އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ދަތުރުކުރާ ކާގޯ އަށް އެއްވެސް ވައްތަރެއްގެ ހަތިޔާރެއް އަރުވާފައި ނުވާނެ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ފެރީއަކީ ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭ ބޮޑު ފެރީއެކެވެ. މި ފެރީން އުފުލޭ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި ކޮޗިން ފެރީން ހދ. ހަނިމާދޫ އަށް ހަތިޔާރު އެތެރެ ކުރެއެވެ. ހަނިމާދޫގައި އިންޑިއާ ސިފައިން ތިބެނީ އެ ގައުމުން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އޭގެ ޓެކްނިކަލް މަސައްކަތްތަކަށެވެ.

"ކޮޗިން ފެރީއިން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވޭ. އެތެރެކުރީ ހަނިމާދުއަށް ހަތިޔާރު" މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަން ވެސް ކުރައްވައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއުގެ މި ވާހަކަތަކާ ގުޅިގެން އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު "ވަގުތަށް" މިއަދު ވިދާޅުވީ ބޯޓަށް ކާގޯ އަރުވަނީ ކަސްޓަމުންނާއި ބޯޑާ ކޮންޓްރޯލްތަކުން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހުގައި ކަމަށެވެ. އެކަންކަން ފުރިހަމަ ނުވާ ނަމަ، ބޯޓަށް އެއްވެސް މުދަލެއް ނޭރުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެއަށް އަރާ މީހުން އެނގޭނެހެން ބޯޓު ފުރުމުގެ ކުރިން ބޯޓުގެ މެނިފެސްޓޯއެއް އެމްއެސްއެސްއަށް ލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަތުރުފަތުރުކުރުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ސައީދު ވިދާޅުވީ ހަތިޔާރުތަކަކީ ކޮމާޝަލް ބަނދަރަކުން ބަރުކުރާ ތަކެއްޗެއް ވެސް ނޫން ކަމަށެވެ. އެހެންވެ ހަތިޔާރު ފަދަ އެއްވެސް ސާމާނެއް ކޮޗިން ފެރީއަށް އަރުވާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ ދެއްވިއެވެ.

"ހަތިޔާރުތައް އަރުވާނީ އަސްކަރިއްޔާގެ ބަނދަރުތަކުން. އަޅުގަނޑުމެންނަށް އެނގިގެން ކޮޗިން ފެރީއަށް ހަތިޔާރެއް ނާރުވާ. އަޅުގަނޑުމެންނަށް ނޭނގި ނުވެސް އެރުވޭނެ" ސައީދު ވިދާޅުވިއެވެ.

ކޮޗިން ފެރީ މަހަކު ދެ ފަހަރު ރާއްޖެ އަށް ދަތުރު ކުރެއެވެ. ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙަސަނު

    އިސްލާމީ ޝަރީއަތެއްހިގާތަނެއްނަމަ މީނަ ވަގުތުން ހައްޔަރު ކުރަންޖެހޭ.މިހާބޮޑެތިފޮތުނަ އުފައްދާ ގައުމު ބައިބައިކުރާ މިފަދަމީހުންގެ މައްސަލަ ބަލަންޖެހޭ. މިފަދަވާހަކަތައް ސާބިތުކޮށްނުދެވިއްޖެއްޔާ ދެ ތިންއަހަރައް ޖަލަށްލާންޖެހޭ.މިގައުމުގަ މިހާ ކޮންމެފަދަ ވާހަކައެއް ވެސްދައްކަންވީ. ދެންނޫސްވެރިންވެސް އެފިތުނަ ފަތުރަންވީ. މީކިހާބޮޑުފާފައެއްކަން ނޭގެނީބާ. ﷲ ގެ ހަޒުތަތުގަ ޖަވާބުދާރީވާނީ ކިހިނެއް.

    5
    20
    • ޢަހޫ

      ޥެރި މީހާއަށްވަގަށް ވެރި މީހާގެގުދަނުން ރަށުބޯޓަށް މުދާއެރުވިގޮތަށް މިބޯޓަށް މުދަލެއްނޭރުވޭނެ ސުޖާ މޮޔަފުޅުވީތޯ.

