ކުރީގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާކިލޭގެފާނު (އަމީން ދީދީ) އަވަހާރާކޮށްލި ކަމަށް ބުނާ މައްސަލަ ބަލާނީ ދިރާސާއެއްގެ ގޮތުގައި ކަމަށް ކަނޑައަޅައި އެ ދިރާސާގެ މަސައްކަތް ފަށާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
1953 އިން 2018 އާ ހަމައަށް ދައުލަތުގެ އެތެރެއިން ނިޒާމީ ގޮތެއްގައި ހިންގާފައިވާ ބޭއިންސާފުގެ މައްސަލަތައް ބަލަން އުފައްދާފައިވާ އޮފީހަށް ހުށަހެޅުނު، އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް މައްސަލައަކަށް މި މައްސަލަ ވާނެއެވެ.
މި މައްސަލަ ބަލަން އިންތިގާލީ އިންސާފުގެ އޮފީހުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތަށް އެދުމުން، އެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އައިޝަތު ފަތުހީ "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ ދިރާސާއެއްގެ ގޮތުގައި ބަލަން ނިންމާފައި އޮތުމުން، ދިރާސާ ގެންދާނެ ގޮތުގެ ޑިޒައިނެއް އެކުލަވާލާފައިވާ ކަމަށެވެ.
"ރައީސް އަމީން ދީދީގެ މައްސަލަ ދިރާސާއެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ، ރިސާޗު ޑިޒައިން ނިމި ޑޭޓާ ކަލެކްޝަންގެ މަސައްކަތް މިހާރު ވަނީ ފެށިފައި،" އައިޝަތު ވިދާޅުވިއެވެ.
މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދައުލަތުގެ އެކި ލިޔެކިއުންތަކާއި ކަމާއި ގުޅުން ހުރި ފަރާތްތަކުން ލިޔެކިއުން ހޯދަން ސިޓީ މެދުވެރިކޮށް އެދިފައިވާ ކަން އައިޝަތު ފާހަގަ ކުރެއްވިއެވެ. އެއިން، ބައެއް މައުލޫމާތުތައް އެ އޮފީހަށް މިހާރު ލިބިފައިވާ ކަން ވެސް އޭނާ ވިދާޅުވިއެވެ.
"މީގެ އިތުރުން ބައެއް ފީލްޑް ވިޒިޓް ވެސް އެރޭންޖް ކުރެވި، މިހާރު ދަނީ ކުރިއަށް،" މައްސަލައިގެ ދިރާސާ ގެންދިއުމަށްޓަކައި ބައެއް ތަންތަނަށް ޒިޔާރަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައި އައިޝަތު ވިދާޅުވިއެވެ.
މައްސަލައިގެ ތަހުގީގާއި ދިރާސާ ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތުތައް މީޑިއާއަށް ޚިއްސާ ކޮށްދެއްވާނެ ކަން އެ އޮފީހުން ފާހަގަ ކުރައްވައެވެ.
އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ؛
މި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އެވެ.
ބޮންޑެ ހުށަހެޅުއްވި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ އަމީންގެ ވެރިކަން ނިމުމުގެ ގޮތް ސާފު ނުވުމެވެ. އަމީން އަވަހާރަވެގެން ދިޔައީ ލާއިންސާނީ އަނިޔާތަކުން ކަމަށް ބުނާ މައްސަލަ ކަށަވަރު ކުރުމާޢި އަމީންގެ މައްޗަށް ހިނގި ޝަރީއަތުގެ އިންސާފުވެރިކަން ވެސް ޔަގީން ކުރުމަކީ މައްސަލަ ހުށަހެޅި ސަބަބެކެވެ.
ތާރީޚު ދިރާސާ ކުރާ ފަރާތްތަކުގެ ލިޔެކިއުންތަކުގައިވާ ގޮތުން، ރުޅި ގަދަވެފައި ތިބި އާންމުން ނުކުމެ ރައީސް އަމީނަށް ދިނީ ލާއިންސާނީ އަނިޔާތަކެވެ. އަމީން އަލުން ވެރިކަން ހޯދަން މާލެ އެރި ޚަބަރާއެކު، މީހުން ނުކެމެ، ބަނޑޭރިގެ އަނބުގަސްދޮށުގައި ބިޑި އަޅާފައި ހުންނެވި އަމީން އެ ތަނުން ނެރެ، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާ ކުރިއެވެ.
