މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް ނާޅަން އަދާލަތު ޕާޓީން އެޑިއުކޭޝަން މިނިސްޓްރީން އެދުމުން ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ މުހައްމަދު ޝިފާޒް އެކަމަށް ރައްދު ދެއްވާ މޭރުމަކުން ވާހަކަ ދައްކަވައިފިއެވެ.

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގައި ހެދުން އަޅަން ޖެހޭނީ އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އަދި ރާއްޖޭގައި ނިސްބަތުން ގިނަ އަންހެނުންނަކީ މޫނު ބުރުގާ އަޅާ ބައެއް ކަމަށެވެ. އަދި މީހަކު އަޅާ ހެދުމެއްގެ ސަބަބުން އެ މީހެއްގެ ގާބިލް ކަމަށް އަސަރު ނުކުރާނެ ކަމަށާއި އެހެންވެ، މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ފުރުސަތު ދޭންޖެހޭ ކަމަށް އެ ސިޓީގައިވެ އެވެ.

"މުދައްރިސުންގެ ގޮތުގައި އާއި އެ ނޫން ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތް ދެއްވަން ބޭނުންފުޅުވާ މޫނު ބުރުގާ ތުރުކުރައްވާ ކަނބަލުންނަށް އެ ފުރުސަތު އޮންނަންވާނެ ކަމަށް މި ޕާޓީން ދެކެމެވެ." އިމްރާންގެ ސިޓީގައިވެ އެވެ.

އެސިޓީއަށް އިޝާރާތްކޮށް ޝިފާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެންމެ ބޭފުޅުންނަށް އިހްތިރާމް ކުރަން ޖެހޭ" ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު ޝިފާޒް ވިދާޅުވީ ކިޔަވައިދޭ ޓީޗަރު އެއީ ކާކުކަން ދަރިވަރުންނަށް ވެސް އެނގެންޖެހޭ ކަމަށެވެ. "މިކުޑަ މުޖުތަމައުގެ ހަމަޖެހުން ބިނާވަނީ އެންމެ ބޭފުޅުން ކާކަކީ ކާކުކަން އެނގިގެން." ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އެހެން ވިދާޅުވިއިރު އަދާލަތު ޕާޓީގެ ސިޓީގައި ބުނެފައިވަނީ ތުއްތު ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މޫނު ދަރިވަރުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގަބޫލު ކުރެވޭ ނަމަ، އެކަމަށް އެކަށީގެންވާ މާހައުލެއް ގާއިމް ކުރުމަކީ އެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ މާހައުލެއް ގާއިމް ނުކުރެވުމަކީ މޫނު ބުރުގާ އަޅާ ޓީޗަރުންނަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލެންޖެހޭ ކަމެއް ނޫން ކަމަށް ވެސް އެސިޓީގައިވެ އެވެ.

ޝިފާޒަކީ ރައީސް އޮފީހުގައި ތިއްބަވާ ހަތް މިނިސްޓަރުންގެ ތެރެއިން މިނިސްޓަރެކެވެ. ރައީސް އޮފީހުގައި ތިއްބަވާ މިނިސްޓަރުންނަށް ވެސް މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އެއްވަރުގެ މުސާރައަށް ލިބިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ައަބޫ

    ވެބް ކެމް އެޅުވީމަ އެންމެ ބޮޑަށް ކާކުކަން އިންގޭނީ.

    23
    1
    • ގ

      ކޮވިޑް ޓެސްޓް ހަދަން އަންނަ މީހުން ތިބެނީ މުޅި މީހާ އެއްކޮށް ނިވާވެގެން. ކާކުކަން އެނގޭނެ އެއްވެސް ގޮތެއް ނޭނގެ. އަޅުވާފައި އޮންނާ ކާޑު އެއީ އަޞްލެއް ތޯ ފޭކެއް ތޯ ވެސް ބެލޭނެ ގޮތެއް ނޯވެ. ސޫޓުގެ ތެރޭގައި ހުންނަ މީހާއާއި ކާޑުގައި އިންނަ މީހާ ދިމާވާކަމެއް ނުވާކަމެއް ނޭނގެ. ޔަޤީން ކުރަން އެމީހުންގެ މާސްކު ނަގަން ބުނެވޭކަށް ވެސް ނޯވެ. އެކަމަކު އެމީހުން ރަސްމީކޮށް ހުއްދަ ލިބިގެން އަންނަނީ. ބައްދަލު ކުރަނީ ވެސް ޢާއްމު ރައްޔިތުންނާ. އެއީ މައްސަލައެއް ކަމަކަށް ވެސް އެއްވެސް ފަރާތަކުން ނުބަލާ.