  2. އަހްމަދު

    ސައީދުއައް ކިހިނެއްތައެނގޭނީ އިންޑިއާ ސަރުކާރުންޚަރަދުކޮށްގެންދުއްވާ ފެރީއަކަށް އިންޑިއާއިން އަރުވާ ނާރުވާ އެއްޗެއް ތިހާއަވަހައްރައްދު ދޭންޖެހުނީވެސް ސަބަބެއްނެތިއެއްނޫން

    27
    2
  3. ސުންކޫ

    ސައީދު އިންޑިޔާ އިން މުދާ ބަރުކުރާއިރު އެތަނުގައި ތިބެނީ ވެސް ސައީދުމެން ދޮއްތޯ ؟ ފެރީ ން ގެނައި ތަކެތި ބޭލުމުގައި ސައީދު ތިޔަވިދާޅުވާ ދައުރު ލިޔުމުގައި އޮތަސް ވަކި މުދަލެއް ވަކި ބަޔަކަށް ދޫކުރަން އެންގީމާ ދަނީ ދޫކުރަމުން ނޫންތޯއެވެ، ވީމާ ރާއްޖޭގައި ތިބި އިންޑިއާ މިލިޓަރީ ސިފައިންގެ އަތުގައި ހަތިޔާރު ގެ އެއްވެސް ބާވަތެއް ނުހުންނާނެ ކަމުގެ ޔަޤީންކަން ދޭންޖެހީ ރާއްޖޭގެ ދިފާޢީ ބާރުތަކުން، އޭރުން ތިކަން ގަބޫލު ކުރަން ފަސޭހަވާނީ.

    20
    5
  4. ސާބާސް

    އަނެއްކާ އަނެއް ދޮގު. ބަލަ ކޮމާޝަން ބަނދަރުތަކުންވެސް ހަތިޔާރު އެރުވޭނެ ގޮތްގޮތް ހުރެއޭ. އިންޑިއާއިން ބޭނުންވީމަ ހަމަ އެރުވޭގޮތަށް އޮންނާނީ. އެކަމާ އެއްޗެއް ބުނަން ކެރޭ މީހަކު އިންޑިއާގަވެސް ނުހުންނާނެ. ދިވެހި ރާއްޖޭގައިވެސް ނުހުންނާނެ. ރާވައިގެން ކުރާ މިބާވަތުގެ ކަންކަންކަމަކީ ދެ ފަރާތްގުޅިގެން އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ޓެކްނީޝަނުން ބޭނުންކުރުމަށް އަރުވާ ހަތިޔާރު.

    21
    3
    • ާހީވޭ

      "ދަތުރުފަތުރުކުރުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ސައީދު" އެކަމު ތަޖުރިބާ ހުރިހެނެއް ހީއެއްނުވޭ

      2
      1
  5. އަބްދޫ

    އިންޑިޔާގެ މައިސަރުކާރުން ނުވަތަ ސްޓޭޓް ސަރުކާރުން އިންޑިޔާ ސިފައިންނަށް ފޯރުކޮށްދޭ ތަކެތި އަންނަނީ ވެސް ކަސްތަމް ގެ ކްލިއަރެއންސް ލިބިގެން. ރާއްޖެއަށް އެތެރެ ވުމުގަ ބައެއް ލަގޭޖް ތައް ކުޅުދުއްފުށި ނުވަތަ އެމުދާބާލާ ޕޯޓަކުން ކަސްޓަމްގެ މުވައްޒަފުންނަށް ޗެކްކުރުމުގެ ފުރުސަތު ނެތި ކްލިއަވެގެންދާކަމުގެ އަޑު ކާގޯފެރީގެ ދަތުރު ތަކުގަ ހިގާފައޮތްކަމުގެ ވާހަކަ ދެވެވިފާވޭ. އަޑު ފެތުރޭނީ ކޮންމެވެސް ހަގީގަތެ އޮތީމަ. އެހެން ނޫންނަމަ އެވާހަކަ ދެކެވެން ޖެހޭނެ ސަބަބެއްނެތް.