ޖެނުއަރީ 1953 އިން އޮގަސްޓް މަހަށް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް އަމީންގެ މައްޗަށް ހިނގުނު ޝަރީއަތަށް ފަހު، ހާލުކޮޅު ބޮޑުވުުމުން ވިހަމަނާފުއްޓަށް ގެންދެވުނެވެ. އެއީ މިހާރުގެ ކުރުނބާ ރިސޯޓެވެ. އެ ތަނަށް ސަރުކާރުގެ ހޮސްޕިޓަލުގައި ހުރި ބިދޭސީ ޑޮކްޓަރަކު ގެންގޮސް ފަރުވާ ދޭން ފެށިއެވެ. އެކަމަކު ހާލުކޮޅު ގޯސްވެ ޖެނުއަރީ 15، 1954 ގައި އުމުރުފުޅުން 43 އަހަރުގައި އަވަހާރަވެއްޖެއެވެ.
މިހާރު ހުރި މަރު ކޭސް ތައް ތަޙްޤީޤު ކޮށްނނިމި ކުރާނެ އިތުރު ކަމެއް ނެތީބާ
1988 ނޮވެމްބަރު 3 ގެ 19 ދިވެހިން ގެ ލޭ ދިވެހި ބިމަށް އޮހޮރުވާލި މީހުންގެ މައްސަލަވެސް ބެލެންޖެހޭނެ .... ބަފާބެވިޔަސް އިންސާފް ހަމަ ވާންޖެހޭނެ
19 ދިވެހިންގެ އާއިލާތައް ހައްޤުގައި އެކަން ބަލައިދީ ، ހިންނަވަރު ކަޅު އިބުރޭ ސަރުކާރަކީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް....
އަނެއްކާއަނެއްހަކަންތައްމަތުއްކަލާމަރާލިގޮތްވެސްހޯދަންވީކީކޭބުނާނީ
ދީރާސާކުރުމިން ލިބޭނެ ފައިދާ އެެއއނެތް ސަރުކާރު ބަޖެޓުން ހަރަދު މަސަކަތްކުރާ މުއަށްޒިފުންގެ އެނާޖީ ދިއުން ފިޔަވާ އިތުކަމެއް ނެތް
ކޮންފަދަ ބޭކާރުކަމެއް ، މިހާރު އެކަމާ ގުޅުންހުރި އެއްވެސް ބަޔަކު ދުނިޔޭގައި ތިބީ އަކީވެސް ނޫން ، ދައުވާލިބޭނެ ބަޔަކު ދައުވާ ކުރެވޭނެ ބަޔަކު ތިބީ އަކީވެސްނޫން ،،،، މިއީ ކުޑަކުދިން ކުޅޭ ކުޅިވަރުތަކެއްތޯ ،،،، ހުވަދޫ ބަޢާވާތޭކިޔާފައި ތިނަދޫން މާލެގެންގޮސް މަރުވި އެތެއް ބައެއްގެ މައްސަލަތަކާއި ރާއްޖޭގައި ފުރަތަމަ ބަޑިޖަހާ މަރަންހުކުމްކުރި ހަކީމްދީގެ ގްރޫޕާއި މިހެންގޮސް ކުރިން މަރުވެފައިވާ މިފަދަ އެތެއް ބައެއްގެ މައްސަލަތަށްވެސް ތިކޮމިޝަނުން ބެލޭނެބާ ،،،،
ގެއްލިފައިވާ މީހުނާ މަރާލެވިފައިވާ މީހުންގެ ތެރެއިން ލިސްޓުގެ ހާދަ ކުރިޔަށޭ އަމީން ދީދީ މިއައީ.
އަމީން ދީދީ މަރާލީ ވެރިކަމާހެދި. ފަހަރެެއގަވެސް ދުންފަތް މނަކުރީތީކީއެއް ނޫން. ފިރިހެންކުޅިއާ ދެކޮޅުވީތީކީއެއްވެސް ނޫން. އަންހެންކުދިން ޒަމާނީ ކުރީމަކާއެއްވެސް ނޫން. މިއީ ބުރަވެވޭ ގޮތަކީ.
ވަރަށް ބޮޑު ދިރާސާއެއް ކުރަންވާނެ !