  2. ހަސަނު

    ެބަޔަކު ކުރާ ގޮތަކަށް ނޫން އެންމެން ކުރަން ޖެހޭނީކީ.ބައެއް މީހުން ވެބްކެމް ފެނުނީމަ ހީވަނީ އެހެން ފަދަ ކަމެއް ވެގެން ެއުޅޭހެން. ވެބްކެމް ގެ ވާހަކަ އިތުރަށް ދައްކާ ކަށް ނެތިން.

    17
    1
  3. ޝިފާޒްދޯ

    ވަރަށް ތަންދޮރު ނޭންގޭ މީހެއް ތީ!! އަޑުންވެސް ވާހަކަދައްކާ ރާގުންވެސް ކުދިންނަށް ކީއްކުރާން އަހަރުމެނަށްވެސް އެނގޭނެ އެއީ ޓީޗަރުކަން، ޝިފާޒު މެން ވެޞްކެމް ޖައްސާގެން މީހުންނަށް ތީ ފިރިހެނެއްކަން ދެއްކިޔަސް ، އެހެންމީހުނަށް އެހާ މުހިއްްމު ނުވެދާނެ. ޝިފާޒުމެނަށް އަންހެނުން ފިރިހެންވެގެން، ފިރިހެނުން އަންހެންވެގެން، ފިރިހެނުން ބްރާ އަޅާގެން ޓިކްޓޮކް ކުޅޭ އިރު ނުވޭނު ދޯ މައްސަލައަކަށް!!!! ޝިފާޒުމެނަށް މައްސަލައަކަށް ވާނީ އޮރިޔާން ނިވާކުރިވަރަކަށް!

    19
    1
  4. ކޮރަލް

    މިއީ އަންނި އަނގައިން ވާހަކަ ދައްކާ މީހެކެވެ.

    17
    1
  5. ނިވާކުރުން ހަމައެކަނި ނޭފަތް

    ކިޔަވައިދޭ ޓީޗަރުންނަކީ ކޮބައިކަން (ލޯފަން ދަރިވަރުންނަށް ނޭނގޭތީ އެފަދަ ދަރިވަރުންގެ ތަޢުލީމީ ޙަޔާތް އަނދިރި ވިލާގަނޑެއްގެ ދަށުގައި)
    ކިޔަވައިދޭ ޓީޗަރުންނަކީ ކޮބައިކަން ދަރިވަރުންނަށް އެނގެންޖެހޭ: ޝިފާޒް

    7
    2
  6. Anonymous

    Bodethi operation kuraairu doctor akee kaaku kan egen beynunvaathee ... Doctaun thibenee moonu dhahkaigentha...

    6
    3
  7. ބޮޑޭ އަހައްމަދު

    އެއްވެސް މަސައްކަތެއް ނުކޮށް ލާރިކައިގެން ކޮންހާ ހަޅޭކެއްހޭ ތިޔަ ލަވަނީ!

    20
  8. ރިޔާޒު

    މިނިސްޓަރު ޝިފާޒްމެންގެ ޒިންމާއަކީ ތިއީ. ސަރުކާރުގައި ތިބި އެމްޑީޕީ ނޫން އެހެން ޕާޓީ ތަކުގެ މީހުންނަށް ފާޑުކިޔުން. އެއްވެސް ރަސްމީ ޒިންމާތަކެއް ނެތް މިނިސްޓަރުން ތަކެއް.

    19
  9. ޢިއްތިހާދު

    ރައީސްއޮފީސްތެރެއިން މިތަކެތިނެރެން އެބަޖެހޭ ސަބަބަކީ ރައީސްއޮފީސް ކޮއްމެކްމެއްގެ ކުރިޔައް މިއައްނަނީ މިތަނަކީ ދިވެހިރައްޔިތުންގެ ޓެސްލާރިން ލޯނުތަކުންހަރަދުކުރާތަނެއް މިހާރުމިތަންވެއްޖެ ޕާޓީތަކުގެ ޖަގަހަތަކައް މިކަންބަދަލުވާންޖެހޭ މިތަނާހަވާލުވިމީހާގެ ގާބިލްކަންނެތީމަމިހެންދިމާވަނީ އެތާތިބޭ އުޅޭ ވަޒީފާދޭ މިހުން ވަކިމިންގަނޑެއްގަ ތިބެންއެބަޖެހޭ ރައްޔިތުންނައްމެސެޖްތަކެއްދޭއިރް ތިމާތައުލީމް ހާސިލުކުރިދާއިރާކުން މަގުމަތީ ދަމާކަނޑަން އުޅެފަވެސް މިކުރަނީ 5 އަހަރުފަން އެނަމުގަނޫނީ ކޮއްމެސްމިނިސްޓަރްއެއްގެނަމުގަ

  10. ނާހަމަ ތެދެއް

    ކަލޭ އެންމެ ތާހިރީ ތިވާހަކަ ދައްކަން..

