޔާސީ މަގާމު ދީފި!! މިނިވަން މުއައްސަސާތައް ފުނޑާލައިފި! މިހެން މިކަހަލަ އެތައް ކަމެއްކުރާތީ ރައްޔިތުން ތިބީކީ ހަމައެކަނި އިންޑިޔާއައުޓް ގޮވާ ނިންމާލާކަށެއްނޫން! މި ނަހަލާލު ސަރުކާރު އައުޓްކުރަންވެސް ތައްޔާރަށް!!

      37
      2
    • އ

      އަވަހަށް ދިއްދޫ މެމްބަރު ބައިލުވާ، ތަރައްގީ ކޮށްދޭނެ

      9
      1
    • ބޮޑުތިލަދުންމަތި

      އިބްރަތްތެރި ވާހަކައެއްނޫން..ގައުމުގެ އެތައް ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ވަކިބަޔަކު ބޭނުންވާ ކަންކަން ހާސިލުކުރަން ބޮޑު ސަރުކާރެއް ތެޅިބާލާތީ ހެޔޮވިސްނޭ ބޭފުޅަކު އެވިދާޅުވަނީ މިސަރުކާރުން ކަންތައްކުރާ ވިޔާނުދާގޮތުގެ ވާހަކަ.އެހެންވެ ކުޑަކުއްޖާއަށްވެސް ވިސްނޭގޮތަށް އެއޮތީ ވިދާޅުވެފަ. ބަސް އިބްރަތްތެރިއެއްނޫން،އެބޭފުޅާ އިޚްލާޞްތެރީ

  2. ސސ

    ކުއްލިއަކަށް ހިބަރު ވަދުގަޑެއް ކޮމަންޑޫ އަށް ވަދެ ރޮކެޓް ސްޕީޓް ގައި އެރަށުގެ ތަރައްޤީ މެކްހަކަށް ޖަހާފައި ހުރިއިރު ބަޔެއް ރައްތަކުގައި ތަރައްޤީ ވަރަށް ފަހަތުގައި، އެގޮތުން ދިއްދޫގެ ތަރައްޤީ ވަރަށް ފަހަތުގައި !

    74
  3. ފުތޫރު

    ވަރަށްވެސް ރަނގަޅުވާހަކަފުޅެއް،

    ދިއްދޫގެ އިތުރު މަގުތަކުގަ އަޅަންބުނިތާރު ވީތަނެއްނޭގޭ

    ދިއްދޫގަ އަޅަންބުނި ޓާޝިޔަރީ ހޮސްޕިޓަލް ވީތަނެއް ނޭގޭ
    ދިއްދޫގަ އަޅަށްބުނި ޖޫނިޔާރ ކޮލެޖު އަޅާފަހުރީ ބިމުއަޑީގަ ކަމައްވަނީ

    ދިއްދޫގަ ހިއްކަންބުނި ބިން އަދިފެންނަގޮތެއްނުވޭ އެކަމު ރަށުން ގިރާލައިގެން ދެކުނުން 1000ފޫޓް އަދި ހުޅަގު ފަރާތުން ވަރަށްބޮޑައް ގިރާފަވަނީ

    ދިއްދޫގެ ބަދަރު ބޮޑުކުރުމުގެ މަސައްކަތް ބަރަބެލި ސްޕީޑުގަ އެންމެ އެކްސްކަވޭޓަރަކުން ކޮންނަތާ ދެއަހަރުވަނީ