ފަހު ދުވަހުން ތީގަ ވިނުވީ ރަނގަޅަށް އިނގޭނެ. ތިޔަށްވުރެ އިސްކަން ދޭންޖެހޭ ކިތައް މައްސަލަ އެބައޮތް؟
ޣިޔާޘުއްދީން ރަދުން އަވަހާރަކޮށްލި ގޮތް ވެސް ހޯދައި އެ ރަދުންނަށް ވެސް އިންޞާފު ޤާއިމުކޮށްދޭންވާނެ. އަނދިރިއަނދިރިންގެ ދޮންލުއީގެ ދަރިކޮޅު މީހުންނަށް އެކަންޏެއްނޫން އިންޞާފު ހޯދައިދޭންވީ.
ލޮނުޒިޔާރަތްކޮޅަށް އެރި ރަންނަމާރި އަންހެންކުދިން މެރިގޮތް ތިޔަ އޮފީހުން ތަހުގީގުކޮށްދެއްވުން އެދެން...
ގައުމުގާ ފިތުނަ އުފައްދަން ކުރާހާ މަސައްކަތް މީދެން ކިހާ ވަރުކަގަދަ ކަމެއް ކުރާނެކމަެއް ނެތިޔާ އިސްތިއުފާ ދީފަ ގެއްދޭ
ތިޔަޖެހުނީ ދީދީގެ މާހާނަ ކޮންނަން.
ތީ ހަމަ " މަހާނަ މައްޗަށް މަޑިއަށް ޖެހުން " !
އަމީންދީދީގެ ދަރިއެއް ކާފަދަރިއެއް ނޫނީ މުނިކާފަދަރިއެއް ނަމަވެސް އެންމެރަނގަޅު ބޮންޑާއަކީ. އޭނަ މިމައްސަލަ ހުށަހަޅައިގެން ކާކަށް އިންސާފުހޯދަން މިއުޅެނީ. މަފަދަ މައްސަލަތައް ހުށަހަޅާއިރު ކޮންމެވެސް ގުޅުމެއް އޮންނަންޖެހޭނެކަމަށް ފެނޭ. އާއިލާއިން އަމީންގެ މަރުގެ ދިޔަ ހޯދަން ހުށަހެޅިނަމަ ރަނގަޅޭ ބުނެވިދާނެ. އެކަމު ތަހުޤީގެއް ކުރާނީ ކިހިނެއްބާއޭ ހިތަށްއަރާ. ކަންކަން އާކައިވްކުރެވެން ފެށުނީ ވަރަށް ފަހުން. އެހެންވީމާ މީ ވުމަށްވުރެ ނުވުން ގާތްކަމެއް މީ.
ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދުތައްކޮށް އިސްރާފުކުރުން ނޫންކަމެއް މި ސަރުކާރުގައި ނެތް
ޢަނެއްކާ ކޮމިޝަނެއް ހަދައިން ރައްޔިތު މީހާ ލާރި ކޮޅޮ ބަހާލަން ދޯއޭ މިއުޅެނީ!!
ޒާތްޒާތުގެ ކޮމިޝަންތައް އުފައްދައިގެން މިފަދަ ބޭނުމެއްނެތް މައްސަލަތައް ބެލުމުގެ ނަމުގައި ޕާޓީ މީސްމީހުންނަށް ބޮޑެތި މުސާރަތައް ދީގެން ދައުލަތުގެ ފައިސާއިން އިސްރާފު ކުރި މައްސަލަ ދެން އަންނަ ސަރުކާރަކުން ބަލަންޖެހޭނެ.
