މާލެ ސިޓީ ކައުންސިލުން މާލެ އަށް ގެންނަން ބޭނުންވާ ތަރައްގީ އާއި މާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ކުރާ މަސައްކަތަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ނަމަ އެކަން ކުރުމަށް ދަތިތަކެއް ދިމާވާނެ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ސިޓީ ކައުންސިލްގެ ފަސް އަހަރުގެ ދައުރުގައި ކުރުމަށް ރާވާފައިވާ ކަންކަން ހިމަނައިގެން "ލޭންޑް ޔޫސް ޕްލޭން" ވަނީ އެކުލަވާލައިފައެވެ. މިއީ ސިޓީ ކައުންސިލަކުން ފުރަތަމަ ފަހަރަށް އެކުލަވާލި ޕްލޭނެވެ. މި ޕްލޭންގައި މާލޭގެ ހާސްކަން ކުޑަކޮށްލަން ބޮޑެތި އެތައް ކަމެއް ކުރަން ނިންމާފައިވެއެވެ.

މި ޕްލޭންގައި އެންމެ ބޮޑު ބަދަލަކަށް އަންނާނީ މާލޭގެ ޕޯޓު ސަރަހައްދެވެ. އެ ސަރަހައްދު ބަދަލުކޮށްލާނީ އެންޓަޓައިންމެންްޓް ހަބަކަށެވެ. އެއާއެކު ޔޮޓް މެރީނާއަކާ އެކު ކްރޫޒް ޓާމިނަލެއް އޮންނާނެއެވެ. އެ ޕްލޭންގައި ރިހިޖެހިކޮއްޓާއި އާޓިފިޝަލް ބީޗު އިތުރަށް ތަރައްގީ ކުރުމަށާއި ސިނަމާލެ އެކެއް އަދި ދޭއްގެ ފްލެޓުތައް އަލުން ތަރައްގީކުރުމަށާއި 2،000 އާއިލާއަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ވެސް ނިންމާފައިވެއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ.. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ކައުންސިލް އިންތިހާބުގެ ކެމްޕޭނު ދުވަސްވަރުވެސް މުއިއްޒު ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ ސިޓީ ކައުންސިލުން ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ.

އެކަމަކު މުއިއްޒު "ވަގުތަށް" އިއްޔެ ވިދާޅުވީ ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުން ނުލިބޭތީވެ ގިނަ ކަންތައްތަކަކަށް ބުރޫއަރާފައިވާ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކުގެ ލިސްޓަކާއިއެކު މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްވި އުއްމީދަކީ ސިޓީ ކައުންސިލުން އެދުނު ކަންތައްތައް ކޮށްދެއްވާނެ ކަމެވެ.

"ރައީސް ވިދާޅުވީ ހުރިހާ ކަމެއް ކޮށްދެއްވާނަމޭ. އަދި އެއްވެސް ކަމެއް ކޮށް ނުދެއްވާ" މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް ކަމެއް މިއަދާ ހަމަޔަށް ކޮށްދެއްވާފައި ނުވާތީވެ ސަރުކާރުން ކައުންސިލާ މެދު ސިޔާސީ ނަޒަރުކަން ދެކުމުގެ ޖާގަ އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އިދިކޮޅުގެ މެޖެރިޓީ އޮންނަ ކައުންސިލަކަށްވިޔަސް ކަންތައް ކޮށްދިނުމުން އޭގެ ފައިދާ ހަމަވާނީ ސަރުކާރަށްކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން ނުލިބޭހާ ހިނދަކު ކަނޑައަޅާފައިވާ ސްޕީޑުގައި ކަނޑައަޅާފައި ހުރި ގޮތަށް މަޝްރޫއުތައް ކުރިއަށް ނުގެންދެވިދާނެ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ބޭނުންވެދާނެ މި ވެނި މަޝްރޫއުއެއް މިވެނި ދުވަހެއްގައި ފެށޭނެ ކަމާއި އެއަށް ނަގާނެ ވަގުތު" ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ވަގުތު" އަށް އިންޓަވިއު ދެއްވަނީ.. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އެއަށް ފަހު މުއިއްޒު މިސާލު ނެންގެވީ ސިޓީ ކައުންސިލުން ކުންފުންޏެއް ހަދަން އެދުމުން އެކަން ކޮށްދީފައި ނުވުމެވެ. އެ ހުއްދަ ދެއްވިނަމަ ކައުންސިލްގެ ޕްލޭންގައި ހުރި ގިނަ ކަންތައް ހުންނާނީ ފުރިހަމަވެފައި ކަމަށް ވިދާޅުވިއެވެ. ސިޓީ ކައުންސިލަށް ފައިސާ ލިބެނީ ބްލޮކް ގްރާންޓާ ކައުންސިލުން ހޯދާ މެދުވެރިކޮށް ލިބޭ އަމްދަނީންނެވެ.