    ފެރީޓާމިނަލްގެ މަސައްކަތްވެސް ދަނީ ބަރަވެލި ސުޕީޑުގަ

    59
    2
  4. ދުމައިން

    އަދިވެސް އަނގަ ފުޅޭ ކޮށްފޭ ބުނޭ 25 ބުރީގެ ހޮސްޕިޓަލް މަށަށްވެސްއެޅިދާނެޔޭ ، އެއީ އެއްވެސް ކަމެއް ނޫނޭ. ޗަކޮޔެގާތު ބުނަން އިބުރާހީމު، ޗަކޮޔަށް 25 ބުރީގެ ފެންވަރުގެ ހޮސްޕިޓަލުގެ އިސްޕަލިންގުވެސް ނޭގޭނެ. ޗަ އުޅެނީ 2 އަހަރު ވީއިރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ކޮވިޑް ޓެސްޓު ނެހެދިގެން. އެ ޔާމީނު އެ25 ބުރީގެ ބޮޑުއިމާރާތަ ބުރިޖާ ހުޅުމަލެ ފޭސް 2ކާ 50މެގަވޯޓުގެ އިންޖީނުގެއަކަ ބިޔަ ރަންވޭއަކާއެކު ފެނަވަރުމަތީ އެއާޕޯޓަކާ ތިޔަ ތަންތަން ހިއްކާ ނަގަމުންދުވާ މަހާ ޖައްރާފާ ލާމު ލިންކާ ނިންމާލީ ތިޔައްވުރެ އަވަހަށް. މަށަށް ވާނެޔޭ، އެއްވެސްކަމެއްނުނޭ ކިޔާ ފޮނެއް ނާރުވާ. ތަންތަނުގެ ބޯޑު ބަދަލުކޮށް ދިދަ ޖަހާކަށްނުދުވޭ.

    41
    1
    • ތާއިދު

      100%

      29
  5. 13ވގ

    ދިއްދޫމީހުން ހީކުރީ ސަރުކާރުން އަންގާއެންމަކީ އެއްވިސް އެއްޗެއްނޫންކަމައް މާސްކްއަޅަން ބުނީމަ އެވީ ޖޯކަކައް އެއްވެއުޅުން މަނަލޭބުނީމަވީ މޮޔައިންނައް ދިއްދޫގައުޅޭނެ ޔާމީންވެރިކަމުގަ މެންބަރުކަން ކުރިމީހެއް އޭނަބުނާގޮތް ތިހަދަނީ އޭނައެހުރީ 2 މީދާފެހިބުޅަލައްވީވަރު ވެފަ

    4
    26
  6. ޑައެލޯގް

    ދިއްދޫ ރައީސް ތިބުނީ ވަރަށް ބަރާބަރު ވާހަކައެއް ހއ. ހުރިހައިމެންބަރުން އިސްތިއުފާދީ އަވަހަށް

    33
  7. ހއ

    ބަލަ ސަރުކާރުން އިންތިޚާބާ ދި މާކޮށް ރުފިޔާ ގޯނިތައް
    ކޮ މަންޑޫ އަކަށްނާޅައޭ އެހަމަ މަ ތަރުތީބުންނޭ އެދަނީ
    ތަރުތީބު ވާނީ އެހާވަރަށޭ ދޯ.
    ދޯހަޅި ސަރުކާރު. ލާއިތެޅޭ ސަރުކާރު ވަގުންގެ ގޭންގު.

    30
  8. މުޖުރާ ނެށުން

    ދިއްދޫ މީހުނައް އިންގޭނީ މަސްއަޅަން އޮފީހައް މަޖިލިސް މެންބަރަކީވެސް އެތަނައްލީ ބޮލެއް އެހުރީ ބޮލުރޮދި ކެންޑިފަ އަމިއް އެދުން އެހުރީ ކުޑަކަކުލައް ފައިބާފަ ބާރައް ހަޅޭލަވާހެން ހީވާ އޑޕ މީހެއްނަމަ ހުންނާނީ ކަރުބުޑައް ކަންދީ ގަންނުވާފަ ރައްޔެތުން ނަމުގަ ނެކުމެ ފެލިގެން ވެރިކަންލިބުމުން ދެންފެންނަނީ އަންބޮޑި އައްއަޅައި އާއިލާއަށާ އައުވާނުންނައް ބަހާތަން ރައްޔެތުންކައިރީ ދައުލަތުގެ ވެރިންވެސް ރަށުގެ މުއައްސަސާތަކުގެ މޑޕވެސް ހަދަނީ ރޯބުހުތާންދޮގު ވެރިކަން ހޯދުމައް ކީޅެންތައް ފަރިއްސައްވެ ނިމިއްޖެ ދެންއުޅޭނެ މާމޮޅު ނޫސްވެރިއެއް ފެނަކަ ކުނިލޮރީގަ ކުނިނަގަން ޓިންޓިންލައިވް މެންބަރގެ ޕަޕެޓެއް ގުންބޯހެއްދީމަ ދެންހުންނާނީ ދެބަންދިހާރުވެ ހަމައިންނެއްޓި ވާނުވާގަ ކިޔޭނުކިޔޭ އެއްޗެއްނޭގުނަސް އެވެސް ޖުއްލާބު ބޮއިގެން ދެކަމު ހާޖިތައްވެފަހުންނާނީ

