އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހު، (އިބޫ) އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ އަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އަންނަ ހުކުރު ދުވަހު ކެމްޕެއިންގައި އިބޫ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަަށް ހަމަޖެހިފައިވާއިރު މި ދަތުރުގައި އިބޫ ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގަންނަވާނެ އެވެ.

އިބޫ އައްޑޫއަށް ހުކުރު ދުވަހު ވަޑައިގަންނަވާއިރު އެ ދުވަހު އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ނެރޭނެ ބޭފުޅެއް ޖުމްހޫރީ ޕާޓީން ކަނޑައަޅާނެ އެވެ.

މީގެކުރިން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު މިއީ ސީދާ ރިޔާސީ ކެމްޕެއިނަށް ކެންޑިޑޭޓަކު ކުރައްވާ ފުރަތަމަ ދަތުރެވެ.

އިބޫ އައްޑޫ ސިޓީއަށް އަދި ފުވަމުލަކަށް މި ވަޑައިގަންނަވަނީ އިދިކޮޅު ފަރާތްތަކުން ހުޅުމާލޭގައި ކެމްޕެއިން ކުރެއްވުމަށް ވަޑައިގަތުމުން ބަޔަކު މީހުން އޭނާ އަށް ހަމަލަ ދޭން މަސައްކަތް ކޮށްފައިވާކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށެވެ.

އިބޫ އާއި އެމްޑީޕީގެ ބައެއް ވެރިން ހުޅުމާލެއަށް ވަޑައިގެންނެވުމުން ބަޔަކު ހަމަނުޖެހުން ހިންގާފައިވާކަމަށާއި އަދި އޭގެ ފަހުން ކެމްޕެއިން ޓީމަށް އަމާޒުކޮށް ކަޅު ތެޔޮ އުކި ކަމަށް އެމްޑީޕީން ބުނެއެވެ.

ހުޅުމާލެ އަށް އިބޫ ވަޑައިގެންނެވީ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށެވެ. ހަމަނުޖެހުމެއް ހިނގި ނަމަވެސް އެ ހަރަކާތް އިބޫ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭގެ އިތުރުން ދާދިފަހުން އިބޫ ވަނީ މާލޭގަ އާއި ވިލިމާލޭގެ ރައްޔިތުންނާއި ވެސް ބައްދަލުކުރުމަށް ހަރަކާތެއް ހިންގާފައެވެ. އިބޫއަށް ހުރަސް އެޅުމަށް މަސައްކަތްކުރިއިރު، ހުޅުމާލޭގައި ކެމްޕެއިން ކުރައްވަމުން ގެންދެވި އެމްޑީޕީގެ އިސް ބޭފުޅުންގެ ގަޔަށް ކަޅުތެޔޮ ވެސް ވަނީ ޖަހާފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާތަނަށް ރަސްމީކޮށް އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވަނީ އިބޫ އަދި ރައީސް ޔާމީނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސ

    އިބޫއަކައް އައްޑޫސިޓީ އަރުވާކައްއަހަރެމެން ބޭނުމެއްނޫން

  2. sandhuvaa

    ރަނިންމޭޓަކާނުލައި ކެމްޕެއިން ކުރުމަކީ އަރަތެއް. ހައްތާވެސް ޔަހޫދީ ރޭވުން. އިބޫފަދަ ރިވެތި އަޚުލާޤީ ބޭފުޅުންވެސް އަގުވެއްޓެނީދެއްތޯ؟

  3. ރޮކަބައި

    ކެންޕެއިން އަށް އިބޫ އައްޑޫ ސިޓީއަށް އަދި ފުވަމުލަކަށް ވަޑައިގަންނަވަނީ ނަމަ އެމެންނަށް އެރަށް ރަށުގައި ވެސް ޑޯރ ޓު ޑޯރ ކެމްޕެއިން ޖެއްސިގެން ނުވާނެއޭ ޔޭއް އީޔޫ މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދު ބޮއި ކޮޓް ކުރަން ގޮވާލާ ޕާރޓީ އެއްގެ ބަޔަކަށް ރާއްޖޭގައި ކެމްޕެއިން ކުރަން ޖާގަ ދީގެން ނުވާނެއޭ އެމެންނަށް ޖެހޭނީ އެދޮރު ބަންދު ކުރަންއޭ އެނޫން ނަމަ ރާއްޖޭގެ މިނިވަން ކަން ގެއްލިގެން ގޮސް ރާއްޖެ މިހާރު ޔަމަން އޮތް ހާލަތަށް ބަދަލު ވެގެން ހިނގައިދާނެއޭ އޯއް އޯއް އޯއް ރޮކަބައި ރޮކަބައި...

  4. ކަޅުތެޔޮ އިބޫ

    އަވަހަށްދޭ ގޮސް ތިނަގާ ފޮޓޯއެއް އަވަހަށް ނާގާފަ އީޔޫ އަށް ފޮނުވާ

  5. ޙަފްޞާ / މާލެ

    ތިޔަ ދެ ސިޓީއަށް އަރާލުމުން ފެންނާނެ ރައީސް ޔާމީން ގެނެސްފަހުރި ތަރައްޤީ! އަވަހަށް ދޭ! ތަރައްޤި ނުބަލަން ތިބޭމީހުނަށް ތިޔައީ ރަނުގެ ފުރުޞަތެއް!

  6. ސ

    ރާއްޖޭގެއަގު ބޭރުދުނިޔޭގައި ވައްޓާބަޔަކައް އަހަރެމެން ރައްޔަތުން ވެރިކަން ހަވާލު ކުރާކައް ނުޖެހޭނެ

  7. އަކަރަކަރަ

    އައްޑޫ ސިޓީ އެއީ ވަކިމީހެއްގެ އަމިއްލަ ތަނެއްނޫން، ހުރިހާއެއްމެންނަށްވެސް އެރޭނެ،