ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރެސްޓްރިކްޝަން ލެވެލް އޮރެންޖުން ރަތަށް ރޭ ބަދަލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން (ތަހޭ) "ވަގުތަށް" މިއަދު ވިދާޅުވީ ރެސްޓްރިކްޝަން ލެވެލް މަތި ކުރަން ޖެހުނީ ކޮންމެ ދުވަހުން ދުވަހަށް ކޮވިޑް-19 ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ކަމަށެވެ. އެގޮތުން މި ފަހަކަށް އައިސް ދުވާލެއްގެ މައްޗަށް އިތުރު 200 މީހުން ކޮވިޑަށް ފައްސިވެ، އަދަދުތައް ވަރަށް މަތީގައި ހުރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"ރަތަށް ބަދަލު މިވީ، އާންމުން މިހާރަށް ވުރެ ބޮޑަށް ވެސް ސަމާލުވުމުގެ ގޮތުން. ކޮވިޑްގެ ވަރަށް ބޮޑު އިތުރުވުމެއް މި ފެންނަނީ މި ފަހުން، އެހެންވެ، ރަތަށް ބަދަލު ކުރީ،" ތަސްލީމާ ވިދާޅުވިއެވެ.
އެޗްޕީއޭގެ އުސޫލުގައި ރެސްޓްރިކްޝަން ލެވެލް ރަތަށް ބަދަލު ކުރަނީ ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފަށައި ނުރައްކާތެރި ހާލަތަކަށް ވެއްޓުމުންނެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތުގެ ރެސްޓްރިކްޝަން ލެވެލް އޮރެންޖުގައި ހުރެފައި، ރަތަށް ބަދަލުވާން ނެގީ އެންމެ ދުވަހެކެވެ. މިދިޔަ އާދިއްތަ ދުވަހު 1،209 މީހުން ކޮވިޑަށް ފައްސިވި އިރު، ރެސްޓްރިކްޝަން ލެވެލް ހުރީ އޮރެންޖު ކުލައިގައެވެ. ރެސްޓްރިކްޝަން ލެވެލް ރަތަށް ބަދަލު ކުރީ ޖެހިގެން އައި ދުވަހުއެވެ. އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެކަނި ވެސް 1،420 މީހުން ކޮވިޑަށް ފައްސިވިއެވެ.
އެލާޓް ލެވެލް އޮރެންޖަށް ބަދަލުކުރަނީ ބަލި ފެތުރިފައިވާ ސަރަހައްދަކަށް ދަތުރުކޮށްގެން ބަލިޖެހޭ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭ ހާލަތުގައެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ކޮވިޑްގެ ރެސްޓްރިކްޝަން ލެވެލް ހުރީ އޮރެންޖު ކުލައިގައެވެ. އަދި ޖެނުއަރީ ނުވަ ވަނަ ދުވަހު ހުރީ ރީނދޫ ކުލައިގައެވެ.
ކޮވިޑް ނަންބަރުތައް އެކި ދުވަސްތަކުގެ މަތިން:
- ޖެނުއަރީ 17، 2022: 1،420 ވޭދަނަ.
- ޖެނުއަރީ 16، 2022: 1،209 ވޭދަނަ.
- ޖެނުއަރީ 15، 2022: 954 ވޭދަނަ.
- ޖެނުއަރީ 14، 2022: 967 ވޭދަނަ.
- ޖެނުއަރީ 13، 2022: 816 ވޭދަނަ.
- ޖެނުއަރީ 12، 2022: 536 ވޭދަނަ.
- ޖެނުއަރީ 11، 2022: 592 ވޭދަނަ.
- ޖެނުއަރީ 10، 2022: 454 ވޭދަނަ.
- ޖެނުއަރީ 9، 2022: 384 ވޭދަނަ.
މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އޭރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މެއި 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 2،194 މީހުންނެވެ. އެ ދުވަސް ވަރު ވެސް އެލާޓް ލެވަލް ހުރީ ރަތުގައެވެ.
އެޗްޕީއޭގެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން މިހާތަނަށް 105،001 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 6،456 އަށް އަރައެވެ. މި ފަހަކަށް އައިސް އެންމެ ގިނަ އަދަދެއްގެ ބަޔަކު ބަލި ޖެހެމުން އަންނަނީ މާލެ ސިޓީންނެވެ.
