މާފުށި ޖަލުން 63 ގައިދީއަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކަރެކްޝަންއިން މިރޭ އާއްމުކޮށްފައިވާ މައުލޫމަތަށް ބަލާއިރު، 63 ގައީދަކު މި ވަގުތު ފައްސިވެ ފަރުވާ ދެމުންދާއިރު، ޖުމުލަ 419 ގައިދީއަކު އެކަހެރިކޮށްފައިވެއެވެ.

މީގެ އިތުރުން ފަސް އޮފިސަރަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.

މާފުށި ޖަލުގައި އަނެއްކާވެސް ކޮވިޑް ފެތުރެމުންދާއިރު، އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުގައި ބަހައްޓާފައި ތިބި މީހުނަށް އާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުމާއި، ކޯޓުގެ އަޑުއެހުންތައް ގެންދަނީ އޮންލައިންކޮށެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ މިހާރު ޖަލު ވަނީ ކުއްލި ހާލަތައް ގެނެސްފައެވެ.