ކައިވެންޏަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގައި ކިޔަވައި ދޭނެ ލެކްޗަރާއިން ހޯދަން ފެމިލީ ކޯޓުން އިއުލާނުކޮށްފިއެވެ.

އެ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގައި މައުލޫމާތު ދޭނެ ދެ ލެކްޗަރާއިން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައިވާގޮތުން މައުލުމާތު ދިނުމަށް ހަމަޖެހިފައިވާ ދާއިރާއަކީ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި އާއިލާއެއް ބިނާކުރުން (އިސްލާމްދީނުގައި ދެމަފިރިންނަށް ދެވިފައިވާ މަގާމާއި އެމީހުންގެ ދައުރު ހާމަކޮށްދީ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން އާއިލީ ދިރިއުޅުން ބިނާކުރާނެގޮތް) އެވެ.

އަދި މައުލޫމާތު ދޭންދާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ ދޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މި ވަޒީފާއަށް އެދި ކުރިމަތިލުމަށް ދީފައިވާ މުއްދަތަކީ އަންނަ ހަފްތާ ބުދަ ދުވަހުގެ މެންދުރު 13:00އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ali

    thikamah kurimathi laigen masakkai nukureveynd. fazeel kiyaa golaa beynun vaahaka ey dhakkan jehenee. eynage massala balai nimunee.a thikan vess hallu vaane

  2. Anonymous

    ކުރިމަތިލިޔަސް ފެންވަރު ރަނގަޅު މީހުން ނުނަގާ. ނަގަނީ އަޑިއަޑިން ގުޅިފައިވާ މީހުން. ތިއީ ވަރަށް ވަގު ކޯޓެއް.

  3. ޢަލީ ސަޢީދު

    ތި ޕްރޮގްރާމަކީ ކުރިން އަހަރެންވެސް ކިޔަވައިން ޕްރޮގްރާމެއް. ތި މުޅި ޕްރޮގްރާމުގެ މަޤްޞަދު ގެއްުވާލައި ހަރާބު ކޮށްލީ މުޙައްމަދު ފަޟީލު ކިޔާ މީހެއް ތިކަމާ ހަވާލުވި ފަހުން. ވަކި ވާހަކަތަކެއް ނުދެއްކުމަށް އޭނާ މަޖުބޫރު ކުރި ހިސާބުން. އޭނާ ލިޔެފަ ދޭ އެއްޗެއް ނޫން އެއްވެސް އެއްޗެއް ކިޔަދީގެން ނުވާނެކަމަށް ބުނި ހިސާބުން