ލ. ފޮނަދޫގައި 2017 ވަނަ އަހަރުގެ މާޗު މަހުގައި ކަރުބުރިކޮށްލައިގެން ހަސަން އުއްލާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހަކު މަރާލި މައްސަލައިގައި މިއަދު ތާވަލުކުރި ކްރިމިނަލް ކޯޓުގެ އަޑުއެހުން ސިއްރުކޮށްފިއެވެ.

ބަންގްލަދޭޝްގެ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ މި ޝަރީއަތުގެ އަޑުއެހުމެއް މިއަދު މެންދުރުފަހު 1:30 އަށް ތާވަލުކޮށްފައިވެއެވެ. ފުރަތަމަ މި އަޑުއެހުން މިއަދު އޮތީ ހުޅުވާލައިގެން މީޑިއާއަށް ވަދެވޭ ގޮތަށެވެ.

ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން މައުލޫމާތު ދެއްވި ގޮތުގައި، ކޮންމެ ވެސް ސަބަބަކާއި ހުރެ އަޑުއެހުން ސިއްރުކޮށްދޭން ދިފާއުން އެދުނެވެ. ދިފާއުން ހުށަހެޅި ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު، މައްސަލަ ބައްލަވާ ގާޒީ ވެސް ނިންމެވީ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ސިއްރު ކުރުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ހިނގަމުންދާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، މައްސަލަ ދިގުލައިގެން ދަނީ މައްސަލަ ހަވާލުކުރެވޭ ގާޒީ ބަދަލުވަމުން އައުމުންނާއި، ހެކިވެރިން ލ. އަތޮޅުގައި ތިބުމުން ހެކި ބަސް ނެނގުމުުގައި އިދާރީ ދަތިތަކެއް ދިމާވުމުން ކަމަށް ފަހުން ހަވާލުވި ގާޒީ ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ޕަރްވެޒް ނަކަމަށް ކިޔާ ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ދެން ތިބި ހަތް މީހުނަށް އުފުލި ދައުވާއަކީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ މީހުނަކީ، މުހައްމަދު ސުމޮން މިއާ، ރޮބެލްމިއާ، ސަމިމް، އަލްއަމިން، މުހައްމަދު ރަސެލް، އަދި ދީން އިސްލާމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހަމަ ހިތައްތަދުވާވަރުން

  7 އަހަރުވީއިރު..މަރުގެ މައްސަލައެއް ނުނިމޭ..އެކަމު ފަސްބައިގަ ކްރޮޕްޝަނުގެ ކުލަޖެހިދާނެތީ އެންމެހާ ބޮޑު މުސާރައާއި އިނާޔަތްދޭ ބޭފުޅުންނަށް ވާވަރު. އެބުނީ ލ.އަތޮޅުގައި ތިބިބައެއްވީމައޭ..އެމީހުން މާލެގެންނަންވީނު ނޫނީ މިކޮޅުން ޓީމެއް ދާންވީނު..އެއެއްނޫންވާގޮތަކި..ހަމަ ސިސްޓަމް ކަޑައީ...މުޅިންވެސް ފެއިލިއަރ..ބޮޑުކަލޭގެ ހަދާނެ އެކި ކޮމިޝަން. ވާކަމެއް ހަރާމް

  8
  1
 2. ބައިކިލޯ

  މުޅި ޝަރުއީ ސިސްޓަމް ފެއިލްވެފައިވާ ގައުމެއްނުވާނެ މިދިވެހިރާއްޖެ ނޫނީ، %100 އިން %100 މުސްލިމް ގައުމެކޭބުނާމީހާވެސް ލަދުގަންނާނެ. 4 އަހަރު މީދެން ބޮޑުވަރެއް،

  • ޢަހުމަދުވަގާރު

   އެކަމާ 100 ޔާ ހުރި ގުޅުމަކީ ކޮބާ