އެކަމަކު، ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ. މިވަގުތު ކޮވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުން އަންނަނީ އެންމެ 32 މީހުންނެވެ. ކޮވިޑް ޖެހިގެން 97،730 މީހުން ރަނގަޅުވި އިރު، މި ބަލީގައި 265 މީހުން ވަނީ ނިޔާވެފައެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ރާއްޖޭގައި ގޯސްވެފައި މިވަނީ އޮމިކްރޮން ވޭރިއަންޓުގެ ސަބަބުން ކަމަށް ބެލެވެއެވެ. މި ވޭރިއަންޓްގެ ގިނަ ވޭދަނަތަކެއް ރާއްޖެ އިން މި ފަހުން ވަނީ ފެނިފައެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހާމަ ކުރި ގޮތުގައި އޮމިކްރޮން ޖެހުނު އަށް ދިވެއްސަކު ވަނީ ފެނިފައެވެ. އެއީ މާލެ އިން ހަތަރު މީހަކާއި ކ. މާފުށިން ތިން މީހަކާއި ދ. ކުޑަހުވަދޫން އެކަކެވެ. މި އަށް މީހުންގެ އިތުރުން ރާއްޖެ އައި ފަތުރުވެރިންތަކެއްގެ ގައިން ވެސް އޮމިކްރޮން ވަނީ ފެނިފައެވެ.
ރާއްޖެ އިން މިމަހު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު 8،964 އަށް އަރައެވެ. ފާއިތުވި އެއްހަފްތާގެ ތަފާސް ހިސާބަށް ބަލާއިރު ރާއްޖެ އިން ދުވާލަކު އެވްރެޖްކޮށް 927 މީހުން ކޮވިޑަށް ފައްސިވެފައިވެއެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖޭގެ ހާލަތު އެންމެ ބޮޑަށް ގޯސްވިއިރު ވެސް ރާއްޖެ އިން ދުވާލަކު އެވްރެޖްކޮށް ކޮވިޑަށް ފައްސިވެފައި ވަނީ 1،115 މީހުންނެވެ.
ކޮވިޑްގެ ނަންބަރުތައް އިތުރުވަމުން ދިޔަ ނަމަވެސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަދި މާ ބޮޑު ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.
ދިވެހިރާއްޖެ އަކީވަރައް ވަސީލައްތަމަދު މަދުމީސްކޮޅެއް ދިރިއުޅެމުންއަންނަ ގައުމެއްކަމައް ވީހިނދު ސިޔާސީމީހުން ސިޔާސީބޭނުމައްޓަކާ ބަލިއައްނުވިސްނާ މަގުމައްޗައްރައިޔެތުންނެރެގެން ޖަހާސަކަރާތުގެސަބަބުން ދިމާވާކަންތައްތަ މިހިރަފެންނަނީ މިކަމުންވެސް އެންމެބޮޑުގެއްލުމެއްވާނީ ދެރަނިކަމެތި ރައިޔެތުމީހާއައް.
މިކަމުގެ ޒިންމާ މިސަރުކާރުން ނަގަންޖެހޭނެ.ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މިހާހިސާބަށް މިކަން ދިޔައީ.އޮޅުވާލައިގެން މިކަމުން ނާޖާއިޒު ފައިދާ ސަރުކާރުގެ އިސްވެރިން ނަގަން އުޅުމުގެ ނަތީޖާ މިފެންނަނީ.އަދިވެސް ކޮންމެ ރަށަކުން ކަޅުކޮތަޅުލީ ފުޅިމަދު ފޮށީގަ ޓެސްޓް ހެދުމަށް މާލެފޮނުވަނީ..ވެންޓިލޭތަރުތަކަށް ވީ ގޮތެއްނޭގުނު.ޓެސްޓް ހެދުން އިންތިހާއަށް އަގުބޮޑު.
