ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް ފްލައިޓެއްގައި ރޯވެއްޖެއެވެ. ރޯވެފައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މިހާދިސާ ހިނގީ މިރޭ 20:05 ކަންހާއިރުއެވެ. މިފްލައިޓްގައި ފަސެންޖަރުންނާއި ކްރޫންނާއިއެކު 35 މީހުން ތިއްބެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ރޯވެފައި ވަނީ ބޯޓުގެ ކޮކްޕިޓް ތެރޭގައި ކަމަށެވެ. "ކޮކްޕިޓް ތެރޭގައި ރޯވެފައި ހުރެގެން ޕައިލެޓުންނަށް ފެނިގެން ވަގުތުން މީހުން ބޭލުވީ" އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި ހާދިސާގައި އެއްވެސް ފަސެންޖަރަކަށް ގެއްލުމެއް ވެފައެއް ނުވެއެެވެ. އެހެން ނަމަވެސް ބޯޓަށް ގެއްލުންތަކެއްވެފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޯޓުގެ ވިންޑް ސްކްރީންގައި ރެނދުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ވިދާޅުވީ މޯލްޑިވިއަން ފްލައިޓެއް ހަނިމާދޫން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮކްޕިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަަމަށެވެ. ހަނާ ވިދާޅުވިގޮތުގައި، މިވަގުތު އަލިފާން ވަނީ ނިއްވާލާފައެވެ. އަދި ފަސެންޖަރުންވެސް ސަލާމަތުން ބޯޓުން ބޭލިފައިވާ ކަމަށް ވިދާޅުވިއެވެ.

ހަނާ ވިދާޅުވިގޮތުގައި، މިހާރު އެ ބޯޓު ޓޯ ކުރުމުގެ މަސައްކަތް ކުރިއަށް ދެއެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައިވެސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ކޯޕައިލެޓް ސައިޑްގެ ވިންޑްޝިލްޑް ތަޅައިގެން ގޮސްފައިވާކަަމަށް މޯލްޑިވިއަނުން ބުންޏެވެ.

އެ ބޯޓުގައި އިން ފަސެންޖަރަކު "ވަގުތު"އަށް ބުނީ އެ ބޯޓުގައި ރޯވީ ހަނިމާދޫން ފުރަން ނައްޓާލި ވަގުތު ކަމަށެވެ. "ވަގުތުން ފްލައިޓްގެ ކެޕްޓަން ބުނީ ފްލައިޓުން ހުރިހާ ފަސެންޖަރުން ފައިބަން" އޭނާ ބުންޏެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ދިވެހިންނާއި ފަތުރުވެރިންވެސް ތިބި ކަމަށް އޭނާ ބުންޏެވެ.

"ވަގުތު" އާއި ވާހަކަދައްކަމުން ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، ފްލައިޓުން ދުން އަރާތީ ފަސެންޖަރުން ބޯޓުން ބާލާފައިވާ ކަމަށެވެ. "މިކަންތައް ބަލަމުން މި ދަނީ، އެކަމުގެ އިތުރު މައުލުމާތު ލިބުނުހާ އަވަހަަކަށް ހިއްސާ ކުރާނަން" ފިރާގް ވިދާޅުވިއެވެ.

އެ ބޯޓަކީ ހަނިމާދޫން މާލެއަށް ފުރަން ތައްޔާރުވަމުންދިޔަ ބޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މާމިގިލީ މީހާ

  އަދި ތިޔައް ވުރެ ވިލާ ފުލައިޓް ތަކުގެ، ހާލު ދެރަ.

  22
  2
  • ނަހޫ

   ހާލު ދެރަ އަކަސް ބޯޓެއްގައި ރޮލެއްނުވޭދޯ؟

   2
   5
  • މުއައްޒަފެއް

   މާމިގިލީ މީހާ.... ތީ ދޮގެއް. ވިލާގެ ފްލައިޓްތަކަކީ ގަވައިދުން މެއިންޓަނެންސް ކުރާ ފްލައިޓްތަކެއް. އަޅުގަނޑަކީވެއްސް ވިލާގެ މުއައްޒަފެއްވީމަ ތީ ދޮގެއްކަން އިނގޭ. ތިބޭފުޅާ ތިހާ މޮޅީޔާ ބުނެދެންވީނު ކޮންގޮތަކަށްކަން ހާލު ދެރައީ.