    4
    1
  9. ޙަަަހަ

    އަދިކިރިޔާ ރައްޔިތުން ހޭވެރިކަން ވާއުޅެހެންހީވޭ ، ރައްޔިތުން ހޮވާފައިތިބިމީހުން މަޤާމުލިބުނީމަ ރައްޔިތުން މަތިން ހަނދާނެއްނުހުރެ ، ފުރަތަމަ 2 އަހަރު ދަނީ އިންތިޚާބަށް ޚަރަދުކުރިމީހުންނަށް ބަދަލުދެމުން ، ބާކީ 3 އަހަރު އުޅެނީ އަނެއްކާ އަންނަ އިންތިހާބަށް ފަށާގެން ، އިދިކޮޅުގައ ތިބޭމިހުންނަށް ފާޑުކިޔާފަ ދެން ރައްޔިތުން މަތިން ހަނދާންކުރާކަށް ނެތް ވަގުތެއް

  10. ސަމާސާ

    މެމްބަރުން ހޮވީ 5 އަހަރަށް. ޢިސްތިއުފާދޭކަށް ނުޖެހޭނެ.
    މެމްބަރުންނަކީ ކޮވިޑް މެޝިންހަދައި ޓެސްޓްކުރަން ތިބޭ ބައެއްނޫން.
    އެމީހުންނަކީ ވަޒީރުންނެއްވެސްނޫންް.
    ތިއަތޮޅު މެމްބަރުން ހޮވީ ގާނޫނުހަދަން. ޢެބޭފުޅުންގެ ޒިއްމާ ބަރާބަރަށް އެބަ އަދާކުރޭ.

  11. އޯގާތެރި

    އޯގާތެރި ސަރުކާރުން ކޮމަންޑޫގެ ރައްޔިތުންނައްޓަކާ ބަޖެޓުގަ ނުޖަހާ އީއައިއޭނުހަދާ ޚަރަދުކުރުމައް ގާނޫނުގަ ލާޒިމްކުރާ އެއްވެސް ކަމަކައް ނުބަލާ ގާނޫނާހިލާފައް އެކޮއްދެނީ ކިހާ އޯގާތެރިވީމަ ދެންތިބިމީހުން ނަމޫނާއެއްކަމުގަ ދެކެންވީ މިކަން

    1
    1
  12. ސައްދު

    ކޮމަންޑޫކާރީގަ ދެން މަތިންދާބޯޓު ހަދާ ކާރު ޚާނާއަކާއި ޖަވާހިރު ނަގާ މައިންއަކާއި އަދި ތެޔޮ ރިފައިނަރީއަކާއި ދުއިސައްތަ އާގުބޯޓު އޮޮަރޭޓްކުރާ ބޮޑު އިންޓަނޭޝަނަލް ޓުރާންޝިޕްމަންޓު ޕޯޓަކާއި އަދި އަންޑާ ވޯޓަރ ސިޓީއެއްވެސް ކުރިއަތް އެބައޮތްދޯ.

  13. ތަކުރު

    ސޯލިހުގެ އަނގަ ފުޅާކޮށްފަ އެބަބުނޭ ތިމަންނަވެސް 25 ބުރީގެ ހޮސްޕިޓަލެއް އަޅާފާނަމޭ ހަމަ ހިލާ އޭނައަކަށް އެކަމެއްނުވާނެ އެހެން ނޫން އޭނަ ދަނޑިފަނުން 25 ބުރީގެ ހޮސްޕިޓަލެއް އެޅިދާނެ ސޯލިހުއަށް ރައީސްޔާމީނުގެ ވިސްނުމާއި ތަރަށްގީއާއި އަރާ ހަމަކުރުމަށް 25 އަހަރު ނަގާނެ އެހާވެސް ނާގާބިލު ސިކުނޑިއެއް ހުރީ މިހާރުވެސް ކަނދި ކުޑަގެެއް 25 ބުރިއަށްއަޅާފާނަމޯ އެބުނަނީ ޗީޑި.

