ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްގެ ބައެއް ވައުދުތަކުގެ މައްސަލަ ހުށަހަޅައިފިނަމަ އެ މައްސަލަ ބަލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޕީން ރޭ ބޭއްވި ޖަލްސާއެއްގައި، ހަންނާންގެ ވައުދުނާމާ ވަނީ އިފްތިތާހްކޮށްފައެވެ. އޭގައި ކޮންމެ އަހަރެއްގެ ރޯދަ މަހު ކޮމަންޑުއާއި މަރޮށިންނާއި، ފޯކައިދޫއިން މީހަކު އުމްރާއަށް ފޮނުވުން ހިމެނެއެވެ. އަދި ދެ މިލިއަން ރުފިޔާގެ ފަންޑެއް އުފައްދައިގެން ލޯނު ދިނުން ވެސް ހިމެނެއެވެ.
މި ކަމާއި ގުޅިގެން "ވަގުތު" އިން ކުރި ސުވާލެއްގެ ޖަވާބުގައި އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ، އެފަދަ މައްސަލައެއް އީސީއަށް އަދި ހުށަހެޅިފައި ނުވާ ކަމަށެވެ. އީސީއަށް އެފަދަ މައްސަލައެއް ހުށަހެޅުމުން އެ ކަމެއް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އީސީއަށް މައްސަލަ ހުށަހަޅަން އޮންނާނެ ފޯމެއް، އެ ފޯމު ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ، ތި މައްސަލަ ވެސް ހުށަހެޅުމުން އީސީން ބަލާނެ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، ދާއިރާގެ ވަކި މީހަކަށް ވަކި ކަމެއް، ނުވަތަ ވަކި ބަޔަކަށް ވަކި ކަމެއް ކޮށްދޭން އިންތިޚާބީ ވައުދެއްގެ ގޮތުގައި ހުށަނޭޅުއްވޭނެ ކަމަށެވެ. އެއީ އިންތިޚާބީ ގާނޫނުތަކާއި، ކޮރަޕްޝަންގެ ގާނޫނާއި ޚިލާފު އަމަލެއް ކަން އޭނާ ވެސް ފާހަގަ ކުރެއްވިއެވެ.
އާންމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް މިފަދަ ވައުދުތައް ކެންޑިޑޭޓުން ހުށަހަޅައެވެ. މިފަދަ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލައެވެ. އެހެންނަމަވެސް، މެންބަރުން އިސްތިއުފާ ދެއްވުމުން އޭސީސީ މި ވަގުތު އޮތީ ވެސް ގާނޫނީ ހުސްކަމެއްގައެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިސްވެ އުފައްދަވާފައިވާ އެމްއެންޕީން ވާދަކުރައްވާ ހަންނާންއަކީ ތައުލީމީ ދާއިރާގައި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޑީޕީން ވާދަކުރައްވަނީ ށ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރާޝީދެވެ. ރާޝިދަކީ މިދިޔަ ތިން ދައުރު (ނުވަ އަހަރުގެ މުއްދަތަކަށް) ފޯކައިދޫ ކައުންސިލްގެ ރައީސް ކަން ވެސް ކުރެއްވި ބޭފުޅެކެވެ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ކުރެއްވި މޫސާ ފަތުހީއެވެ. ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ފަތުހީ ވަނީ ށ. އަތޮޅު ކައުންސިލްގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.
އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވެ އެ ގޮނޑި ހުސްވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އާލާސްކަންފުޅެއްގައެވެ.