ރަތަށް ދިޔަ ކަމަކަށް ޤަބޫލެއް ނުކުރަން..ރަތަށް ދިޔަނަމަ އޮފީސްތަކާ ސްކޫލުތަކާ ކެފޭތައް ވެސް ބަންދުވާނެ، މީހުންނާ އެންމެ ގިނައިން ކޮންޓެކްޓްވާ ތަންތަނަކީ އެއީ
ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު ރާއްޖެތެރޭގެ ބައެއް ރަށްރަށުގެ ކޮވިޑް ޓާސްފޯސް ވަނީ ބޭނުން ކެނޑިފައެވެ. އާންމު ރައްޔިތުން ކަންކުރަނީ އެމީހަކު ބޭނުން ގޮތަކަށެވެ. ރޯގާ ޖެހި ބާރުވިޔަސް ޓެސްޓެއް ނުކުރެއެވެ. ޕޮޒިޓިވްވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވުމާގުޅިގެން ކަރަންޓީނުވާން އެންގިއަސް ކަރަނޓީނެއްވެސް ނުވެއެވެ. ކަރަންޓީނު ނިމޭ މުއްދަތު ހަމަވުމުން ސާންޕަލް ނަގަން އެންގުމުންވެސް ނުނަގާނަމޭ ބުނެސާންޕަލެއް ނުނަގައެވެ. މަގުތަކާ ހޮޓާތަކާ ކުޅޭ ބިންތަކުގައި އެމީހަކު އުޅެނީ އުޅޭނެ ގޮތަކަށެވެ.
ދެންފަހެ އިސާހިތަކު މި އަހަރުގެ ބަޖެޓް ވީނުވީއެއް ނޭގި ހުސްވެއްޖެއެވެ.
މީމިސަރުކާރުން ކުރުވިކަމެއް ހަވާއަރުވާ ނައިޓު މާކެޓުތަށްބާއްވާ ޚުދު ރައީސްވެސް ރާއްޖޭގެވރަށް ރަސަށް ހައްދެއްނެތި ގިނަބަޔަކު ގޮވައިގެން ދިއުންފަދަ ކަންކަމުގެ ނަތީޖާ މިފެންނަނީ!
ރައްޔިތުން ރަތަށްއެރިތާ ކޮންދުވަހެއް
އެއްބަޔަކު ހަވާއަރުވާ ޝޯވ ބާއްވަނި އަނެއްބަޔަކު ދެއިރު ދެދަޅައަށް މުޒާހަރާއަށް އެއްވަނި ރައްޔިތުންނަށް ހެވެއްއެދޭ ބަޔަކު އުޅޭހެން ހިއެއްނުވޭ
ރާއްޖޭގެ ރައްޔިތުން މިސަރުކާރުދެކެ ރުޅިއަރާ މިހާރުތިބީ ރަތުގަ
ރަތަށް އެރިޔަސް ކަޅަށް އެރިޔަސް ބަދަލް ވަނީ ކޮން ކަމެއްތޯ.
ސްކޫލްތަކަށް ކުދިން ގެންދިއުމުގަ ކިހިނެތްތޯ ގައި ދުރު ކުރެވެނީ އެކަމެއް އެގޮތަކަށް ނުވެޔޭ އިނގޭތޯ ފެރީތަކުން ބަސް ތަކުން ކުރިޔެކޭ ތަފާތެއް ނެތް
އަދި 8 ވެކްސިން ކަނޑާލާ.
ސަރުކާރުމްވެސް ގޯސް ހެދިއްޖެ. އެކަމް މިކަން ކޮންޓްރޯލް އިން ގޮސްސަ އެވަނީ ފަރުދީ ޒިމްމާވެސް ނެތީމަ. ނުކުރަން ބުނާ ކަމެއް ކުރާނެ، ކުރަން ބުނާ ކަމެއް ނުކުރާނެ. ތިމާގެ ސިއްހަތައް ތިމާ ނުބެލި ވަރަކަށް އެހެން މީހަކުވެސް ނުބަލާނެ. އެމްމެން އެކައްޗެއް ކިޔައިގެން ވާނީ. އެހެން ނޫނީ ދާނީ ގޯގުން ގޯހައް. މިވަގުތައް ސިޔާސީ ވިސްނުން އެއްފަރާތް ކޮއްފައި މިކަމުން އަރައިގަންނަން މަސައްކަތް ކުރަމާ ހިނގާ. ސިޔާސީ ހަޅޭ ލެވިދާނެ ފަހުންވެސް. މި ބަލިމަޑުކަމުން އަރައި ނުގަނެވުނީމަ ލިބޭ ގެއްލުން މާބޮޑު.
ރަތަށް އެރިޔަސް ހޮޓާތައް ބަންދުނުކުރާތި އޭރުން މިކަން ކޮޓްރޯލްކުރަން ފަސޭހަވާނެތާ.