  14. ޒުވާނާ

    ސޯލިހުގެ ސަރުކާރުން ގައުމުގެ ތަރަށްގީ ހިންގަނީ ބަރަވެލިދުވެލީގަ ރަށްރަށުގަ ހަދަންފަށާފަ ހުރި ހުރިހާތަނެއް ދަނީ ބަރަވެލި ދުވެލީގަ ހަދަމުން ވެލިގޯންޏެއް ރަށަކަށް ގެނައިއްޔާ އެގޯނި ފީވީމާ ހިލަބަސްތާއެއް ހިލަބަސްތާ މުޅިތަނަށް ބުރައިގެން ދިޔައީމަ ސިމެންތި ބަސްތާއެއް ހުރިހާއެއްޗެއް އެއްކުރަން 25 އަހަރު އެކަމަކު ސޯލިހު ބާރުލާފަ އެބުނަނީ 25 ބުރީގެ ޓަވަރެއް ތިމަންބަވެސް އަޅާފާނަމޯ އަޅެ މީނަ މިބުނާ އެއްޗަކުން މީހަކު ބުއްދިފިލާ ބޮލުގައި ނުރަވެސް ޖަހާފާނެ.

  15. ބަކުރު

    ސުލޯލިހޫ މެކުނު ހުމުނަކަސް ގާހަކަ ކިހިނެއްފުމޭނީ މެކުނު އެހުރީ ވެރިކަމަށް އަންނަން ތަށްޔާރަށް 2023ގަ ގާހަކަ އެއޮތީ ގަލުބުޑުގަ ތާށިވެފަ 2023 އަންނައިރަށް ރަށްޔަތުން މިއަދު ބޭނުންވަނީ މެކުނުފުމޭތަން ބަލަން.

  16. ޙަސަނުގެދަރި

    ނައިބު ރައީސްގެ ލަދު ހަޔާތް ކޮބައި ބާވައޭ ހިތަށްއަރާ އަގަފުރާފަ މަޖްލިސް މެމްބަރުންތިބެނީ ރައްޔިތުންގެ ޚިދުމަތު ގައޭ ބުނިއިރު. އެމީހުން ރައްޔިތުން ނަށް ފައިދާވާނެ ކަމެއް ނުކުރޭ ކުރާ ކަމަކީ މިނިވަން މުވައްސަސާތައް އަންބޮނޑިއަށް ލުމުގެ މަސައްކަތް .ދެން ސަރުކާރު ހިންގުމުގަ މިހާރު އޮތީ މަޖްލިސް ނުވެހޭ ކަމެއް ނޯވޭ ހަމައެކަނި ރައްޔިތުންގެ ކަންތައް ނޫނީ. އެބައިގަނޑަށް އޮޅިފަ އޮންނަނީ އެމީހުންގެ މެންޑޭޓް އޮންނަ ކަންތަައް ވެސް.

  17. އާބަކުރު

    ބަކުރުގެ ނަމުގައި ކޮމެންޓް ކުރި ފަރާތަށް. ގާހަކައަށް ފުމެވޭކަން އިރާދަކުރެއްވިއްޔާ 2023 ގައި ދައްކާނަން. ތިޔަބުނާ މެކުނަށް އެންމެ މަތީ ކޯޓުން މިވަގުތަށް ފުމެން ފުރުސަތު ދީފަ ވިޔަސް 2023 އަންނައިރު ދަލުގެ މަޅިއަކަށް މެހުން ގާތް. ކޮންމެ ފަހަރަކު ދަލުގެ މަތިން ފުންމާ ނުލެވި ދިއުމަކީވެސް އެކަށީގެންވާ ކަމެއް.

