ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމި ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ.

ފުއާދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ ދެ މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވައިގެން އާ މެންބަރަކު އިންތިޚާބު ކުރަން އީސީގެ މައްޗަށް ގާނޫނުން ލާޒިމު ކުރެއެވެ. އެހެންވެ އިންތިޚާބު ފަސް ކުރެވެން އީސީއަށް ބާރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ފަސް ކުރެވޭނީ، މިދިޔަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެސް ފަސް ކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސްގެން ކަން ފުއާދު ފާހަގަ ކުރެއްވިއެވެ.

އަދި މާލެ ސަރަހައްދާއި އިންތިޚާބު ބާއްވާ ދާއިރާގެ ރައްޔިތުން ތިބި ރަށްރަށުން ފުރަބަންދު ކުރުމުގެ ވިސްނުމަކަށް ނުދާނަމަ، އިންތިޚާބު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން 2020 ވަނަ އަހަރު ބާއްވަން އޮތް ކައުންސިލް އިންތިޚާބު އަހަރު ދުވަހެއްގެ މުއްދަތަކަށް ފަސްކުރެވިގެން ދިޔައެވެ. 2021 ވަނަ އަހަރުގެ އޭޕްރީލް މަހު އެ އިންތިޚާބު ބޭއްވުނީ އެކި ފަހަރު މަތިން ގާނޫނަށް އިސްލާހު ގެނެސްގެނެވެ. އަދި ކައުންސިލްތަކުގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ވެސް އިސްލާހު ގެނައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވެ އެ ގޮނޑި ހުސްވުމުންނެވެ. ހުސައިން ވަހީދު އުޅުއްވީ ކެންސަރުގެ އަލާސްކަންފުޅެއްގައެވެ.

މި ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި އަލަށް އުފެއްދި އެމްއެންޕީން ވެސް ވާދަކުރެއެވެ. މި ދުވަސްވަރު އޮތީ އިންތިޚާބުގެ ކެމްޕޭން ފޯރި ވެސް ގަދަވެފައެވެ. ތިން ޕާޓީގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ދާއިރާގެ ތިން ރަށުގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އޮތް ގޮތް؛

ރާއްޖޭގައި ކޮވިޑްގެ ހާލަތުގެ ރެސްޓްރިކްޝަން ލެވެލް އޮރެންޖުގައި ހުރެފައި، ރަތަށް ބަދަލުވާން ނެގީ އެންމެ ދުވަހެކެވެ. މިދިޔަ އާދިއްތަ ދުވަހު 1،209 މީހުން ކޮވިޑަށް ފައްސިވި އިރު، ރެސްޓްރިކްޝަން ލެވެލް ހުރީ އޮރެންޖު ކުލައިގައެވެ. ރެސްޓްރިކްޝަން ލެވެލް ރަތަށް ބަދަލު ކުރީ ޖެހިގެން އައި ދުވަހުއެވެ. އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެކަނި ވެސް 1،420 މީހުން ކޮވިޑަށް ފައްސިވިއެވެ.

ކޮވިޑް ނަންބަރުތައް އެކި ދުވަސްތަކުގެ މަތިން:

  • ޖެނުއަރީ 17، 2022: 1،420 ވޭދަނަ.
  • ޖެނުއަރީ 16، 2022: 1،209 ވޭދަނަ.
  • ޖެނުއަރީ 15، 2022: 954 ވޭދަނަ.
  • ޖެނުއަރީ 14، 2022: 967 ވޭދަނަ.
  • ޖެނުއަރީ 13، 2022: 816 ވޭދަނަ.
  • ޖެނުއަރީ 12، 2022: 536 ވޭދަނަ.
  • ޖެނުއަރީ 11، 2022: 592 ވޭދަނަ.
  • ޖެނުއަރީ 10، 2022: 454 ވޭދަނަ.
  • ޖެނުއަރީ 9، 2022: 384 ވޭދަނަ.

މީގެ ކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ މިދިޔަ އަހަރުގެ މެއި މަހުއެވެ. އޭރު އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވީ މެއި 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އިން ކޮވިޑަށް ފައްސިވީ 2،194 މީހުންނެވެ. އެ ދުވަސް ވަރު ވެސް އެލާޓް ލެވަލް ހުރީ ރަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސެން

    އެންޱީޕީ ގޮނޑި ނުލިބިޖެޔާ އެހެން ވީއިރުން ލޮކް ޱައުން ނުވަތަ ކާފިއު އިއލާންް ކުރާނެތާ

    12
  2. ފަވާދު

    އެހެންވީމަ ކޮވިޑެއް ނެތެއްނު..........

    11
  3. މުޖުތަބާ

    ބަލަގަ ކޮވިޑާއި ގުޅިގެން ވިސްނުންތައް ވިސްނާ ގޮތް ނިންމަނީ އެޗް ޕީ އޭ އިންނޭ.. ކޮވިޑް ކޮންޓްރޯލް ކުރުމަށް ލޮކްޑައުންކޮށް ކާފިއު ހިންގަނީ އެޗްޕީއޭއިން ނޭ. ކަލޭ އަނގަ މަޑުންލައިގެން އިނދެބަލަ. ކަލެއާއި ނުބެހޭ ކަންތަކާއި ނުބެހިބަލަ.

  4. އަހުމަދު

    ދަރިންނައް ރަގަޅައް ކިޔެވެންނެއް ކޮރޯނާއިހެދީ
    ރަށަށް ދެވެނީ އެހާހާލުން
    މުއައްސަސާއެއް ބަންދުކޮއްފަ އަހަރުވިއަސް އޯކޭ
    ގޮޑިހުސްވީމަ ދެމަސް ތެރޭ ފުރުވަން ޖެހޭ
    މުޅިގައުމައް ބަލި ޖެހިފައޮތަސް

  5. ނިޒާރު

    އިންތިހާބު އޮތަސް ވޯޓު ލާއް ގޮސްގެންނުނީ! ދެން އެކޯ ވޯޓު ނިލާ އެންމެން ކޮވިޑަށް ފައްސިވޭހެއް! އެޖެންޑާ 19 އަކީ ކޮވިޑު 19 ކަން އޭ މިކޯ އެންމެންނަށް އެނގޭ ހަގީިިގަތައް!

  6. އަހުމަދު

    އަނެއްކާ ވެސް މިޝްކާއެއް ދުނިޔެ ދޫކުރޭތޯތަ ތިއުޅެނީ? އަންތިހަބު ފަސް ކުރޭ.