    13
  11. އިސްޢާފް ސަލީމް

    އިބިލީސް ބުންޏަސް ރަގަޅު ވާހަކައެއްވިއްޔާ ތާއީދު ކުރާނަށް! އަޅުގަނޑަކީ ޓީޗަރެއް! ދަރިވަރުންނަށް އެއްޗެއް އޮޅުންފިލުވައިދީ ބުނެދޭއިރު ޓީޗަރުގެ ބަސްމަގާ ، އަޑަށް ގެންނަ ބަދަލާ ، މޫނުމަތީގެ އެކްސްޕްރެސަން ދަރިވަރު ފިލާވަޅު ނަގާގަތުމުގައި މުހިއްމު ރޯލެއް އަދާކުރޭ! މޫނު ނިވައިކޮށްގެން ހުރެ ކިޔަވައިދިނުމުކޭ ތަވާގެ ބޭރުފުލުގައި ބިސްގަނޑު އެޅުމެކޭ ވާނީ އެއްވަރު!

    3
    29
    • ޑެރީ

      ދާއިރާގަ އުޅޭ މީހުނަށް މިއީ ހެޔޮވާހަކައެއްކަން އެނގޭނެ. މޫނު އަޅާއިގެން އުޚްތުން ހިޖާބްވެ ގޭގައި ތިއްބެވުން މާއައުލާކަންބޮޑު އެހެނީ އަންހެނާގެ އަޑަކީވެސް އައުރައެއް.

      3
      4
  12. ކާފަބޭ2020

    އެއީ ކޮންބައެއްކަންއެންމެރަނގަޅަށް ދަރިވަރުންނަށްއިގޭނީ ހުރިހާކުދިންވެސް ވެބްކެމް ކުރިމަތީބެހެއްޓީމަ ތިޔަކިޔާލަވައަކީ އެއީނޫންތޯ،؟

    14
    1
  13. ޢުބާ

    މޫނު އަޅައިގެން ކިޔަވައިދިނުންފިޔަވާ އެހެން ކޮންމެ ކަމެއްވެސް ތަފާތުކުރުމަކާނުލާ ފުރުސަތުއޮންނަންވާނެ. ކިޔަވައި ދިނުމަކީ އޭގެޒާތުގައި ވަރަށް ތަފާތު ކަމެކެވެ. މޫނާއި މޫނުގެ ޝުއޫރުތަކާއި ލިޕްރީޑްކޮށްގެން އުނގެނޭ ކުދިން ތިބޭނެތީވެ އެކުދިންގެ އުނގެނުމަށް މިކަމުގެ ސަބަބުން އަސަރުކުރާނެ. ޚާއްސަކޮށް އުނގެނުމުގައި ކިރިޔާވެސް ދަތިކަމެއްހުރި ކުއްޖަކަށް ވަރަށް ބޮޑު ގެއްލުމަކަށް ވެގެންދާނެ. މާސްކް އަޅައިގެން ގޮސްވެސް ޓީޗަރުން ކިޔަވައިދޭވަގުތު ތިބެނީ މާސްކްތިރިކޮށްގެން ކަމުގައިވެސް ދަންނަވަން

    5
    12
  14. ސދަސދ

    ތިވަރު ފިލާވަޅެއް ދަރިިވަރުންނަށް ދޭން ކަލޭ ތީކާކު ؟
    އޯލެވެލް ނެހެދިޔަސް މަޖިިލިސް މެމްބަރުކަން ލިބޭނެ، ޕާޓީގެ ރައީސްކަންްވެސް ލިބޭނެ.
    ނަމަވެސް ތައުލީމީ ވާހަކަ ދައްކާނީ ކިޔަވައިގެން ތިބިިމީހުން.

    ޖަށްްޓް ޝަޓަޕް.

    20
    1
  15. ޑެޑުއހފޯސް

    އަދި ތަސައްރަފުދުނީމަވެސް މިތާ ކުޑަކުދިންނަށް ބަލަނީ 18 އަހަރު ނުފުރޭނަމަ.

  16. ސަމްކުޅިބޭ

    ޕާޓީ މީހުންނަށް ފުލެޓްދީފާ ބާކީ ހުރި ފްލެޓްވެސް އެނގެންޖެހޭ.