  18. ކ. އަތޮޅުން

    އަހަރުންވެސް ހުންނާނެ މެންބަރަކު ހޮވާފަ... 3 އަހަރު ވަނީ 1 އަހަރު ވ.ހެޔޮ ފުޅުވެގެން އައިސް ހެދި... މިހާރު ނޭންގެ ދުނިޔޭގައި ހުރިކަމެއްވެސް ... ދިއްދޫއަށް ކޮށްދީފައި އެބްހުރިދޯ... އަދި ތިވަރުވެސް ނުވާ ރަށްރަށް ގިނައީ... ތަރައްޤީ ކޮށްދޭން އުޅުނީ ޔާމީން ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މީތެދަކަށް ނޫނީ ނުވާނެ.. 30 އަހަރު މައުމޫނު ވެރިކަން ކޮށްފަ، ދެން އަންނި ވެރިކަން ކޮށްފަ، ވަހީދު ވެރިކަން ކޮށްފަ ނުވި ކަންތައް ޔާމީން ކޮށްފަ އެބހުރި 5 އަހަރު ތެރޭ... ދެން މިވަރު ބައެއް ނެތިގެން ހޮވާފަ ތަަރައްޤީގައި ކޮޅުފައިން ޖަހައިން ރައްޔިތުންދޯ މިތިބީ... އަހަރުމެންގެ ދޯހަޅިކަމުން ދޯ މިހެންވަނީ... ވެއްޖެ ހޭލުންތެރިވެގެން ކުލަޔަށް ނުބަލާ އަމިއްލަ ޤައުުމު ތަރައްޤީ ކުރަން އެންމެ ރަނގަޅު މީހާ ހޮވަން... ކޮންމެ ބަޔަކުވެސް އެބައެއްގެ ފައިދާއަށް އުޅޭނީ... އަހަރުންނަކަށް ފައިދާ އެއްވެސް ގެއްލުމެއްވެސް ނުވޭ ކުރީ ސަރުކާރުތައް އަރައިިން.... އެކަމް މިހާރު ފައިދާ ނުވާ ތަާންގަ އަހަރުމެންގެ މިނިވަންކަން އަދި ދީން ގެއްލެން އުޅޭހެން ހީވަނީ... މިސަރުކާރު އައިފަހުން ހިތްހަމަ ޖެހިގެން ނޫޅެވޭ... ބޮޑު ބިރުވެރިކަމެއްތެރޭ... 1988 ގެ އުދުވާނީ ހަމަލާ ރިޕީޓް ނުވާނެތަ؟ އަހަރުމެންނަށް އިސްލާމްދީނަށް އުޅެވޭނެތަ؟ މިކަހަލަ ސުވާލުތަކެއް އަބަދުވެސް ބޮލުތެރޭ އެނބުރެނީ...

  19. ވައުދު

    ދިއްދޫގެ އެމްޑިޕީ އެކްޓިވިސްޓޫންގެތެރޭން ހަމަ އެކަކުވެސް ދިއްދޫއަށް ކަމެއް ނުކޮށްދީގެނެއް ނޫޅެއެވެ އެމީޙުން ތިބީ ޕާރޓީގެ ހެއްލުން ތަކުގައި ޖެހި ރަށުގެ ތަރައްޤީގެ ވާހަކަވެސް ދޫކޮށްލައިގެނެވެ އެމީހުންނަށް ދިއްދޫން ލިބޭ ވޯޓު މަދުވާނެއެވެ ފަހަތުން އަރާ ޖޯޝާ ފޯރީއާޢި އެކު ކުޅޭނެ ބަޔަކު އެބަ އާދެއެވެ ދިއްދުއަށް ރައީސް އިބުރާހީމް ވީ އެއް ވަޢުދަކީ ޓާރޝަރީ ހޮސްޕިޓަލެވެ އޭގެ ވާހަކަ ނުވެސް ދައްކަ އެވެ ހަމަނޫން ވަގުތަކު ބުނެވުނު އެއްޗެއް ނުބުނާ އެއްޗަކަށް ވީތާއެވެ އެކަމަކު ފީތާ ފަށުގަ ރެކޯޑު ކުރެވިފަ އެބައޮތެވެ އެފަހަރުހެ ދަތުރުނާމާގަ ވައުދު އަހުދުގެ ކޮލަމްގައިވެސް ލޮޔެފަ އޮްންނާނެއެވެ އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން އެމްޑީޕީގެ މުށުތެރޭން ދިއްދޫ ދެމިގަންނާނެ އެވެ