މީދެން އަނެއް ފައިސާ ގަނޑު ބަނޑު އަޅަން ހިންގާ ޖަރީމާ. މަރުއސިސް ޖެހުނީމަ މަރުވީ އެންގިއްޖެތަ ސަރުކާރު ބީތާތަކައް
ތިޔަ ދިރާސާއިން ފެންނާނީ ދިވެހިރާއްޖޭގައި ވެރިކަމާ ތޮޅުމުގަ ޒަމާނުއްސުރެ އޮތް ސަގާފަތް. ވެރިކަމަށް މީހަކު އަރާއިރަށް ދެންތިބޭ މާލޭގެ ބޮޑު ޢާއިލާއަކުން ތެދުވާނީ ވެރިކަން ފިރުކައިގަންނަން. ހެދުނު އެއްޗެއް ހަދާފަވެސް އެކަން ކުރާނެ. އަމީނު ދީދީ ވެރިކަމުގައި ހުންނަވާފަ ބޭސްފަރުވާއަކަށް ލަންކާއަށް ވަޑައިގަތުމާއެކު ބޮޑުވަޒީރަކަށް ހުންނެވި ވެލާނާގޭ މުހަންމައިދީގެ ބޮލަށް ވެލާނާގެ ނާސިރުއާއި އެފަދަ ބޭބޭކަލުން އެރިގެން ވެރިކަމަށް ވެލާނާގޭ އިބްރާހީމް ދީދީ އަމިއްލައަށް ޙަވާލުވީ. ދުވަސްކޮޅެއް ފަހުން އަމީނުދީދީއަށް އެންގީ މާލެތެރެ ވަރަށް ސަކަރާތޭ އަވަހަށް މާލެއަށް ވަޑައިގަންނަވާށޭ. އޭރުވެސް ނުބުނެ ވެރިކަމުން އަޒުލުކުރި ވާހަކައެއް. ދެން އަމީންދީދީ ކަނޑަށް ޖައްސާ ބޯޓެއްގައި ރާއްޖެ ވަޑައިގަތުމުން ވެލާނާގޭ އިބްރާހީމްދީ ވިދާޅުވީ މާލޭގެ ޙާލަތު އޮތްގޮތުން މާލެއަށް ވަޑައިގަތުން އަދި ރަނގަޅެއް ނޫނޭ އިހަށް ދޫނިދޫގައި މަޑުކޮށްލައްވާށޭ. ދެން ދޫނިދޫގައި އަމީންދީދީ ހިންނަވަނިކޮށް އެއްރެޔެއްގެ ދަންވަރު އަމީނުދީދީގެ ދަނބިދަރި ޙިލްމީ އާއި އެހެން ބޭފުޅަކު ގޮސް ދަންނަވަނީ މަނިކުފާނަށޭ ރައްޔިތުންގެ ތާއީދު އޮތީ މާލެއަށް ވަޑައިގަންނަވާށޭ. ވިދާޅުވެގެން މާލެ ވަޑައިގެން ސިފައިންގެއަށް ވެންނެވީ. މިޚަބަރު ވެލާނާގޭ އިބްރާހީމް ދީދީއަށް ލިބިގެން ގުޅަކުޅޭ ފާސްގަނޑަށް މީހުން އެއްކޮށް ސިފައިންގެ ފާރުމަތިން އެތެރެއަށް ވަދެ އަމީނުދީދީ ބަޣާވާތް ކުރަނީކަމަށް ބުނެ އޭނާ ބިޑިއަޅާ ބަޑިގުދަނަށް ލުމަށް އަމުރުކުރި. ބިޑިއެޅުމަށް ފަހު އިރުކޮޅަކުން ގުޅަކުޅޭ ފަސްގަނޑަށް އަމީންދީދީ ނެރެ އެތައް އަނިޔާއެއް ދިންކަމަށް މީ ތާރީޚުގައި ލިޔެފަ އޮތްގޮތް. ބޮޑުބަނޑޭރިގޭގަ ފަތްޖެހި އެނދެއްގަ އަމީންދީދީ ބާއްވައިގެން އެއްދުވަހެއްގެ 11 ޖެހިއިރު ވެލާނާގޭ އިބްރާހީމްދީދީ އަމީންދީދީގެ މައްސަލަ ތަޙުޤީޤުކުރިކަމާއި އަމީންދީދީ ބަޣާވާތްކުރިކަމަށް އިއުތިރާފު ކުރުވާ ހަމަ އެދުވަހު މައްސަލަ ޝަރީޢަތަށް ފޮނުވިކަމަށާއި، ހަމަ އެދުވަހުގެ ހަވީރު 4 ޖެހިއިރު މަޙުކަމަތުއް ޝަރުޢިއްޔާގައި ޝަރީޢަތް ކުރެވި އަމީންދީދީގެ މައްޗަށް ބަޣާވާތްކުރިކަން ސާބިތުވާކަމަށް ޙުކުމްކޮށް ޢުމުރަށް އަރުވާލުމަށް ނިންމި. އަރުވާލީ ކ. ގާފަރަށް އެތަނުގައި ހިލިހިލާ ޖަހައިގެން ގެންގުޅެނިކޮށް އަމީންދީދީ މާބޮޑަށް އާލާސްކަންފުޅު ބޮޑުވެގެން ގެނެސް ވިހަމަނާފުށީގައި ބާއްވާފަ ވަނިކޮށް އަވަހާރަވީކަމަށް ތާރީޚީ ލިޔުންތަކުން ފެންނަން އެހުރީ. އޮންބޮޑުޕާސަން އޮފީހުން މިމައްސަލަ އިތުރަށް ބަލަން އުޅުނަސް މިކަމުގައި ސުވާލުކުރާނެ މީހަކު ޖަވާބުދާރީވާނެ މީހަކު ދުނިޔޭގަ ހުރެދާނެ ހެނެއް ހިޔެއްނުވޭ. މިއީ މާލޭގެ މަޝްހޫރު ދަރިކޮޅުތަކުގެ މެދުގައި ވެރިކަމާ ބަގުޑިބެއްދުމުގައި އޮތް ފޯރީގެ ތެރެއިން ހިނގާފައިވާ ކަމެއްކަމަށް ބެލެވެނީ. މިރާއްޖޭގެ ތާރީޚު ދިރާސާކޮށްފިނަމަ ވެރިކަމާ ހިފުން އެއީ ވަރަށް ޢާންމު ކަމެއްކަމަށް ފެންނާނެ.
