ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ މެންބަރުންނަށް ދެމުން އަންނަ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ހާމަކޮށްފިއެވެ.

އަންހެނުންގެ ކޮމިޓީގެ މެމްބަރުންގެ އެލަވަންސް މި އަހަރުން ފެށިގެން ބޮޑުކުރަން ސަރުކާރުން ނިންމާފައި ވަނީ އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ވަރަށް މުހިންމު ވައުދެކެވެ.

މީގެ ކުރިން އަންހެނުންގެ ކޮމެޓީތަކަށް މީހުން އިންތިހާބެއް ވެސް ނުކުރެއެވެ. ނަމަވެސް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް މެންބަރުން އިންތިހާބު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެއަށް ފަހުގައި ތ. ކިނބިދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއެކު މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ކޮމެޓީ އިނާޔަތް ބޮޑު ކުރާނެކަން އިއުލާނުކޮށްފައެވެ.

ފާހަގަ ކޮށްލެވޭގޮތުގައި އަންހެނުންގެ ކޮމިޓީގެ ރައީސުންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 3،000ރ. ލިބޭއިރު އޭގެ ތެރެއިން 2،000ރ. އަކީ ފިކްސްޑް އެލަވަންސެވެ. ބާކީ 1،000ރ. ކަނޑައަޅާފައިވަނީ ކޮމިޓީގެ ބައްދަލުވުންތަކަށެވެ. އެއީ ބައްދަލުވުމަކަށް 250ރ. ރޭޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Mare

  BEykaaru laari

 2. ހީނާ

  ކޮންކަމެއް ކުރާ ބައެއްތަ ބޭކާރު ބައެއް.

 3. އައްޑޫ ލެއި

  ތަނެއް ދޮރެއް ނޭނގޭ މީސް މީހުން ހޮވާފަ ރައްޔިތުންގެ ލާރި ބޭކާރު ގޮތުގަ.

 4. އަހައްމަދޫ

  މީކީއްކުރާ ބަޔެއްތަ. ކޮންމެސް މީހަކު ބުނެދީބަލަ

 5. ހައްތާ

  އަމިއްލަރަށުގަ ރަނގަޅުވަޒީފާގައުޅޭ ކޮމެޓީންވެސް އެބައުޅޭ އެމީހުންނައް އިޅޭވަޒީފާގެ މުސާރަލިބޭ ކޮމެޓީކަމުމުސާރަވެސލިބޭ މީއިންސާފައްކުރާ ކަމެތޯ ސަރުކާރުޖެހޭ މިވަރުބަލާން

 6. މަޒް

  ރާއްޖޭގައި ކަންކަން ރޭވިފައި އޮންނަ ގޮތަކީ ސިޔާސީ މިހުންނަށް ކަމެއް ކުރިޔަސް ނުކުރިޔަސް ފައިސާތައް ބޮލަށް އޮހޭ ގޮތަށް.. ތި ކޮމިޓީވެސް ބައްޓަންކޮއްފައި ތި އޮންނަނީ ސިޔާސީ ކަންކަމުގައި އަބަދުވެސް އަންހެނުންތަކެއް އުޅޭނެ ގޮތަށް.. ބަލަ ގޭގައި ދަރިން ތަރުބިއްޔަތުކުރަން ވަގުތު ދީގެން ތިބޭ ގެވެހި އަންހެނުންގެ ކޮމިޓީތަކެއް ހަދާފަ އެމީހުންނަށްވެސް ފައިސާ ދީބަލަ..

 7. ރާބެ

  މިމީހުންގެ މުސާރަ ބޮޑުކުރުމަށްވުރެ ރަނގަޅުވީސް ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރިއަށް