22:01

އައްޑޫން އިތުރު 78 މީހުން ކޮވިޑަށް ފައްސިވެއްޖެ.

21:26

ޖޯންސަން ވިދާޅުވަނީ ޕާޓީ ބޭއްވުން ގަވައިދާއި ހިލާފުކަން ނޭނގޭ ކަމަށް.

16:44

16:13

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ އޮމިކްރޮން އަށް ހާއްސަ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އިންޑިއާއިން ފަށައިފި

14:42

އިންޑިއާގެ ބިހާރްއަށް ނިސްބަތްވާ ޑޮކްޓަރަކު ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ފަސް ޑޯޒް ޖެހި މައްސަލައެއް ބިހާރް ސަރުކާރުން ތަހުގީގު ކުރަން ފަށައިފި

08:49

ކޮވިޑްގެ ހާލަތު ގޯސްވެ ރާއްޖެ "ރެޑް އެލާޓަށް"

08:15

ކޮވިޑް ވެކްސިންގެ ތިން ޑޯޒް ޖަހާފައި ވަނިކޮށް އެމެރިކާ ސިފައިންގެ ވެރިޔާ ފައްސިވެއްޖެ

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖޭގައި ވަކި އިތުރު ފިޔަވަޅެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

މިއަދު ރާއްޖެ އިން އިތުރު 1420 މީހުން ކޮވިޑަށް ފައްސިވިއެވެ. މިއަދު މާލެ އިން 826 މީހުން ފައްސިވިއެވެ. އިއްޔެ މާލެ އިން ފައްސިވީ 575 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 346 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ 84 މީހުންނެވެ. އިތުރު އެކަކު ސަފާރީތަކުން މިއަދު ފައްސިވިއެވެ. އަދި ސުންކު ނެގި ވަކި ރަށެއް ނޭނގޭ 163 މީހަކު މިއަދު ފައްސިވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ޓެސްޓް ކުރީ 6456 މީހުންނެވެ. އޭގެތެއިން %22 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިހާރު ތިބި ކޮވިޑް ބަލި މީހުންގެ އަދަދު 6993 އަށް އަރައެވެ. މިއަދަކީ ޖޫން މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖޭގައި ކޮވިޑް ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

ކޮވިޑް ބަލި މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ނިސްބަތުން މަދެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 32 މީހުންނަށެވެ. މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖޭގައި 7000 މީހުން ކޮވިޑަށް ފައްސިވެފައި ތިބިއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ މީހުންގެ އަދަދު 60 އަށް ވުރެ ގިނައެވެ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އޭރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މެއި 20 ވަނަ ދުވަހު އެވެ. އެދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 2194 މީހުންނެވެ. މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު އެއްދުވަސް ތެރޭގައި ފައްސިވާ މީހުންގެ އަދަދު ދެހާހަށް ވުރެ މައްޗަށް ދިއުން ވެސް އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދް

    ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖޭގައި ވަކި އިތުރު ފިޔަވަޅެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
    ————————
    ވަޤުތު ނުޙުން ފިއަވަޅު އަޅަންވީނު!

    3
    2
  2. ޙަަަހަ

    ފިޔަވަޅެއް ނެތް އެޅޭކަށް ، ރައްޔިތުންނަށްވުރެ ، ރަންގޮނޑި މާމުހިއްމު

    10
  3. ލަންސިމޫ

    ކިތަންމެ ގިނަވިއަސް ސްކޫލް ކުދިންނަށް އިތުރު ގޮތެއް ނެތް ހަފްތާގެ ހުރިހާ ދުވަހު ދާންޖެހޭ އިރު ފެރީ ތަކާ ބަހުގަ ދަތުރު ކުރަން ޖެހޭ މީހުން ގިނަ މިހާލަތުގަ ސްކޫލް ކިޔެވުން އޮންލައިން ކޮށްދެއްވަވާ