ރާއްޖެ އަށް އިންޑިއާގެ ނުފޫޒު ފޯރަން ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލީ އިންޑިއާ އިން ހަރަދުކޮށްގެން ކަމަށް މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ތޯރިގް ވިދާޅުވީ ގާނޫނުއަސާސީގައި ސާފުކޮށް ބޭރުގެ ސިފައިންނަށް މި ގައުމުގައި ނުތިބެވޭނެ ކަމަށް އޮއްވާ ހެލިކޮޕްޓަރާއެކުގައި ހެދި އެއްބަސްވުންތަކެއްގެ ދަށުން ޓެކްނީޝަނުންގެ ނަމުގައި މިތަނަށް ސިފައިންތަކެއް ބޭތިއްބުމުގެ ނަތިޖާއަކަށްވީ ހަތިޔާރު ގެންގުޅޭ ޓެކްނީޝަނުން އަދިވެސް މިގައުމުން ނުފޭބުން ކަމަށެވެ.

މިގޮތުން އިންޑިއާއިން ބޭނުންވާ އެނޫންވެސް ސްޓްރެޓެޖިކް ލޮކޭޝަންތަކުގައި މިލިޓަރީ ބޭސްތައް ހެދުމުގެ މަސައްކަތް އެދުވަސްވަރު އިންޑިއާއިން ފެއްޓިކަން ހާމަކުރައްވާ ތޯރިގް ވިދާޅުވީ އެކެއް ފެބްރުއަރީގައި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރައީސް ޔާމީންގެ ޒައާމަތެއްގައި ރާއްޖެ އަޅުވެތި ނުކުރެވޭނެ ކަން އެނގުމުން އިންޑިއާ އަޑީގައި އޮވެގެން ނެރުނު އަމުރެއް ކަމަށެވެ.

"ނުވަ ވަނަ ހަސަން ރަސްގެފާނު ފަދަ ރާއްޖޭގެ ސިޔާސީ ލީޑަރުންތަކެއް މިތަނުގައި ތިބީ ޕާޓީތަކާ ހަވާލުވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރާއި، އަދާލަތު ޕާޓީގެ ރައީސް އާއި، މިފަދަ ނުވަ ވަނަ ހަސަން ރަސްގެފާނުން ތަކަކާއި ގުޅިގެން، އެބޭފުޅުންގެ މަޝްވަރާއާއި ހާއްސަކޮށް ބޮޑެތި ކެކުރިތައް ފެޅި ބޭފުޅުން ހަނދު ސާބިތުކުރުމުގެ ގޮތުން އެކެއް ފެބްރުއަރީގައި އަމުރެއް ނެރުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން. އެ އަމުރަކީ މި ދެންނެވި ގޮތަށް އިސްތިއުމާރުކުރަން އުޅޭ ބާރުން އަޑީގައި އޮވެގެން ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލުމަށްޓަކައި ނެރުނު އަމުރެއް" ތޯރިގް ވިދާޅުވިއެވެ.

މީގެ އިތުރުން އެ އަމުރާއިއެކުގައި ވެސް އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނުވެއްޓުނީމާ ދެން އިންޑިއާއިން ވިއްދީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްކަން ފާހަގަ ކުރައްވާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ ރިޔާސީ އިންތިހާބަކީ ސާފުކޮށް އޮޅުވާލާފައި އޮތް އިންތިހާބެއް ކަމަށެވެ.

"އަޅުގަނޑުމެން އެންމެންނަށް މިހާރު އެނގޭ. ޖުމްހޫރީ ޕާޓީގެ ލީޑަރަށް ވެސް އަދި ރައީސް މައުމޫނަށް ވެސް އެނގޭނެ. އަދި އޭރުގައި ސިފައިންގެ އިސްކޮށް ތިބި ފަރާތްތަކަށްވެސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގައި އޭރު ތިބި ފަރާތްތަކަށް އެނގޭނެ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބު އޮތީ، އިންޑިއާ އަޑީގައި އޮވެގެން، ފައިސާ ހަރަދުކޮށްގެން، އީސީ ޝަރީފު ލައްވާ އޮޅުވާލާފައިކަން" ތޯރިގް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލަ

    ކޯއްޗެއް ނުލިބިގެން ތެޅޭ ބައެއްތަ ތީ. ތިތިބީ ރަގަޅަށް ވޯޓް އަވަލައިފަ.
    ދެފަހަރު ކޯޓުން ވެރިކަން ހޯދިބައެއް އަތަށް ގޮވީމަ ކޮސްގޮވަނީ.

    4
    13
    • ހަސަންބޭބެ

      މިދިވެހި ބިން ދެވަނަ ކަޝްމީރަށްވެ މި ފަސްގަޑު ދިވެހިންގެ ލެއިން ކަޅިވެގެންދާދުވަހު، ލޮލާ އަށް މިއަދު ތިކުރި ކޮމެންޓް މަތިނަ ހަދާންވާނެ. ދިރިތިބި ބަޔަކަށް ވަރަށް އަވަހަށް އެ މަންޒަރު ފެންނާނެ!!

      6
      1
  2. ސަޓޯމ

    ހުރިހާފޮށިތައްކާރީގައިތިބީޔާމީނުކުދިންނެވެއޮޅުވާލީއެކުދައްނެވެ

    2
    4
  3. އަލަްޖިބްރާ

    ބަލަ ކަލޭމެން ފަނަރަ ފަހަރަށް ކޯޓަށްގޮސްގެން އިންތިޚާބު ބާތިލު ކޮށް ކަލޭމެން ބޭނުންވިގޮތަށް ކޯޓުން ޔާމީނަށް ވެރިކަމުގެ ކޯޓުފަހާދީފަ ކޯޓުލެއްވީމަ އެހެންބަޔަކު ތަނަކަށް ފާވެގެން ވެރިކަން ހޯދާދިނީއެކޭ ނުގޮވާ ! ކަޅޭމެންނަކީ އެއްވެސް ކަމެއް ތަހައްމަލް ކުރަން ދަންނަ ބައެއް ނޫން ކަން އެންމެންވެސް ދަނޭ ! ކަލޭމެންނަކީ މުޅިންވެސް ގޮށްމުށުގެ ބާރުން ކަންތަށް ކުރަން ބޭނުންވާ ބައެއް.!

    2
    11