މާލެ ސިޓީގެ އެކި މަގުތަކާއި ގޯޅިތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ފޮހެފައިވަނިކޮށް އަލުން ކުރަހާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ އެކި މަގުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމަށް ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ މަސައްކަތުގެ ތެރެއިން މާލޭގެ ގިނަ ސަރަހައްދުގައި ކުރަހާފައިވާ ގްރެފިޓީތައް ކައުންސިލް ވަނީ ފޮހެލާފައެވެ.

މި މަސައްކަތުގައި ސިޓީ ކައުންސިލުގެ މުވައްޒަފުން ހަރަކާތްތެރިވާއިރު، ކައިރީގައި ފުލުހުންނާއި ސިފައިން ފޯރިއަށް ތިބެއެވެ.

ގިނަ ސަރަހައްދުގައި ހުރި ގްރެފިޓީތައް ފޮހުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އެސަރަހައްދުގައި ވަނީ ގްރެފިޓީތައް ކުރަހަން ފަށާފައެވެ.

މިކަމާއި ގުޅިގެން "ވަގުތަށް" މައުލުމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ، ފޮހެލާފައިވާ ގްރެފިޓީތައް އަލުން ކުރަހާފައިވާކަން ފުލުހުން ފާހަގަ ކޮށްފައިވާ ކަމަށާއި އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ފުލުހުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"ފުލުހުންގެ ޖަވާބަކީ އެކަން ކުރާ ފަރާތްތަކުން ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ، އަލުން ކުރަހާފައިވާ ގްރެފިޓީތަކުގައި އަނެއްކާ ވެސް ކުލަ ލައި ރީތި ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިން "ގުޅިގެން" ނަމުގައި މިދިޔަ އާދިއްތަ ދުވަހު ބޮޑު އޮޕަރޭޝަނެއް ފެށީ ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބޭނުމުގައެވެ. މި އޮޕަރޭޝަންގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތައް ވަރަށް ބޮޑަށް މޮނިޓަ ކުރަން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އުގުރި

    ބޭކާރު އަގަ ނުތަޅާ... މަގުމަތީގައި ޑުރަގު ވިއްކާއިރު ފެނޭ އެކަމަކު އަތެއް ނުލެވޭ ދެން ވަކި ކިހިނެއް ތިކަން ކުރާނީ. ތިއުޅެނީ ކީ ކަމެއް އިސްލާހު ކުރާކަނޫ ނެވެ.

  2. ގަލަން ތުނޑު

    ވާކަމެއް ހަރާމް

    7
    2
  3. މުހައްމަދު

    00

    2
    1
  4. މުހައްމަދު

    ގާނޫނީ ފިޔަވަޅުއަޅާނެ ކަމަ

    1
    1
  5. ޕެޓްރިކް

    ސަބަހޭ ސިޓީ ކައުންސިލް އަދި ފުލުުހުންނާއި ސިފައިންނަށް.

  6. ބަޑަންޑޫ

    މާލޭގަ އުޅޭ ކަންމަތީ ޒުވާނުން އިސްލާހުޖާޑިއަށް ނުލައި ތިކަމެއް ނުވާނެ، ތިޒުވާނުންނަކީ އެއްވެސް ގާނޫނެއް ގަވާއިދެއް ދަންނަ ބައެއް ނޫން ތިކުދިންކޮޅަށް ދުރޫސުލް އަޙްލާގާ ގާނޫނާ ގަވާއިދު ދަސްކޮށްދޭންޖެހޭ

  7. ދޮގު

    ކޮންތާކު އޮތް ޤާނޫނެއްގެ ފިޔަވަޅެކޭ އަޅާން ތިޔާ އުޅެނީ. ތިހެން ހާދަ ކަމެއް އެބައޮތޭ ޤާނޫނީ ފިޔަވަޅު އަޅާންވެފަ. ލިސްޓު ބަލަންހިނގާބަލަ

  8. ބައިކިލޯ

    މިސަރުކާރު އޮތުމަކުން ރައްޔިތުންނަށްވާ ފައިދާއެއްނެތް، ގޭގްގުތަކޭކިޔަނީވެސް ސިފައިންނާއި ފުލުހުން އެއާލާކޮށްގެން ގުޅެނީވެސް އެމީހުން، އިންޑިޔާ އައުޓް.

    4
    1
  9. ބޯގޯސް

    ބޭކާރު ވާހަކަ. ތިޔަކަންކަން ކުރަނީ ގާނޫނަށް ވުރެ މަތީގައި ތިބޭ މީހުން. އެޅޭނެ ފިޔަވަޅެއް ނޯންނާނެ. ރެޑްހޭންޑްކޮށް ހިފުނަސް އެއްދޮރުން ވައްދާ ގޮތަށް އަނެއް ދޮރުން ނެރޭނެ. އަނެއްދުވަހު ވެސް އޭނާ ހުންނާނީ ކުރަހަން.