ޕްލޭނިންގ މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަމުގެ މަގާމަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާޙް ޝަރީފް އައްޔަނު ކުރައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަގާމަށް ފަލާހް އައްޔަން ކުރެއްވީ މިއަދު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ފަލާހް މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަފާމު ފުރުއްވާފައެވެ.

އަދި އޭނާވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި ޕްރައިމަރީއަށް ކުރިމަތިލައްވާފައެވެ. ނަމަވެސް ޕްރައިމަރީ އޭނާއަށް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.