ތިޔައީ މައްސަލަބަލާގޮތެއްނޫން. ތިކަން ކުރަންޖެހޭނީ އަމިއްލައަށް އިސްނަގައިގެން. ތިޔައީ 70 ގެ އަހަރުތަކުގައި ކަންކުރިގޮތް. ޒިންމާދާރުކަމެއް ނެތީ، ކައިގެން ތިބޭ ބައެއް
ފުއާދުބޭ އެތަނަށް ލާފައި އެ ހުންނަނީވެސް ވަކިބައެއްގެ މައްސަލަތައް ބަލަން. ފުއާދުބެއާ ބުނާކަށް ބަތާ ހަލާލުވާވަރުކުރާތި
ކަލޯގަޔާ ކަމަކަށް ބޭނުންވީމަ ، ކޮންމެ ވަޢުދެއްވެސް ވެދާނެ
ވީ ވައުދަކުން މިފަހަރު ތިލިބުނީ ބޮނޑިއެއް ،
މީހަކު ހިތުން ރުހުމުން ބަޔަކަށް ނުވަތަ މީހަކަށް ކަމެއް ކޮށް ދިނުމަށް ވައުދު ވުމަކީ އިލެކްޝަނާއި ބެހެ ކަމެއް ނުން. ބަޔަކު އަތުން ވޯޓު ހޯދަން ދާ މިހާ އެމީހުނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ނުދައްކާ ކިހިނެއް އިންތިހާބަކުން މޮޅުވާނީ. ރައްޔިތުން ތަރައްގީ ވާނީ ރައްޔިތުންގެ ބޭނުން ތައް އެގި އެކމަެއް ކޮށްދެވިގެން. މީހަކު ހައްޖަށް ފޮނުވާނަމޭ ބުނުމަކީ އަދި މައްސަލަ ބަަންޖެހޭ ވަރު ކަމެއް ނޫން. އޭނަ އެބުނަނީ ވަކި ބަޔަކު އައްޔަން ކޮށްފަ އެބައެއްގެ ވާހަކައެއް ޏުން. އެބުނަނީ އެ ރަށްތަކުން ހޮވާލެވޭ އެކަކު ހަެއްޖަސް ފޮނުވާދޭނަމޭ. އެހެޔޮ ދުވަހަކު ވޯޓެއް ނުދިނަސް. ހޮވާލެވެ މީހާ ހަމަ އިދިކޮޅަށް ވޯޓު ދިނަ މީހަކަށްވެސް ވެދާާނެއް ނު. ހަމަޖެހިބަލަ ފުވާދޫ.
ޢުމްރާއަށް ފޮނުވުން މައްސަލައެއް؟ ނަމަވެސް
ނަމާދުކުރާނެމިސްކިތެއް އެޅުން މައްސަައެއް ނޫން..؟
ވަޒީފާތައް އުފެއްދުން މައްސަލައެއް ނޫން..؟
ބައެއް ވަޢުދުތައް ކުރުން މައްސަލަދޯ... ސިޔާސަތަކީ ހާދަ ތަފަތު އެއްޗެކޭ
އަސްލުވެސް ހަމަ ތެދެއް. މެމްބަރަކަށް ހުރެ މިއީ އޭނާގެ މުސާރައިން ނުވަތަ އޭނާގެ ޕާޓީތެރެއިންވެސް ކޮށްދެވޭނެކަމެއް. އެކަމު ޤާނޫނީގޮތުންވެސް މެމްބަރުންނަށް ނުކުރެވޭނެ ވައުދުތައް، މިސާލަކަށް ތަރައްޤީގެ މަޝްރޫއުތައް ހިންގަން ވައުދުވުން މިއީ ކުށެއްނޫން ދޯ. މިފަދަ ވައުދުތައް ވުމުން މަޖިލިހާ ސަރުކާރަށް އެކައްޗަކަށް ދޯ މިވަނީ. ވަކިވެފައިވާ ދެބާރަށް ބުރޫއަރާގޮތަށް ކުރާ ވައުދުތައް ބެލުން މާރަނގަޅު
މައްސަލައެއް ހުށަހެޅިއްޖެ ޙާލަތެއްގައި އިންޞާފު ލިބިދެއްވުމުން ފުދެއެވެ. އެކަމަކު މައްސަލަތައް އުފެއްދުމަށް ދަޢުވަތު ދެއްވުމުން ނުފުދެއެވެ.
ފޯޑުބޭ ޒިއްމާ އަދާނުކުރާ މައްސަލަ ކޯޓަށް ވައްދަން މާ ރަނގަޅުވާނެ.
ހެނދުނު ސައިދޭން ބުނި ވައުދުގެ މައްސަލަވެސް ބަލަންވީ ހަދިޕެކްދޭން ވި ވައުދުގެ މައްސަލަވެސް ބަލަންވީ ގަރުދިވައުދުވެސް ބަލަންވީ ކެރޭނެތަ މިކަންކުރަން
ސުވާލަކީ މައްސަލަ ސާބިތުވެއްޖެނަމަ ކެނޑިޑެންސީ ބާތިލުވާނެހޭ؟