   1
   2
 2. އައުޓް

  ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

  31
  6
  • ދަރޭ މާމިގިލި

   ބުރުމާ އައުޓް

   12
   2
 3. ރަން ރީނދޫ

  ތަނެއް ދޮރެއް ނުދަންނަ ޕާޓީގެ އެކްޓިވިސްޓުންނަށް ކުންފުނީގެ މަގާމު ދިނުމުގެ ނަތީޖާ އަކީ ކުންފުނި ބަނގުރޫޓްވެ،ފްލައިޓްތައްވެސް މެއިންޓެއިން ނުކުރެވުން.

  47
  1
 4. ބުރާންތިބޭ

  ބޯޓުތަކައްވެސް އިނގިއްޖެ އާބޯޓުތަކެއްގަނެފިކަން މިިހާރު ބޭނުން ކުރާއެއްޗެހި ބާކީވާނެކަން، އެހެނެ ބޯޓުތައް ވެސް މޒހރ ކުރީކަންނޭގެ.😂

  25
  2
 5. vai

  Adhives baavefahunna boat dhuvvaathi. 4 boatuge spair in 1 boat maraamaathukohgen dhuvva baeh.

  16
  1
 6. ބޭރުކުރޭ

  ރައީސް އިބޫ ރައީސް ގެ މަގާމުން ބޭރުކުރޭ އޭނާ އާއި ހެދި ރާއްޖޭގެ ރައްޔިތުން ހަނާވަނީއޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ އޭނޭ މަގާމުން ބޭރުކުރޭ

  31
  2
 7. out

  ސަރުކާރު އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް މަޖްލީހުގެ އެމްޑީޕީ 65 އައުޓް ކެބިނެޓް ހުރިހާ މެމްބަރުން އައުޓް އައުޓް އައުޓް ސަރުކާރު އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް މަޖްލީހުގެ އެމްޑީޕީ 65 އައުޓް ކެބިނެޓް ހުރިހާ މެމްބަރުން އައުޓް އައުޓް އައުޓް ސަރުކާރު އައުޓް ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް މަޖްލީހުގެ އެމްޑީޕީ 65 އައުޓް ކެބިނެޓް ހުރިހާ މެމްބަރުން އައުޓް

  31
  3
 8. isthiufaa

  ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ

  12
  1
 9. ޑިރާސާ

  ފަސެންޖަރަކަށް ގެއްލުމެއް ނުވިތީ އަލްހަމްދުލިއްލާހި..!ބޯޓުތައް މަރާމާތު ނުކޮށް ގިނަދުވަސް ވާ ވާހަކަ ރައްޔިތުން ދައްކާތާ ދުވަސްކޮޅެއް ވެއްޖެ.. މޯލްޑަވިޔަން އިން މިއަދު ނެރުނު އިއުލާނެއްގައި އާބޯޓުތަކެއް ގެންނަ ވާހަކަ އާއި އެއީ ވަރަށް ޚަރަދު ކުޑަ ބޯޓުތަކެއް ކަމަށް ބުނެފައިވެއެވެ. އެއްވެސް ބާރަކަށް ފަސިންޖަރުންގެ ސަލާމަތާއި ގުޅުންހުރި އެއްވެސް ވާހަކައެއް ލިޔެފައި ނުވޭ.

  14
  1
 10. ޙަދިސައިބު

  ދެން އިންޑިޔާއަށް ވިއްކާލަންވީނުން ފުލައިޓުކޮޅޔވެސް!

  18
 11. އައްޑޫ މީހާ

  ކިތަންމެ ބާވެފަ ހުއްޓަސް ސަރވިސް ކުރަނީކީ ނުން ދަތުރުތައް ހެޔޮ ކިތަންމެ ގިނަވިޔަސް ހިތު ހުރިހާ ވަރަކަށް ރެސްޓެއްވެސް ނުދީ ކުރަނީ ތިޔަ ފްލައިޓްތަކުން އަސްލު ދަތުރު ކުރުންވެސް އެހާ ރައްކާތެރިއެއް ނޫން މާތްﷲ ގެ އޯގާތެރިކަމާއި ކުޅަދުންވަންތަ ކަމުން ތިޔަ އިހުމާލުން މީހުން ސަލާމަތް ވަނީވެސް

  14
 12. ހުސެން

  މިފުލައިޓް އިންޑިއާމީހުން ކުޑަ އަގެއްގަ ގަނެފަ ސާވިސް ކޮށްފަ މިމީހުންނަށް ދޭނީ ޑޯނިޔާދިންހެން. ދެން އަނެއްކާ މިޑޭޝް މަރުކާގެ ބޯޓް ދުއްވުމާ މެއިނަޓަނަންސް މަސައްކަތުގަ އިންޑިއާސިފައިން ގެ 150 މީހުން ހއ. ނޫނީ ސ. ގަ .