    13
    1
  17. ސަހީރު

    ލާދީނީ ކަމެއްތަ؟އެމްޑީޕީ ބައިގަނޑު ވަގުތުން އެއްގަލަަކަށް އަރާނެ! ޔަގީންހަމަ. ސޯލިހު އާއި ނަޝީދަކީ ވެސް ފަހު ވަގުތު ހަމަ ދީން އެދޭތެރެޔަކަށް ވައްދާގެން ޝައިޠާނުން އެއްގަަލަކަށް އަރާނެ ދޭތި~ މި ގައުމުގެ ރައްޔިތުން މި ތިބެނީ އަޅެ ކޯންޗެއް ބޮއެގެންތަ؟ މި އެމްޑީޕީ ގެ ލާދީނީ ޖަމާޢަތަށް ޘަނާކިޔަން

    16
    1
  18. ހައްސާނު

    ވެބްކެމް ކުރިމަތީގަ އަމިއްލައަށް ފާޚިޝް އަމަލުތައް ހިންގާ ފަޟީޙަތްވެފައި ތިބޭ މީހުން ދަރިވަރުންގެ ވާހަކަ ދައްކަން ލަދުވެތިވާންޖެހޭނެ. ތިފަދަ މީހުންނަކީ ދަރިވަރުންނަށާއި، މިގައުމަށް ހުރި ބިރެއް.

  19. ގަރުދިޔަ

    ވަރެއް އަރާދޯ އެބަ މި މީހުންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވަދޭތީ ބައެއް މީހުން…ބަލަ ރަސޫލާ (ސ) ގެ މޫނު އަހަރެމެންނަށް ދުވަހަކުވެސް ނުފެނޭ އެކަމަކު އެކަލޭނގެފާނުގެ ރިސާލަތު މުޅި ދުނިޔޭގަ މިއޮތީ އަލްހަމުދުލިއްލާހި❤️ ޓީޗަރުކަން ކިޔަވައިގެން އުޅޭ ކަނޑުކޮހުންވެސް ދީނުގެ ތަނެއް ދޮރެއް ނޭނގޭ މީހުން..އަހަރުން މާ ބިރުގަނޭ އެކަހަލަ ކަނޑުކޮހުންނާ ހެދި އަހަރެމެންގެ ދަރިންނަށް އެކަމުން އަސަރެއް ކޮށްފާނެތީ މީހެއްގެ މޫނު ނުފެނި ކިޔަވައިދިނުމަށްވުރެން

  20. އަހުމަދު

    ލަދެއް އަގަލެއްނެތް ހަޔާތްކުޑަ ލާދީނީ ބައިގަނޑު. މިހާރުވެސް ހުރިހާ ވަޒީފާއެއްގަ އުޅޭ އެއްމެންވެސް މާސްކު އެޅުން މަޖުބޫރު

  21. ޜައްޔިތުމީހާ

    ޢިންދިޔާއިން މިއައްނަ ޓީޗަރުންނަކީ ކޮންބައެއްކަންވެސް ޢެމީހުންގެ ޕުރޮފައިލް ބެލެނިވެރިންނައް އެނގެންޖެހޭ
    ޢެމީހުންގެ އަންނަނީ ހިންދޫ ދީންކުދިންގެ ލަސިކުނޑިތހަކައް ވައްދަންތޯވެސް ބަލަންޖެހޭ.

  22. ސަލާމަތި

    އިހަށް ބޭރުބަހަކުން ވާހަކަދައްކަން ދަސްކޮއްބަލަ.

  23. ޖައި

    ޝިފާޒުއަކީ ބޮޑު މޮޔައެއްތާ!! ދެން ވޯޓް ހޯދަން ނާންނާތި!!!! ކޮވޮޑް ގެ މިހާލަތުގަ މާސްކް އަޅައިގެން އެންމެން އުޅޭއިރު ވެސް މޫނެއް ނުފެނޭ... ދެއުޅި އެންނުވާ ވާހަކަ ނުދައްކާ!!! މި ވެރިކަމުގަ މޫނު ބުރުގާ އަޅައިގެން ވަޒީފާޔަށް ދެވޭނެ ކަމަށް ވައުދުވި.... ވައުދާތަކާ ހިލާފް ވަންޔާ ދެން ވޯޓެއް ނިދެވޭނެ...

  24. ޙަސަނާ

    މޫނުބުރުގާ އައްޖޯކުޖަހަމުންދުވާއިރު ﷲގެކުޅަދުންވަންތަކަންނުދެކެނީތަ ބިރުވެތިވާކައްނުވޭތަ މިއަދުއުޅެންޖެހިފަމިއޮއްހާލަތު މިއަދު މޫނުނިވާނުކޮއްސަލާމަތެއްވެސްނެތް މޫނުނިވާނުކޮއްބޭރުގަ އުޅުމަކީ މަނާވެސްކަމެއް ކިތަންމެވަރަކައް މިގައުމުގެ ރައްޔިތުން އިސްލާމްދީން އާއި ދުރުކުރަން ތިބައިގަޑު މަސައްކަތްކުރިޔަސް ﷲ ގެރަހުމަތުން މިގައުމު ގެ ރައްޔިތުންގެ ހިތްތަކުގަ އިސްލާމްދީނައްއޮތްލޯބި ނުހުއްޓުވޭނެ..އިންޝާﷲ