    23
    2
  6. ސލ

    މާދުރުގައި ހުންނަވާ ބޭފުޅަކު މިބުނަނީ ކޮޗިންފެރީން
    ހަތިޔާރު ނުގެންނާނޭ. އެހެންވިއްޔާ ކާކުތޯ ގަބޫލުކުރާނީ
    ރާއްޖެއިން ހޯދަ މުންދިއަ ބޮޑު ކުށްވެރިއެއް ބޭރުގަ މެއްގެ އެންބަސީތެރޭގައި ފޮރުވައިގެން، އޭނާއަށް މުސާރައާއި އިނާޔަތްތައް ސަރުކާރުން ހަ މަޖައްސައިދީގެން ގެންގުޅެފާނެ ކަ މަށް. ރާއްޖޭގައި މިއޮތީ މާއެޑްވާންސް ސަރުކާރެއް ނޫންތޯ
    ކޮން މެފަދަ ކަމ މެއްވެސް ކުރަން ފަސްނުޖެހޭނެއެވެ.

    1
    1
  7. އަލީ

    ސައީދުގެ އެއްވެސް ކޮންޓްރޯލްއެއް ނޯންނާނެ. އެމީހުން ބޭނުމިއަޔާ އެރުވޭނެ

    1
    1
  8. އިބްރާހިމް

    މި ފެރީން އެންމެ ގިނައިން ރާއްޖެ ގެންނަނީ ރާއްޖޭގައިތިބޭ އިންޑިއާ ސިފައިންނަށް ބޭނުންވާ ސާމާނެވެ. އިންޑިއާ ސިފައިންނަށް ގެންނަ ތަކެއްޗަކީ ރާއްޖޭގެ އެއްވެސް މުވައްސަސާއަކަށް ބެލޭތަކެއްޗެއްނޫންކަން އެނގިފައިވޭ. މިއީ ތެދެއްތޯ؟

    1
    1
  9. އަހުމަދު

    ކުރިއަށް އޮތްތަނުގަ ބާޒާރު ގޮޅިތަކުންވެސް އިންޑިއާ ހަތިޔާރު ލިބޭނެ އެއީ ދަނޑުވެރިން ބޭނުންކުރާ ސާމާނާއި އަދިވެސް އެބާވަތުގެ ބޭނުންކުރާ ހަތިޔާރު. އެވާހަކަ ސުޖާވެސް އެބުނަނީ. ހެހހެ ހެ ހެެ.

  10. އަކަސަކަ

    އެމް.އެން.ޑީ.އެފް އިން ރާއްޖެއަށް ގެންނަ ހަތިޔާރު ކްލިއަރ ކުރަނީ ރާއްޖޭގެ ކޮން އަސްކަރީ ބަނދަރަކުންތޯ؟

  11. މުރާލިބޭ ދަރި

    އަހަރުމެން ކުޑައިރު ކިޔާއަޑު އިވޭ މިސްކިތުހުޅުޖެހިވާހަކައެއް މަށޭކިޔާހޭ މިހާރު ތިޔަ ކިޔާ ލަވަ އެބައެނގޭ ދޮގުކުރިޔަސް ތެދުކުރިޔަސް ހަމަ ގައިމުވެސް އެނގޭ އެއްޗަކީ މިގައުމައް ތިޔަކިޔާ އިންޑިއާ ފެރީ އނަނަން ފެށިފަހުން މީހަކާ މަތިނުވާ ޑުރަގް ސީދާ އޮރިޖިނަލް ޕެކިންގައި އެތެރެވެ ފަޅާއަރާފެންނަމުންދަނީ ދެންކޮންވާހަކައެއް ރުފިޔާގައި ބޫޓްކައިފަވާވަރު އެއެނގެނީ ދިޔާނާގެ ވާހަކަފުޅުންނާއި އެކަމަނާގެ އިސްތިއުފާ އާއިގުޅުމެއްވާކަން އެއްވެސް ކަމަކާ ނުލާ 200 މިލިޔަން ޑޮލަރ ބޭރުގެބަޔަކައް ދޭންރާވާފައިވާ އެގްރިމެންޓް