ތިކަހަލަބޭކާރުކަންކަމައް ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރާނަމަ އެކުރާޚަރަދެއްގެޒިންމާ މިސަރުކާރުންނަގަންވާނެ
ނިކިން ރަގަޅަ 2018 ގެ އިންތިހާބު ވޯޓުގެ މައްސަލަ ބަލަން ކެރޭނެތަ
ކަންކަމުގެ އަހުލުވެރި ނޫންމީހުނާއި ކަންކަން ހާލުވެއްޖެ ނަމަ އެއީވެސް ޤިޔާމުއްސާއަތުގެ އަލާމާތެއް !
އަމީން ދީދީ މަރާލަން ޖެހުނު ވަރަށް ގިނަ ސަބަބުތައްވޭ. އަޅުގަނޑަކީ ހޮބީއެއްގެ ގޮތުގައި ތާރީޚް ދިރާސާކުރާ މީހެއް. ވަރަށް ގިނަ އުމުރުން ދުވަސްވީ މީހުންނާއި އަދި ކުރީ ގެ ކަމުވޮށިވެގެންވާ މީޙުންނާއި ވާހަކަދައްކާ މައުލޫމާތު އޮޅުންފިލުވިއިރު އަމީން އަވަހާރަކޮށްލަން ދިމާވި އެންމެ ބޮޑު ސަބަބަކީ ސރަުކާރުގައި އެންމެ ނުފޫޒުގަދަ "ވަކި ބޭފުޅެއްގެ" ގެ ޒާތީ ދިރިއުޅުއްވުމާއި އަމީން ނުގަބޫލުވެ އެކަމާއި ބެހިވަޑައިގަތުން. މިދެންނެވީ ދަރިދަރިކޮޅުން މޫލާފަ އޮތް ވަހުށީ ސަދޫމް ކުޅިވަރު ހުއްޓުވަން އަމީން ކުރެއްވި މަސައްކަަތައް ކުރިން ދެންނެވި ބޭފުޅާ ކޯފާވެ އަމީން ގެ ދުވަސް ދުއްވާލަން ބޭނުންވީ .
ތިޔަ މައްސަލަ ބަލާ ނިމޭއިރު އަމީން ދީދީ އަވަހާރަވީކަން ކަށަވަރުވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅު. މިހަމަނާފުށީގައި އަމީން ދީދީގެ މަހާނަކަމަށް ބުނެވޭ މަހާނަ ކޮނެގެން ބަލަންޖެހޭނެތާ އެތާ މީހެއްގެ ކަށި ހުރިތޯ އާއި އެކަށި އެއީ އަމީންދީދީގެ ކަށިތޯ.
ބޭކާރު ކަމެއް މިކުރަނީ
އަމީހުގެ ފަރާތުން މީހަކަށް އަނިޔާއެއްލިބިފަ ހުރިކަމުގައިވާނަމަ އެކަމެއްވެސް ބަލަންޖެހޭ. އެފަދަމީހުން އެބަޖެހޭ އެކަމެއް ރިޕޯޓުކުރަން. އެއްފަރާތަކަށް އުނދޫލި ހިއްލިގެން ނުވާނެ.
މާ ފްރީ ބަޔަކީތަ؟ ތިމައްސަލަ ބަލާގެން ފިޔަވަޅު އަޅަންޏާ، އަޅަންޖެހޭ ބައެއްވެސް މިހާރު ދުނިޔޭގަ ނުހުންނާނެ ކަންނޭނގެ
ދީދިގެ ސަންދޯއް ނަގައިގެން ނަމަވެސް ކަލޯމެންގެ މުސާރަ ހަލާލުވާވަރަށް މަސައްކަތްކޮށްލަކޮށްތިބޭ. ތިޔައީ ފައްކާ ދިރާސާއެއް.