ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

މި މައްސަލައިގެ އަޑު އެހުންތައް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނިންމާލާފައިވާއިރު، މައްސަލައިގެ ހުކުމް މާދަމާ އިއްވަން ވަނީ ހަމަޖައްސާފައެވެ.

މީގެ ކުރިން މި މައްސަލައިގެ ހުކުމް އިއްވުން އޮތީ މިދިޔަ މަހުއެވެ. އެހެން ނަމަވެސް އާއިލާއިން އެދިގެން މި ހުކުމް އޭރު ވަނީ ފަސް ކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ކުރާ ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ، އަދި ޔާމީންގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ ކުށް ސާބިތުވާ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެއެވެ. އެހެން ނަމަވެސް އެންމެ ވާރިސަކު ވެސް މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ހާލަތެއްގައި އެމީހުން އުމުރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙުމަދު

    މަރުކޮމިޝަނުން މައްސަލަ ބަލަމުންދަނިކޮށް ކީއްވެގެން ތޯ ޙުކުމް ކުރަނީ، ނޫނީ މަރުކޮމިޝަނުން މައްސަލަ ބަލާ ނިމިގެން ދައުވާ ކުރަން ފޮނުވީތޯ؟

    • dhodhi

      r.yaameen ah hukun kuran vaane, 2018 ga vara gina dhivehi gaboolu kuri yameen kuruvi kameh kama

  2. އުދަރެސް

    މާތްﷲގެ ނިޔާ އިއްވޭނެދުވަހަކަށް ބިރުވެތިވޭ، ޝަރީއަތްތަށް އެކިގޮތަގޮތަށް އަނބުރަމުންގެންދާ ގާޒީން މިކަމަށް ބިރުވެތިވޭ.