ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ އަދަދު އިތުރުވާން ފެށުމުން، އެބަލިން ރައްކާތެރިވުމަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ފަސޭހަގޮތްތަކެއް ސަރުކާރުން ހަމަޖައްސައިފި އެވެ.

އިއްޔެ ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް ބަލިޖެހިފައިވާ މީހުންނާއި ގާތުން އެއްތާވާ ސިވިލް ސާވަންޓުން ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމު އެ ކޮމިޝަނުން ހަމަޖައްސާފައިވާކަމަށެވެ. މިގޮތަށް އެ ކޮމިޝަނުން ހަމަޖެއްސީ ރާއްޖޭގައި ކޮވިޑު ޖެހޭ މީހުން އެކަހެރިވާން ޖެހޭ މުއްދަތު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ބުރާސްފަތި ދުވަހު ކުރުކޮށްފައިވުމާއި ގުޅިގެންނެވެ.

އެޗްޕީއޭގެ އުސޫލުގައިވާގޮތުން ކޮވިޑަށް ފައްސިވާ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ކަރަންޓީނު ކުރާނީ ހަތް ދުވަހަށެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި މީހުންގެ ތެރެއިން ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ނަމަ ކަރަންޓީނު ކުރާނީ ދިހަ ދުވަހުގެ މުއްދަތަށެވެ.

އެ އެޖެންސީ އިން ބުނީ ވެކްސިން ފުރިހަމަ ނުކުރާ ގާތުން އެއްތާވި މީހުން 14 ދުވަހަށް ކަރަންޓީނު ކުރާނެ ކަމަށާއި ކަރަންޓީނުން ދޫކުރާނީ ޕީސީއާރު ނައްސި ވުމުން ކަމަށެވެ.
ސިވިލް ސާވިސް އިން މިފަދަ ސާކިއުލާއެއް ނެރެފައިވާ މި ދަނޑިވަޅަކީ ކޮވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އިއްޔެ އެކަނިވެސް 1200 އަށް ވުރެ ގިނަ މީހުން ބައްޔަށް ވަނީ ފައްސިވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، ދުނިޔޭގެ އެކި ގައުމުތަކަށް ކޮވިޑްގެ އާ ވައްތަރު، އޮމިކްރޮން ފެތުރި ބަކި ކޮންޓްރޯން ކުރުމަށް ހަރުކަށި ފިޔަވަޅުތައްވެސް ތަންފީޒުކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަޅުގަނޑު ގޭގަ އޮވެގެން ކުރާ މަސައްކަތެއްނޫން ކުރަނީ ދެން ކިހެނަކުންތޯ ހައްދަވަންޖެހޭނީ.

  2. ޢަދުރޭ

    ސިވިލް ސާވެންޓުންނަށް މިނިމަމް ވޭޖް ލިބޭވަރު 15 ގައި އޮފީސްތަކަށް އަންގަން އޮތް އެތި ބަދަލް ވީ

  3. ގަލަން ތުނޑު

    މީ ބޮޑު ވިޔަފާރުގަނޑެއް، އަފީފްމެން ދަރުބާރޭ މެން ތިބޭނެ މިހާރު އުފަލުން ފޮޅިފަ.އަނެއްކާ އަނެއް ...ސެންސަރު