"ލިބެން ޖެހޭ އާމްދަނީ ނިމިފައި ހުރީ. ގާނޫނީ ހަމަތަކުން ހަވާލުކުރާނަމަ އެބަ ހުއްޓޭ، މިއަދާ ހަމަޔަށް ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައި ހުރި ޑެޑްލައިންގެ ތެރެއިން ކުރެވިދާނެ. ކުރެވިފައި ހުންނާނެ. އެތައް ކަމެއް އެބަހުރި އެ ދަތިތައް ސަރުކާރުން ނުހިފެހެއްޓިނަމަ" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޓީޖެޓީން ލިބެންޖެހޭ އާމްދަނީވެސް ނުލިބޭ ކަމަށެވެ. ޓީޖެޓީއަކީ ކައުންސިލްގެ އިހުތިސާސް ތެރޭގައި ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏަސް އެތަން ނެގުމުގެ ބާރު އޮތީ ހަމައެކަނި ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ. މުއިއްޒު ވިދާޅުވީ ކައުންސިލްގެ އޮފީސް އިމާރާތް އަޅަން ލިބެން ޖެހޭ ބަޖެޓަށް އެދިގެން ވެސް އެކަންވެސް އަދި މިހާތަނަށް ކޮށްދީފައިނުވާ ކަމަށެވެ.

އެންމެ އާބާދީ ބޮޑު ދާއިރާއަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްނުދޭން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް މާލޭގެ މޭޔަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙަސަނު

    ފުރަތަމަ އުޅުނީ ރައީސްވެސް އަމަލުކުރަންޖެހޭނީ ތިމަންނަބުނާ ގޮތަށް ކަމަށްދެކިގެން. މިހާރުއެބަ ވިސްނޭދޯ.

    6
    13
  2. ގަލަން ތުނޑުވވޮކދހސކސނސމ

    ހަމަ ދެފައިތުރުތުރު އަޅަނީވވވވ

    6
    1
  3. ހަސަދު

    ސަރުކާރުގެ އެހީ ލިބުނު ދުވަހު ނެންގެވީ ކަޓް. ދެން މިއަދު އެހީ ލިބުނަސް މާކަ ބޮޑު ކަމެއް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ.

    3
    12
  4. ލޮލރީ

    ތިރިން މައްޗަކަށް އަމުރެއް ނުހިނގާނެ. ބޮލުރޮދި ކެނޑިފަ ހުންނަ މޭން އެއް. މަޑުމަޑުން ތިބޭފުޅާ ސައިޒުވާތަން އެބަފެނޭ.

    3
    9
  5. ދުރުމި

    އެހެނެންނުން އެހެން ސިޓީ ކައުންސިލަރުންނާއި މުއިޒް އާއި ހުރީ ތަފާތު އަކީ މުއިޒް އަކީ ތަޖުރިބާ ހުރި ފަންނީ ދާއިރާއިން ކިޔަވައިގެން ހުރި މޮޅު މީހަކަށް ވުން ކަންކަން ކުރަންވީ ގޮތް އެނގި އެވާހަކަ ތަށް ސަރުކާރަށް ހުށަހެޅުން އެއީ ގާނޫނުނީ ގޮތުން ކައުސިލަށް ލިބިފައިވާ ބާރުގެ ދަށުން އެހެން ނަމަވެސް މި ސަރުކާރުން ބޭނުންމެއްނޫން މާލޭގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮއްދޭކަން މެޖޯރިޓީ ނުލިބި ނޭކިޔާފަ ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ކޮއްދޭކަން ބޭނުމެއް ނޫން.

  6. ސުވޭސް

    ވަޤުތު ނޫހުން މުއިއްޒު ކުރެން އަހާބަލަ އޭނަ މިނިސްޓަރަޓަކަށް ހުރި ސަރުކާރުން ކައުން ސިލް ހިންޤަން އެހީތެރޮ ނުވީ ކީވެތޯ ، މިކަހަލަ ކޮސް ނުގޮވާށޭ

    4
    4
  7. ޚިޔާލު 2

    ކައުންސިލާ ސަރުކާރުވެސް ރައްޔިތުންގެ ކަންކަމުގައި އިޚްލާސްތެރިކަމާއިއެކު އެއްބަޔަކު އަނެތްބަޔަކަށް އެހީތެރިވުން ވާޖިބުވެގެން ވެއެވެ. އެއްވެސްބަޔަކު އަނެތްބަޔަކަށް ޖެއްސުންކޮށް ދުނިޔެއާއި އާޚިރެއް ގެއްލުވާލުމަކީ މޮޔަކަމެކެވެ.

  8. ދެންހަމަ

    ދަންނަވަންތޯ ވެރިކަންލިބުނަސް ހަށިފުއްޕާފަ ތިހެން ގަނޑިބަސްނުބުނޭ ވެރިކަން ދެއްވަނީވެސް މާތްﷲ އެގެންދަންދަވާނީ މާދަމާނޫންކަމެއްވެސް ނޭތްގޭނެ ތަންކޮޅެއް މައިތިކޮއް މާތްﷲ ގެ އަޅެއްގެ ގޮތުގައި ހުރެވޭތޯބަލާބަލަ.

  9. ހަންހާރު

    މާލޭގެ42މިސްކިތް މަރާމާތުކުރުމަށް 1މިލިޔަން ރުފިޔާ މުލީއާގެ ފާހާނާ ސާފުކުރަން 10 މިލިއަން ވީމައޯކޭ!